ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އުފަން ދުވަހާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރަގެ މެންބަރު މުހައްމަދު ސައީދު އާއި ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ކުރައްވާފައިވާ ޓްވީޓްތަކެއް ރައީސް ނަޝީދު ދެންމެ ރީޓްވީޓް ކުރައްވައިފިއެވެ.

ރައީސް ނަޝީދު ރީޓްވީޓް ކުރެއްވި އެއް ޓްވީޓްގައި ވަނީ ރައީސް ޔާމީނަށް އިންސާފު ނުލިބި ނުޙައްޤުން ޖަލުގައި ހުންނެވުމަކީ ދިވެހިޤައުމަށް ލިބިގެންދިޔަ ބޮޑުހިތާމައެއް ކަމަށެވެ. އެޓްވީޓް ކުރައްވާފައި ވަނީ ސައީދު އެވެ.

ރައީސް ނަޝީދު ރީޓްވީޓް ޝިޔާމްގެ ޓްވީޓްގައި ވަނީ ލަވައެކެވެ. އެލަވައިގައި ވަނީ ދިވެހިންގެ ދިވެހި ވެރިކަން ދިވެހިންނަށް ކުރެވޭކަމާއި ދިރުމާއި އުންމީދު ރާއްޖޭގައި އޮތްކަން ދިވެހިންނަށް ދައްކައިދިން ވެރިއެއްގެ ހަނދާން ވަމުންދާ ކަމަށެވެ.

ރީޓްވީޓް ކުރުމުގެ މާނައަކީ ރީޓްވީޓް ކުރާ އެއްޗެއްގައި ބުނެފައިވާ ކަމަކަށް އެއްބަސްވުން ކަމަށް ރީޓްވީޓްގެ މާނައިގައި ވެއެވެ.

ނަމަވެސް ރައީސް ނަޝީދު މިޓްވީޓްތައް ރީޓްވީޓް ކުރެއްވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

44 ކޮމެންޓް

 1. އިބޫ

  އޭގެ މާނައިނގޭނީ ޒަރިޔަންދަށް. ގަލޮޅު މީހުން މާނަކުރާގޮތުން އެއީ އޭގެ އަނެއްކޮޅު. ޔާމީނު ޖަލުގައިހުރުމަކީ ލިބޭ ބޮޑު އުފަލެކޭ. އެއިރުންތާ ވައްކަން ކުރަން ފަސޭހަވާނީ. ވެންޓިލޭޓަރުގެ ޑީލް ނުލިބުމުގެ ހިތާމަކަމަށްވެސް ވެދާނެ.

  107
  4
  • Anonymous

   އެއީ ކެެނެރީގެ ބުއްޅަބޭ ރައިސް ޔާމީނަށް ކުރި މަލާމާތެއް. ގައިމު ބުއްޅަބޭ ދެރަވާނަމަ މި ރަމަޞަން މަހު ރ.ޔާމިން ގެއށް ބަދަލުކުރިސް. މފަދަ ނާޒުކު ވަގުތެއގައި

   11
   2
 2. ދީނާ

  އަޅުގަނޑުމެން ޕީޕީއެމްއަކީ ރ.ނަޝީދު ވެސް ބަލައިގަނެވޭފަދަ ޕާޓީއެއް. އަވަހަށް ވަޑައިގަންނަވާ.. ރ.ޔާމީނުގެ ފަހަތްޕުޅަށް އަރާވަޑައިގަންނަވާ. ދީނާ ޤައުމަށްޓަކާ ވަޑައިގަންނަވާ!

  80
  31
  • ދދދ

   ލާދީނީ އެއްވެސް މީހަކު ގަބޫލު ކުރެވޭކަށް ނެތް.

   10
 3. Anonymous

  އި ންސާ ނު ންގެ ތެރޭވެސް ލަދުހަޔާތް ކުޑަމީހު ންވެސް އުޅޭ، މިއީވެސް އެފަދަ އި ންސާ ނެއް.

  105
  7
 4. Anonymous

  "ރީޓްވީޓް ކުރުމުގެ މާނައަކީ ރީޓްވީޓް ކުރާ އެއްޗެއްގައި ބުނެފައިވާ ކަމަކަށް އެއްބަސްވުން ކަމަށް ރީޓްވީޓްގެ މާނައިގައި ވެއެވެ." ނާހަމަ ތެދެއްތޯ؟

  69
  2
 5. ރޔ

  އެބޭފުޅާ ޙަމައިގަ ތޯ ބަލާލަ ދެވިދާނެތަ

  82
  3
 6. ާއަހްމަދު

  ރައީސް ނަޝީދުގެ ސިކުނޑި ރަނގަޅުބާވައޭ ހިތަށް އަރާ.

  77
  3
 7. ދުންތަރި

  ޔާމީނަށް ނުހައްޤުން ޙުކުމްކުރީ އެމްޑިޕީގެ މަޖިލިސް މެމްބަރުންނާ އެހެން މެމްބަރުން ހިންހަމަ ޖެއްސުމަށް ނަޝިދު އެ=ިސްވެ ހުރެގެންކަން އެނމެންވެސް ޤަބޫލްކުރޭ ދެން ކޮން ވާހަކައެއްދައްކާކަށް މަވެސް މީ ޔާމީނަށް ތާއީދުކުރާ މީހެއްނޫން އެކަމަކު ޔާމީނަށްކުރި ޙުކުމަކީ ސިޔާސީ ޙުކުމެއްކަމަށް މަވެސް ޤަބޫލްކުރަނީ

  104
  3
 8. ވިސްނާލުމަށް އެދެމޭ

  އޮޅިގެ ން ކަމަށްވާ ނީ މާދަ ން ހަމަހޭވެރިކަ ންވާއިރަށް ތީގެ އަ ނެކޮޅުފެ ން ނާ ނެ...ރޔާމީ ން ޖަލުގަ އެއޮތީ ރ ނަޝީދު އިސްވެހި ންގާ ޖޭއެސްސީ ޕްރައިވެޓް ލިމިޓެޑްގެ ނި ންމުމެ..ދެ ން ރ ނަޝީދު ބޭ ނު ންވެގެ ން ރޔާމީ ން ޖަލުގައެއޮތީ...ރޔާމީ ނަށް އަ ނިޔާ ލިބެމު ން އެދަ ނީ ރމައުމޫ ނުވެސް ބޭ ނު ންވާތީ..ގާސިމުވެސް ބޭ ނު ންވެގެ ން..ރއިބޫވެސް ބޭ ނު ންވެގެ ން...އެއްމެ ންވެސް ހަސަދަވަ ނީ...ހަސަދަވިޔަސް ރޔާމީ ންގެ ހި ންގު ންތެރިކަމާ ގާބިލްކަމާ ހަމަހަމަވާ ނެ އެކަކުވެސް ތިތާކު ނެތް..ރޔާމީ ނަށް ކެތްތެރިކަ ންދެއްވާށި..ޔާﷲ ރޔާމީ ނަށް ނަސްރާ ކާމިޔާބުދެއްވާ މި ނިވަ ންކޮއްދެއްވާށި...އާމީ ން...

  65
  1
 9. ކޮއްކޮބެ----

  ރައީސް ޔާމީން ޖަލުގައި ހުންނެވުމަކީ ބޮޑުހިތާމައެއް

  98
  5
 10. ދަރަނި ދަންތުރަ

  ތިޔައީ ހެޔޮއެދިގެން ކުރިކަމެއްނޫން ނަސީދަކީ ވަރަށް ހިތްނުބައި ނުލަފާ ޖާހިލެއް އޭނަ ޔާމީނަށް ހެވެއްނޭދޭނެ...

  98
  5
 11. ހަހަ ހާ

  ދެބަން ދިހާރު ނަޝީދު

  75
  2
 12. ތާކިހާ

  އަޅުގަނޑަކު އެފަދަ ރީޓްޓެއްގެ މާނަ އަބަދަކު އެއްގޮތަކަށް ނުދެކޭނަން. ރަޢިސްޔާމީނަކީ ހިންގުންތެރި ވެރިއެއްކާއި މެދަކު ރައީސް ނަޝީދު އެއްވެސް އިރަކު ދެބަހެއް ވެފައެއްނުވޭ. ހަމަ އެމަނިކުފާނުގެ ހިންގުންތެރިކަން ވެރިކަމުގައިހުރި މިމަނިކުފާނުގެ ހިންގުންތެރިކަން ދަށްވުމުން ދެން ރަޢިސް ޔާމީނު މަތިން އެމަނިކުފާނު ހަނދުމަފުވަނީ ކަމަށްވެދާނެ. މި ޤައުމީ ހާއްޞަ ހާލަތުގައި ވަރަށް ގިނަކަންކަން ހިންގާނެ ދެއްތޯ

  56
  3
 13. ތިލަ

  ނަޝީދުއަކީ ދެ އަނގައިން ވާހަކަ ދައްކާމީހެއް މިހާރު ޔާމީނު ޖަލުގަހުންނެވީ ނަޝީދުގެ އައުވާނުން އެދޭކަމަކަށްވާތީ ދެން ކޮން އޮޅުވާލުމެއް މީވެސް މަކަރެއް ކަމަށްވާނީ

  60
  4
 14. ހުމާ އަލީ

  ހުސް ދޮގު

  45
  6
 15. ކައްކާ---

  ރައީސް ނަޝީދަކީ ވަރަށް ޚުލްގުވެރި ބޭފުޅެއް

  18
  130
  • ޢަލިބެ

   އެކަހަލަ މީހަކު ރަސޫލުޒަމާނުގައި މަދީނާގައިވެސް އުޅުނު. ސިޔަރަތުގަ އެމީހާ ކަންކުރާގޮތް ކިޔާ. އެއީ .....

   25
 16. މޯދީ

  ދިވެހިންގެ ދިވެހި ވެރިކަން ދިވެހިންނަށް ކުރެވޭކަމާއި ދިރުމާއި އުންމީދު ރާއްޖޭގައި އޮތްކަން ދިވެހިންނަށް ދައްކައިދިން ވެރިއެއްގެ ހަނދާން ވަމުންދާ ކަމައެވެ

  52
  4
 17. ޔާނު

  ނަސީދު އަށްވެސް އިނގޭ ނުހައްގުން ކޮށްފަވާ ހުކުމެއްކަން މިކަމުގެ ސަބުން ގައުމު އނދަވަޅަކަށްވެއްޓިފަ ވާކަން ސަރުކަރު ގޮތްހުސްވެއްޖެކަން ރައީސް ޔާމީން ހިންގެވިގޮތަށް ގައުމު ނުހިންގޭނެކަން ތަރައްގީ ނުގެނވޭނެކަން އެހެންވެ އަވަހައް ދޫކޮށްލިންވީކަން ނަސީދު އަށްވެސް ވިސްނެންފެށީ ހެން ހީވަނީ

  59
  2
 18. އަހްމަދުބޭބެކޮއްކޮ

  ކަލޯ ނަޝީދޫ... ބަޣާވާތެއް ކުރާނަމޭ ހިތާ ނޫޅެއްޗޭ...

  44
  2
 19. ބުއްޅަބޭ

  ނުލަފާކަމުން ތިމާ ނޫން ކަމަށްހެދެންވެގެން!

  53
  1
 20. ޖޯން

  އެއުޅެނީ އަނެއްކާ ރައްޔިތުންނަށް މޮޅުސްޓަންޓެއް ދައްކަންވެގެން. ތިޔަ ކެނަރީގޭނަޝީދަކީ އިންސާނަކު ގައްވާން ހެޔޮވާވަރުމީހެއްނޫން. މިގައުމަށް ފަތުރުވެރިނައުމަށް ގޮވާ މުޅިދުނޭގައި އާދޭސްކުރަމުންދިޔަ މީހެއް. އެއްވެސް ނޫސްވެރިޔަކަށްވެސް ނުކެރޭ އެސޮރުކާރީގައި މިރާއްޖެއަށް ފަތުރުވެރިން ނައީމާހާލުގާ ޖެހުނީ ރައީސް ޔާމިނާ އޭނާގެ އާއިލާތޯ ސުވާލުކޮށްލަން. މުސްކުޅިންބުނާ ވާހަކައެއް އެމީހަކު ފޭހުނު އިލޮށިގަނޑު އެމީހެއްގެ ލޮލަށް ހެރޭނެއޭ. މިއަދު ޓުއަރިސްޓުން ނައީމާ ކުޑަކުރަންތިޖެހުނީ ތިމާއަމިއްލަ ޕާޓީގެ ސަރުކާރުގެ އިސްވެރިންގެ މުސާރަ. ދެން ލަލަލާ....

  58
  1
 21. ދޮންފަނު ޙަސަނު

  ހަޤީޤަތުގައިވެސް ވަރަށް ބޮޑު ތެދުފުޅެއް! މިވަގުތު ސިޔާސީ ރިވެންޖް ނެގުމަށް ވުރެން ސަރުކާރަށް އެންމެ ފައިދާހުރީހީ ރައީސް ޔާމީނުވެސް ޤައުމީ މަސައްކަތުގައި މިނިވަނެއްގެ ގޮތުގައި ހުންނެވުން. އެހެންނަމަވެސް އެޖެންޑާ 19 އިގެ އެންމެ ފުރަތަމަ ވަޢްދަކަށްވީ އެމަނިކުފާނު ކުރިޔަސް ނުކުރިޔަސް ވަލުދޮރާށިން ޖުޑިޝަރީ ތެރެއަށް މަނިކުފާނުގެ ޕާޓީގެ އެކްޓިވިސްޓުން ވައްދައިގެން ޙުކުމެއް ކޮށް އަވަހަށް ޖަލުގައި ބެހެއްޓެވުން. އެކަންވެއްޖެ. އެކަމަކު ޤައުމު އޮތީ އިޤްތިސާދީގޮތުން ބަލިކަށިވެ ރައްޔިތުންނަށް ދަރާފަ. އަދި ދުނިޔޭގެ އެހެނިހެން ޤައުމުތަކުން އެބައެއްގެ ޚިދުމަތުގެ އަގުވަޒަންކޮށް ސެލިއުޓު ކުރަމުންގެންދާ ސިއްހީ ޚިދުމަތްތެރިން މިޤައުމުގައި ވީ އެންމެ ބަލައިނުގަތް ޚިދުމަތްތެރިންނަށް ކޯޗެއްތޯ އެމީހުން ވީ ޤުރްބާނީއަށް ދިނީ ސުވާލުކޮށްލައްވާ. ވެރީންތިއްބެވީ ފިއްލަވައިގެން. ރައްޔިތުން ކުރިމައްޗަށް ހަމަޔަށް ދިވެހިބަހުން ވާހަކަނުދެއްކޭ މީހަކު ނެރެލާފަ. ހިތާމަކުރަން.

  52
  2
 22. ޢހ

  ނަޝީދު ބޭނުންވަނީ ރައީސް ޔާމީން މިނިވަންކުރަން.އަދި ދައުރުގެ މެދުން އިންތިހާބެއް ބާއްވަން. ޢިބޫ ބާކީ ކޮއް ވެރިކަމުގެ ދަހިވެތިކަމުގައި. ޢެކަމް އެގޮތައް އިންތިހާބެއް ބާއްވާފިއްޔާމް އަންނި އަކަށް ހުވަފެނުގައިވެސް ވެރިކަމަށް ނާދެވޭނެ. މިހާރު ދިވެހިން ބޭނުންވަނީ ރއައީސް ޔާމީން މިގައުމުގެ ވެރިއަކަށް ގެންނަށް . ޢެއީ ވެރިކަން ކުރަން ދަންނަ ވެރިއެއް. މަވެސް އެމްޑީޕީ އެކަމް ތެދަށް ބުނަންޔާމް ރޔާމީން ވަރެއް ނެތް.

  65
  4
  • މ

   މަވެސް ޕީޕީއެމް. އެކަމަކު ދުވަހަކު ޔާމީން މިނިވަން ވާކަށް ނޭދެން. އޭނަޔާ އޭނޔަށް ތާއީދު ކުރާ މީހުނަށް ދުވަހަކު ބާރު ލިބުމަކަށް ނޭދެނެ. މަވެސް އޭ ކިޔާފަ ކިތަންމެ ބޮޑު ދޮގެއްވެސް ހެދިދާނެ. އެކަމަކު ދުވަހެއް އަންނާނެ. އެދުވަހުން ހެދިހާ ދޮގަކަށްވެސް ޒިންމާ ވާން ޖެހޭނެ.

   1
   52
   • Anonymous

    މިމީހުން ބޭނުންވީމަ އެހެން ދުވަހެއްވެސް އާދޭ ދޯ. ނާ ރަނގަޅު ކަލޭމެންނަށް ދުވަހެއް އަންނަ ކަން ވިސްނޭ ކަން. ލާދީނީ ލާދީނީ. ކަލޭމެންނަށް ހެޔޮ ދޯ އެއްވެސް ހެއްކެއް ނުދެއްކި ސާބިތެއް ނުކުރެވި ތިމާ ބޭނުންވާ ހުކުމެއް ކުރާނެ ފަނޑިޔާރެއްލާ ނުޙައްގުން ހުކުމެއް ކޮށް އިސްތިއުނާފެއް ނުބާއްވާ އަސްލު ލާރި ކޭ އެންމެން ގައުމު ހިންގަން ތިއްބަސް. އެހެންވެޔޭ މަ ބުނަނީ މި ފަސް އަހަރަކީ މި ގައުމަށް އަންނަ ކޯފާެއކޭ

   • ވިސްނާލުމަށް އެދެމޭ

    ޕޕ މގެ މެމ މްބަރެނަ މަ ބޭނު މެނުވާނެ ރޔާ މީން ޖަލުގައޮންނަން...ކަލޭތީ އެއްޕާޓީއެއްގެ މީހެއްވެސްނޫން..ތިއީ ޖީބަށް ވިކޭގްރޫޕުގެ މީހަކަށްވާނީ..ތިފާޑުގެ މީހުން ހި މެނެނީ ވާލުގެ މިސާލު..ޕެންގުއިންގެ މިސާލު.... މިދޭއްޗަކީ ޖަ މާއަތް ކަޑައަޅަން ދަތި ދޭއްޗެ..ރޔާ މީން ވެރިކަ މަށް ކުރި މަތިލިޔަސް ނުލިޔަސް ޕޕ މގެ މެ މްބަރުންގެ ހިތްތަކުގެ ރަސްގެފާނު ހުރަގޭގައޮންނަތަން ބަލާކަށް ބޭނު މެނުވާނެ...ތިކަހަލަ ބައިގަޑެ ވެއްޖެ ޖޕއަށް ގޮއްސަ..

 23. ޓިނުބެ

  އެވެދާނެ ބުއްޅައަށް ނިދީތެރޭގަ އޮޅިގެން ރިީޓްވީޓް ބަޓަން އަށް ފިއްތާލެޥުނީ ކަމަށް ??
  މިއޮއް ހުރިހާ ދުވަހު ޔާމީނު ގަދަކަމުން ޖަލަށް ނުވެއްދިގެން ކިނބޫ ތެޅި ބެރަށް ނެށިމީހަކީ އެއީ!

  51
  1
 24. ބުއްޅަބޭ

  ސާބަހޭ ކަލޭމެން ޕީޕީއެމް ބައިގަނޑަށް. މިހާރު ނަޝީދު ވަރެއް ނެތް ދޯ؟؟؟ އަޖައިބެއް!!! ޔާމީން ދިފާއުގަ ރީޓްވީޓް އެއް ކޮއްލާ އިރަށް ތި ދައުވަތު ދެނީ ކޯލިޝަން ހަދަން ނޫނީ ތި ޕާޓީ އަށް އަންނަން..ކަލޭމެނާ ޖެހުނީމަ ނޯވޭެ ދޯ ލާދީނީ އެއް..ތީ ކަލޭމެންގެ ފެންވަރަ ކީ!!!!
  އަދި ރީޓްވީޓް ގެ މާނަ ކިޔާ ދޭން އެބަ އުޅެ އެއްނު..
  ގައުމަށް ހެޔޮ އެދޭ އެއްވެސް ޕާޓީ އެއް ނޯންނާނެ
  މި ކޮމެންޓް ޖަހާލަބަލަ ކަލޭމެންނަށް ކެރެންޔާ

  8
  47
 25. ނުހައްޤުން ޖަލުގައި ރައީސްޔާމީން ދޫކޮށްލާ

  ރައީސްޔާމީން ގެ ރަނިން މޭޓަކަށްވާން ބޭނުން ތޯ އެހެން ވިއްޔާއެންމެ ފުރަމަ ރައީސްޔާމީން ދޫކޮށްލާ ދެން އިސްލާހުވެ ތައުބާވޭ ރައީސްޔާމީން ކައިރިން މާފަށްއެދި އިސްލާމްދީނަށް ބޯލަބާ ތެދުވެރި ވަފާތެރި އަމާނާތް ތެރިޔަކަށްވޭ މާﷲކަލެއަށް އެޔޮވިސްނުން ދެއްވައި ތެދުމަގުދައްކަވާށި އާމީން

  39
  1
 26. ކެޔޮޅު

  ރައީސް ޔާމީނުވަރުގެ ޤާބިލު ކުޅަދާނަ ލީޑަރެއް ފަހުގެ ތާރީހެއްގަ މިއޭސިޔާވެސް ދެކިފައެއްނުވޭ!

  53
  2
 27. ނަގުލު ފިއްތި

  ކަލޭމެން ތިހުރިހާއެއްޗެއް ކިޔަސް އެންމެފަހުން ރ ޔާމީން ޖަލުން މިނިވަން ވީއްޔާ ވާނީ ހަމަ ނަށީދުގެ ރަނގަޅު ކަމުން. ރ ނަށީދަކީ ކަލޭމެންގެ ތެރެއިން ބަޔަކުމީހުންނަށް ހީވެފާ އޮތަކަސް ތި ހީކުރާހާވަރައްވުރެން އޯގާތެރި ހިއްތިރިވެރިއެއް. އެއީ ހިއްތަކުގެ ރައީސް

  1
  2
 28. ޒަބީބު

  ދިވެހިރާއްޖޭގެ ވެރިކަން ބަރްލަމާނީ ނިޒާމަކަށް އޮވެގެން ނޫނީ ދެން ވެރިކަން ހޯދަން އުނދަގޫ ވާނެ ކަމަށް ޤަބޫލުކުރާ މީހުން އެކަކު އަނެކަކަށް މަދަދުވެރި ވާނެ! އެކަމުގައި އެއްވެސް ޝައްކެއް ނެތް.

  ރައީސް ނަޝީދަކީ ރައީސް ޔާމީނުގެ އަނިޔާވެރިކަން އިންތިހާ އަށް ގޮސް ރައީސް ޔާމީންގެ ސަރުކާރުގެ އަމަލުތަށް ހިންދީ ފިލްމެއްގެ ނުބައިބައި މީހުންގެ އަމަލުތަކާއި އެގޮތްވެ، އަސްލުމީހާ އަތުނުޖެހުނީމަ އަމބި ދަރިން ރަހީނުކޮށްގެން ގެންގުޅުނުއިރުވެސް ރައީސް ޔާމީނުގެ ސަރުކާރު ވެއްޓުނަނުދީ ހިފެހެއްޓައި ދެއްވި ބޭފުޅާ. މިކަން ހާމަކުރެއްވީ ސީދާ ރައީސް ނަޝީދު ނޫންތޯ! ވީމާ ރައީސް ނަޝީދާއި ރައީސް ޔާމީންގެ އަޑިއަޑީގެ ގުޅުމުގެ ވާހަކަ ތަކަކީ އެންމެން ދަންނަ ބޮޑު ސިއްރު ނޫންތޯ!.

  ވީމާ ރައީސް ޔާމީނު މިނިވަންކުރަން ގޮވާލާ ޕީޕީއެމުން ބާއްވާ މުޒާހަރާގައި ރައީސް ނަޝީދު ބައިވެރިވުމަކީ ވެސް ދުރުގަ އޮތް ކަމެއް ކަމަށް ޤަބޫލުކުރާކަށް ނުވާނެ.

  ރައީސް ސޯލިހްގެ ސަރުކާރު ދެމިއޮތުމަކީ ރައީސް ނަޝީދަށް ހަޖަމުކުރެވޭ ކަމެއް ނޫން. މިސަރުކާރާއި ދެކޮޅަށް ރައީސް ނަޝީދު ފާޅުގައި ނުކުންނަ ދުވަސް ވަނީ ވަރަށް ކައިރީގަ. ކޮވިޑް-19 އަށް ފަހު އޭޖެންޑާ-19 ގެ އަމަލީ މަސައްކަތް ފެށިގެން ދާނެ.

 29. ރީދޫރާނީ

  ނަޝީދު ވެސް ގަބޫލްފުޅު ކުރައްވަނީ ރ. ޔާމީން ހާ ހިންގުންތެރި ކުޅަދާނަ ރައީސަކު މިގައުމުގެ ވެރިކަމަށް ނާރުއްވާކަން! އެހެންވެ ނިދި މަޑުކައިފަ އިން ހިނދުކޮޅެއްގަ ހިތުގަ އިން އެއްޗެއްބޭރުކުރެވުނީ ކަމަށްވާނީ! ..އެއީ މައްސަލައެއްނޫނޭ!

 30. އަލިމަނިކު

  ކޮންމެހެން މަނިކުފާބު ރީޓްވީޓް ކުރައްވާނެކަމެއްނެތް. ޙަމްދަރުދީފާޅުކޮށްބަލަ ލިބިފައިވާ ބާރުގެތެރެއިން.

 31. ޢަހަރެން?

  ކޮބޭ އެއްކަަލަ ޒަރިޔަންދެ ޑިކްސަނަރީ...އޭނާ ކައިރި އަހޭއިލަން ޖެހޭނީ..

 32. ﷲއަށްބިރުވެތިވޭ އަނިޔާވެރިންނާ ދުރައްދޭ

  ކިތަ އްމެ މަލާމާތާ އަނިޔާ އާ އި ޖެ އްސުން ތިމާ އާ އި ތިމާގެ ޕާޓީގެ އަ އުވާނުން އެކުވެގެންކުރި އަސް ﷲގެނިންމެވުން މާމަތިވެރި މާ އޯގާތެރި ނިކަމެތި ބޮޑާކިބުރުވެރި އިންސާނާ އަކީ އަބަދުވެސް އަނިޔާ ވެރިކަން ކުރި އަށް ނެރެބަދަލު ހިފަންފޫގަޅާގެން އުޅޭތަންމިދަނީ ފެންނަމުން

 33. ދެރަޙްމަތްތެރިން

  މީދަލާއި ބުޅަލަކީ ވަރަށް ގާތް ދެރަޙްމަތްތެރީންނެވެ. މިދެރަޙްމަތްތެރީން އޯގާތެރިކަމާއެކު އެކަކު އަނެކަކަށް ބަލަނީ މުހުތާދެއް ޖެހުނީމައެވެ. މަޤަޞަދު ޙާޞިލުވާ ވަގުތުން ފެށިގެން ދެއެކުވެރިންގެ ދެކުރިމަތި ދެބުރަކަށްޓަށް ބަދަލުވެއެވެ. މިކަން މިއަދު ދަންނަންވީ ޕީޕީއެމް އާއި އެމްޑީޕީ އެވެ. މިދުވަސް ވަރަކީ އެމްޑީޕީގެ ރައީސަށާއި އެމްޑީޕީ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް ކުރިމަތި ވަމުންދާ ދަނޑިވަޅެކެވެ. މަޖްލީސް ރައީސް އަކީ ރާޒުވާ ކުޅެން ދަންނަ ޞޭފުޅެއްކަމަށް އަމިއްލަ އަށް ވިދާލުވެއެވެ. ފަހަރުގައި ބޮލުގެ ގަޅިއެއް ހަދަނީ ކަމަށް ވެދާނެއެވެ.

 34. އެއްލާލާ

  މާލެ އަށް ހަމަނޭވާ އެއް ނުލެވޭނެއޭ މާލެ ސަރަހައްދުން ފްލެޓްސް ތައް ދޭނެ ކަމަށް ރައީސް ޔާމީންގެ ސަރުކާރުން އިއުލާން ކޮށްފައިވާ އެންމެންނަށް އެފްލެޓްސް ތައް ނުދީ ދަ ހިންނަވަރޭމެންގެ ވެރިކަމުގައި އެފްލެޓްސް ތައް ފޭރިގަތީއޭ އެއީ ބޮޑެތި ލުޓޭރޭއިން ކަން ކުރާ ގޮތް ނޫންތޭ މަމެންނަށް އިނގޭހާ ވެސް އެއްޗަކީ ތަމެންގެ އެއް ހިއްސު މަދު މުޝްރިކް ހޮލިކް ވެރިކަން އެއީ ރައްޔިތުންނަށް ހެޔޮ އެދޭ ވެރިކަމެއް ނޫނޭ ހެޔޮއެދޭ ވެރިކަމެއް ނޫނޭ...

 35. ޖަވާޒު މޭފެއަރ

  ސާބަސް މައުމޫނު.. ތީ ގައުމުދެކެލޯބިވާ މީހުންނަކީ.. އަމިއްލަޔަށް މުސާރަ ކުޑަކުރަން ވިސްނެވީ ތީ..

  މަޖިލީހުގަިއ މިތިބީ ލޭބޯ އާލާތްތަކެއް.. ދިވެހީންގެ ލޭބޮނީ މުސާރައިގެ ނަމުގައި..ޚައްސަކޮށް އެލެކްސް

  މަހެއްގެ މުސާރަ 80 ހާހުގެރޭޓްުން = 6,640,000 ހަ މިލިޔަން ހަސަތޭކަސާޅީސް ހާސް
  މަހެއްގެ ކޮމިޓީ އެލަވަންސް 20 ހާހުގެރޭޓްުން = 1,660,000 އެއް މިލިޔަން ހަސަތޭކަ ފަސްދޮޅަސް ހާސް
  މަހެއްގެ ކެއުމުގެ ޚަރަދު ދުވާލަކު 750 ބޮލަކަށް = 1,867,500 އެއް މިލިޔަން އަށްސަތޭކަ ފަސްދޮޅަސް ހަތްހާސް ފައްސަތޭކާ
  ޖުމުލަ ބޭކާރު ޚަރަދު : 122,010,000 ސަތޭކަ ބާވީސް މިލިޔަން އަހަރަކު އެބަހިނގާ..
  30,000 އަށް މުސާރަ ކުޑަކޮށް ކޮއްތު ކަނޑާލުމުން 92 މިލިޔަން ދައުލަތަށް ސޭވުކުރެވޭ..

 36. އަލްޖިބްރާ

  ޔާމީނު ޖަލުގައި ހުންނަން ޖެހުނީ މިޤައުމުން ވައްކަން ކުރީމަ ! އެއީ އެހެންމީހުން ހިތާމަ ކުރަން ޖެހޭ ކަމެއް ނޫން ! އެކަމާ ހިތާމަ ކުރާނީ އޭނާ !

  3
  6
 37. ކްލޯސްޑް

  ޔާމީން އެކަނި ޖަލަށް ލުމުގެ އިންސާފެއް ނުވިސްނޭ ކަމަށް ކެނެރީގެ ނަޝީދު ވިދާޅުވާނަމަ ތަމެން ޖެހޭނީ މަމެން ޕިންކީންގެ ރައީސް މިހާރުން މިހާރަށް ދޫކޮށްލަންއޭ ކްލޯސްޑް....

  4
  1
 38. މޮހަދޭ

  ރައީސް ނަށީދު އަކީ މީހުނނައް މަލާމައް ކުރައްވާ ބޭފުޅެއް ނޫން ރައީސް ނަށީދު އެހެން ވިދާޅު ވީ އޭނަގެ ހިތުގެ އޮށް ހަމްދަރުދީ އެއްގެ ބޮނޑުކަމުން. "ވައްލާހު އައުލަމް".