އެމްއެމްޕީއާރުސީގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަނި ޖަލަށްލައިގެންމާ ބޮޑު އިންސާފެއް ލިބޭނެ ގޮތެއް ވިސްނިވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު އެގޮތަށް ވިދާޅުވި އިރު، ޔާމީންގެ 61 ވަނަ އުފަން ދުވަހާ ގުޅިގެން އެ މަނިކުފާނަށް ތައުރީފު ކުރައްވައި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި މާވަށު ދާއިރާގެ މެމްބަރު، ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ ޓްވީޓްތަކެއް ނަޝީދު ވަނީ ރީޓުވީޓު ކުރައްވައިފައެވެ. އެ ޓުވީޓުތައް ރީޓުވީޓު ކުރެއްވުމާ ގުޅިގެން ގިނަ ބައެއްގެ މެދުގައި ސުވާލު އުފެދުނެވެ.

ނަޝީދަކީ އާންމުކޮށް، އެކިއެކި ބޭފުޅުން ކުރައްވާ ޓުވީޓުތައް ރީޓުވީޓް ކުރައްވާ ބޭފުޅެއް ނޫނެވެ. ހާއްސަކޮށް، އިދިކޮޅު އިސް ބޭފުޅުން ކުރައްވާ ޓުވީޓުތައް ރީޓުވީޓް ކުރައްވަފާނެ ކަމަކަށް އެމްޑީޕީގެ ގިނަ ސަޕޯޓަރުން ވެސް ގަބޫލެއް ނުކުރެއެވެ. އެހެންވެ، ނަޝީދުއާ ވަރަށް ބޮޑަށް ވާދަވެރި ބޭފުޅެއްގެ ގޮތުގައި ހުންނެވި ޔާމީނަށް ތައުރީފްކޮށް ބަޔަކު ކުރި ޓުވީޓެއް، ރީޓުވީޓު ކުރުމާ ގުޅިގެން ގިނަ ބަޔަކަށް ލިބުނީ ހައިރާން ކަމެވެ.

ނަޝީދު ދެ ޓުވީޓެއް، ރީޓުވީޓް ކުރެއްވުމާ ގުޅިގެން އެކަން ސާފުކޮށް ދެއްވަމުން، އެމްޑީޕީގެ މެމްބަރުންނަށް ފޮނުއްވި ނޯޓެއްގައި ވަނީ ޔާމީންގެ އަމަލުތަކާއި ހިޔާލުފުޅުތަކާއި އުސޫލުތަކަށް އެމަނިކުފާނު ތާއީދު ނުކުރައްވާ ކަމަށެވެ.

ނަމަވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ހަމައެކަނި ޔާމީން ޖަލުގައި ބޭންދުމުގައި މާބޮޑު އިންސާފެއް ލިބިދާނެ ކަމަކަށް ވިސްނިވަޑައިނުގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބުނީ ކުރީ ސަރުކާރުގެ ވައްކަމުގެ މައްސަލަތައް ބަލާނެ ކަމަށް. އެކަން ކުރުމުގައި އަޅުގަނޑުމެން ފަސްޖެހެންވީ އެއްވެސް ސަބަބެއް ނެތް،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އެގޮތަށް ވިދާޅުވި އިރު، އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވަނީ މި ސަރުކާރުން ގޭ ބަންދަށް ބަދަލުކޮށްފައެވެ.

ނަޝީދުގެ ނޯޓުގައި ވަނީ ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަ ބެލުމަށް އުފައްދާފައިވާ ކޮމިޝަންގެ މަސައްކަތުން ވެސް އިންސާފަށް ވާސިލް ނުވާތީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. މި ސަރުކާރު ވެރިކަމަށް އައުމުގައި އެއީ ވައުދަކަށް ވާއިރު، ކުރާނެ ކަމަށް ބުނި ކަންކަން ކުރަން ޖެހޭ ކަމަށް ވެސް ނަޝީދުގެ ނޯޓުގައި ވިދާޅުވިއެވެ.

ނަޝީދާއި ޔާމީނަކީ މިހާރު ސިޔާސީ މައިދާނުގައި ތިއްބެވި އެންމެ ވާދަވެރި ދެ ބޭފުޅުންނެވެ. ދެ ބޭފުޅުން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ރައްދު ދެއްވައި ހައްދަވައެވެ. ޔާމީން ވެރިކަމަށް ވަޑައިގެންނެވީ ނަޝީދު ރިޔާސީ އިންތިހާބުގައި ބަލި ކުރައްވައިފައެވެ.

އޭގެ ފަހުން، ޔާމީންގެ ވެރިކަމުގައި ނަޝީދުގެ މައްޗަށް އައީ 13 އަހަރުގެ ޖަލު ހުކުމެކެވެ. އެ ހުކުމުން އެމަނިކުފާނު ސަލާމަތްވެވަޑައިގެންނެވީ، ޔާމީންގެ ވެރިކަން ނިމުމަކާ ހަމައަށް އައި ތަނުންނެވެ. އޭގެ ފަހުން، ރައީސް ޔާމީނަށް ވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. މިދިޔަ ނޮވެމްބަރު މަހުން ފެށިގެން އެމަނިކުފާނު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ މާފުށީ ޖަލުގައި ހުންނަ ހާއްސަ ޔުނިޓެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. ޢިއްބެ

    ތީ ގޭމް ، ތިޖަހާބެރަކައް އަހަރުމެން ނެތިން ނަށާކައް ، ހިންނަވަރު މަރުމޯލާ އެކައްޗެއް ،

    114
    6
    • ޙައްގުބަސް

      ރައިސް ނަޝީދު ރައިސް ޔާމީނާއި ދޭތެރޭ ދެކޭގޮތެއް ނޭނގޭ!! އެބޭފުޅާއަކީ ތަފާތު އެތައް އަނގަތަކުން ވާހަކަތައް ދައްކަވަމުންގެންދަވާ ބޭފުޅެއް!! އަމިއްލަ އެދުމެއް އޮވެގެން ކުރިކަކަށްވުންވެސް ހަމަ ގާތް!! ރައިސް މައުމޫނުވެސް ކަންތައް ކުރެއްވީ އެގޮތަށް!! އަމިއްލަ ކޮށްކޮގެ ވެރިކަން ވައްޓަން ފައިސާ ބަހައިގެން ކުރި މައްސަލައެއްގައި ޖަލަށް ވަޑައިގަންނަވަން ޖެހުމާއި އެކަމުން އަރައިގަނެ ޖަލުން މިނިވަންވާން އޮތީ އެމްޑީޕީގެ ސިޔާސަތުތަކަށް އާނބަސްބުނެ ނަޝީދާއިއެކު އެއް ޕްލެޓް ފޯމަކަށް އަރައިގެންކަމަށްވާތީ އޭރު އެވެރިކަން ވައްޓަން އުޅުނު ހުރިހާ ބޮޑުން އެގޮތަށް ޢަމަލުކޮށްގެން އެތިބީ!! މިހާރު އެތިބީ ދެ ލޯމަރައިގެން ކަންފަތަށް އަޑުނީވޭ ޙާލު!! ރައިސް ޔާމީން ޖަލުން ސަލާމަތްވާނެ ވަރަށް އަވަހަށް އިންޝާ ﷲ!! މިހެން މިދެންނެވީ ފަނޑިޔާރަކު ވަގަށް ނަގާ ނިޒާމުން ގެއްލުވާލިކަމަށް އަމިއްލައަށް އިއުތިރާފުވި މީހަކުވެސް އެވަނީ އެއްކަމެއްނުވެ ސަލާމްތަވެފަ!! ރައިސް ޔާމީން ޖަލަށްލީ ކިހިނެތްކަމާއި ކޮންގޮތަކަށް މައްސަލަ އުފައްދައިގެންކަން ޝަރީއަތް އަޑުއެހި ދިވެހި ހުރިހާ ރައްޔިތުންނަށް އެބައެނގޭ!! ތިން ސޮހަލަކުވެގެން ބަޔަކު ބުނިގޮތަށް ޙުކުމްކޮށް ނިންމާ "ނުޙައްގުން" ޖަލަށް ލާފަކަމަށް ހުރިހާ އެންމެންވެސް ގަބޫލުކުރޭ!! ސިޔާސީ ވާދަވެރިޔާ ޖަލަށްލީ ވެރިކަމަށް އަންނަން ކުރި ވަޢުދެއް ފުއްދުމުގެ ބޭނުމުގައި!! ތަރައްގީގެ ބާނީ އެވަނީ ޖަލުގަ!!

      108
      6
    • އިމްރާނުރުދި

      ބުއްޅައާއި ރީނދޫ ބައިގަޑު ޔާމީނު ނުހަދަ އެއްޗަކައް.މުޅި ދިވެހި ދަުލަތް ދޮވެލީ ބަދަލު ދިނުމުގެ ނަމުގަ ރީނދޫ ލާދީނީ ގެރިންނައް. ދެން ބޮޑެތި ޕޮރޮޖެކުޓްތައް ސާފު އިރު ފެންނަ ފަދައިން ބުއްޅަގެ ޖީބައް . ކޮރޯނާގަ 2ބިލިއަން ދިރުވާލައިން އިނދެ ކޮން ގުދޯ ގުދޯ އެކޭ މިގޮވަނީ ލާދީނީ ގެރި

  2. އަލީ

    ތާއިދު ގެއްލުނީމަ ޕީޕީއެމް މީހުންގެ ބޮލަށް ޗިޕް ޖަހަނީ ތާއީދު ހޯދަން.

    131
    5
  3. އެމަންޖެ

    ތިޔަބުނެވުނީ އޮޅިގެން ތެދެއް ޔާމީނާއެކު ނަސީދުވެސް ޖަލައް ލާންޖެހޭ.

    113
    5
  4. އެކްޓަރ

    ރ. ޔާމިން މިސަރުކާރުން ދޫކޮށްނުލާނެ... އެއީ ކޯލިޝަނާއި މިސަރުކާރަށް ވާގިވެރިވާ ބޭރުގެ އަދިރި ސަރުކާރުގެ ނިންމުމެއް...ރ. ނަޝީދު 17 ފަހަރަށް ޖަލަށްލީ ރ.މައުމޫނު.. ރ.ޔާމިނަށް މިދޭ އަނިޔާގެ ނިމުމަކީ އެމަނިކްފާނުގެ ސަޕޯޓަރުންގެ ހިތްވަރާއި އިހުތިޖާޖު، ޑިމޮކްރެސީގައި މަގުމަތީ ހަރަކާތް ހިންގަންޖެހޭ.. ރ.ސޯލިހު ހުންނެވީ 4 އަގޮޅީގަ... ﷲ އިރާދަފުޅުން ރ ޔާމިން ޖަލުން ނުކުންނާނެ؛ ކޮންމެ ނުހައްގު އަނިޔާއެއްގެ މަށްޗަށް ކާމިޔާބު ލިބޭނެ... ދިވެހިރާއްޖޭގައި 2023 ގައި އެކުލަވާ ލެވޭ ސަރުކާރު ވެގެންދާނީ ވަރުގަދަ ސަރުކާރަކަށް... ޕިންކީންނަކީ ބަދަލު ހިފާނެ ބަޔެއްނޫން... ނަމަވެސް ގުޅަކުޅޭފަސްގަޑުގެ ހަނދާން އާވާނެ... އެކަން ކުރާނެ...

    104
    3
    • ކާފަބޭ2020

      ތިކަމަށްގަންނާކުރަށްވާބިރުންނޭ ކަރަންޓުސާމާނާ ބަރުހަތިޔާރުހޯދާޖަމާމިކުރަނީދޯ؟ ސަރުކާރުންއަދިވެސް ކަނޑަ އެއ އްނާޅަދޯ 1މިލިއަންޑޮލަރު އެއީ ސަރުކާރުގެލާރިކަމަށް! އެކުންފުންޏަކުން 200 ވުރެގިނަ އެކަ އުންޓަށްފަ އިސާޖަމާކުރި ނަމަވެސް ބުނިގޮތަށްކަންކުރަން ޖަލުހުކުމް ހަމަޢެކަނި ރަޢީސްޔާމީނަށް! ކޯދުލާރު އްބުޑަށްރާފަ އިބާހެން އިންސާފް ކޯދުލާފަ އިބަނީތޯ އްޗެ!

      25
      1
  5. ހިނގާބަލަ

    ކެނެރީގެ ނަޝީދުގެ ޚިޔާލަށް މަމެން ޕިންކީން ހިފެހެއްޓުމެއް ނެތި ތާއީދު ކުރަމޭ މަމެން ޕިންކީން ބޭނުންވެއޭ ތަމެން ރަންރީނދުލޭ މެންނާއި ގުޅިގެން ބަރުލަމާނީ ހަނދު ބަލަން ދާން ހިނގާ ދެން ތަމެންނާއި މަމެންނާއި ގުޅިގެން މިކަން ކުރަމާ ދޯ ފްރޮމް ދިސް މޯމެންޓް އޮން ހިނގާ ދެން މިކަމާއި އުޅެމާ ދޯ...

    36
    6
  6. އަދިވެސް

    ޥެރިކަމަށް އަންނަ މަސައްކަތް ފަށަނީތޯ؟ ހުރިހާ ވާދަވެރިން ޖަލަށްލާފައި އިންތިޚާބަކަށް މިސްރާބު ޖެހީތޯ؟

    63
    2
  7. މާލެ ބޭބެ

    ޕީޕީ އެމް ކޮންމެހެން ނުޖެހޭ އެކަނި ދަޑު ހައްދާކަށް ..
    ރ. ޔާމިން އާއި ރ.ނަޝީދަކީ ޕާލަމަންޓްރީ ނިޒާމަށް ސަޕޯޓްކުރާ 2 ލީޑަރުން... ޕީޕީ އެމް އިން ސަޕޯޓަރުން ބޭނުމެއްނުވާނެ އަނެއް ދިވެހިރާއްޖެ ބަޓް ސިޔާސީ މަސައްކަތުގައި ކީއްވެ ގުޅިގެން ސަރުކާރު ސައިޒް ނުކުރަންވީ... ދިވެހިރާއްޖޭގައި 1 ޕާޓީއަކަށް ވެރިކަން ލިބުމުގެ ފުރުސަތު ހަނި..
    2023.. ޕީޕީ އެމް ކެންޑޭޑް.ރ. ޔާމިން
    ރަނިންގް މޭޓް ޑރ.ޖަމީލް
    އެމްޑީޕީ..ރ.ނަޝީދު
    ރަނިންގް މޭޓް... އައްޑޫ އަސްލަމް.
    ޖޭޕީ.. ކާނަލް ނާޒިމް
    ރ.މޭޓް..ސިޔާދު ގާސިމް.
    އެމް އާރ އެމް އަދާލަތު، އަދި ކުޑަ 3 ޕާޓީ.
    ރ. ސޯލިހު
    ރ. މޭޓް ފާރިޝް މައުމޫނު
    ޑީއާރޕީ... ޖާބިރު
    ރ.މޭޓް ...ފައިސަލް ނަސީމް

    8
    2
  8. ހޫދު

    ނަޝީދުގެ ކިބައިން އިންސާނިއްޔަތުކަން ފެންނަން ފަށައިފި. އިލްމީ ރައްޔިތަކު ދިރިއުޅޭ ތަނެއްގައި އިންސާފު މިހާބޮޑަށް ދަށަށް ދިޔަ ޒަމާނެއް އަދި އައިސްފައިނުވޭ! އެކަމަކު ދެން އިންސާފު ދޭންވެއްޖެ. ﷲ ގެ ކޯދާ އެންމެ ބޮޑަށްފޮނުއްވަނި އަދުލު އިންސާފު ގެއްލުމުން. ﷲ އަށް ބިރުވެތިވާންވެއްޖެ މިހާރު.

    41
    2
  9. Anonymous

    ނަޝީދޫ، ފިވެހި ގައުމުގެ ވެރިކަން ކުރި މީހެއް ގޮތަށް އަމަލުތައް ބަދަލުކުރަނީތަ؟

    25
    1
  10. އިޒް

    ވަރަށްބޮޑު ތެދެއް ރ ޔާމިން ޖަލުގަހުނަން ޖެހެންޔަ ބުރޯ ޒިއަތު މަހުލުފް އމޑޕ މަޖިލީހުގެ ގިނަމެމްބަރުންނާއި 12އަހަރަށް ޓެރަރިޒަމްގެ ދައުވާގަ ޖަލުންފިލައިގެން އުޅޭ މ.ނަސީދުވެސް އަދި ބުރޯއަތުން ރިޔަސީ އިންތިހާބަށް ހަރަދުކުރަން 5މިލިޔަން ނެގި މީހުންވެސް ތިބެން ޖެހޭނީ ގޮޅިގަ އިސްލަމީ ސަރީއަތެއް ކޮށްފިޔާ ރ.ޔާމިން ހުންނަން ޖެހޭނީ ގޭގަ ސޯލިހު ހީނުކުރައްޗޭ ރ ޔާމިން ގޮޅިޔަށްލާގެން މިއަދު ގޭގަ އޮވެލަ ވަރަށް އަވަހަށްﷲގެ އިރާދފުޅުން މަނިކުފާނާ އެދުވަސް އަރާހަމަކުރާނެކަން މިހެން މިލިޔަންޖެހުނީ އިސްލަމީ ގައުމެއްގަ އިސްލާމި ސަރީއަތެއްގަ ބޮތި ކުއްވެރިންނައި ގައިދިންގެ ހެކިބަހެއް ގަބުލްނުކުރާނެ ސީދާ ރަސޫލާގެ ސުންނަތާއި ﷲ ގެ ހުކުމް ފުޅުތަކވެސް ޙިލާފް އިންސާފްވެރި ސަރީ އަތެއް ކޮށް ޖަލަށްލިޔަސް އޯކޭ

    18
  11. ދަރަނި ދަންތުރަ

    މަކަރާ ހީލަތް ، މިދުވަސްކޮޅު މާބޮޑަށް ނަސީދަށް ފާޑުކިޔަމުންދާނީ މިސްރާބު ބަދަލްކޮށްލީ ނަސީދު ވަށްކަމާ ކޮރަޕުސަނުގެ ކަންތަށްގަނޑު ހިލިގަތީމައި މަތިއޮމާންކުރަނީ އެކަމަކުދެން ދިވެހިން ގުނބޯ ނުހެއްދޭނެ ނަސީދަކަށް ، ﷲ އިރާދަކުރެއްވިއްޔާ ޔާމީނުގެ ހިއްވަރެއްނޭލޭނެ ، ދީނަށްޓަކާ ގައުމަށްޓަކާ ދިވެހިންނަށްޓަކާ އެމަނިކުފާނު ގުރުބާންވާނެ

    22
    1
  12. Ramzy

    ޙުކުމް ކުރީކޯޓުން ނަޝީދެއްްނޫން ވީމާ ތަންފީޒުކުރަން ސަރުކާރަށް ވާޖިބު ވާނެ ދަސް ކޮށްދިނީ ޔާމިނު އޭނާގެ ވެރިކަމުގައި ބަހާ އަމަލުން ވީމާ ރަންގަޅު މަތާއިދު ކަންތަށް ކުރަމުން މިދާގޮތަށް
    ނަޝީދު އަނގަ ނުހުޅުވާ އޭރުން ދިވެހިންނަށް ފައިދާ ބޮޑަށް ވާނީ ހެޔޮނުވާނެ

    7
    4
  13. އައްޑޫ މީހާ

    ހަމަޔާއި އިންސާފް ގަބޫލުކުރާ ކަމުގައި ވަނީނަމަ ލޯމަރާލާފަ ޔާމީން ޖަލުން މިނިވަންކޮށް ދިނުމަށް ކުރެވެންހުރި މަސައްކަތް ކޮށްދީ ރީޓްވިޓަކުން ކިހިނެއް މިކަން ނިމޭނީ؟ ނަޝީދަށްވެސް މާތް ﷲ ހެޔޮ ވިސްނުން ދެއްވައި ރައީސް ޔާމީނަށް ނުހައްގުން ކޮށްފައިވާ ހުކުމާއި ދެކޮޅުކަން ފާޅުކުރުމީ ޑިމޮކްރަސީގެ ރީތި މިސާލެއް މާތް ﷲ ރައީސް ޔާމީން ޖަލުން މިނިވަންކޮށް ދިނުމުގެ ނަސީބު މިންވަރު ކުރައްވާށި އާމީން

    19
    3
  14. ދދދދދ

    އެބުނާހެން އޭނަވެސް ޖަލުގަ ހުރިނަމަ 13 އަހަރުން ކެނޑެމުން ދިޔައިހެއްނު. ދެން އަލުންބަލުން ފަށަން ޖެހުނީމަ ކަޑައެއްނު.

    12
    1
  15. ހުޅަނގު މޫސުން

    އިހަކަށް ދުވަހަކު މި ނޫސްތަކުގައި ހުޅަނގު މޫސުން ފެށި ރޯނު ނަކަތް ލައިގަތް ވާހަކަ ބޭފުޅަކު ވިދާޅުވެގެން ލިޔެފައި އޮތް ދޯ. ހުޅަނގު މޫސުމުގެ ރޯނު ނަކަތް ލައިގަތުމާއެކު ހުޅަނގު މޫސުމާއެކު މިއޮތީ ހިޔަޅު މޫސުން ފެށިފައި ތޯއްޗެއް. ވަލްހަމްދުލިއްލާހި.

    14
    1
  16. އާދަމުގެދަރި

    ކުރާން ބުނި ކަންތައް ނުކުރެވެނީ އަނެއްކާވެސް ރައްޔިތުންގެ މައްސަލައަކުންތޯ؟ ކުރާން ބުނި ކަންތައް ކުރެވޭވަރު ރައްޔިތުން ކޮށްދިން. ވެރިކަން ދީފި. ރައްޔިތުން މަޖިލީހުގެ ފުލް މެޖޯރިޓީ ދީފި. ދައުލަތުން ބުނިވަރަކަށް ޓެކްސް ދައްކައިފި. ދެން ކޮންކަމެއް ކޮށްދިނީމާތޯ ކުރާން ބުނި ކަންތައް ކޮށްދެވޭނީ؟! އަނެއްކާވެސް ދައުލަތް ބަގުރޫޓްވާ ހިސާބަށް ދިޔައިމާ ރައްޔިތުން ވާވައްދަނީތޯ؟

    19
    1
  17. banbukeyo

    ނަޝީދުއައްވެސް ގަބޫލުކުރެވޭ ޔާމިނުއަކީ ފިލައިގެން ބުރަކައްޓައް ފަރުވާ ހޯދަން ގޮނޑިދުއްވަން ޗައިނާޔައް ދާނެ މީހެއްނޫންކަން ބުރިޖުއަޅާނެ އިންޖިނޭރުންނާ އެފައިސާ ހޯދަންވެސް އެނގުނުކަން އަދި ޖޯކުޖެހި 25 ބުރީގެ ހޮހޮޅައިން މިސަރުކާރު ބޮޑުލަދަކުން ސަލާމަތްވެ ވަރައް ނިކަމެތި ހާލަކައް ދިޔަ ބަޔަކައް ޝިފާލިބުނުކަން އަފުރާޝިމްގެ ގާތިލަކީ ޔާމިނު ނޫންކަން ހުސްނުއްސޫދު ވިދާޅުވިކަން ނަޝީދައް އެނގުނު އެމްއެމްޕީއާރުސީގެ ފައިސާ ކޮންމެސްބަޔަކު ބޭނުންކޮއް ލޯންޗުގޮއްވާލާ ޔާމިނު މަރާލާފަ އެކަން ފޮރުވަން އުޅުންކަން ނަޝީދައްއެނގޭ އެމަނިކުފާނުގެ ލޮބުވެތި އަނބިކަނބަލުން ފާތުމަތުއިބުރާހިމް އިސްތަށިފުޅުގަ ކަދުރު ބަހާދިންގޮތާމެދު ބަޔަކު ނުބައި މައުލޫމާތު ދިންކަން ނަޝީދައް އެނގިލައްވާ ސައުދީން ހަދިޔާކުރާ ކަދުރުގެ ކޮންމެސްވަރެއް އެއީ ސައޫދީ އެންބަސީގެ ދަށުން ސަރުކާރައް ބެހުމުގެ ހުއްދަ އޮންނަ ކަމެއް މިސަރުކާރައް 3 ބާރު އޮވެމެ މިކަންވެސް ނުކުރެވިގެން މިދިޔައީ ވީމާ މިހާރުން މިހާރައް ރައިސްޔާމިނު ގެޔައްބަދަލުކޮއް ތިޔަބޭފުޅުން ރައްޔިތުންނައް ކަމެއް ކޮއްދެވޭތޯބަލާ 5 ޓާޝެރީ ހޮސްޕިޓާ ހުރިހާ ރަށެއްގެ ބަނދަރާ ނަރުދަމާ ފެނާ ފުލެޓާ މަގުތަކާ ކަރަންޓާ ބޯހިޔާވަހިކަމާ ލުއިލޯނާ އިންޓަރނެޓުގެ އަގާ ރިސޯޓު ކުދިން ނިދަން އަނބިގޮއްޔެ ގާތައް ފޮނުވުމާ މަސްވެރިންގެ ކުރިއެރުމާ ހެއްދި އެތިކޮޅުގަތުމާ އަލަތުދަރިފުޅުގެ ހަދިޔާ ފޮއްޓާ ޕާކުކުރާނެ ޖާގަޔާ ފަޅުގޮވާން ކުރުމާ ހދ އައްޓުވެރިޒަމް ގެންދިޔުމާ އިންޓްރަސްޓްކުޑަލޯނާ ކޮޗިންފެރީޔާ މިހެންގޮސް ވެރިކަމައް އަރަން ވީހާ ވައުދެއް ފުއްދޭތޯބަލާ ކަމެއްނުވީމަ މީހުންދެކެ ރުޅިއައުމަކުން ވައުދެއް ނުފުދޭނެ އަދި ފޯކަސް ބަދަލު ކޮއްލަން އުޅުނަސް އެކަން ހަނދާނެއްވެސް ނުނެތޭނެ ޔާމިނު ޖަލުގަވެސް އޮވެދާނެ ބޭއްވި ގޮތަކައް ފިލައިގެނެއް ބޭހަކައް ނުދާނެ..

    13
    1
  18. ކޮކްޓޭލް އަލ

    މީމަޖާކަމެއް ދުނިޔެމަތީގައި ފެންނާނެ ތިޔަ ބުނާ މަސް އަލަ ބަލައިފިއްޔާ ތިޔަމަޖްލީހުގެ ގިނަ މީހުން ތިބޭނީ ތިޔަބުނާ ޖަލުގަ 200 އެތައް އެކަްުންޓަކައް ފައިސާ ވަން އިރު އެއންމެން މިނިވަންކޮއް މިތާގަ ހިގާނީ މިތާގައި އެއިރަކު ވެރިންނައް ތިބިބަޔަކު ބޭނުންވާ ގޮތަކައް ވިސްނާލައްވާ މިއަދު އެންމެން ކުއްޔައް އުޅެންޖެހި ކުލިބޮޑުވެގެން އުޅޭއިރު އެކަން ވެސް ކުރީ ސަރުކާރުތަކުން ރާވައިގެން މިދިވެހި ރާއްޖޭގައި މީހުން އުޅޭރަށެއްގަ ރައްޔިތުންނައް ގޯތި ނުދޭ މިއޮތީ ހަމަ އެކަނި މާލޭގައި މާލޭގެ ރައްޔިތުންނައް ތިޔަ ވާހަކަ ދައްކާމީހާ ޔަކީވެސް މާލޭގެ މީހެއް ކޮބާތޯ ޙުދުތިމާމީހާޔާ ތިމާމީހާގެ އަނބިދަރިންގެ ހައްގު ގާނޫނީހަމަހަމަކަން ކަން ވަކިމީކައް ވަކިގޮތެއް އޮވެގެންނުވާނެ މިވާހަކަ ދައްކާ މީހަކުނެތް

    11
    1
  19. އަހްމަދު

    އަންނި ޖިންނި ގެ ސްޓަންޓްތައް ތިއީ
    ދެން ފެންނާނީ ފްރެންޑް އިބޫ ސާލިހު ކަރަށް ފައިން އަރާތަން
    މިހާރު ވެރިކަމުގެ ރަހަ ދެކޭ ހިތުން ކެތް ނުވެގެން އެ އުޅެނީ

    12
    1
  20. ޒަބީބު

    ހުރިހާކަމެއް ދެނެހުރި މީހުން ދައުލަތުގެ ހެކިންގެ ގޮތުގައި ނުކުމެ ޔަމީން ހިންގި ހުރިހާ ކަމެއގެ އަސްލު ހަޤީޤަތް ހާމަކުރުމުން ބައެއް ބޭފުޅުން ހީކަރުވަންފެށީ އުތަ؟ ޢެހެންތާ ވާނީ އިގިރޭދިވިލާތުގައި ހިންގެވި ކަންކަމުގެ ހަޤީގަތް ވެސް ހަމަ އެ ދަުލަތުގެ ހެކިވެރި ބޭކަލުންނަ އެނގޭ ވިއްޔާ ދެއްތޮ؟ ޢެހެންވީމާ ބަރުލަމާނީ އަށް ތާއިދު ކުރާ ބޭފުޅުންގެ ސޮލިޑަރިޓީ ވެސް އޮންނާނެތާ. ޢެހެން ނޫނިއްޔާ ފުނޑެނީ ދެބޭފުން އެކުގައި ވިއްޔާ ދެއްތޮ. ޢެހެންވީމާ ދެން ޖެހޭނީ އަދީބެއް ވިއަސް ކަތީބެއް ވިއަސް ޖަލަށް ލާފައި ބާއްވަންތާއެވެ! އެހެން ނޫނިއްޔާ 2023 ލިބިމުގެ ފުރުސަތިވެސް ގެއްލި އަނެއްކަވެސް މަގުމަތިވާނީ ވިއްޔާ ދެއްތޮ. މައްސަލަ އަކީ ރައީސް ސޯލިހު އަތުނފައިނ ގޯސް ނުހަދާ ހިކުމަތް އިސްކުރާތީ ދެއްތޮ؟

    7
    6
  21. ގާސިމް

    އަދި ކިރިޔާތޯ ނަޝީދުއަށް ގެޓްވީ؟؟ ޔާމީން ޖަލަށްލި މައްސަލާގައި ޕީޖީ އިން ވަކާލާތު ކުރި ވަކީލުންނާ ބްރޯގެ ނެޓްވޯކާ އެއްވެސް ކަނެކްޝަނެއް އޮތްތޯ އިންޓެލް މެދުވެރިކޮށް ބެލުމަށް ގޮވާލަން. ދައުލަތުގެ އަގުހުރި ވަގުތާއި ފައިސާ ޚަރަދުކޮށްގެން ހިންގި ޝަރީޢަތްތަކުން ދައުލަތަށް ލިބުނު ހަމަ އެކައްޗެއްވެސް ނެތް... ބުނާތީ އިވޭ ފުލުހުންގެ ތެރެއިން ބަޔަކާއި، ޕީ.ޖީގެ ބަޔަކާއި، ޖަޖުންނާއި، ސިޔާސީ ބަޔަކު ކުޅުނު ޑްރާމާއެކޭ... މި މައްސަލަ އަލުން ތަޙްޤީޤުކޮށް ދައުލަތަށް ހަމައަގު ލިބޭގޮތަށް މައްސަލަ ހިންގަން ގޮވާލަން. ދައުލަތް ތަމްސީލުކުރެއްވި ވަކީލުންވެސް ބަދަލުކޮށް، ޕީ.ޖީގައިވެސް ތިއްބެވި ހަރުދަނާ ބޭފުޅުންލައިގެން އަލުން މައްސަލަ ހިންގަން ގޮވާލަން. ނަޝީދުއަށް ނޫނީ މިކަން ނުހިންގޭނެ. އިބޫ އަދި ތަންކޮޅެއް އައުކޮށް އުޅުންވަނީ، އިމްރާނާނައި، ޤާސީމް އަދި މައުމޫނުގެ ތައްޕާހުން ނުނެއްޓިގެން އުޅުއްވަނީ. މި އެންމެ ބޭފުޅުންވެސް ބަޣާވާތުގައި ޖަލަށްލުން ހައްޤު ނޫންތޯ ނަޝީދު؟؟؟

    3
    3
  22. ތުކި

    ހުރިހާ ގޮތެއް ހުސްވެގެން އިދިކޮޅު މަޖިލިސް މެމްބަރުންގެ އެހީ ބޭނުންވީ ތޯއްޗެ.

    10
  23. އުސައިދު

    އަސްލު ބޮޑުވަޒީރާ ޔާންޓެ ދެމީހުންވެސް ތިބެންޖެހޭނީ ޖަލުގައި.

    7
    5
  24. ޖޯން

    މިކަލޭގެ މިހާރުމިއުޅެނީ މީނަގެ ތާއިދު ދުވަހުންދުވަހަށް ފަނޑުވަމުންދާތީ ރައީސްޔާމީނުގެ ނިވަލުގައިހުރެގެން ރައްތްޔިތުންގެ ސަޕޯޓްހޯދަން. ހުރިހާ އެންމެންވެސް ހަނދާން ކުރާތި އެއީކެނަރީގޭ ނަސީދުކަން، ކޮށްފާނުކުރާނެ އެއްކަމެއްވެސް ނޯންނާނެ. މުޅިރާއްޖޭގެއެންމެންނަށްވެސް އެނގޭނެ ރައީސްޔާމީނު ޖަލަށްލާން ފަނޑިޔާރުންގެ ބެންޗުބަދަލުކޮށް ތަހުގީގު ހިންގީ ކެނަރީގޭ ނަސީދުކަން.

  25. 0ޓޮލަރެންސް

    އެހެންނަމަވެސް ނަޝީދު އެދެކި ވާހަކަ ޔައީ ކުރަން ޖެހޭކަމެއްގެ ވާކައެއްނު މިސަރުކާރުއައީ ނަޝީދު އެބުނާކަންތައް ކުރާ ކަށްނު އެކަމަކު އޭނައަކީ މަރުމޯލެއް!

  26. އިންސާނާ

    މިކަލޭގެއަށް އެނގެއި މި މައްސަލާގައި ގިނަބަޔަކު ރުޅިއައިސްފައިވާވަރު ވީމާ އެ ހުރެގެން ވައިޖަހަނީ އެކަހަލަ މަކަރު ހަދާނީ ޔަހޫދިން

  27. ރީ

    ޕިންކީމެން ކަށްބޮޑު ނުވޭ ރައީސޔާމީން ޖަލުގައި ބަހައްޓައިގެން ޕޕ ކުދިންގެ ތާއިދު ހޯދަން އުޅުނަސް އެކަމެއް ނުވާނެ ކެރީ ބުއްޅަ ޖަހާހާ ބެރަކަށް ޕޕ ކުދިންނެއް ނުނަށާނެ!

  28. ހައިކަލް

    އަހަންނަށް ހީވަނީ ބޮޑުވަޒީރަކަށް ވުމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށް މަސައްކަތް ފެއްޓީހެން . މިހާރު އެމްޑީޕީގައި 2 ފެކްޝަން އޮންނަކަމީ އެންމެން ދަންނަކަމެއް . ނަޝީދު މަޖްލިސްގެ ސިޔާސަކުދިންލައްވާ ރައީސް އައި. އެމް. ސާލިހު ގެ މިނިސްޓަރުންނާއި ސަރުކާރުގެ ނާގާބިލް ވާހަކަ ދައްކަނީ ވަރަށް މަކަރުވެރި ރޭވުމަކުން . ކޮވިޑް ގެ ވަބާއަށްފަހު އެންޑީޕީ ގެ ބޮޑު ދެގެރި ތަޅާތަން ފެންނާނެ . އޭގެ މަލަމަތި މިފެންނަނީ. އެއްގޮތަކަށްވެސް ޔާމީނަށް ހެޔޮއެދިގެން ދައްކާ ވާހަކައެއްނޫން ތިއީކީ . ޒަރިޔަންދު ލައްވާ ތަރުޖަމާކުރަންޖެހޭނީ ގަލޮޅުކުދިންގެ ބަހުރުވައިން ނަޝީދު އެބުނީ ކީކޭތޯ .

  29. ކެހިވެރި

    ހަމަ ކޮންމެވެސް ކަމެއް އޮޅުވާލުމަށް ނުވަތަ ކަމެއް ފޮރުވުމަށް މިފަދަ ކަމެއްކޮށްލާނެ .މިހަމަ ޔަހޫދީންވެސް ހަދާގޮތް ދެން ސަލާމތންތިބޭމީހުން އަތްޖަހާ މިކަން ފަލަސުރުހީތަކަށް ނަގާ މީޑިޔާގެ ހުރިހާ ސޮފުވާތަކެއް ފުރާލަންވި، މިހަދާ އެއްޗަކީ.މިހާރު ބަބުކޭލޭބުނީމަ ހުރހާމީހުންބަބުކެޔޮ މަސްހޫރުވެ އަގުއަރާފި .