މިރޭ ޝައްވާލުމަހުގެ ހަނދު ސާބިތު ވެއްޖެ ނަމަ އަންހެން ސިފައިން ބަޑި ޖެހުމުގައި ހަރަކާތްތެރިވާނެ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން މިއަދު ވިދާޅުވީ، މިރޭ ހަނދު ސާބިތުވެއްޖެނަމަ 20:30 އާއި 21:00 އާ ދެމެދުގައި ޖުމްހޫރީ މައިދާނުގައި ބަޑިޖެހުން ކުރިއަށް ދާނެ ކަމަށެވެ.

މިއަހަރުގެ ޝައްވާލު މަހަށް ހަނދު ބެލުން ހުރިހާ އިސްލާމީ ގައުމެއްގައި ވެސް މިރޭ އިރު އޮއްސުމަށް ފަހު އޮންނާނެއެވެ. އެހެންނަމަވެސް ފަލަކީ ހިސާބުތަކުން ދައްކާގޮތުގައި ފިތުރު އީދު ދުވަހަކީ އާދިއްތަ ދުވަހެއެވެ.

ހަނދު ފެނިއްޖެނަމަ އަމަލުކުރަން ޖެހޭ ގޮތާއި ގުޅިގެން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ނެރުނު އިއުލާނުގައި ބުނީ، ކޮވިޑް-19 އާ ގުޅިގެން ސަރުކާރު އޮފީސްތައް ބަންދު ކޮށްފައިވީ ނަމަވެސް މިއަހަރު ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމުގެ ކަންކަން އިންތިޒާމު ކޮށްފައިވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ސަމީ

    ސިފައިންގެ ފާރުގަ ލާ ކުލަޔާ ދަވދުވެސް އެ މީހުން ލައްވާ ލއްވާ. ޤާނުނު އަސާސީ އަށް ފައިން އަރާފަ ހުރި މީހަކު ތިތަނަށް ލައިގެން ...

    35
    1
    • ޙައްގުބަސް

      ރަގަނޅު ވާހަކައެއް!! އަޅުގަނޑުމެން ދިވެހިރާއްޖޭގެ ރައްޔިތުން ދުށީމު!! މިރާއްޖޭގެ ގާނޫނު ހަދާ މަޖްލިސް ބަޔަކު ވަކަރު ގެއަކަށް ހަދައިގެން އުޅުނު މަންޒަރު!! އެއިރު މަޖްލީހުގެ މެމްބަރުންގެ ގޮތުން ތިބި މަދު އަންހެން ކަނބަލުންގެތެރެއިން ދެ މީހަކު އެމީހުންގެ ކުރިމަތީ ހުރި މޭޒްމައްޗަށް ކޮޅަށް އަރައިގެން ހަޅޭލަވަމުން ގެންދިޔަ މަންޒަރުވެސް ޓީވީތަކުންނާއި ނޫސްތަކުން ފެނުނު!! އެންމެ ހިތްދަތިވި މަންޒަރަކީ އެ ދެ ކަނބަލުންވެސް އެމީހުން ކޮޅަށްއަރާ ހުރި މޭޒުމަތީގައި އޮތް ދިވެހިރާއްޖޭގެ ގާނޫނު އަސާސީއަށް ފައިން އަރައިގެން ތިބި މަންޒަރު ފެނުމުން!! އެމީހުން ބުނާކަހަލަ ގާނޫނު އަސާސީއަކީ އެމީހުންގެ ކުރިމަތީގައި އެއްވެސް އެއްޗެއް ނޫނޭ!! ބޭނުން ގޮތަކަށޭ ހަދާނީ!! ކަންތައްތައް ކުރަމުންވެސް ދިޔައީ އެބީދައިން!! ދެން މިހާރު އެންމެ ދެރަވަރު މަންޒަރަކީ އެކަންކުރި ދެމީހުންވެސް މިހާރު އެތިބީ ދިވެހިރާއްޖޭގެ އެންމެ ބަރުގަދަ ދެ މަގާމުގައި ކަމަށްވާތީ!! އެކަކު ޑިފެންސް މިނިސްޓަރަކަށް! އަނެކަކު މަޖްލީހުގެ ނައިބު ރައިސްއަކަށް!! ދެން ވިސްނާލާ މިމީހުންގެ ކަންތައްތައް ހުންނާނެގޮތް!! އެހެންވީމަ ދެން ބަޑިޖަހަންވީ ހަނދު ސަބިތުކުަރަންތަ؟

  2. ސަގަރު

    އެހެން ނޫނަސް އަންހެންވެރިން ވަރައް ބަޑި ޖަހާ. ހެހެހެހެ

    28
  3. ކޮއްކޮބެ----

    ކޮން ކަހަލަ ބަޑި އެއް<> ފަޒާ ބަޑި>>އިލެކްޓްރިކް ބަޑި

    17
    1
  4. Anonymous

    އަންހެން ސިފައިން ބަޑި ޖެހީމަ އެހެން އަޑެއް ތަ ކިޔަނީ
    އެއީ ފިރިހެނުންނާ ހަމަ ހަމަ ވީ ތަ، ހަމަ ހަމަކޮށް ނިމުނީ ތަ.

    30
    5
  5. ކީކޭތޯ

    ތިޔައީ ދެން ބޮޑު ޖޯކެއްނުން. ކަނޑައެޅިގެން ނުވާނެކަން އެނގޭ ކަމެއް ވެއްޖެ ނަމަ، މިވެނި ކަމެއް ކުރާނަން ކަމަށް ބުނުމަކީ ކުރެވޭ މަލާމާތެއް ކަމަށްވެސް ބެލެވިދާނެ.

    28
    4
  6. ނިޔު

    ހޫނ ދެންއަމައްޔާއވެގެން މަގޯތި ފުރާޅުމައްޗަކައްނޫން ޖަހާނީ.

    28
  7. ރޯދަ މުބާރިކް

    އިއްޒަތްތެރި ރައީސްއަށް އީދު ސަލާމް ކިއުން އޮތީ ކޮންތާކު؟

    3
    3
  8. އަލްޖިބްރާ

    ތިހެންވެއްޖިއްޔާ ފަލަކީ ހިސާބަށް ވުރެ އަންހެން ސިފައިން މާމޮޅުތާ ! ކަޑައެޅިގެން އެބައެގޭ އިރުއޮށްސުމުގެ ކުރިން ހަދު އޮށްސޭކަން ! ދެން ކާކަށް ތިއްތިދަންކާން ނުކުމެގެން އުޅޭބައެއްތަ ؟

    6
    1
  9. އެއީދެން އެހާވަރުގެ ކަމެއްތަ

    ހަމައެކަނި މިސަރުކާ ރަށްނުކުރެވި އޮތް ކަމަކީ އެއީތަ އެއްވެސް ފައިދާއެއް ހުރިކަމެއް ކުރެވޭތަނެއް ނުފެނޭ ކަމަކީ ފޮނިކެނޑުން!