މިއަހަރުގެ ފިޠުރު ޢީދު ދުވަހަކީ މި ހިނގާ މޭއި މަހުގެ 24 ވާ އާދީއްތަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިކަން އިއުލާނުކޮށްފައި ވަނީ ޝައްވާލު މަހުގެ ހަނދާ ބެހޭގޮތުން ގޮތެއް ކަނޑައެޅުއްވުމަށް މިރޭ ބޭއްވި ޖަލްސާގަ އެވެ.

އެ މިނިސްޓްރީން ވިދާޅުވީ، މިއަހަރުގެ ރަމަޟާން މަހުގެ 29، ނުވަތަ 2020 ވަނަ އަހަރުގެ މޭމަހުގެ 22 ވާ ހުކުރު ދުވަހުގެ އިރުއޮއްސޭ އިރު ރާއްޖޭގެ އެއްވެސް ހިސާބަކަށް އަދި އިސްލާމީ އެއްވެސް ޤައުމަކަށްވެސް 1441 ވަނަ އަހަރުގެ ޝައްވާލް މަހުގެ ހަނދު ފެންމަތިނުވާކަން އިތުބާރުހުރި ފަލަކީހިސާބުން ކަށަވަރުވާކަމަށެވެ.

އަދި ހަމަ އެހެންމެ މިއަދު އިރުއޮއްސުމަށްފަހު ވެސް ރާއްޖޭގެ އެއްވެސް ހިސާބަކަށް ޝައްވާލްމަހުގެ ހަނދު ފެނިފައި ނުވާކަމަށާއި، އިސްލާމީ އެއްވެސް ޤައުމަކަށް މިއަހަރުގެ ޝައްވާލްމަހުގެ ހަނދު މިއަދު ފެނުނުކަމުގެ މައުލޫމާތެއް ލިބިފައި ނުވާކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

އެހެންކަމުން ރާއްޖޭގައި އަމަލުކުރާ އުސޫލުގެ ދަށުން، މާދަމާއަކީ 1441 ވަނަ އަހަރުގެ ރަމަޟާން މަހުގެ 30 ކަމަށް ކަނޑައަޅާކަމަށާއި، ފިޠުރު ޢީދު ދުވަހަކީ އަންނަ އާދީއްތަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ÷

    Ingey maakurin vx maa ingilaagen ulhey meehun Gina v ma nujeh hey kan hadhu hodhan ulhey ka

    2
    1
  2. މާމިގިލީ މީހާ

    ނިމިގެން ދިޔައީވެސް 30ދުވަހުގެ މަހެއް، (މިމަހަކީވެސް 30ދުވަހުގެ މަހެއް. ހިޖުރީ ކަލަންޑަރ އޮޅިއްޖެ. މައުމޫނުގެ ބަސް ގަދަ ވެއްޖެ. ފަލަކީ އިލްމުން ދައްކަނީ ސައްވާލުމަހު 1 ކަމައް. ހޮނިހިރަކަށް އީދު ވީމާ.

    8
    1
  3. Anonymous

    ޖުހާ

    10
    1
  4. ޚޮސޮން

    މަށަށް ވެސް ވީ ްްްްްްްްްެއެހެންންe

  5. ޚޮސޮން

    ???

  6. ވާނުވާ

    ޢިސްލާދީނުގަ އޮތީ ފަލަކީ ހިސާބުން ހަނދު ބަލަންތަ އަންގަ ވާފަ؟ ޢިލިޔާސް ވެސް މިހާރު މަގާމު ލިބުމާ އެކު އަނގަ ބަންދު ވީ ދޯ؟އިގެ ހުރެ ހައްގު އޮޅުވާ ލަނީ ތި ދުނިޔޭގެ ވަގުތީ މަގާމައްޓަކާ!

  7. މުޙައްމަދު

    މޮރިޓޭނިޔާ، ސޯމާލިޔާ، ނައިޖީރިއާ އަދި މާލީ އަށް ވެސް ހަނދު ފެނުން.
    މިޤައުމުތަކަށް މިއަދު (23މާރޗް) ހޮނިހިރު ދުވަސް މީ ޢީދު ދުވަސް. މިތާ ނެތީތޯ އިސްލާމީ ޤައުމެއް؟

  8. ޑައެލޯގް

    އަހަރެން ހަދާންވަނީ މައުމޫނު އިރުގައި މިގޮތަށް ކަލަންޑަރާ ދިމާވާތީ ރީދޫކުދިން މައުމޫނު ކަލަންޑަރާ ދިމާކުރަން ހަދުހޯދިއްޔޭ ބަރަބޮލޭ ފަޅޮލޭ ކިއިހަދާނެވެ. އެކަމު މިއަދަކު ހަމައެގޮތަށް މިއޮތީ ކަލަންޑަރާދިމާވެފަދޯ