އޭޑީކޭގައި ބުރާސްފަތި ދުވަހުގެ ފަތިހު ނިޔާވި ކުއްޖާ ނިޔާވެފައި ވަނީ ފަރުވާދެމުން ދަނިކޮށް ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއްޖެ އެވެ.
އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، އެކުއްޖާ ނިޔާވީ އީއާރުގައި ފަރުވާދެމުން ދަނިކޮށް ކަމަށާއި، ކުއްޖާ ނިޔާވި ހާދިސާ ތަހުޤީޤު ކުރަމުން އަންނަ ކަމަށެވެ.
އަފްއާލް ވިދާޅުވީ، އެކުއްޖާއަށް އޭޑީކޭގެ އިމަޖެންސީގައި ފަރުވާދެމުން ދިޔައީ، ސްޕެޝަލިސްޓް ޑޮކްޓަރުންގެ ލަފަޔާއިވެސް އެއްގޮތަށް ކަމަށެވެ.
"މީގެ ކުރިންވެސް އޮންނަ ގޮތް އެއީ އެއްވެސް ކަމަކާ ގުޅިގެން ކޮމްޕްލެއިނެއް އައިއްސިއްޔާ ތަހުޤީޤުކުރުން. އެގޮތުން މިކަންތައްވެސް ތަހުޤީޤު ކުރަމުން މިދަނީ. އެކަމަކު ނިޔާވީ އީއާރުގައި ފަރުވާދެމުން ދަނިކޮށް،" އަފްއާލް ވިދާޅުވިއެވެ.
ހަމައެހެންމެ ކުއްޖާގެ މަރާއި ގުޅޭ މަޢުލޫމާތު އާއިލާއާއި ޙިއްސާކުރަމުންދާ ކަމަށާއި، އިތުރަށް ހޯދޭ މަޢުލޫމާތުތައްވެސް އެފަރާތާއި ޙިއްސާކުރަމުންދާނެ ކަމުގެ ޔަޤީންކަން އަފްއާލް ދެއްވި އެވެ.
މި ހާދިސާއާއި ގުޅޭ ތަހުޤީޤު މިހާރު ކުރިޔަށްދާތީ، އިތުރު މަޢުލޫމާތު ހާމަކުރެވެން ނެތް ކަމަށް އަފްއާލް ވިދާޅުވިއެވެ.
އޭޑީކޭއިން މިކަން ހާމަކޮށްފައި މިވަނީ، އެ ކުއްޖާ ނިޔާވެފައި ވަނީ ފަރުވާ ނުދެވިކަމަށް އާއިލާއިން މަޢޫލޫމާތުދިން ފަރާތަކުން ބުނެފައި ވަނިކޮށެވެ.
އޮންލައިން ކޮށް މިހާރު ޑޮކްޓަރު ބަލާނެ ގޮތެއްް ހަމަ ވިސްނާ ވިސްްްނާ ނޭގުނު..
އެޔަށްވުރެ ފާމަސީ އަކަށްގޮސް މިހެންވާތީއޭ ބުނީމަ އެތާގަ އިންނަް ބޭސް ވިއްކާ މީހާ ވެސްރަގަޅުވާނެ..
ބޯގަޅި..... ?
ތިތާ އިން ޑޮކްޓަރެއް ވާހަކަ ދެއްކީ ވަރަށް ހަޑި ކޮށް ..މީހުން ދެރަކޮށްލާ ފާޑަށް ވާހަކަ ދެއްކީ...ހިޔެއް ނުވެ ޑޮކުޓަރެއް ހެނެއް..އެއްވެސް އޯގާތެރި ކަމެއް ނެތް...ބުރުގާނާޅާ އިން އަންހެނެއް އެއީ..މަތީ ފެންވަރުގެ ވަޒީފާ ތަކުގައ އުޅޭތީ، ވަރަށް ތުރެ ފޮނިވީ ކަމަށް ބެލެވެނީ..ބޭސް ސިޓީ އެއްވެސް ލިޔެނުދިނި..ތިތަނަށް ދެއްކިހާ ލާރިއަކުން ވީކަމެއް ނެތް..
މަންޖޭ. އެއީ ކިޔަވައިގެން ފެންވަރު އޮޅޭމީހުން. ސަބަބަކީ ކިޔަވަނީ މީހުންނަށް ހެލްޕް ވާހިތަކުންނެއް ނޫން. ބޮޑު މުސާރަލިބޭތީ. ދެން ވިސްނާލާ ޑޮކްޓަރުން ނަރުހުން މީހުންނަށް އެހީވުމަށް ޝައުގެއް ނެތް، އެކަހަލަ ވިސްނުމެއް ނެތް ބަޔަކު މިދާއިރާގައި އުޅުނީމަ ވާގޮތް. ރާއްޖޭގެ ގިނައީ ތިބުނާވައްތަރު ޑޮކްޓަރުން. އެކަމަކު ރަގަޅު މީހުންވެސް އުޅޭ. ތިކަހަލަ ޑޮކްޓަރުން ކައިރިޔަށް ދިޔައިމަ ބަލިވާނީ ބޮޑު.
ބަލަންޖެހޭ ކަންކަން ނުބަލައި އެއްވެސް ފަރާތަކުން މިފަދަ ހައްސާސީ މައްސަލަ ތަކުގައި ޚަބަރު ނުފެތުރުން ރައްކާތެރިކަން ބޮޑެވެ. މިހާރު ކަންވެފައި މިވާގޮތުން ޤަބޫލު ކުރަންވީ ކޮން ޚަބަރެއްކަން ސާފެއް ނޫނެވެ. އެނގޭކަމަކީ ކުއްޖަކު މަރުވި ކަމެވެ. މަންމަގެ ކޮނޑު މަތީގައި ކަމެއް ޑރ. ބަލަމުން ފަރުވާ ދެމުން ގެންދަނިކޮށް ކަމެއް ސާފެއް ނޫނެވެ. ދެފަރާތުންވެސް ތެދު ޚަބަރުނޫސްތަކަށް ދޭށެވެ.
ބިލްޑިން ވަރަށް ރީތި .
ތިއޮތީ މުޅި ގައު މު ކޮވިޑު 19 އަށް ހާއްސަވެގެން ގޮސް އެހެން ހުރިހާ ކަ މެއް ދޯދިޔާކޮށް ދޫކޮށްލު މުގެ ނަތީޖާ. ޢިއްޔެ ހޮސްޕިޓަލުގައި ފަރުވާ ދެ މުންދިޔަ 80 އަހަރުގެ މީހަކު، މިޔަދު ކުޑަ ކުއްޖެއް.. ކޮވިޑު އައު މަކީ އެހެނިހެން ބަލިތަކަށް ފަރުވާ ދިނު މުގައި އިޙު މާލުވެ ނުވަތަ ފަރުވާކުޑަ ކުރަންޖެހޭ ކަ މެއް ނޫން..
އޭޑީކޭ މިހާރު ވަރަށް ފަރުވާކުޑަަ ވިހަންދާ މީހުނަށް ވެސް ވަރަށް ގޮތް ގޮތް ހަދާ އެމީހުން
އޭޑީކޭ މީހުން ވަރަށް މޮޅުވާނެ ލާރިނަގަން. ކޮޓަރި ކުލިތައްވެސް ރިސޯޓަކަށް ވުރެ އަގުބޮޑު.
ތިކަމެއް ހިނގީ އައިޖީއެމްއެޗް ނަމަ ހުންނާނެ މިހާރު ފޯރި
ރަނގަޅަށް ތަހުގީގުކޮށްފިއްޔާ ތިކަން ހިނގާދިޔަގޮތްކަމަށްބެލެވެނީ ކުއްޖާގެ އެއްވެސް ހަރަކާތެއްނެތްކަންއެނގި ކުއްޖާހިފަހައްޓާގެން (އެބަހީ ކޮނޑުގައި އޮއްވާ) ހުރިިމީހާ އެކަން އެންގުމުން ދެން ތެޅިގަނެގެން އިމަޖެންސީގައި ފަރުވާ ދިނީކަމަށް. އޭރުއޮތީ މަރުވެފާކަމަށް ވެދާނެ. ހޮސްޕިޓަލްތަކުގެ އާންމު އުސޫލަކީ ހަަކާތެއްނެތި ހޮސްޕިޓަލަށް ގެނައި މީހަކު މަރުވެއްޖެނަމަ ފަރުވާ ދީފާވެސް ބުނާނީ ހޮސްޕިޓަލަށް ގެނައި އިރުވެސްއޮތީ މަރުވެފައޭ. ފަރުވާ އަވަހަށްބޭނުންވާ މީހަކަށް ފަރުވާނުދެވި ލަސްވެގެން މިކުއްޖާއަށް މިދިމާވިގޮތަށް ދިމާވެ މަރުވެއްޖެނަމަ ބުނާނީ މަރުވީ ފަރުވާދެމުން ދަނިކޮށޭ. މީހަގީގަތަކީ.
އޭޑީކޭ އަކީ ދިވެހިރައްޔިތުން ފެލައަގެން މުއްސަދިވާ ބައެއް. ސަރުކާރުގެ ބިން އޮޅުވާލައިގެ ވަހީދު އިރުގަ އަތުރު 25 އަހަރައް ކުޑަކުޑަ ކުއްޔަކައް ނަގައަގެން ރައްޔިތުން ފެލާ ބައެއް
އަންނިޔައް އިނގޭނެ ތިޔަކަމުގެ ހުރިހާ ހަގީގަތެއް.
މިކަހަ ކަމެއް ދިމާވީމަ ހިތަކައް ނާރަދޯ ﷲގެ ކުޅަދުން ވަންތަ ކަމެއް ގޯސްވަނީ ޑޮކްޓަރު ރަނގަޅުވިނަމަ ބުނާނެ ޑޮކޮޓަރުގެ މޮޅު ކަމަކުން ނޫނޭ ﷲގެ ރަހުމަތޭ މޮޔަވެދާނެ މީހަކު
ތަހުޤީޤުނިމޭއި ރު ކުއްވެ ރިވާނީ އެކުއްޖާގެ
މައިން ބަފައިން މިހާތަނަށް ތިހެންކުރިތަހުޤީޣެއްގަ ޒިންމާއުފުލަންޖެހުނު
ފަ ރާތެއްނެތް.