ކޮވިޑް19 އާއި ގުޅިގެން އާ އާއްމު ހާލަތު (ނިއު ނޯމަލް)ގައި ރާއްޖޭގެ ބޯޑަރު ހުޅުވާލާ ފަތުރުވެރިންނަށް ރާއްޖެ ހުޅުވާލުމަށް ޓޫރިޒަމް މިނިސްޓްރީން އެކުލަވާލާފައިވާ "ސޭފް ޓޫރިޒަމް ގައިޑްލައިން" ގައި ހިމަނާފައިވާ ފީތައް ނުނެގުމަށް އެ މިނިސްޓްރީން ނިންމައިފިއެވެ.

"ސޭފް ޓޫރިޒަމް ގައިޑްލައިން"ގައި ބޮޑެތި އަދަދުތަކުން އެކި ކަންކަމުގައި ފީތަކެއް ނެގުމަށް ވަނީ ހިމަނާފައެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ބޭފުޅުންނާއި އެކުގައި މަޝްވަރާތައް ބާއްވާފައެވެ. އެ މަޝްވަރާތަކުގައި އެބޭފުޅުން ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

"ސޭފް ޓޫރިޒަމް ގައިޑްލައިން" އަށް ޓޫރިޒަމް މިނިސްޓްރީން ވަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއި އެމްއޭސީއެލް އަދި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި އެމްއެމްޕީއާރުސީ އިތުރުން ގެސްޓު ހައުސް އެސޯސިއޭޝަން ބޯޓިން އެސޯސިއޭޝަންގެ ބޭފުޅުންނާއި ބައްދަލުކުރައްވާފައެވެ.

ރޭގެ ބައްދަލުވުމަށްފަހު ޓޫރިޒަމް މިނިސްޓްރީން ވަނީ "ސޭފް ޓޫރިޒަމް ގައިޑްލައިން" އެއް އަންނަ ޖޫން މަހުގެ އެއްވަނަ ދުވަހުގެ ކުރިން އާއްމު ކުރާނެ ކަމަށް ބުނެފައެވެ.

އާ އާއްމު ހާލަތުގައި ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއަކުވެސް 100 ޑޮލަރު ވިސާ ފީއެއްގެ ގޮތުގައި ދައްކަން ޖެހޭނެ ކަމަށް "ސޭފް ޓުއަރިޒަމް ގައިޑް ލައިން"ޑްރާފްޓްގައި ބުނެފައިވެއެވެ. އެ ގައިޑްލައިންގައި ބުނެފައި ވަނީ، ކޮންމެ ފަތުރުވެރިއަކުވެސް ރާއްޖެ ވަނުމުގެ ހުއްދަ ދެވޭނީ ރާއްޖެ އައުމުގެ ހަތް ދުވަސް ކުރިން ހަދާފައިވާ ޕީސީއާރް ޓެސްޓުގެ ނަތީޖާ ނުވަތަ އެންޓި ބޮޑީ ޓެސްޓުގެ ނަތީޖާ ދެއްކުމުންނެވެ. މިގޮތަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ އަތުން ކޮވިޑް-19ގެ ޓެސްޓް ހެދުމަށް 100 ޑޮލަރު ނެދިގާނެ ކަމަށް ގައިޑްލައިންގައި ވަނީ ބުނެފައެވެ.

ކޮވިޑް-19 އާ ގުޅިގެން ދިވެހި ރާއްޖެ އާ އާއްމު ހާލަތުގައި ހުޅުވާލާއިރު، ކޮންމެ ރިސޯޓަކުންވެސް ދައުލަތަަށް 50،000 ޑޮލަރު ދައްކަން ޖެހޭނެ ކަމަށްވެސް މިހާރު އެކުލަވާލާފައިވާ "ސޭފް ޓޫރިޒަމް ގައިޑްލައިން"ގައި ބުނެފައިވެއެވެ. މީގެއިތުރުން އާ އާއްމު ހާލަތަށް ދާއިރު ރާއްޖެ އަންނަ ކޮންމެ ޕްރައިވެޓް ޖެޓްއަކާއި ޗާޓަރު ފްލައިޓަކުން 50،000 ޑޮލަރު ނަގަން "ސޭފް ޓުއަރިޒަމް ގައިޑް ލައިން"ގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ދަރަނި ދަންތުރަ

  މިވެރިކަން މިހިންގަނީ ނޫސްތަސްކުގައި ހުއްނަ ހަބަރުތަކަށް ކޮމެންޓު ކުރާމީހުންދޯ ސަރުކާރުން ނިންމާ ކޮންމެކަމެއް އެހާދޯހަޅި ކޮމެންޓުތަށް ލިޔެލާ ފާޑުކިޔާލީމައި ރައީސްމީހާ މިނިސްޓަރ ހޭވެރިކަމެއް މިވަނީ...

 2. ދުންތަރި

  ޓުވަރިޒަމް މިނިޓަރ ޢަލީ ވަހީދަކީ ފައިސާ އާހެދި މޮޔަވާ މީހެއް ޑޮލަރޭ ބުނެފިނަމަ ހަށީގަ ހޭނުހުންނާނެ މިހާރުވެސް މުއްސަނދިވެގެން އެއުޅެނީ ނަފުސު ވިއްކާލައިގެން އެހެން ވިމަ ޑޮލަރު ލިބެންއޮތް ގޮތަކަށް ޑޮލަރު ހޯދަން މަސައްކަތްކުރާނެ

 3. ނާބެ

  އަޑުގަދަ ކޮންމެމީހަކީ ވަޒީރުކަން ކުރެވޭނެ މީހެއްނޫންކަން މިހާރު އެމްޑީޕީ އަށްވިސްނެންވެއްޖެހެން ހީވަނީ ‘ މިސަރުކާރަށް ކަންކުރަން ނޭނގުނީމަ އަބަދުވެސް މިހަދާގޮތަކީ ކޮމެވެސް ްެއްޗެއްލިޔެލާފަ ނެރެލަނީ ދެން ކޮންމެވެސް ބަޔަކު ޖެހެނީ ކަންކުރަން ވާގޮތް ބުނެދޭން މީފުކެއްބޮޑުވަރުދޯ !

 4. ޢާދޭސް

  ސާަބަހޭ ސާބަހޭ ، ހަ މަހުސް ޑީލަރުން ، ކޮބާހޭ މުވައްޒަފުންގެ ހައްޤު ، އެކަ މާއި މަޝްވަރާއެއް ނުކުރޭބާ؟ މަހުޖަނުންގެ ވެރިކަން މަހުޖަނުންނަށް ، ރައްޔިތު މީހާ ނާށިގަނޑު ހިފާގެން

 5. ޢިހަަން

  ދެން ނިއު ނޯމަލްއައް ހުޅުވަންވާ އިރަށް އަނެއް އެއް ލައްކަ ބިދޭސީންއައް ޖޮބްގެ ފުރުސަތު ހުޅުވާލާ! ޓުއުރިޒަމުން ލޮކަލް އިމްޕޮލޯއީ މެންޓް ރާޓު އުޅޭނީ 15% .ދެންހުސް ބިދޭސީން .މީ ޓުއުރިޒަމްގެ ފައިދާ ދިވެހިންނައް ލިބޭ މިންވަރު!.ޕުވާ މޯލްޑިވިއަން!!