ރާއްޖެއިން ކޮވިޑް-19 ފެނުމާއި އެކު މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލިއެވެ. އަދި އެއަށްފަހު އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލިއެވެ. ހާލަތު އިތުރަށް ގޯސްވުމުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލިއެވެ. ނަމަވެސް ރޭ އިސްލާމިކް މިނިސްޓްރީން ވަނީ ލޮކްޑައުން ނުވަތަ މޮނީޓަރިންގެ ހާލަތު ނެތް ރަށްރަށުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްދަ ދީފައެވެ.
އިސްލާމިކް މިނިސްޓްރީން އެގޮތަށް ހުއްދަ ދިނީ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ޓީމާއި އެކުގައި މަޝްވަރާތައް ކުރުމަށްފަހުއެވެ. ޓެގުން އިރުޝާދު ދިނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކުގައި ނަމާދުކުރުމުގެ ހުއްދަ ދެވިދާނެ ކަމަށެވެ.
އެގޮތުން އުމުރުން ދުވަސްވީ މީހުން މިސްކިތަށް ނުދިއުމާއި މުސައްލަ ހިފައިގެން އަދި ވުލޫކޮށްގެން ވެސް މިސްކިތަށް ދިއުމަށް ޑޮކްޓަރުން ލަފާ ދެއްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން މިސްކިތުގައި ގިނަ އިރު ނުކުރުމަށާއި މާސްކް އަޅަން ވެސް ޑޮކްޓަރުން ލަފާ ދެއްވާފައިވެއެވެ. މިއާއި އެކު މިއަދު ފެނުނީ ހުއްދަ ދިން ރަށްރަށުގައި ހުކުރު ނަމާދު ކުރުމަށް ދިޔަ އެންމެން ވެސް ޑޮކްޓަރުންގެ ލަފައާ އެއްގޮތަށް ނަމާދަށް ދިޔަ މަންޒަރެވެ. އެންމެން ވެސް ދިޔައީ ގެއިން ވުޟޫ ކޮށްގެން މުސައްލަވެސް ހިފައިގެންނެވެ. އަދި ނަމާދުކުރި ވަގުތުގައި ވެސް ގިނަބަޔަކު ތިބީ މާސްކު އަޅައިގެންނެވެ.
މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުކުރު ހުތުބާގައި ވަނީ ރަމަޟާން މަހަށްފަހުވެސް ހެޔޮ އަމަލު ކުރުމަށް ބާރު އަޅާފައެވެ. އެގޮތުން ގިނަ މީހުން ރަމަޟާން މަސް ނިމުމުން ހެޔޮ އަމަލުތައް ކުރުން ދޫކޮށްލާ ކަމަށާއި އެކަން އެގޮތަށް ނުކޮށް ރަމަޟާން މަސް ނިމުމުން ވެސް ހެޔޮ އަމަލުތައް ކުރުމުގައި ދެމި ތިބުމަށް ހުކުރު ހުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ.
ހުކުރު ހުތުބާގައި ކޮވިޑް-19 ވައިރަހަކީ މާތްﷲ ކުރިމަތިކުރެއްވި ވަރުގަދަ އިމްތިހާނެއްކަން ފާހަގަކޮށް ބުނީ މިސްކިތުގައި ނުކުރެވޭ ރަށްރަށުގެ މީހުންވެސް ގޭގައި މެންދުރު ނަމާދާއި އެހެނިހެން ނަމާދުތައް އަދާ ކުރުމަށެވެ. އަދި މި ބަލިމަޑުކަމުން މިންޖު ކުރައްވާތޯ ދުއާ ކުރުމަށްވެސް ވަނީ ނަސޭހަތްތެރިވެފައެވެ.
މުޅި ރާއްޖެއިން މިހާތަނަށް 1،216 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސަިވެފައެވެ. އޭގެތެރެއިން 104 މީހަކު ބަލިން އެއްކޮށް ރަނގަޅުވެފައިވާއިރު މިހާތަނަށް ހަތަރު މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ.
ޙިތާމައަކީ ހުއްދަ ނުދޭ ރަށްރަށުގައިވެސް މިއަދު ޖަމާއަތުގައި ހުކުރު ކުރިކަން.
މި ރޯދަ މަހު ޖަމާ އަތުގައި އެންމެ ނަމާދެއް ކުރުމުގެ ނަޞީބެއް ވެސް ނުލިބުނު>>ވަރަށް ދެރަވި
މުޅިރާއްޖޭގަ ޖަމާއަތުގަ ނަމާދާއި ހުކުރު ކުރުމުގެ ހުއްދަނުދީ އެތައްމަހެއްވަންދެން މިސަރުކާރުން ހިފަހައްޓައިފި މިކަމުގެބަދަލު ރައްޔިތުން ހިފާނެދުވަހެއް އަނނާނެ
މާތް ވެގެންވާ މައްކާ އާއި މަދީނާގެ މިސްކިތްތައް ވެސް އެހުރީ ކޮވިޑާއި ގުޅިގެން ބަންދުކޮށްފަ. އެތަނުގެ ރައްޔިތުންނަށް އިނގޭ ބަދަލު ހިފަން ޖެހޭ ކަމެއްނެތް ކަމާއި ހުރިހާ ފިޔަވަޅެއް މިއަޅަނީ ރައްޔިތުންގެ ސަލާމަތަށްކަން.. ޕާކިސްތާނާއި އީރާންގަ މިސްކިތްތައް ހުޅުވާލުމާ އެކީގަ ކޮވިޑް ޖެހޭ މީހުން ދެގުނަ އިތުރުވެއްޖެ. އެންމެންވެސް ބޭނުންވާނެ މިސްކިތުގަ ނަމާދުކޮށް އިއުތިކާފަށް ތިބެންވެސް އެކަމަކު މިވަގުތަކީ ވެސް އިމްތިހާނެއް ކަމުގައި ދެކި ކެތްތެރިވެތިބެ ﷲ އަށް ދުޢާ ކުރުންނޫން ގޮތެއް މިވަގުޔު ނެތް.
މުޅި ދުނިޔެއަށް ކުރިމަތިވި ބަލިމަޑުކަމެއްގައި މައްކާގެ ޙަރަމްފުޅުގައިވެސް ހުޅުވާލައިގެން ޖަމާޢަތުގެ ނަމާދު ނުކުރާހިނދު މިއޮށްފަދަ ރަމަޟާންމަހު ތިޔަފަދަ ބަދަލުހިފުމާއި ނޭއްގާނިވާހަކަތަށް ދައްކާނަމަ ތިބާގެ ނިމުން ހިތިވެދާނެކަން ހިތަށްހަމަ ނާރަނީތޯ ؟ ﷲ ތެދުމަގު ދައްކަވާށި
މި ދަނޑިވަޅު މިސްކިތައް ދިޔަ ނަމަވެސް މާސްކު އެޅުމާއި، ގެއިން ވުލޫކޮށްގެން ދިއުން ރަނގަޅު. މާތް ﷲ އަޅަމެން މިކަމުން ސަލާމަތް ކުރައްވާށި
ޖަމާއަތުގަ ނަމާދުކުރެވުން... Alhamdhulilahi
މިރަށުގަވެސްތިކަހަލަކަންކަމަށްްއިސްކަމެއްނުދޭކީކުރާނިދޯ
ސުވާލަކީ މޫނު ނިވާކޮއްގެން ނަމާދު ސައްޙަވާނެހޭ
Rangalhu