މުސްލިމް ގައުމުތަކުގެ ބައްދަލުވުމުގައި ރާއްޖެއިން އިންޑިއާގެ ދިފާއުގައި ތެދުވެއްޖެއެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުން ރާއްޖެއިން އިންޑިއާގެ ދިފާއުގައި ތެދުވީ އޮންލައިންކޮށް ބޭއްވި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ޕާކިސްތާނުން ޔޫއެން އަށް ކަނޑައަޅާފައިވާ އެމްބެސެޑަރު، މުނިތް އަކްރަމް ވަނީ އިންޑިއާއިން އިސްލާމްދީނާއި ދެކޮޅަށް ހަރަކާތްތައް ޕްރޮމޯޓް ކުރާކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް ރާއްޖެއިން އެކަން ދިފާއުކޮށް ވިދާޅުވެފައި ވަނީ އިންޑިއާއަކީ މުޅި ދުނިޔެއިންވެސް އެންމެ ޑިމޮކްރަސީއަށް ލޯބި ކުރާ ގައުމެއް ކަމަށާއި އިންޑިއާއަކީ 200 މިލިއަން މުސްލިމުން ދިރިއުޅެމުން އަންނަ ތަނެއް ކަމަށެވެ.

އެހެން ކަމުން އިސްލާމްދީނާއި ދެކޮޅަށް ހަރަކާތްތައް ޕްރޮމޯޓް ކުރާ ކަމަށް ބުނުމަކީ ގޯހެއް ކަމަށް ރާއްޖެއިން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އިންޑިއާއިން ފާއިތުވި އަހަރުތަކުގެ ތެރޭގައި އިސްލާމީ ގައުމުތަކާއި މެދު ގާތްގުޅުމެއް ބާއްވާފައިވާ ކަން ރާއްޖެއިން ވަނީ ފާހަގަ ކޮށްފައެވެ. އޭގެ ތެރޭގައި ސައުދީ އަރަބިޔާ، ޔޫއޭއީ، އަފްޣާނިސްތާން، ފަލަސްތީން، މޮރީޝިއަސް ހިމެނޭ ކަމަށް ރާއްޖެއިން ފާހަގަ ކޮށްފައިވެ. މިފަދަ ގައުމުތަކާއި ގާތްގުޅުމެއް އިންޑިއާއިން ބާއްވައިފާތީ އެގައުމުތަކުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ގައުމުތަކުގެ އެންމެ މަތީ ޝަރަފުގެ އެވޯޑު ދީފައި ކަމަށް ރާއްޖެއިން ވަނީ ފާހަގަ ކޮށްފައެވެ.

ރާއްޖެ އާއި އިންޑިއާގެ ގުޅުމުގައި ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި ހީނަރުކަން އުފެދުނު ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ސަރުކާރުގައި އަލުން އިންޑިއާ އާއި ގުޅުންތައް ދިޔައީ ބަދަހި ކުރަމުންނެވެ.

އަދި މޯދީ ދެވަނަ ފަހަރަށް ބޮޑުވަޒީރު ކަމާއި ހަވާލުވިފަހުން އެންމެ ފުރަތަމަވެސް ދަތުރު ކޮށްފައިވަނީ ރާއްޖެއަށެވެ. އެއީ މިދިޔަ އަހަރުއެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހް ވެރިކަމާއި ހަވާލުވިފަހުންވެސް ވަނީ އިންޑިއާއަށް ގިނަ ދަތުރުތަކެއް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

71 ކޮމެންޓް

  1. މޫސަ

    ތިޔައީ މާ ކުރިން ވެސް އެނގޭ ކަ މެއް. ލަނޑަޔާ ވާނީ ހަ މަ ލަނޑަޔާ.

    214
    2
    • ޣގގގ

      މިލާދީނީ ވެރިކަން ނިމުމަކށް ގެންނާކަށް އަދިވެސް ނުވޭތަ؟

      18
      2
    • Anonymous

      ކީއްކުރާނީ. ދިވެހި ބީތާއިން މިނިވަންކަން ވިއްކަލައިގެން ނިތިބީ. އެވެސް މުސްލިމުންގެ ޖައްލާދުންނަށް. ހުރި ހިތާމައެއްގެ ބޮޑުކަމާއެ.

      13
      1
    • އީވާން

      އަނިޔާވެރި އިންޑާއާގެ ނުލަފާ ހިންދޫއިންތައް ފާޑުފާޑުގެ ކާފިއުއާ ދެކޮޅަށް މުޒާހަރާތައް ބާއްވާ އެއްވުންތައް ބާއްވާފަ، ނިކަމެތި މުސްލިމުންގެ ބޮލަށް ޖަހާފަ، ޖެނޮސައިޑް ހިންގާ މުސްލިމުންނަށް އިންސާނިއްޔަތާ ހިލާފް އަނިޔާތައް ދޭއިރު އިންޑިއާ އެއްކޮޅު ވާނީ ވެސް ވަރަށް ބޮޑެތި އަނިޔާވެރިން.. އިންސާނިއްޔަތު ކަމެއްނެތް ބައިގަނޑެއް.... އިންޑިއާއިން ކޮރޯނާ ކޮންޓްރޯލް ކުރަން ހަރުދަނާ ފިޔަވަޅެއް ނާޅާފަ، އިންޑިއާގެ އަނިޔާވެރި ވެރިކަމުން ހެދި މިސްޓޭކްތައް ފޮރުވަން ނިކަމެތި މުސްލިމުންގެ ބޮލަށް ޖަހަނީ.... އަނިޔާވެރި ބޯގޯސް ނުލަފާ ހިންދޫއިން... އިންޑިއާގެ ހިންދޫއިން ކޮރޯނާވައިރަސް އާ ދެކޮޅަށް އިހްތިޖާޖު ކޮށް އެއްވުން ބޭވިތަން އެހެރީ ފެނަން ނޫސްތަކުން.... ފޮޓޯތައް ފެންނަން އެހެރީ.... މޮރިޝަސް އަކީ ހިންދޫ މެޖޯރިޓީ އެއް އޮތް ގައުމެއް، އެކަން ދިވެހި ރާއްޖެއިން ވާހަކަ ދެއްކެވި ބޭފުޅާޔަށް ނޭގުމުން ދޭހަވަނީ ވަޒީފާޔަށް ކުފޫ ހަމަ ނުވާކަން....

      17
      1
  2. ކާނިވާއިން

    ކިހާދެރަ.

    157
    3
    • Anonymous

      ދިވެހި ސަރުކާރަަށް އިސްލާމް ދީނާ ޑިމޮކްރަސީވެސް ވަކިނުވޭ. 1 ބިލިއަން އާބާދީގައި 2 މިލިއަނަކީ މައިނޯރިޓީ ތަޅާ މަރާ ހުސްކުރަނީ. މުސްލިމް ދިވެހި ގައުމުން މިތެދުވީ ޖައްލާދަކާ ދެކޮޅަށް. ޔަހޫދީންވެސް މިވަރުގެ ކަމެއް ނުކުރާނެ. އިންސާނިއްޔަތު ކަމެއްވެސް ނެތް ސަރުކާރެއް މިތާ މިއޮތީ.

      13
      1
  3. ގެރިމޯދީ ޑައުން ޑައުން

    ރުޅިއައިސް ކެކިކެކި މިހުރީ????????????

    169
    3
    • ހާލަތު

      ކެކުނަސް އެންމެ ފަހުން ޔޫއެންގަ ނެގި ބޮޑު ވޯޓުގަވެސް އިންޑިޔާއިން ވޯޓު ދިނީ އިޒުރޭލައާ ދެކޮޅަށް.. މިތުރު އެމެރިކާގެ ޕުރެޝަރަށް ވެސް ނުބަލާ.. ފަޤީރު ނާތަހުޒީބު އަވަށްގަނޑުގަ އުޅޭ ހައްދުފަހަނަ އެޅި ހަރކަށި ހިންދޫގެ އަމަލުތަކަކީ ނުބައި އަމަލުތަކެއް އެއްވެސް ސަރުކާރަކަށް ނުހުއްޓުވުނުކަމެއް.. ހަމަ އެގޮތަށް ޕާކިސްތާނުގެ އަވަށްތަކުގަ ހިންދޫނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް އެ ޤައުމުގެ ސަރުކާރުތަކުންވެސް ވަނީ ނުކުޅެދިފަ..

      1
      11
    • މޯލްޑިވިޔަން

      އެއީ ކީއްވެ.؟؟؟؟؟؟

      1
      1
  4. ނަސީދު

    މިއޮތީ އިންޑިޔާއިން ރާއްޖެއައް ދޭއެހީގެ ބާރު ފެންނަހެއްކެތް އެހެންވީމާ ކިރިޔައް ދެން އޮނާނީވެސް މިކަންތައްގަނޑު

    158
    • މޯލްޑިވިޔަން

      މީ ބާރެއް ދީގެންތަ؟؟؟؟.މީ ހަގީގަތެއް ނޫންތަ؟؟؟؟

  5. ކުޅަދާނަ

    ހަކުރު ދެންޔާ ބޮޑުބޭބެ!

    165
    3
  6. ސާޒ

    ބުޑިސްޓް ކާފަރު ބަޔަކަށް ބައިއަތު ހިފައިގެން ފެނިގެންދާނީ މަގުގެއްލި ފަސާދަވަމުންދާތަން، އަދި އަމުދުން އެބައިމީހުންގެ ތެރޭގައި އޮތް އިސްލާމް ދީނުގެ ހޮޅުކޮޅު ނިވާލަން ގަދައަޅާ މަސައްކަތް ކުރާ ބަޔަކަށް ބައިއަތު ހިފިބަޔަކު އެވަނީ ގެއްލެނިކުރެވިގެންވާ ބައެއްގެ ތެރެއިން. اَللّٰهُ أَعْلَ

    150
    1
  7. ސަމީ

    މި ސަރުކާރަކީ އިންދިޔާ އަށް ވިކިފަ ތިބި ބައެއް. ތިބުނާ ޑި މޮކްރަަސީގެ ދަށުންތަ ކަޝ މީރުގެ މުސްލި މުން އިންޑިޔާ ސަރު ކާރުން މަރަނީ. އަދި ދިޔަ ބުނާ ޑި މޮކްރަސީގެ ދަށުން ތަ މުސްލި މަކަށް ވީތީ އންޑިޔާގެ ބއެއް ސަރަހައްދު ތަކުގައި އިންޑިޔާގެ ރައްވެހިކަން އަތުލަ މުން ދަނީ. ވިކުނަސް ތީ ބޮޑު ވަރު ލަދު ކުޑަ

    147
    1
  8. ކަންބުލޮ

    ޢިންޑިޔާގެމުސްލިމް ރައްޔިތުން އާދޭސްކުރަނީ މައްސަލަތައް ބަލާދިނުމައް ނަމަވެސް ޔޫއެންގެއެއްވެސް ބަޔަކު ކަސްމީރު އަދި މިނޫންވެސް މުސްލިމުންނާދެކޮޅު ކަންކަންހިންގާ ސަރަހައްދަކައް ދިއުމުގެ ހުއްދަޔެއް އިންޑިޔާސަރުކާރަކުންނުދޭ އިންޑިޔާއިން ކަންކުރަމުންގެންދަނީ މިޔަންމާގަ ކަންކުރިގޮތައް. މިއަދު ރާއްޖެއިން އިންޑިޔާއާ އެއްކޮޅައްވާހަކަ ތިދެއްކީ ވަރައްއަވަހައް ތިކަމުގަ ފަލީހަތްވާނެ

    135
    1
    • Anonymous

      އެމްޑީޕީ ގެ ބީތާތަކަށް އެނގޭތަ މިކަންކަން ހިނގަމުންދާ ކަން!!!

      78
      1
  9. ހަގީގަތް

    މިތާގެ ވެރިންނަކީ ވެސް މުސްލިމުންނަށް ނަފްރަތު ކުރާ ލާދީނިއްޔަތަށް ލޯބި ކުރާ ބައެއް. އެހެންވީމަ ތިކަމާ ހައިރާނެއް ނުވޭ

    136
    1
  10. މޯދީ

    މިގައުމުގެ ވެރިޔާގެ ކަންފަތައް އަޑުނިއިވޭނީތާ އިިންޑިއާގައި ދިރިއުޅޭ މުސްލިމުން ނަށް ކުރަމުންދާ އަނިޔާތަކުގެވާހަކަ ލާދީނީ ވިއަސް މިއީބޮޑުވަރެށް

    129
    2
  11. ކަހުރަބު

    އިންޑިއާއަކީ މުސްލިމުންގެ އެންމެ ބޮޑު އެއް ދުޝްމަން ލާދީނީ އެމް ޑީ ޕީ ގެ ވެރިކަމެއްގަ އިސްލާމް ދީނަށް ފުރައްސާރަ ކުރުން ނޫން ކަމެއް ނުކުރާނެ

    124
    2
  12. Anonymous

    މީ އިންޑިއާގެ ބީޖޭޕީ ސަރުކާރުގެ ގޮތްޕެއް!! އެހެންވީމާ އިންޑިއާގެ ދިފާޢުގައި ނިކުންނަން ޖެހޭންނު. އަނެއްކޮޅުން އެހާ ގިނަ ހިލޭއެހީތަކާ އެއްޗިހި އޮށްސަނީ މިއޮތްގެން!! އެހެންވީމާ ބާރަށް އަތް ޖަހާ!!

    101
    • ކާފަބޭ2020

      އެހީތައް އޮއްސަނީޗައިނާއިން ނަން އިންޑިއާއަށް ސަޅިދޯ

      77
      2
    • Anonymous

      އިންޑިއާގެ ދެމިލިއަން މުސްލިމިންނޭކިޔާއިރު އެމީހުންގެ ރަށްވެހިކަން ގެއްލުވާލާ ގެދޮރު ސުންނާފަތިކުރާތަން މި ލާދީނީ ސަރުކާރަށް ނުފެންނަނީތަ!! ބީތާވެފައިތަ ތިތިބެނީ! ނޫނީ ލޮލަށް އެސިޑް އެޅިފަތަ ތިތިބީ!!

      50
  13. ބޯހަލާކު

    އެތެދުވިމީހާ ދެފައި އެއްކޮށް ޖަހާ ވައްޓާލަންޖެހޭ.

    80
  14. Anonymous

    އިސްލާމީ އުއްމަތުގެ ދިފާއުގައި މިގައުމުގެ މިހާރު މިއޮތް ލާދީނީ ވެރިކަން ވައްޓާލައި ވެރިކަމާއި މަޖުލީހާއި ކޯޓުތަކާއި މިނިވަން މުޥައްސަސާތަކުން އެމްޑީޕީ ފިކުރުގެ އެންމެން ބޭރުކުރަން ދީނާއި ގައުމުގެ ހައްގަށްޓަކައި ނުކުންނަން އަދިވެސް ނުވޭތޯއެވެ.

    77
  15. ބޭބެ

    ވަރަށް ދެރަ!! މިހެންވީމަ މިގައުމުގެ ރައްޔިތުން ބުނަމުން މިގެންދަނީ މިރާއްޖޭގައި މިހާރު މިއޮތް ސަރުކާރަކީ އިންޑިޔާގެ އުނގަށް ވެއްޓިފައިވާ ސަރުކާރެކޭ. މިގައުމުގެ ޚާރިޖީ ސިޔާސަތާއި ކަންކަން ނިންމުމުގައި އަދި ވަކިން ޚާއްސަކޮށް ޚާރިޖީ ސިޔާސަތު ބައްޓަން ކުރުމުގައި އިންޑިޔާގެ ނުފޫޒު މިގައުމުގެ މައްޗަށް އޮތީ އިންތިހާއަށް!! އަމިއްލައަށް ހަމައިސްކޮޅަށް ތެދުވެ އެއްޗެއް މިހާރަކު މިގައުމުން ނުބުނެވޭނެ އިންޑިޔާ ނުރުހޭ ގޮތަށް!! ރާއްޖެއިން މިކަމުގައި އިންޑިޔާއިން ތާޢީދުކުރިކުރުމުން މިކަން މާބޮޑަށް ކަށަވަރުވޭ!! ނިކަން ބަލާ އިންޑިޔާއިން މުސްލިމުން ބޭނުންކުރަމުން އައި އަޔޯދިޔާ މިސްކިތް މުސްލިމުންނާ ދެކޮޅަށް ތަޅާ ބިމާ ހަމަކޮށްލީ!! އެފަހަރު އިންޑިޔާ ސަރުކާރުގެ ނުފޫޒުގަދަ ހިންދޫން އަޑީގަ ތިބެގެން މުސްލިމުންގެ އެތައް ބަޔަކު މަރާލާ މުސްލިމުންގެ ގެތަކުގައި ހުޅުޖަހާލި. މިހާރު ކަޝްމީރު އެއްކޮށް ހިސޯރުކޮށް މުސްލިމުން މަރަމުން އެދަނީ އަސާސީ ޙައްގުތައްވެސް ފޯރުކޮށްދޭން ދަތިކުރަމުން!! އިންޑިޔާގެ މުސްލިމުންގެ ޙައްގުތަކާއި ރަށްވެހިކަން ނިގުޅައިގަނެ މުސްލިމުން އެގަމުން ބޭރުކުރުމަށްޓަކައި ދާނޫނެއް އެކުލަވާލާ ފާސްކޮށްފަ!! މުސްލިމުންނާ ދިމާކޮށް މުސްލިމުންނަށް އަނިޔާ ކޮންމެ ދުވަހަކު ދެމުން އެގެންދަނީ!! މިމަންޒަރުތަކާއި މިއަޑުތަކާއި އިންޑިޔާއިން އެގައުމުގެ މުސްލިމުންނާދޭތެރޭ ޢަމަލުކުރަމުންދާގޮތް މިގައުމުގެ ރައްޔިތުންނަށް ނޮއޮޅޭވަރަށް ކޮންމެ ދުވަހަކު ފެނޭ!! ގެރި މޯދީގެ ގޮނޑި ކޮށްކޮ ސަރުކާރުގައި ތިބި ބައެއް މީހުންނަށް އޮޅިފައި އޮތަސް!! ނޮއޮޅޭނެ އެމީހުނަށްވެސް!! ވެރިކަމަށް އަންނަންވެގެން ސިއްރުން ކުރެވިފައިވަ ކަންތައްތަކާއި ހެދި މަޖުބޫރުވަނީ އިންޑިޔާއިން ބުނާގޮތަށް ކަންތައްތައް ކުރަން!! މަޖްލިސްގެ ރައީސާ ޚާރިޖީ ވަޒީރު މިރާއްޖެ ލޮކްޑައުންވުމުގެ ކުރިން ކޮންމެރެއަކު ހުޅުމާލޭގައި ހުންނަ އިންޑިޔާގެ ސަފީރުގެ އެޕާޓްމަންޓަށް ދާވާހަކަ ބަޔަކު ދައްކާތީ އަޑުއިވޭ!! ދެން ބަލާ މިރާއްޖޭގެ ކަންކަން ހިނގާނެގޮތް!! ރައިސް ޔާމީނު އުޅުނީ މިގައުމު ތަރައްގީކުރަން އިންޑިޔާގެ އުނގަަށް ހަމައެކަނި ނުވެއްޓި!! އެކަން އެގައުމަށް ޙަޖަމުނުވި!! މިގައުމަށް ހޮއޮނޭދޭ ބަޔަކުނެރެ އަޑީގައި އެމީހުންތިބެގެން ބޯކޮށް ރީލޯޑްކޮށްގެން ވެރިކަން މިއޮތީ ގަޑުބަޑު ކޮށްފަ!! ކުރާނެކަމެއްނެތް!!

    80
    1
  16. Anonymous

    އެމްޑީޕީގެ ވިސްނުމުގެ މީހުން ހުރިހާ ބާރުތަކުން ވަކިކޮށް ބޭރުކުރުމަށް ދިވެހިން ނުކުތުމަށް ގޮވާލަން

    81
  17. Anonymous

    އެމްޑީޕީގެ ވިސްނުމުގެ މީހުން ހުރިހާ ބާރުތަކުން ވަކިކޮށް ބޭރުކުރުމަށް ދިވެހިން ނުކުތުމަށް ގޮވާލަން.
    އިސްލާމުންގެ ލޭހުއްދަކޮށް އިސްލާމުން އެއްވެސް ރަހުމެއްނެތި ގަތުލުކުރަމުންދާ ބައެއްގެ ދިފާއުގައި މިސަރުކާރުން ނުކުތުމަކީ އެބައިމީހުންނާއި ދެކޮޅަށް ޖިހާދަށް ނުކުންނަންޖެހޭ ސަބަބެއް ކަމުގައި ދެކެން.

    70
  18. މުހައްމަދު

    ލާދީނީ ބާއިގަނޑަށް ވޯޓްދިން ބޭފުޅުން ދެން އަތްޖަހާ ޖަހާ އަތުން ހަންދުއްވާލާ...

    73
  19. ދިވެހިބިން.

    ކަރަންޓީން ނިމެންދެއްމިތިބެނީ، އިސްލާމްދީނާއި ދިވެހިގައުމުގެ ދިފާއުގާ ނުކުންނަން ތައްޔާރަށް

    73
    1
    • ކާފަބޭ2020

      ތިޔަގޮތަށްނުކުމެދާނެތީ ކުރިޔާލާ ބަރުހަތިޔާރާކަރަންޓުސާމާނު އެހޯދަނީނޫންތޯ؟ ރައިއްޔަތުންބިރުގަންނަވެރުގެސާމާނު ގެނަސްސަހުރިކަންދައްކައިފިނޫންތޯ؟

  20. ޢިޔާބު

    މީ ލާދީނީ ސަރުކާރެއް ނޫންތަ؟

    62
    • އަބޫޖަހުލު ބުއްޅަ

      މިކަންތައް ނިންމާލަން ރައްޔިތުން ނުކުންނަންވެއްޖެ

      43
  21. ޒ

    އާނ ރާއްޖެ މިއީ ސަތޭކަ ކީއްކުރަން ނަމުން އެއްހާސް ޕަސެންޓް އިސްލާމުން...
    ހައްދަވައިގެން އިސްލާމީ ޝަރީއަތެއް ހިނގާ ތަނެއްނޫން...

    މަ ހިތަށްއަރާ ޤުރުއާނުގައި ވައްކަން ކުރުމުން އޮންނަ ޙުކުމް ފަދަ ބޭސިކް ޙުކުމް ތައްވެސް ނުހިނގާ ތަނެއް...
    ނަމާދަށް އެއްވެސް ވަރަކަށް އިޙްތިރާމް ކުރާ ބައެއް ނޫން...
    މިސްކިތްވެސް ފެންނާނީ ހުކުރަށް އެކަނި...
    ޒުވާން ޖީލު ވަނީ ކާފަރުންގެ ސްޓައިލަށް ހެއްލިފަ... ތަރައްޤީ އޯ

    އެހެންވީމާ ދުނިޔޭގެ އުފަލަށް ލާރިހޯދަން މިފަހަރު އިންޑިއާ ބޭނުންވާގޮތަށް ބަސް ބުނާނެކަން ކަށަވަރު ކޮންމެ ބަޔަކު ވެރިކަމުގަ ތިއްބަސް. ޔާމީނުވެސް ސައުދީ ބުނެގެން
    ޤަތަރާވެސް ޤުޅުން ކަނޑާލިއެއްނުން ކުރިންފަހަރަކުވެސް...

    8
    7
    • މމބރ

      ސައުދީއަކީ މުސްލިމް ގައުމެއް. ގަތަރާ ގުޅުން ކަޑާލުމަކީ ދެރަ ކަމެއް

      14
    • Anonymous

      ކަލޭ ޔާމީނާ އަންނިއާ އެއްވަރު ކުރެވޭތޯ ތަ ތި ބަލަނީ ލާދީނިއްޔަތަށް. ނޫނޭވާ ތިކަމެއް ނުވާނެ. ރީއްޗަށް ބުނަންވީނު މަމީ މޑޕ މީހެކޭ. މަވެސް އެމީހުންނަށޭ ވޯޓް ލެވުނީ. ދެން މިހާރު ކަޑަވެގެން ޔާމީން ވެސް ލާދީނީ އޭ ގޮވާ ނެގޭތޯ މިއުޅެނީ

      • Anonymous

        ދީނޭ ނުކިޔާ.
        އަންނި ބަލަނީ ފްލެޓާއި އާސަންދަ އާއި ދަތުރުފަތުރު ނިޒާމް ހަދައިގެންކަމަކުވެސް އާދައިގެ އާންމުންނަށް ލުއިފަސޭހަ ގޮތް

        އެކަމަކު ޔާމީން ބޭނުންވަނީ މުއްސަނދިކަން. މުއްސަނދިން އިތުރަށް މުއްސަނދި ކުރަން. ނިކަމެތި މީހާ އެއީ އޭނަކާރީ އެއްވެސް އެއްޗެއް ނޫން! ރައްޔިތުން އެއްވާ ތަނެއްގައި 1 ގަޑިއިރުވެސް ހޭދަނުކުރެވޭ.

  22. ރޯދަ މުބާރިކް

    މިހިރަ މިހިރަގެން އެނގިފާޅުވަނީ ކަންކަމުގެ ހަގީގަތް! ޔޫ ސްކެރެޗް މައިބެކް އައި ސްކެރެޗް ޔޯރ ބެކް!..ސަހަރޯ ހަމަ!

    21
  23. މާމީ

    މިގައުމު މިހާލަތައް ވައްޓާލީ ގާސިމަކާ މައުމޫނު އަކާ އިމްރާނު ކިއާ ބައެއް ވެގެން މީގެ އިސްމީހަކީ މައުމޫނު އެއީ އޭނަގެ ދަރިއަށް ވެރިކަން ހޯދަންވެގެން .މިހާރު ކޮބާ އެދަރި ވެރިކަން ލިބިއްޖެތަ؟ ރާކަނިމަސް ކެވިއްޖެނު.

    36
    1
  24. އިނޑިއާ

    ކަލޯ، ހަބަރު ލިޔާއިރު ތެދުދޮގު ބަލައިފަ ލިޔުން މުހިނމު. އިނޑިއާަ ގަ ޕީޕީއެމް އަށް ސަޕޯޓު ކުރާ ނޫހެއްގަ ލިޔެފަ އޮތް އާރޓިކަލް އަކަށް ވެދާނެ

    1
    42
  25. ސާކޯ

    މީހުން ލާދީނީއޭ ކިއީމަ ކިޔާވާހަކަ ބުނާނީ އިހައްދުވަހު އެއޮތީ އިންޑިޔާއިން ގާނޫނެއް ފާސްކޮއްފައި އިސްލާމުންނާއި ދެކޮޅައް ދެންކީކޭތޯ ބިނާނީ އަބޫޖަހުލު ނަންވާނީ މިއުންމަތުގެ ފިރުައައުނު އޭނާގެ ވާހަކަ ކޮޕީކުރާކަހަލަގެ ސިފަޔެއް މިފެންނަނީ ކީކޭތޯ ބުނާނީ

    35
    1
  26. މަޖުބޫރީހާލާތު އުދަރުބީހޭ އިދަރުބީހޭ

    ކޮއްކޯ، ނުތެދުވެ ކޮންތާކަށް ވަންނާނީ..ތެދުވާން މަޖުބޫރުވީ މާ ދެންކީއްކުރާނީ ކޮއްކޯ.

    29
  27. ޢަހްމަދު

    ޔާﷲ މިމީހުންގެ ލޮލުގެ ފެނުން މިހާރައްވުރެ ރަނގަޅު ކުރައްވާށިއެވެ!

    36
  28. މުޙައްމަދު

    ތިޔައީ ގިނަ ދިވެހި ރައްޔިތުން ގަބޫލު ކުރާ ގޮތެއް ނޫން. ޢިންޑިއާގަ މިހާރު އޮތް ސަރުކާރަކީ މުސްލިމުންނަށް ހެޔޮއެދޭ ސަރުކާރެއް ނޫންކަން ވަރައް ސާފު

    40
  29. މެޓާ

    މެޓައެއް ދިނީމަ ހެއްލިފަ މިއޮތީ. މޮޔަސަރުކާރެއް

    38
  30. ރަޔަތުމީހާ

    މިރާޖޭގެ ތިބި އިސްލާމީ ޖަމިޔާ ޖަމާތަކާ ދީނީ އިލްމުވެރިން އަދިވެސް މިވެރިކަމާ ދެކޮޅައް ބަހެއްކިޔަން ކަަލޭމެނައް ނުކެރެނީތަ! ނޫނީ ކަލޭމެންގެ މީިހަކަށް އަނިޔާ އެއްވީމަތަ ބަހެއްކިޔަން ކެރޭނީ...ދީނީ އިލްމުވެރިންގެ ހުރިވަރެއް މިފަހަރު އެގޭނެ ތާ...ލަދުގަނޭ މިހާރު މިސަރުކާރުން ކުރާ ކައްތަކުން.....

    19
  31. ޓިންތިން

    މިރާޖޭގެ ތިބި އިސްލާމީ ޖަމިޔާ ޖަމާތަކާ ދީނީ އިލްމުވެރިން އަދިވެސް މިވެރިކަމާ ދެކޮޅައް ބަހެއްކިޔަން ކަަލޭމެނައް ނުކެރެނީތަ! ނޫނީ ކަލޭމެންގެ މީިހަކަށް އަނިޔާ އެއްވީމަތަ ބަހެއްކިޔަން ކެރޭނީ...ދީނީ އިލްމުވެރިންގެ ހުރިވަރެއް މިފަހަރު އެގޭނެ ތާ...ލަދުގަނޭ މިހާރު މިސަރުކާރުން ކުރާ ކައްތަކުން.....

    17
  32. ހާސް

    ސައުދީ އިންވެސް ތިބައްދަލުވުމުގައި ބައިވެރި ވާނެތާ. ތިވާހަކަވެސް އަޑު އަހާނެތާ. ވާގޮތް ބަލަން ތިބެމާ.

    19
    1
  33. އެމަންޖެ

    އަންނިބެ ބޭނުންވާގޮތައް މިހާރު މިގައުމުގެ ކަންކަން ކުރިޔައް މިދަނީ.

    18
  34. ވަޅޯ

    ކާލޯ އެހެންދޯވާނި އެވަރަށް އެމީހުން އަތުން ފައިސާ ނަގާފަ ވަނީ

    17
  35. ކާފަދ

    ދެން ނާންނާނެ. އޭރު އައީ އެދުމެއް ފުއްދާލަން ހަނދާން ކޮށްލަދޭން

    16
  36. އެންޓި މޯޑީ

    ކިނބޫ އަށް އިންޑިއާ ގެ ތިޔަ ފައިސާ ދެވިހިފުމަކުން ސަލާމަތްވެވޭނީ ގެރިބެއާ ބްރޭކްއަޕް ވެގެން.
    ގެރިބެގެ އަވައިގައިޖެހި އެލެކްސް ބުއްޅައާ ކިނބޫ ނިމިހިގާދާނެ.

    21
  37. މައިމޫނާ

    ޢަމިއްލަ ރައްޔަތުން ބަނޑުހައި ހޫނުކަން ފިލުވާދިނިއްޔާ މާރަނގަޅެއް ނުން މަގުމަތީގައި މަރުވެފައި އޮންނަ ކުއްތާގެމަަސް ކާން ޖހެނީ އަދިވެސް މޯދީ ވަޜެއް ނެތިގެން އުޅެތި މީނަ ދޭ އެހީ ހޯދަން ވެސް ހެޔޮނުވާނެ

    20
  38. އމޑޕ މމބރއ

    އަނިޔާވެރި، ރަހުމްކުޑަ އިންޑިއާ... ނިކަމެތި މުސްލިމް ރައްޔިތުންނަށް ދޭ އިނިޔާ ހުއްޓުވާ ބަލަ....

    17
  39. ޒާ

    މިސަރުކާރު ނުހިންގޭނެ މޮޔަގެރި މޯދީގެ ބަނޑުދޮށުން ނިކުމެގެންނެއް. އެހެންވެ ލޯކަނުވެފާވަނީއިންޑިއާގައިމުސްލިމުންނަށް ކުރާއަނިޔާ ނުފެންނަވަރަށް.

    23
  40. އެގާރަ

    2018 ގެ އިންތިޚާބު ކާމިޔާބު ކުރެވުނީ މޯދީގެ ދިން ފައިސާގެ ބޭނުންކޮށްގެން. ޢެހެންވީމާ އިންޑިއާ އިން ކޮންމެ ކަމެއް ރާއްޖޭގެ އަދި އެހން ގައުމެއްގައި ކުރިޔަސް/ހިންގިޔަސް މިހާރު މިއޮތް ސަރުކާރު އޯ.ކޭ ވާނެ. ދެން އަތްޖަހާ

  41. ހުވަދު

    މިއީ ކަނޑައެޅިގެން ދޮގެއް. އިންޑިޔާ ސަރުކާރުން މުސލިމުންނަށް ވަރަށް އަނިޔާކުރޭ. ސަރުކާރުން މިބުނި ބުނުމުގައި އަހަރެން ބައިވެރިއެއް ނުވަމެވެ.

  42. ޢަބަދުﷲ

    މިއީ އިންޑިޔާގެ އަވަށެއް

  43. މޯދީ

    ވެރިކަން ހޯދަދިނީމަ ޖެހޭނީ ބުނާގޮތަށްހަދަން!

  44. Okay

    ޅަދުހަޔާތް ނެއްކަން. މަދުފައިސާ ކޮޅަކަށް އިންސާނިއްޔަތުކަން ވެސް ވިއްކާލީ.ދިވެހިންގެ އަގު އިސްލާމީ ދުނިޔޭގަ ތިޔަ ވައްޓާލީ..

  45. އީވާން

    އަނިޔާވެރި އިންޑާއާގެ ނުލަފާ ހިންދޫއިންތައް ފާޑުފާޑުގެ ކާފިއުއާ ދެކޮޅަށް މުޒާހަރާތައް ބާއްވާ އެއްވުންތައް ބާއްވާފަ، ނިކަމެތި މުސްލިމުންގެ ބޮލަށް ޖަހާފަ، ޖެނޮސައިޑް ހިންގާ މުސްލިމުންނަށް އިންސާނިއްޔަތާ ހިލާފް އަނިޔާތައް ދޭއިރު އިންޑިއާ އެއްކޮޅު ވާނީ ވެސް ވަރަށް ބޮޑެތި އަނިޔާވެރިން.. އިންސާނިއްޔަތު ކަމެއްނެތް ބައިގަނޑެއް.... އިންޑިއާއިން ކޮރޯނާ ކޮންޓްރޯލް ކުރަން ހަރުދަނާ ފިޔަވަޅެއް ނާޅާފަ، އިންޑިއާގެ އަނިޔާވެރި ވެރިކަމުން ހެދި މިސްޓޭކްތައް ފޮރުވަން ނިކަމެތި މުސްލިމުންގެ ބޮލަށް ޖަހަނީ.... އަނިޔާވެރި ބޯގޯސް ނުލަފާ ހިންދޫއިން... އިންޑިއާގެ ހިންދޫއިން ކޮރޯނާވައިރަސް އާ ދެކޮޅަށް އިހްތިޖާޖު ކޮށް އެއްވުން ބޭވިތަން އެހެރީ ފެނަން ނޫސްތަކުން.... ފޮޓޯތައް ފެންނަން އެހެރީ.... މޮރިޝަސް އަކީ ހިންދޫ މެޖޯރިޓީ އެއް އޮތް ގައުމެއް، އެކަން ދިވެހި ރާއްޖެއިން ވާހަކަ ދެއްކެވި ބޭފުޅާޔަށް ނޭގުމުން ދޭހަވަނީ ވަޒީފާޔަށް ކުފޫ ހަމަ ނުވާކަން....

  46. އީތޭން

    މިހާރު އިންޑިއާއިން މުސްލިމުންނާ ދެކޮޅަށް ހިންގާ ޖެނޮސައިޑް ނުފެނޭތަ؟ އިންޑިއާގެ ބޯގޯސް ސަރުކާރުން ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރަން ރަގަޅު ފިޔަވަޅެއް ނާޅާފަ، ކަންތައް ގޯސް ވީމަ ތެޅިގަނެފަ، ނިކަމެތި މުސްލިމުންނަށް ބްލޭމް ކޮށްފަ އަނިޔާވެރި ވަނީ.... ހިންދޫއިން ކޮރޯނާ ވައިރަސް އާދެކޮޅަށް ކުރި ހުރިހާ މުޒާހަރާތައް ކޮބާ؟ އިންޑިއާއަކީ މުސްލިމުންނާ ދެކޮޅަށް އަބަދު މަސެއްކަތް ކުރާ އަނިޔާވެރި ގައުމެއް... އެއްވެސް އިންސާފެއް ނެތި މުސްލިމުންނާ ޖައްސާލައިގެން އުޅޭ އަނިޔާވެރި ބައެއް....

  47. މާނު

    އިންޑިޔާގެ ދަށުވެ ދީންނުގެ ދިފާއުގައިވެސް ވާހަކަދަންކަންނުކެރުނީމަ ވަރަށްދެރަވެއްޖެ. ކޮންމެއެހީއެއްއެދެނީ ދީނާއިގައުމު ގުރުބާންކުރާގޮތަށް. އިންޑިޔާގެއެހީ ގައުމުގެހަލާކު

  48. ނަސްރީނާ

    މި ސަރުކާރުން ތިކަން ކުރާނެ ކަމީ ޝައްކެއްވެސް އޮއްކަމެއްނޫން މީ ލާދީނީ ސަރުކާރެއް ލާދީނީ ގުޅޭނީ ލާދީނީއާ

  49. ސާލިހް

    ލޮލައް މިރުސް އެޅިފަ މިތިބީ. ދެން އެޅޭނީ ކޯއްޗެއްކަމެއްވެސް ނޭގެ. ބަރީއަވަން.

  50. ޙަމަހަމަ

    ސު ރުހީ ނުބައި. ޜާއްޖެ ރައްޔިތުންނެއް އިންޑިޔާ ހިންގާ ޖަ ރީމާތައް ދިފާއުއެއް ނުކު ރެ. ޢެކަމެއްކު ރީ މިހާ ރުއޮތް ސަ ރުރކާ ރުތެ ރޭގަ އުޅޭ އެލެކްސް ނަށީދު ފެކްށަން ބައިގަނޑު. ެިެެިެެިެެިެިެެެިެެިެެިެެިެިެެެިެެިެެިެެިެިެެެިެެިެެިެެިެިެ

  51. طالب العلم

    މިއަދު ދުނިޔޭ ގައި އެއްގަމާއި ކަނޑާއި ވައިގެ ތެރޭގައި ވެސް އޮތީ ފަސާދައާއި ލޭއޮހޮރުވުންތައް. މީ އާޚިރުއް ޒަމާން. ފަހު ޒަމާން. މީ މީގެ 1400 އަހަރު ކުރިން ރަސޫލާصلي الله عليه وسلم ބަަސްފުޅު ތަކުގެ ހަޤީޤަފެންނަމުން މި ދަނީ.
    ދުނިޔޭގެ ބޮޑެތި ލީޑަރުން ފަރުދާގެ ފުރަގަހުގައި ތިބެ ރޭވުންތައް ރާވާފައި މީޑިޔާ ކުރިމައްޗައް އަރާ ދައްކަނީ އެހެން ވާހަކައެއް. .ހައްޤު ބާޠިލްގެ ގޮތުގައި އަދި ބާޠިލް ހައްޤުގެ ގޮތުގައި ދުނިޔެއަށް ދައްކަނީ.
    މެދު ފަންތީގެ މުސްލިމް ޤައުމުތަކަށް މަޖުބޫރު ވަނީ ދުނިޔޭގެ ބޮޑެތި ލީޑަރުން ގެ ފައިބުޑުގައި އެ މީހުން ދިފާޢު ކުރަން. ސަބަބަކީ އެހެން ނޫން ނަަމަ އާދައިގެ ޤައުމުތަކަށް އެ މީހުން ދަތިކުރުމުގެ ފިޔަވަޅު އަޅާ އެހީދިނުން ހުއްޓާލާނެ ކަމުގެ ބިރަށް. މިއަދު މުންކަރާތް ތައް ނަހީކުރުމުގެ ބާރުވެސް މުސްލިމު ޤައުމުތަކުގައި ނެތް.
    މިއީ ދައްޖާލުގެ ޒަމާނެއް ނޫންތޯއެވެ.؟ ދުނިޔެއަށް އަންނަމުންދާ ބަދަލުތަކަށް ވިސްނާ ދެންވެސް އަހަރުމެން އަޤީދާ ސީދާނުކޮށް ޢާފިލް ކަންމަތީ ނަލަހެދިލައިގެން އުޅެންވީތޯއެވެ؟........

  52. ާނޫސް ކިޔާމީހާ

    ތިޔަތަނުގައި ވާހަކަ ދެއްކި މީހަކީ ބުދެއްތަ. ޢިންޑިޔާގެ މުސްލިމުން ނައްތާލުމުގެ ސިޔާސަތަށް ތާއިދު ކުރިމީހެއް. ޢެއީ ދިވެހި ޤައުމުން މުސްލިމުން ނައްތާލުމަށް މަސައްކަތް ކުރާމީހެއް .

  53. ދަރަނި ދަންތުރަ

    ދިވެހިރައްޔިތުންގެ ތެރެއިން ކިތަށް ބޭފުޅުންނަށްބާ ހައްގާއި ބާތިލް އިނގެނީ ، މީހެއްގެ ދުލުން ތިމަންމީހަ މިއީ އިސްލާމެކޭ ބުނިނަމަވެސް އޭނާގެ އަމަލުން އެކަން ނުފެއްނަ ނަމަ އެނަޔާދޭތެރޭ އެހެން މީހުން ސައްކުކުރާނެ ، އެމް ޑީ ޕީގެ ފިކުރަކީ ލާދީނީ ފިކުރެކޭ މިވެރިކަމަކީ ލާދީނީ ވެރިކަމެކޭ ބުނެވެނީ މިވެރިންގެ އަމަލުތަށް ހުއްނަގޮތުން އަދި ކަންތަށްތަށް ކުރާގޮތުން....

  54. ީހޯހޯ

    މި ވެރިކަން ވައްޓާލަންވި ހަމަ މިހާރު. އެހެންނޫނީ މި ރާއްޖެ އެއްކޮށް އަޅުވެތި ކުރާނެ

  55. ސުތުލި

    ބަލަ މުސްލިމުންނަށް ދެރަގޮތެއް ފާޅުގައި ހަދަމުންދާނަމަ މިސަރުކާރުގެ ބޮޑުން ތާއިދުކުރާނެ

  56. ވަޠަން

    ސުބުހާނައްﷲ ހާދަހާވާ ދެރަކަމެކޭމީ މިފަދަ ދަނޑިވަޅެއްގައި ދޮގުހަދާކަށް ފަހެ ބިރެއް ނުގަނޭބާ!!!