ޑޮކްޓަރަށް ދެއްކޭނެ ގޮތެއް ހަމަނުޖެހި މާލޭގައި އުމުރުން ހަތަރު މަހުގެ ތުއްތު ކުއްޖަކު ނިޔާވެއްޖެ އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެކުއްޖާ ނިޔާވެފައި ވަނީ، ދިމާވި ހާލަތެއްގެ ސަބަބުން ފަރުވާދެވޭނެ ގޮތެއް ހަމަނުޖެހިގެން އުޅެނިކޮށެވެ.

އެކުއްޖާގެ އާއިލާގެ ފަރާތުން ވަނީ މިކަން "ވަގުތު" އަށް ކަށަވަރުކޮށްދީފައެވެ.

މި ހާދިސާގައި ނިޔާވެފައި ވަނީ ފިރިހެން ކުއްޖެކެވެ. އެކުއްޖާ ނިޔާވެފައި ވަނީ ރޭ ފަތިހުގެ ވަގުތެއްގައެވެ.

މި ހާދިސާ އާއި ގުޅޭގޮތުން މަޢުލޫމާތު ދިން ފަރާތަކުން ބުނެފައި ވަނީ، ކުއްޖާ ހޮސްޕިޓަލަށް ގެންދިއުމުން ޑޮކްޓަރަށް ދެއްކޭގޮތް ހަމަނުޖެހުނީ އެވަގުތު ހޮސްޕިޓަލުގައި ކުއްޖާއަށް ފަރުވާދޭނެ ޑޮކްޓަރަކު ނެތުމުން ކަމަށެވެ.

އެނގިފައިވާ ގޮތުގައި ކުއްޖާއަށް ފަރުވާދިނުން ލަސްވީ، ކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ ވަގުތު އެ ހޮސްޕިޓަލުގައި އެކުއްޖާއަށް ފަރުވާކުރެވޭނެ ޚާއްސަ ޑޮކްޓަރެއް ނެތުމުންނެވެ.

"ހޮސްޕިޓަލުން ބުނީ އެވަގުތު ޑޮކްޓަރެއް ނެތްކަމަށް، ހެނދުނު ވަންދެން މަޑުކޮށްލަން އެދުނީ"

އޭނާ ބުނެފައިވާގޮތުން އެކުއްޖާ ނިޔާވީ ގާތުންކިރު ނުބޮއެ ރޯތީ ވީގޮތެއް ބަލަން ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކޭނެ ގޮތެއް ހަމަނުޖެހި ގިނައިރުތަކެއްވެ، "ރޮއެރޮއެ އޮއްވާ" ކަމަށެވެ.

"ނުރޯތީ ބެލިއިރު އޮތީ ނިޔާވެފައި. އޭގެ ފަހުން ޑޮކްޓަރެއް އައިސް ބުނީ ނިޔާވެއްޖެ ކަމަށް،"

ކުއްޖާއަށް މި މައްސަލަ ދިމާވީ ކިހިނެއްކަމެއް އެނގިފައެއް ނުވެއެވެ. ނަމަވެސް އޭގެ ކުރިން އެކުއްޖާ ހުރީ ރަނގަޅަށް ކަމަށާއި، ކުރިން ދޭތެރެ ދޭތެރެއިން ގާތުންކިރު ނުބުއި ނަމަވެސް ހާލަތު ގޯސްވި ފަހަރެއް ނާންނަކަމަށް ވެސް މަޢުލޫމާތުދިން ފަރާތުން ބުނެފައި ވެއެވެ.

މިކަމާއި ގުޅިގެން އޭޑީކޭއަށް ގުޅުމުން ފޯނަށް ޖަވާބު ނުދޭތީ، އެ ހޮސްޕިޓަލުގެ ބަހެއް އަދި ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

91 ކޮމެންޓް

 1. ޢިޖްތާޒް

  ޢިންނާލިއްލާހި. ދިވެހިންނޭ ތިޔައްވުރެ ރަނގަޅަން މެނޭޖްކޮށްބަލަ ޕަލީސް.

  270
  3
  • މަލް

   ޕަލީސް؟

 2. Anonymous

  إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ‎

  229
  2
 3. ދެއްވާށި

  ބަންގާޅު ބޭފުޅެއްގެ ކުއްޖެއްނަމަ ޔަޤީނަށްވެސް މުޅި ޤައުމު ހުއްޓުމަކަށް އައީސް! މިއީ ބޮޑުވަރު! ދިވެހިންގެ ޤައުމުގައި ދިވެހިން ހަލާކުވެނިމިދަނީ! ކިހާދެރަ! ޢާއިލާއަށް ކެތްތެރިކަން ދެއްވާށި!

  320
  130
  • ހެޔޮނުވާނެ

   މިކަމާ ބިދޭސީންނާ އޮތީ ކޮންގުޅުމެއްތޯ؟ އެމީހުންނާ ނުލާ އަހަރެމެންނަށް އުޅެވޭތޯ؟ އެ ތުއްތު ކުއްޖާގެ މަރުގެ ވާހަކައިން އަމިއްލަ ޒާތީ ދެކޮޅުވެރި ހިޔާލުތައް ފާޅުކޮށް ފިތުނަ ތިޔަ އުފައްދަވާނީ މީ މާތް ރަމަޟާން މައްސަރުކަން ވެސް ހަނދުމާނެތީތޯ؟

   65
   7
  • ބުލާކި

   އެބޭފުޅުން މިތަނަށް ހޯސޭލްކޮށް ގެނަޢީ ޔާމީނުގެ ހަޔައ އެޑިޔުކޭޝަން މިނިސްޓަރު ކަމުގަޔާއި ރަޢިސްކަމުގައި.

   7
   27
   • ޝިފޫ

    ވަރެއްވެފަ ދޯ މިތިބެނީ

 4. ސޯނިޔާ

  إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ‎

  187
  1
 5. ނޫފަރޭ

  إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ‎

  170
  1
 6. ޟމ

  إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ‎

  166
  1
 7. ޢަ

  އީރ ގަވެސް ޑޮކްޓަރެއް ނެތީތޯ؟ ހެޔޮނުވާނެ އެހެންކަންތައްކުރާކަށް!!! ޢާއިލާއަށް ކެތްތެރިކަން ދެއްވާށި!...

  252
  3
  • Anonymous

   އޭޑީކޭ އަށް ލިބޭބޭ ލައިރިގަނޑަ މަދުވެގެން މިއުޅެނީ!

   10
   2
 8. ކޮކީ

  އާހިރުގަ ޒިންމާނަގަން ޖެހޭނީ މްންމަ. ?

  173
  12
  • ބަބޫ

   ތިޔަ ބުނީ ކަން ވާނެގޮތް

   11
   1
 9. ދޮންބެ

  މިގައުމެއް ނެތް! ޔާ ރަހްމާން! އަޅަމެން މިބަލި މަޑުމަޑުން ސަލާމަތް ކުރައްވައި، ނާގާބިލު މީހުން ވެރިންގެ ގޮތުގައި އަޅަމެންގެ މައްޗަށް ނުލައްވާންދޭވެ!
  رَبَّنَا ظَلَمْنَا أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ

  346
  15
  • ސީން

   އާމީން

   121
   2
 10. ޔާހޫޫ

  ރާއްޖޭގެ ސިއްހީ ނިޒާމު ފެއިލުވެއްޖެ

  247
  8
 11. ލާލަ

  ކިހާ ރީތި ހުރިހާ ހިދުމަތެއް އެންމެ ފުރިހަމަ ކަން މި ފެންނަނީ...???

  195
  10
 12. މޮންދު

  إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ‎..ވަރަށް ހިތާމަވެރި ޚަބަރެއް.މިހެންވެގެން ނުވާނެ.ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ހަމަޖެހިފައި އޮންނަންވާނެ.ކޮބާ ހެލްތު މިނިސްޓަރ؟

  207
  2
  • މުހައްމަދު

   ހެލްތު މިނިސްޓަރު ހުރީ މިނިސްޓަރު ތިބޭ މަގާމުގަ މަބުރޫކް ބޮލައް ހުރިހާ މަސައްކަތްތަކެއް ކަނޑާލައިގެން

   135
   12
   • ނައު

    މަބްރޫކު ބޮލަށް ކަނ ޑާލީކީ ނޫނޭ ރައީސް އޮފީހުން މަބްރޫކުއެތަނަށް ފެއްތީ އެއީ ދެންތިބީ ރީދޫ ކުދިން ނޫންވީމަ ރީދޫ ކުލަޖައްސަންވެސް ބޭނުންވީ

    10
    2
 13. ހިތާމަ

  ސުބުހާނަﷲ. ތިފަދަ ކަންކަމުގައި އިހްމާލުވި ބަޔަކަށް ފިޔަވަޅު އަޅަންޖެހޭ ވަރު ކަމެއް ތީ. އާއިލާއަށް ކެތްތެރިކަން ދެއްވާށި.

  132
  4
 14. ނަބާ

  سبحان الله ! އެމަންމަގެ ހިތަށް ކުރާނެ އަސަރު އިޙްސާސް ވުމުން ، ހަމަ ރަނގަޅަށްވެސް ރޮވިއްޖެ!! ހެޔޮނުވާނެ ތިއަށްވުރެ ޒިންމާދާރުވާން ވެއްޖެ ނޫން! ޑޮކްޓަރަށް ނުދެއްކި ކުއްޖާ މަންމަގެ ކޮނޑުމައްޗަށް މަރުވެގެން އެދިޔައީ ވެސް ހޮސްޕިޓަލެއްގެ ތެރޭގައެވެ، ???

  189
  1
  • އަޖައިބު

   ޑޮކްޓަރުން ތިބޭނޭ. ޑޮކްޓަރުން ބަލާނެ. ހާއްސަ ޓޮކްޓަރުން ރޭގަނޑު ނުތިބޭނެ. މިތާ ކޮމެންޓް ކުރާ ކުދިންނަށް އެވަރު އިނގެންވާނެ. ނޭންގެންޔާ ދަސްކުރޭ
   ކުއްޖަކު ރޮއުނަކަސް ނޭންގޭނޭ ކީއްވެ ކަމެއް. އެވަރުވެސް މަދޯކިޔާދޭންވީ

   5
   33
   • ޛސޖަޖ

    އޮން ކޯލްގަ ޑޮކްޓަރެެއް ހުންނަންޖެހޭނެ.. ވަނީކީއްކަން ބުނެދޭން ނޭނގޭވަރު ކުޑަކުއްޖެއް ވީމަ ގުޅައިގެންވެސް ޑޮކްޓަރެއް ގެނެވެންޖެހޭނެ

    27
    2
   • ނަގުލު

    ތީ ހަމަ ތަނެއްގަހުރި ބުރާންޗެއް. ދޮޅުރޯނާއެއް. ވާންޗޯއެއް.

 15. ާަަަަަ

  إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ...

  74
  1
 16. ޙހ

  إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ‎

  68
  3
 17. ފަައިނާ

  إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ

  66
  2
 18. Anonymous

  ނިޔާފް އަނަންދެން އެމީހުން މަޑުކުރީ.ނިޔާފް އައީ ބޭބީ ނިޔާވިފަހުން

  81
  2
 19. އަހުމަދު

  إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ‎

  63
 20. އާދަނު

  ތިކަމުގެ ޒިންމާ އޭޑީކޭން ނަގަންޖެހޭނެ. އެތަން މިހާރު ވަރަށް ފަރުވާކުޑަވެއްޖެ. ދެވޭ ޚިދުމަތައްވުރެ ފައިސާކޮޅުގެ ދަހިވެތިކަމުގަ މިހާރު ތިބެނީ.

  154
  6
  • ޢަލިިިލާ

   ޒިންމާ ވާހަކަ ދައްކާއިރު މިހާރު ހަބަރުގަ ނެތް ކޮން
   ޙޮސްޕިޓަލެއްގަ ވީ ކަމެއް ކަން ވެސް

   7
   1
  • ޔާބޭ

   ކީއްވެހޭ ހަބަރުގެ އެއްބައި މިހާރު ނެތީ. ތީ އޭޑީކޭ ގައި ވީކަމެއް ކަން ވެސް މިހާރު ނޭނގެ

 21. ރައޫ

  ހޮސްޕިޓަލްގަ ޑޮކްޓަރު ނުހުރެދޭތަ. ޢެތުއްތު ކުއްޖާއައް ހަމަ އެހީވާނެ ނަރުހެއްވެސް ހަމަނެތީބާ. މިއޮތީވާގައުމެއް....

  117
  7
 22. ޖޯން

  ކިހިނެއް ދިވެއްސަކަށްފަރުވާދޭނީ މުޅގައުމުގެ ބައިތުލްމާލު ބާންގާޅިންނަށް ހަރަދުކޮށް ހުސްކޮށްފި. ދެންބުނޭބަންގާޅިންނަކީދިވެހިންގެ ބަޔަކު ގެނާބައެކޭ. ބަންގާލިންގެ 50% މީހުންނަކީ ޓުއަރިސްޓް ވިސާގައި އެތެރެވެފައިތިބިބައެއް. ބަންގާލިން ރާއްޖެއަންނައިރު އޮންނަނީ ޕްލޭންރާވާނިންމާފަ. އެމީހުންގާތު ރާއްޖޭގައި އުޅޭބަންގާޅިން ބުނެފަ އޮންނަނީ ރާއްޖޭގެ އެއާޕޯޓުން އެތެރެވާގޮތަށް ޕާސްޕޯޓް އެއްލާލާ ހުރިހާލިޔެކުޔުމެއް ނައްތާލުމަށް. އޭރުން އެވީ އެމީހުންއެބުނާ ފްރީވިސާގައި އެތެރެވިމީހަކަށް. އަދިވެސް ފުލުހުންނިކުމޭ ދިވެހިންމަރަން ކަރަންޓް އުންޑަޖަހަން.

  121
  28
  • ފާތު

   މީހުންގެ ނަމުގަ އައިސް ދެދުވަހު މަސައްކަތައް ނިކުމެފަ އަނެއްދުވަހު ފިލައިގެން ދާ ބަންގާޅިން ވެސް މަދެއްނޫން.

 23. އާމާލް

  ގައިމު އެމީހުން އަރާ ކިޔަނީ ޑޮކްޓަރުންނާ ނަރުހުން މިހާރު ނުކައި ނުބޮއެ ހިދުމަތުގައޭ އުޅެނީ

  104
  9
  • ސަނާ

   ޢެއީ އައިޖީއެމްއެޗްގެ މީހުން މިމީހުން މިދިޔައީ އޭ ޑީކޭއަށް އަދި ޚިދުމަތް ކުރާބަޔަކު މިހާރުތިބީ ކޮވި ޑްގެޚިދުމަތުގަ މިގައުމުގަ މިހާރު އެހެން ކަމެއްނެތް

  • ައަޅޭ މަބޭ

   ކަލޭއަށް ނުވިސނޭތަ؟ ޑޮކްޓަރުންނާ ނަރުހުން ހަމަ ނުނިދާ ނުކައި ނުބޮއި އެ އުޅެނީ! ރާއްޖޭގެ ރައްޔަތުންނާ ތިޔަބުނާ ފްރީ ވިސާ ބަންގާޅުންގެ ޚިދުމަތުގަ. ކަމެއް ހިނގާފާނެ. ކޮންމެއަކަސް މި ހާދިސާއަކީ ވަރަށް ހިތާމަވެރި ހާދިސާއެއް. ނަމަވެސް ސުވާލަކީ އެއްވެސް ޑޮކްޓަރެއް ނެތީތޯ ނޫނީ ނިޔާފް ނޫން މީހަކަށް ކުއްޖާ ދައްކަން ބޭނުން ނުވީތޯ؟؟
   އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން

   80
   19
 24. ޔާﷲ

  ޔާރަށްބު އަޅަމެނަށް އެންމެހައި ހެޔޮގޮތްތަށް މިވަރުކުރަށްވާށި ހާދަ ހިތްދަތި ދުވަސްތަކެކޭ ހިތް މަރު ވާވަރުވޭ ދެން ހަމަ އެވެސް ގޮތެއް ނެތީބާ ކީއްބާވާށް މިއުޅެނީ ޔާﷲ އަޅަމެންގެ ހިތް ނުތަނަވަސް ކަމަށް އަވަސް ޝިފާއެއް އަޅަމެނަށް މިންވަރު ކުރަށްވާނދޭވެ. ޢާމީން

  86
  1
 25. ޑޮކްޓަރު

  ކުއްޖާ ނިޔާވީމަ ޑޮކްޓަރަށް އައިސް މަރުވިކަން ޔަގީންކުރެވުނު ދޯ..؟ ކީކޭދެން ބުނާނީ؟ ތިޔަވެސް ސަރުކާރު ބޮޑެއްގެ މީހެއްގެ ދަރިއަކަށް ދިމާވިކަމެއްނަމަ ހުރީސް ފޯރި.. ސިޔާސީ ވެރިއެއްގެ މީހެއްނަމަ ދިޔައީ ދުވަސް.. ފެއިލްވެފައިވަނީ ކޮންދިމައަކުންތޯ ބަލާކަށް ނުވޭދޯ އަދިވެސް..

  إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ‎

  104
  8
  • ހިތާމަ

   ސިޔާސީ މީހެއްގެ ދަރިއެއް ނަމަ ހޮސްޕިޓަލަށް ނުގޮސް ވެސް އެއްމެ ފުރިހަމަ ފަރުވާ ލިބޭނެ!! އެއްމެ ނުރައްކާ ހާލަތަށްވެސް ތައްޔާރުނަމަ މިކަން ދިމާވާނެބާ!!!!

   52
   6
 26. ރާޒީ

  ހަގީގަތަކީ ކޮވިޑާއި ގުޅިގެން ހޮސްޕިޓަލް ތަކުން ޖެހިލުންވަާކަން ފަރުވާދޭން . ކިޑްނީގަ ހިލަ ހުރެގެން ތަދު އަރައިގެން އޮއްވައި މަގޭ ބައްޕަ ގެއައް ފޮނުވާލީ އައިޖީމެއެޗް އިން، އޭރު އެމީހުން އޮތް ސްކޭނެއް ހަދަން ދީފަ އެވަގުތު ސްކޭން ޑޮކް ނެތިގެން ބުނީ ދެދުވަސް ފަހުން އަންނާށޯ ސްކޭން ކުރަން އޭރު ބައްޕަ މި އޮތު ތަދު ތިރި ނުވެ ރޮއެ ރޮއެ. ދެން ފަތިހު ކުރާނެ ކަމެއް ނެތިގެން ޓްރީޓްޕް އައް ދިޔަ އީ އެމީހުން ވަގުތުން ސްކޭން ކޮއްފަ ރޫލް އައުޓް ކުރި

  • ވަސީ

   މާ އެއްޗިސް އިނގޭ ބަޔަކަށް ވެގެން ނޫޅެބަލަ ކަލޭމެން

 27. ހިތާމަ ހުރި

  މިކޮވިޑް އައި ފަހުން...އެހެން ހުރިހާ ބަލިތައް މުޅިން ނެގްލެކްޓް ވެފައި...އަސްލު އެމަރޖެންސީތައްވެސް އަޅާލާނެ ޑޮކްޓަރެއް ނެތި ރައްޔިތުން މިތިބެނީ..ހޮސްޕިޓަލްތަކުގައި ޑޮކްޓަރުން މީހުން ނުބަލަނީ ކޯވިޑްއަށް އެކްސްޕޯސް ވެދާނެތީ...ވަރަށް ހިތާމަ ހުރިކަމެއް

 28. ނޯ ސޮރީ

  ހަމަ މިހާރު އޭޑީކޭގެ އެއްބަސްވުން އުވާލާ... އެމީހުން އެތަން ހިންގަނީ ވިޔަފާރި ކުންފުޏެއް ގޮތަށް...

  9
  2
 29. ޢަހްމަދު

  إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ‎.

  45
 30. އަޅުގަނޑު

  ވިސްނާލަ ބައްލަވާ ، ސަރުކާރުގެ ބޮ ޑު ބިމެއް ، ކު ޑަ އަގެއްގައި ، އާމު ރައްޔިތަކަށް ދީގެން ، މިހިރަ ކުޅޭ ކުޅި ސަމާ ގަނ ޑެއް ، ނިކަމެތި ރައްޔިތުން ފެލަމުން ދާއިރު ވެސް ، ސަރުކާރު ތަކުން މި ތިބީ ކުޅިބަލަން ނިކަން ބައްލަވާ ތުއްތު ކުއްޖަކު ނިޔާވެގެން ދިޔައިރު ޅަކުތަރެއް ނެތް ، ހެޔޮވާނީ ކިހިނެއް ތޯ ؟ މިކަހަލުގެ ނާގާބިލް މީހުނަށް ސަރުކާރުގެ ބިމްތަށް މިދެނީ ހިބަކޮށް ކިތަށް އަހަރު ވެއްޖެތޯ މީނާގެ އަތުގައި މި ބިން އޮންނަތާ ، މިހާރުން މިހާރަށް މި މަސްލަ ބަލާ ، މީނާ އަތުން މި ބިން ސަރުކާރަށް ނެގުމަށް ގޮވާލަން.

  7
  1
 31. ބަނބުކެޔޮ

  އިންނާލިﷲވައިންނާއިލައިހިރާޖިޢޫން މައުސޫމް ތުއްތުު ފުރާނައަށް ސުވަރުގޭގެ ދާއިމީނިއުމައް މިންވަރުު ކުރައްވާށި އަދި އާއިލާއައް ކެއްތެރިކަން ދެއްވާށި އާމީން

  44
  2
 32. ައަހުމަދު

  ދެން ކީއްކުރާ ހޮސްޕިޓަލެއް ؟ ވަރިހަމަދޯ ތިޔަކަހަލަތަނެއް ނެތަސް، މިޤައުމު މިއޮތީހަލަކުވެފައި މިޤައުމަށް ﷲ ކޯފާއެއް ނުފޮނުއްވަނީ މިޤައުމުގަ އުޅޭ ރަނގަޅު މިހުންގެ ސަބަބުން ކަމަށްވެސް ވެދާނެ، ނޫނީ އިސްލާހުވާން ވަގުތު ދެއްވަނީ ކަމަށްވެސް ވެދާނެ ދުއާ އަކީ މާތްﷲ އެތުއްތު ކުޖާއަށް ސުވަރުގޭގެ ޖައްނަތުލްފިރުދޯސްގެ މަތީ ދަރަޖަ ދެއްވުން ، އާއިލާޔަށް ކެތްތެރިކަން ދެއްވާނދޭ އަދި މިޤައުމުގެ ވެރިންނަށް ހެޔޮވިސްނުން ދެއްވާ މިޤައުމު ނުބައިމީހުންގެ ކިބައިން ސަލާމަތް ކުރައްވާނދޭ. އާމީން

  51
  1
 33. ޢަސި

  إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ‎.

  33
 34. އާސް

  إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ

  32
  2
 35. އަދޫ

  إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ...

  23
 36. އެދުރު

  ތީ ވަރަށް މަޝްހޫރު ކުޑަކުދިންގެ ޑޮކްޓަރުން ތިބޭ ހަސްފަތާލެއްކަމަށް އަޑުއަހަން.

  25
  1
 37. ބޭރުމީހާ

  އިންނާލިއްލާހި
  ތިކުއްޖާއަށް ފަރުވާދިނުމުގައި އިހުމާލުވީ ބަޔަކު ވަގުތުން ހައްޔަރުކޮށް މައްސަލަ އަވަހަށް ބެލުމަށްގޮވާލަމެވެ.
  * ކޮބާ ސަރުކާރު
  * ކޮބާ ޖެންޑާ
  * ކޮބާ ހިއުމަން ރައިޓްސް
  އެކުއްޖާގެ މަންމަ ކުއްޖާއަށް ފަރުވާ ހޯދުމަށް ދާންޖެހެނީ ހޮސްޕިޓަލަށް ކަމުން މަންމަ އެތަނަށްގޮސް އޭނާގެ ވާޖިބު އަދާކޮށްފިއެވެ.
  މިއީ ހާދަ އަސަރުހުރި އަދި ރާއްޖޭފެ ޢާއިލާއަކަށް ިހއްދަތިކަބް ކުރިމަތި ކުރުވި ޙާދިސާއެކެވެ. ކުރި މަގުގައި މިފަދަ ޙާދިސާތަށް ދިމާނުވާގޮތަށް ސަރުކާރުގެ ތެރެއިން ކަންކަބް ހަރުދަނާކުރުމަށް ގޮވާލަމެވެ.

  34
 38. ބަބޫ

  ބުނަން މިހާރު މިހެން އަތުގަ އޮންނަ ސްމާޓް ފޯނުން ކޮމެންޓް ކޮށްލައިގެން ތިބެވޭކަށް ނެތް. ރައްޔިތުން ނިކުތީމަ ކުރާނެ ކަމެއް ނޯންނާނެ. ބަނގާޅުން ބޭރުކިރަން ނިކުންނަންވީ. ހޮސްޕިޓަލް ދޮރުމައްޗަށް ދާންވީ. ހަމްދުއަޅާލަ އަޅާލާ ގޭގައި ތިބެގެން ނުވާނެ މިކަމެއް

 39. މޯދީ

  إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ

  ޢަމިއްލަ ގައުމުގަ ރައްޔިތު މީހާ ދެވަނަ ދަރަޖައިގެ ރައްޔިތަކަށް ވެއްޖެ
  ހިތާމައިގެ ކޮޅެއް ނެތް 2018 ގަ ޔާމީނު އާއި އަހަރެން ވަރަށް ދެކޮޅު އެކަމަކު އިނގޭ ކަމަކީ މިއީ ޔާމީނު ރައްޔިތުން ގާތު އެންމެ ފަހު ވަގުތާ ހަމަޔަށް ކުރަމުން ދިޔަ އާދޭސް ކަން ކަން

  35
  3
 40. ީއިއްބެ

  إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ

  22
 41. ޝިޔަަޒު

  إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ

  21
  1
 42. ޒަހީ

  އަޅެ އެކުއްޖާ ބުއްފުޅި ގަޑެއް ވެސް ނުބުއީތަ؟އެވަރު ވީ އިރު އެތާ ނަރުސް ކުއްޖެއްވެސް ނެތީތަ؟

  33
  4
 43. ބުޅި

  މިހާ ރަނގަޅުހިދުމަތެއް ދެންދުވަހަކުވެސް މިގައުމަކުން ނުލިބޭނެ މީކޮންކަހަލަ ޖައްބާރުންނެއް އުޅޭތަނެއްބާ ؟ ޔާﷲ މިއާއިލާއަށް ކެއްތެރިކަން ދެއްވާާ މަރުޙޫމާއަށް ސުވަރުގޭގެދާއިމީނިއުމަތް ދެއްވާފާދޭ އާމީން

 44. ޤ

  إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ

 45. މުހަންމަދު

  ތުއްތު ކުއްޖާގެ މައިންބަފައިންނައް ކެތްތެރިކަން މިންވަރުކުރައްވާށި..

 46. ދެރަ

  ކުއްޖާ މަރުވީމަ ކޮންތާކު ހުރި ޑޮކްޓަރެއްބާ އައިސް އެހެން އެބުނީ؟ އެޑޮކްޓަރު ހޮސްޕިޓަލުގަ ހުރެ، ކުއްޖާއަށް އެޓންޑް ވާންވީ ވަގުތު ނިދާފަތައޮތީ؟؟؟

 47. ރުޤީ

  ނާޤާބިލު ވެރިން ގިނަވުމަކީ ވެސް ޤިޔާމަތުގެ ޢަލާމާތެއް ކަމަށް ދަންނަ ބޭފުޅުން ވިދާޅުވާތީ އިވޭ. އެ މަންމަ އަށް ކެތްތެރިކަން ދެއްވާށި. އާމީން.

  2
  1
 48. މުހައްމަދު

  ތި ކަހަލަ ކަންތަކުން ސަލާމަތްކަން ހޯދޭނެ ގޮތްވެސް އެބަ އޮތް. މައްސަލައަކީ ރާއްޖޭގައި ރެސިޑެންޓް ޑޮކްޓަރުން އެއްވެސް ހޮސްޕިޓަލެއްގަ ނުތިބޭތީ.

 49. މުހައްމަދު އަހުމަދު

  ތި ކަހަލަ ކަންތަކަަަަަަަަށް ހައްލުހޯދޭނެ ގޮތްވެސް އެބަ އޮތް. މައްސަލައަކީ ރާއްޖޭގައި ރެސިޑެންޓް ޑޮކްޓަރުން އެއްވެސް ހޮސްޕިޓަލެއްގަ ނުތިބޭތީ.

 50. ވަގުތު

  إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ

 51. މޮޔަ ސޮރު

  إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ‎

  ހެޔޮ ނުވާނެ ކޮންމެ ކަމެއް ސިޔާސީ ކަމަކައް ނަހަދަބަލަ. ހަމަ ނުޖެހުމާއި ފިތުނަ ފަސާދަ އުފެދުން ނޫން ކަމެއް ސިޔާސީ ކޮއްގެން ނުވާނެ...

 52. ސިއްޚަތު

  4 މަސް ވިޔަސް ،
  ޢަނެއްކާ ބުއް ނުބޮޔަސް ، ޑަކްޓަރުން އެކުއްޖާޔައް އެހެން އެއްޗެއް ދިނަކަ ނުދޭނެ .މި ދުވަސްވަރު، މި ޑޮކްޓަރުން މިއޮއް ގަންނަ ބިރެއް ތާ ދޯ ބަލިމީހުން ބަލަން ، ބަލި ކޮންމެ މީހަކީ ތި ބުނާ ވައިރަހެއް ޖެހިފަ ހުރި މީހެއް ނޫނޭ ، ހެޔޮ ނުވާނެ ތިޔައްވުރެ ރަނގަޅަށް ސިއްހީ ޚިދްމަތް ދޭ ތަންތަން މެނޭޖް ކޮށްބަލަ

 53. ނަން

  إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ‎

 54. ޝައްފަ

  އަސްތަޤްފިރުاللّٰه‎! އެ ތުއްތު ދަރިފުޅުގެ އާއިލާއަށް ސާބިތުކަން ދެއްވާށި. އަދި އެ މަރުހޫމް ދަރިފުޅުގެ މަންމަ އަށް ހިޔްވަރާއި ކެއްތެރިކަން ދެއްވާށި.

  އިންޝާاللّٰه‎ އަދި އެ ދެމައިން ބައްދަލު ވާނެ. މަންމަ އާއި އެކުގައި ނޫނީ ސުވަރުގެއަށް ނުވަދެ، މަންމަ އަށްޓަކައި އެ ދަރިފުޅު އިންތިޒާރު ކުރާނެ. އެ ދެމައިންނަށް އެކީ ސުވަރުގެއަށް ވަދެވުމުގެ ތައުފީޤު ދެއްވާށި، ޔާ ރައްބީ.

  أمين

 55. ޙުސެން

  ހޮސްޕިޓަލަށް ގެންދިޔުން ލަސްވެފަ އި ކަމަށް ބެލެވެނީ

  1
  5
 56. މުހައްމަދު

  إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ

 57. ބުރުމާ

  މިކަމުގެ ޒިންމާ ނަގަން ޖެހޭނީ ޔާމީން

  2
  2
 58. މަންމާ

  ވަކިހޮސްޕިޓަލެއްވެސް ބުނިނަމަ

 59. ާރައު

  إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ‎. ވަރަށް ދެރަވެއްޖެ މިއޮށް ފަދަ ވަސީލަތް ތައް ރަނގަޅު ޒަމާނެއްގަ ތިކަހަލަ ކަމެއްދިމާވީމަ..ހިތާމަ ހުރި???އަދި އެވެސް ކުއްޖާ މަރުވެ އެ ދިޔައީހޮސްޕިޓަލްގަ .މަގޭ ހިތައް އަރަނީ ކުއްޖާ ބުއްނުބޮއި ގިނަ އިރު ވީމަ މަރުވެ އެ ދިޔައީ ބަނޑުހައި ވެ ގެން ބާއޭ.

 60. ވިސާމާ ނައީމު

  ތީމިހާރު ހާލަތު ހުރިގޮތް ޑޮކްޓަރަދެއްކުމަކީ މިހާރު އުނދަހުލަކަ ވެފަ މިއޮތީ ބައްޔާ ގުޅޭ ހާއްސަޑކުޓަރަ އަމުދުން ނުދެއްކޭ މަންމަ ޑޮކްޓަރަ ދެއްކުމަ ހުޅުމާލޭ ހޮސްޕިޓަލަ ގުޅުމުން ބުނީ ވަކި ޑޮކްޓަރަކަށް ދެއްކޭކަތް ނެތޭ ދެން އައޖީ އެމް އެޗް ގުޅުމުން ވެސް މިޖަވާބު ދިނީ ދީފަ ބުނީ އެޕޮއިންޓްމަންޓް ހަމަޖެހުނީމަ ގުޅާނެކަމަ މިހާރު އޭގެފަހުން ދެހަފުތާ އަދި ހަބަރެއް ނުވޭ ކިތަންމެ ބޮޑުބައްޔެއް މީހަކު ވިޔަސް ހުންނަން ޖެހެނީ ހޮސްޕިޓަލުގަ ތިބޭ އާދައިގެ ޑޮކްޓަރުން ދައްކަން ބުނަނީ މިވެނި ބައްޔެއްވެގެންނޭ ބުންޏަސް ހާއްސަ ޑޮކްޓަރަކަށް ނުދެއްކޭ ކިހާ ދެރަކަމެއް މިކަންތަކަ އެއްސް ފަރުވާލެއް ދޭބަޔަކު ނެތް ޓީވީ އަށް އަރާ ރައްޔަތުންގެ އެޓެންށަން ހޯދަން ރޮއި ދޮގު ހަދަނީ މިހާރު ށައުގު ވެރިކަމެއް ނެތް ތިދައްކާ ވާހަކަ އަޑުއަހަން ބަންގާޅިންނަ ހިދުމަތް ކޮށްދީފަ ބަހައްޓާ?

  4
  1
 61. ނަމީ

  ޢޭޑީކޭ އިން ބުނާނެ މޮޅު ބަހެއް. ދުވަހަކު އެ މީހުން ކުށެއް ނުދައްކާނެ. މި ކަމުގަވެސް އެންމެ ފަހުން މަންމަ ކުއްވެރި ވާނީ. ހޮސްޕިޓަލްގަ އޮން ކޯލް ޑރ ވެސް ނުތިއްބަވަނީތޯ؟

 62. ކޮސް ހެލްތް މިނިސްޓްރީ

  އައިޖީއެމްއެޗް ތިޔަށް ވުރެ މާ ނުބައި. އެމެޖެންސީގައި ދިޔަޔަސް މިދެއްކެނީ ހަފްތާ ދެހަފްތާ ފަހުން.

 63. ވަހީދް

  މިކަމުގެ ޒިންމާ އުފުލަން ޖެހޭނީ އެމައުސޫމް ކުއްޖާގެ މައިން ބަފައިން ކަމައް ބުނާނީ

  1
  2
 64. Anonymous

  ސުވާލުކުރެވޭނޭ ދުވަހަށް ތައްޔާރުވާށޭ. 24 ގައިޑިއިރު ޚިދްމަތް ލިބޭގޮތަށް ޚާއްޞަ ޑޮކްޓަރުން ހޮސްޕިޓަލްގައި ނެތުމަކީ ނިޒާމް ފެއިލްވުމެއް.

 65. Anonymous

  ސުވާލުކުރެވޭނޭ ދުވަހަށް ތައްޔާރުވާށޭ. 24 ގައިޑިއިރު ޚިދްމަތް ލިބޭގޮތަށް ޚާއްޞަ ޑޮކްޓަރުން ހޮސްޕިޓަލްގައި ނެތުމަކީ ނިޒާމް ފެއިލްވުމެއް. އެންމެ ނިޔާފަކަށް ހޮސްޕިޓަލެއް ބިނާވެފައި އޮތުމަކީ މައްސަލައެއް އެތައް ނިޔާފެއް ތިބެންޖެހޭ.

 66. ދިވެހި މީހާ

  އަޅުގަނޑުމެން ބޭނުން މިކަމައް އިހުމާލުވި މީހުނައް ޙައްގު އަދަބު ދޭން .އަދި މިކަހަލަ ކަންތައް ވިޔަނުދިނުމައް ސަރުކާރައް ގޮވާލަން

 67. ޥަގުތު

  ހުސް ދޮގު. ޢޭޑީކޭގަ 24 ގަޑިއިރު ޑޮކްޓަރުން ތިބޭނެ.

 68. ާިއައިސް

  ޜައްޔިތުން އިންޑިއާ ސިފައިންނަށް ހަވަރު ދޭން?

 69. ބުހުތާނު

  ހާދަ ގަބޫލު ނުކުރެވެޔޭ. އީއާރްއިން ފަރުވާ ލިބޭނެ. މަވެސް އިހައްދުވަހު ދަރިފުޅު ފިޓުޖެހިގެން ދަންވަރު ގެންދާއިރަށް ވަގުތުން ފަރުވާ ފެށި. އަދި އެގަޑީގަ އިތުރު ބަލިމީހުން ދައްކަން ވެއިޓިންގަ މަޑުކުރުވާފަ. ނަރުހުން ވަގުތުން އޮކްސިޖަން ގުޅާހެދިތަނާ ޑޮކްޓަރު ދުރުވީ. މަށަށް ހީވަނީ ގެންދިޔަލެއް މާ ލަސްވީހެން. މަގޭ މެދަަށްހުރި ސޮރު 6 މަހުގަ ބޭރަށް ހިންގާ ހޮޑުލެވި ގާތުން ރަނގަޅަށް ނުބޮވޭތީ ގެންދިޔައިރު ހަމަ ދެމިފަ އޮތީ. އިރުއަރަންދެން މަޑުނުކޮށް ދެވުނުކަން ރަނގަޅު. ކުއްޖާ ޑީހައިޑްރޭޓްވީމަ ފެންނާނެ އަލާމާތްތަށްވެސް ކިޔާދިން. ވަރަށް އިރުން ފުރާނައަށް ނުރައްކާވާވަރު ވާނީ

 70. Anonymous

  ޢެއި àdk ގެ ޒިންމައެއް

  1
  1
 71. ނުހާ

  މާތްކަލާކޯ!!!!! ޢަހަންނަށް ރޮވިައްޖެ!!
  ހޮސްޕިޓަލެެއް ވިއްޔާމު ބަލިމީހުން ބަލަން އަބަދުވެސް އެކަށޭނެ ޑޮކްޓަރެއް ހުންނަންޖެހޭނެދޯ!!!!!!
  ކިހާދެރަ ކަމެއްދެންމީ!!!!!! ކޯޓުން ހަރުކަށި ފިޔަވަޅުއަޅާ!!!
  ހޮސްޕިޓަލް ގަދަޔަށް ޖޫރިމަނާކުރޭ.!! މިއީ އެއްވެސް ވަރަކަށް ދޫކޮަށްގެން ވާނޭކަމެންނޫން!!!!!

 72. ނނނނ

  މާތްރަސްކަލާނގެ ކިބަފުޅަށް ގެންދަވަން ހުރި މީހަކު ގެންދަވާނެ ކަލޭމެން އިބޫ ޖަލަށް ލިޔަސް

  1
  1