މިއަހަރުގެ ރޯދަ އިނާޔަތް މިމަހުގެ 10 ގެ ކުރިން މުވައްޒަފުންނަށް ދިނުމަށް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން އަންގައިފިއެވެ.

މިކަން ހާމަކޮށް އެ މިނިސްޓްރީން ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ، މިއަހަރުގެ ރޯދަ އިނާޔަތް އެންމެ ލަސްވެގެން ވެސް މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން މުވައްޒަފުންނަށް ދޭން ޖެހޭނެކަމަށެވެ.

ވަޒީފާއާއި ބެގޭ ގާނޫނުގައިވާ ގޮތުގެ މަތިން، ރޯދަ މަސް ފެށުމުގެ ކުރިން މުވައްޒަފުންނަށް ރޯދަ އިނާޔަތްތައް 3000 ރުފިޔާ ދޭން ޖެހެއެވެ. ފިނޭންސް މިނިސްޓްރީން ބުނާގޮތުގައި، ރޯދަމަހުގެ ތެރޭގައި ވަޒީފާއާ ގުޅޭ މުވައްޒަފެއް ނަމަ، އެ މީހާ މަސައްކަތްކުރާ ދުވަހުން ފެށިގެން ރޯދަމަހުގެ ނިޔަލަށް އިނާޔަތުގެ ގޮތުގައި ދުވާލެއްގެ މައްޗަށް 30 ރުފިޔާގެ މަގުން އިނާޔަތް ދޭން ޖެހޭނެއެވެ.

ނަމަވެސް "ލީވް"ގައި ތިބޭ މުވައްޒަފުންނަށް ރޯދަ އިނާޔަތްދޭން ނުޖެހެއެވެ.

މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ފެށޭނީ ކުރިއަށް މިދާ މެއި މަހުގެ 16 ވަނަ ދުވަހު ކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު