އޭޑީކޭ ހޮސްޕިޓަލިން ކޮވިޑް-19 އަށް ޓެސްޓުކުރަން ފަށައިފިއެވެ.

ކޮވިޑް-19 އާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ގޮތުން މިރޭ ދަރުބާރުގޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ތަރުޖަމާނު، މަބްރޫކު އަޒީރު ވިދާޅުވީ އޭޑީކޭ ހޮސްޕިޓަލުނުގައި ކޮވިޑް-19 އަށް ޓެސްޓުކުުމުގެ ހުރިހާ އިންތިޒާމުތަކެއް ހަމަޖެހި، މިހާރު އެ ހޮސްޕިޓަލުގައި ކޮވިޑް-19 އަށް ޓެސްޓުުކުރަން ފައްޓާފައިވާ ކަމަށެވެ.

އޭޑީކޭ ހޮސްޕިޓަލުން ދުވާލަކު 500 ޓެސްޓް ހެދޭނެކަމަށް އަންދާޒާ ކުރެވޭ ކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ. އަދި އައިޖީއެމްއެޗް ހޮސްޕިޓަލުގައި އާ އެކްސްޓްރެކްޝަން މެޝިނެއް އިންސްޓޯލްކުރަމުންދާ ކަމަށާއި، އެ މެޝިނާއެކު އައިޖީއެމްއެޗް ހޮސްޕިޓަލުގައި ޕީސީއާރު ޓެސްޓިންގް ކެޕޭސިޓީ 700 އަށް އިތުރުވެގެންދާނޭ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. އަދި މިހާރުވެސް ފުލުހުން މެދުވެރިކޮށް ދުވާލަކު 145 ޓެސްޓް ހެދޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް އިތުރަށް ވިދާޅުވީ ރާއްޖެއަށް އިތުރަށް ގެންނަ ބަޔޯފަޔާގެ ދެ މެޝިން މިހާރު ހުރީ އިންޑިޔާގައި ކަމަށެވެ. އަދި އެ ދެ މެޝިނު އަންނަ ހަފްތާގައި ލިބޭނެ ކަމަށާއި، ދެ މެޝިނުވެސް ބޭނުން ކުރާނީ ޓްރީޓޮޕް ހޮސްޕިޓަލުގައި އަދި އައިޖީއެމްއެޗުގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

"އޭގެ އިތުރުން މިހާރު އަޅުގަނޑުމެން ގެންނަން މަސައްކަތްކުރާ އިތުރު ޕީސީއާރު މެޝިނުގެ ތެރެއިން ބަޔޯފަޔާގެ ދެ މެޝިން މިހާރު ހުރީ ޓްރާންސިޓުގައި އިންޑިޔާގައި. އެ ދެމެޝިން ބޭނުން ކުރާނީ ޓްރީޓޮޕް ހޮސްޕިޓަލުގައި އަދި އައިޖީއެމްއެޗުގައި. މި ދެ މެޝިން މި އަންނަ ހަފްތާގެ ތެރޭގައި ރާއްޖެއަަށް ގެނެވޭނެކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ." މަބްރޫކު ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 1،216 އަށް އަރާފައެވެ. އޭގެތެރެއިން 91 މީހަކު ބަލިން ރަނގަޅުވިއިރު، ބަލި ޖެހިގެން 4 މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހިޔާލު1

    ރާއްޖެތެރެއަށް ތިއިން މެޝިނެއް ފޮނުވައިދީބަލަ. ޓެސްޓް ހަދަން.

    • ނަޒްފާ

      ކާކު ޓެސްޓު ކުރަނީ

  2. ސެލްނާ

    މީއީ ދޮގެއް. ޓެސްޓު ހެދުމަށް ޕޮލިސް ލެބަށް ޓްރެއިނިން ހަދަން ދިޔަ މީހުނަށް އަިވެސްދަސްނުވޭ. ޕީސީއާރު ހެދުމަށްބޭނުންވާ ބައެއް އާލާތްތައް ނެތިގެން އެކި ހޮސްޕިޓަލް ތަކުން އެއްޗެހި ހޯދުމުގަ އަދިވެސް އުޅެނީ. މިމީހުން ހަދާ ޓެސްޓް ރަގަޅެއްނުވާނެ

  3. އަރީ

    ޙަބަރުގަ އިން ކުށެއް ރަނގަޅުކުރޭ..ޕޮޒިޓިވްކޭސް 1216 އޭބުނާއިރު އެއްދުވަހު ޕޮޒިޓިވް ވެފަ ޖެހިގެން އަންނަ ދުވަހު ޑަބަލް ނެގެޓިވް ވިޔަސް އެމީހާ ގުނަނީ ޕޮޒިޓިވްގެ ގޮތުގަ ، ކޯވޮޑު ޖެހިގެން މަރުވި 4 މީހުން މަރުވިކަމަށް ނުބުނެވޭން..ހައްތަހާ އެޗްޕީއޭއިން މަސައްކަތް ކުރަނީ ގަދަބާރުންވެސް މީހުން ޕޮޒިޓިވްކިކަމަށް ދައްކާ މަރުވިމީހުން މަރުވިސަބަބަކީވެސް ކޮވިޑްކަމަށް ދައްކާ.. ބަލީގެ އަސްލައްވުރެން ނުރައްކާތެރިކަމަށް ދައްކަން.. ކިތަންމެ ވަރެއް ކުރަން އުޅުނުނަމަވެސް ތިކިޔާ ލޮލަންނުފެންނަ ހަމައެކަނި ކިޓަށް ފެންނަބަލި ﷲގެ ރަހުމަތުން ދިވެހިން ކުރިމަތީ ސުމެއް..

    1
    2
  4. ޙަތުމާ

    ލާރިގަނޑެއް. ކިހާވަރަކަށްބާ. މިއީ ކޮވިޑަށް ފިލަންވެގެން އުޅުނު ހޮސްޕިޓަލުގެ ހާލަތު.