މިހާރު ފެތުރެމުންދާ ބަލިމަޑުކަމުގެ ތަދު އަދި ކުރިޔަށް އޮތް ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިގޮތަށް ވިދާޅުވެފައި ވަނީ، ކެނދިކުޅުދޫ ރައްޔިތުން އެރަށުގައި ބަނބުކެޔޮގަސް އިންދުމުގެ ޕްރޮގްރާމެއް ހިންގާފައިވާތީ އެކަމަށް ތަޢުރީފުކުރައްވާ، މިރޭ ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓުގައި ރައީސް ނަޝީދު ވިދާޅުވީ، އަމިއްލައަށް ހައްދާ ތަކެތިން ކައިބޮއެ އުޅެވެންޖެހޭނެކަން، މިފަހަރުގެ މި ބޮޑު ރޯނގާއިން ސާފުވެއްޖެ ކަމަށެވެ. އަދި މި ރޯނގާއިން ރަނގަޅުވި ނަމަވެސް، ރޯނގާގެ ތަދު އަދި ކުރިޔަށް އޮތްކަމަށް ފެނިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވަނީ، ކެނދިކުޅުދޫގައި ޒުވާނުންތަކެއް ބަނބުކެޔޮގަސް އިންދާ މަންޒަރު ފެންނަ ފޮޓޯތަކެއްވެސް މި ޓްވީޓާއެކު އާންމު ކުރައްވާފައެވެ. އެކަމާއި ގުޅިގެން ރައީސް ނަޝީދު ވަނީ އެރަށުގެ ރައްޔިތުންނަށް "އައްސަރިބަހުން ސާބަސް" ދެއްވާފައެވެ.
"ކެނދިކުޅުދޫ ރައްޔިތުންނަށް ހަމަ އައްސަރިބަހުން ސާބަސް. މިފަހަރުގެ މިބޮޑު ރޯނގާއިން ސާފުވެއްޖެ އަމިއްލައަށް ހައްދާ ތަކެތިން ކައިބޮއެ އުޅެވެންޖެހޭކަން. ރޯނގާއިން ރަނގަޅުވިނަމަވެސް، ރޯނގާގެ ތަދު އަދި ކުރިޔަށް އޮތްކަމަށް ފެންނަނީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
Ken’dhikulhudhoo rayyithunnah hama assaribahun saabas. Mifaharuge mi bodu roaga in saafu vejje amilla ah hahdhaa thakethin kaiboe ulhevenjeheykan. Roaga rangalhuvi namaves, roaga ge thadhu adhi kuriah oiy kamah fennanee@MPahmedeasa, @ibr_shaneez, @MohamedRauf17 pic.twitter.com/j90vLqThEi
— Mohamed Nasheed (@MohamedNasheed) May 22, 2020
ކޮވިޑް-19 ގެ ނުރައްކަލަށް ރާއްޖެ ހުށަހެޅިފައި ވުމާއި ގުޅިގެން، މި ބަލި ރާއްޖޭގައި ވަރަށް ބޮޑަށް ފެތުރިގެންދާނެ ކަމަށް ކުރިން ރައީސް ނަޝީދު ލަފާކުރެއްވި އެވެ. އަދި މި ބަލި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ޖެހޭނެ ކަމަށާއި ކުރަންވީ ކަމަކީ ހުރިހާ ރަށެއްގައި ސިއްހީ ހިދުމަތް ދެވޭނެ ގޮތްތައް ހަމަޖެއްސުން ކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.
ހަމަ އެހެންމެ ރަށްރަށަށް ނުދެވި މާލޭގައި ތާށިވެފައި ތިބި މީހުން ރަށްރަށަށް ގޮސްގެން ބަލި ފެތުރޭނެ ކަމަށް ބެލުމަކީ ގޯހެއް ކަމަށާއި އެ މީހުން ރަށްރަށަށް ނުދިޔަސް މުޅި ރާއްޖެ އަށް މި ބަލި ފެތުރޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ރޯގާ ދަނީ އިންތިހާ އަށް ފެތުރެމުން. އަދި ފެންނަ ފެނުމުގައި މި ރޯގާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޖެހޭނެ. ރާއްޖޭގެ ހުރިހާ ރަށެއްގައި މިކަމުގެ ފަރުވާ އަދި މިކަމުން އަރައިގަނެވޭނެ ގޮތްތައް އަޅުގަނޑުމެން ޖެހޭނީ ހަމަޖައްސަން،" ނަޝީދު ވިދާޅުވިއެވެ.
މީއަޅެ ވަރުގަދަ މީހެއްނު..މީނަގެ އަނގަ އާހެދި ވެސް މިބަލިން ސަލާމަތެއްނުވެވޭނެ?
ރަނގަޅު ވާހަކައެއް ކޮވިޑް19 އަށްވުރެ ތީ މާނުރައްކާތެރި ވައިރަހެއް
އަތޮޅުތަކުގައި އުޅޭމީހުން ކޮންމެ ފަދަ ހާލެއްގައި ވިޔަސް ބޮޑުންނަށް ވާކަމެއް ނެތް. ކަންބޮޑުމެއް ނެތް. އެހެންވީމާ، ވީހާލެއްގައި ވާނެގޮތްތަކެއް ރައީތުން ހޯދުން އެއީ އެމީހުން ބޭނުންވާނެ ގޮތް. ވެރިކަމަށް މީހުން ހޮވާ ބޭނުމެއްނެތް. ކެޔޮގަހު ކުރިއަށް އަރާގެން ނަމަވެސް ވޯޓް ލެވެނިކޮށް މިވެރިންނަށް ނިމުނީ.
ޕަކާސް
ކަލޭ މޮޔަ ނުގޮވަބަ.ކަލޭތަ ބަލި ފަތުރަނީ؟
ޙިތިބޭސްބޮއެގެނޭ ބަލިން ފަސޭހަވަނީ ކިޔާފަ، ކޮވިޑާ ޖެހުނީމަ އަވަހަށް ލޮކް ޑައުން އުވާލަާ ދޮންކުދިން ނުގެނެވިގެން މިއުޅެނީ.
ޙިމަބިހި ވެކްސިން ނުޖަހާ މީހުންނަން ޓެރަރިޒަމްގެ ދައުވާ ކުރާއިރި ކޮވިޑުން ރައްކާތެރިވާން ޑރ އަޅުއްވާފައިވާ ފިޔަވަޅުތައް އުވާލަން މީނަ މިޕްރެޝަރ ކިރަނީ.
ކުރިން ބުނީ ހުންއަންނާނެ ކަމަށް ރަޖާލާނެ ކަމެއް ނެތޭ، ކިޔާފަ ވައިރަސް މިތަނައް ވައްދާފަ އަޅަފަ އޮތް ފޮތިގަނޑުވެސް މި އެއްލާލީ... މީ މިގައުމަށް ފާވެފަހުރި ބޮޑު ފިތުނަ ވެރިއެއް.
ބަންބުކޭލަކީ އަވަހަށްހެދި އަވަހަށް މޭވާ ލިބޭ ގަހެއް. އަދި ހުރިހާ މޫސުމެއްގައި ގަސް ފުރިފަ....
މޭވާ އެއްތަ އެއީ؟
އެއީ ފަލަމަޑީގެ ބާވަތެއެ އެކަމަކު ބަނބުކެޔޮ ގަހުގަ އަޅާ މޭވާއަކަށް ވާނީ ބަނބުކެޔޮ..ދިވެހި ބަސް ރަނގަޅަށް ނޭނގި އެގެންމީހުންނަށް ރައްދު ނުދިނުން ބުއްދިވެރި..
އަޅެ ކަލޭ ބުނީމު މިއީ އާދައިގެ އަރިދަފުސް ރޯގާއެކޭ! ތިންފޫޓް ތިންފޫޓް ދުރުގައި ތިބެގެން މިކަން ނިންމާލެވޭނެޔޭ!
ހު ރިހާ އުނގު ރިއަކަށް ހެޔޮވަ ރު މީހެއް.
އައްސަރިބަހުން ސާބަސް ދޭ ގޮތް އަދި އަލަށް މި އަޑުއެހީ.. ކުރިން އަހަނީ އައްސަރިބަހާއި ސާބަސް ދޭ އަޑު. ރީތި ދިވެހި ބަހެއް ހަލާކު ކޮށްލަން ބޭނުން ކުރެއްވި އިބާރާތެއްތަ؟
ކެނދިކުޅުދޫ ކުޅީގަ މީހަކު ސޫފިލަނޑާ އާލާ ކުރަން އެރިއުޅެނިކޮށްވެސް ކުރިން ފެނިފަވޭ. އެކަންވީ ކިހިނެއްބާ. މަނިކުފާނާ ވަރަށް ވައްތަރު މީހެއްއެއީ. އެހެންވެ އަހާލީ.
ރޯނުއެދުރު ބަސްބުނީދޯ؟ ކީވެބާ އެޗްޕީއޭން ފިޔަވަޅު އަޅަން ނުކެރެނީ
ގިނަގިނައިން ދޫ މީހާ ހަލާކު ކޮއްލައެވެ.
އޭ ބޭފުޅާއެވެ. ބައެއް ފަހަ ރު ހަނު ހު ރުމަކީ އެންމެ ބަލާޢާތްތެ ރި ރައްދު ކަމަށް ވާކަން ދަންނާށެވެ.
ތީ އަހަރެމެން ޚަބަރުތަކުން ކިޔާ ފޫހިވެފަ އޮތް ވާހަކައެއް.. ނަޝީދައް އަދިކިރިޔާ ތިޔަ ރޭކާލަނީ..
އެއްކަލަ ރޯނު އެދުރު އިގޭކަމެއްވެސްނެތް ނޭގެކަމެއްވެސްނެތް ޖާހިލު
މީނަގެ މިފަދަ ވާހަކަތަށް މިއީ އާއްމު ރައްޔިތުން ބިރުގަންނަވަން ދައްކާ ވާހަކަޔަކަށް ނުވޭތޯ އެހެން މީހަކު އޮޅިގެން ކޮވިޑު 19 އޭ ބުނެލިޔަސް ރީދޫ މެންބަރުން ހީވަނީ އެހެންފަދަ ކަމެއްހެން ، މިނަސީދަކީ މިގައުމަށް ޖެހިފައިވާ މިސީބާތެއްނޫންތަ ؟
މީނަ މިފަދަ ވާހަކައެއް ނުދައްކާ ހުރިއްޔާ މީނަގެ އަނގައިގައި ފުޅަ އަޅަނީތަ ؟ ކިހާދެރަ ކަމެއްމީދޯ މިމުސީބާތެއްފަދަ މީހާގެ ކިބައިން އެއްމެހާ މުސްލިމުން ސަލާމަތްކުރައްވާށި އާމީން
ރަށްރަށު މީހުން ކާންވި ބަނބުކެޔޮ ދޯ.. މިވެރިން ނަށް ރައްޔިތުން ގެ ޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯ ފައިސާ އިން ގިއްކިޔާފަ މުސާރަ ދީފަ މިތިބީ ރައްޔިތުންނަށް މަލާމާތް ކުރަންތަ؟
އަންނި ބުންޏަސް ކިތަންމެ އަޑުއަހާ ހިތްނުވާ ވާހަކައަކަށް ވިޔަސް ފުންކޮށް ވިސްނާލީމަ ތިޔަބަސްތައް ތެދުވާނެ ކަމަށް ފެނޭ.
ނަޝީދު ކަލޭ ވާހަކަ ނުދެއްކިއްޔާ ރަނގަޅުވާނީ!
މީ އަޅެ ދަންނަ ބޭކަލެއްތަ؟
އަހަރެމެންގެނުގަބޫލުގައިއަހަރެމެންގެމުސާރައިންޕެންޝަންފަންޑައްޖަމާކޮއްފަހުރިފައިސާ
ނުދޭންމަސައްކުރަނީކީއްވެ
އަޅުގަނޑަށް ފެންނަ ފެނުމުގައި ރައީސް ނަޝީދުގެ ބައެއްބަސްފުޅުތަކަނީ ވެސް ކުޑަ ރޯގާ އެއް ނޫން، އިނގޭތޯ ، ކޮވިޑު ވެސް ފަހަރެއްގައި އެވަރު ނުވެދާނެ
އެއްކަލަ އަނގަ ބޮޑު! މި ވައިރަހައް ވުރެ މީނަގެ ކަންތައްގަނޑު މާބޮޑު
މީނައައް ޖެހުނީމަ ތޯއްޗެ މައިތި ރި ވާނީ
މޮޔަނުގޮވާ ކަލޭގޮސް ރައްޔިތުންގެ މަޖިލީހުގެ ރައީސޭކިޔައި ސާލިހުގެ ބޮލަން އެރިގެން މި ލޮކްޑައުން އުވާލީވެސް ދެން ކީކޭ މި ކިޔަނީ
މިރާރްޖެ އައި އެންމެ ބޮޑު ބަލިމަޑުކަން. އެންމެ ބޮޑު ވަބާ. އަންނި 19
ކޮއްމެެވެސް އެކައްޗެއްކިޔާ.
ދެއަނގައިންވާހަކަ ދެއްކީމާ އަޅުގަނޑަށް އެބައޮޅޭ.