ލޯބިވެރިޔާ އާއި މައްސަލަ ޖެހިގެން ބޭސްކެއި ދިވެހި އަންހެނަކަށް ފަރުވާދޭން ފަށައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ އަންހެން މީހާއަކީ ގއ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ އަންހެނެކެވެ.

އެ އަންހެން މީހާއަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށާފައި ވަނީ، ގިނަ އަދަދަކަށް ބޭސް ކެއުމުން ހާލު ދެރަވެގެންނެވެ.

މިހާދިސާ އާއި ގުޅިގެން އޭނާއަށް ފަރުވާދެމުން ދަނީ އައިސީޔޫގައި ކަމަށް މަޢުލޫމާތު ލިބެއެވެ. ނަމަވެސް އެކަމާއި ގުޅޭ އިތުރު މަޢުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.

މި ހާދިސާ އާއި ގުޅިގެން ރަސްމީ އިދާރާއަކުން މަޢުލޫމާތެއް ހާމައެއް ނުކުރެއެވެ.

މީގެ ކުރިންވެސް ރާއްޖޭގައި މިފަދަ ގިނަ މައްސަލަތަކެއް ފެންމަތިވެފައި ވެއެވެ.


އަމިއްލަ އަށް މަރުވުން ނުވަތަ މަރުވާން މަސައްކަތްކުރުމަކީ އިސްލާމްދީނުގައި ވެސް ވަރަށް ބޮޑަށް ނަހީ ކުރައްވާފައިވާ ކަމެކެވެ.

ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (لَا ضَرَرَ وَلَا ضِرَارَ) މާނައަކީ: "ގެއްލުން ދިނުމެއްވެސް، އަދި ގެއްލުން ލިބިގަތުމެއްވެސް ނުވެއެވެ."


ހިލޭ ކައުންސިލިން ދޭ ތަންތަނުގެ ތެރޭގައި:

ދަމަނަވެށި :3318901
ސޮސައިޓީ ފޮ ހެލްތް ސައިންސަސް (ޝީ): 3318804، 7976325
ޔޫތް އެންޑް ސްޕޯޓްސް ސެންޓަރު: 3313755، 3323860
ޖުވެނައިލް ޖަސްޓިސް ޔުނިޓް: 3306691

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޙަަރުން

    ކަހާނީ ގަރް ގަރް ކީ

    24
    3
  2. އޭނާ

    މަށައް ހީވަނީ އަލަގަހަކުން ފަޅާފައި ހުރި އަލަ ނިރެއް ކަންނޭނގެ؟

    19
    3
  3. މުހައްމަދު

    ގަލުގާ ލިޔެލަދޭށެ އަދުދެން މިހެން ލޯބީގަ ބާކީވި އިންސާނަކިން.

    18
    6
  4. ސ

    އަނހަ؟ ކިހިނެއް އެ ހެއްދެވީ؟

    3
    2
  5. Anonymous

    ހޭބަލިވެފަ ހުރި އަންހެނެއް ތިޔާއީ

    5
    2
  6. އޮން

    ތިހެން ނުހަދާ މަވެސް މިހުރީ ހުސްކޮން

    9
    1