ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވާހަކަފުޅުން، އެމްއެމްޕީއާރުސީގެ މައްސަލައިގައި ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް އިއްވާފައި ވަނީ ނާއިންސާފުން ކަން ހާމަވެގެންދާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ މި ސަރުކާރުން، ރައީސް ޔާމީނަށް ހުކުމް ކުރީ އިންސާފުން ނޫން ކަމަށާއި އަދި ރައީސް ޔާމީނަށް ކުރި ދައުވާ އަކީ ސިޔާސީ އަދި ޒާތި ދައުވާއެއް ކަމަށް ދޭހަވާ ގޮތަށް ރައީސް ނަޝީދު އިއުތިރާފްވެފައިވާ ކަމަށެވެ. އެހެން ކަމުން އިދިކޮޅި ކޯލިޝަނުން ވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާފައެވެ.

އިދިކޮޅުން ނެރެފައިވާ އެ ބަޔާނުގައި ބުނެފައިވަނީ ރައީސް ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމަކީ ސިޔާސީ ހުކުމެއް ކަމަށާއި، އެމަނިކުފާނަށް ދައުވާ ކޮށްފައިވަނީ ޒާތީ ކަމެއްގައި ކަމަށް އެ ކޯލިޝަނުން ފުރަތަމަ ވަގުތުންވެސް ގޮވަމުން އައިސްފައިވާ ކަމަށެވެ.

އިދިކޮޅުން މިފަދައިން ބުނެފައިވަނީ އެމްޑީޕީގެ މެމްބަރުން ތިބި ގްރޫޕަކަށް ރައީސް މުހައްމަދު ނަޝީދު ފޮނުއްވި ނޯޓެއްގައި ރައީސް ޔާމީންގެ އަމަލުތަކާއި ހިޔާލުފުޅުތަކާއި އުސޫލުތަކަށް އެމަނިކުފާނު ތާއީދު ނުކުރައްވާ ކަމަށާއި ނަމަވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ހަމައެކަނި ޔާމީން ޖަލުގައި ބޭންދުމުގައި މާބޮޑު އިންސާފެއް ލިބިދާނެ ކަމަކަށް ވިސްނިވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވެފައި ވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. Anonymous

  އެކަމަކު ނަޝީދު އިސްވެހުރ އެކަން ކޮށްފަ މިހާ ރު ކީކޭ މިކިޔަނީ، މިކަމުގެ ކޮންމެވެސް ގޯހެއް އެބައުޅޭ، އޭނަގެ މަޅީގަ ޖެހުނުމީހަކު އަދި ސަލާމަތްވެފަނެތް.

  35
  3
  • ބޭބެ

   މިކަންކުރީ ނަޝީދާ އިބޫ އިސްވެތިބެގެން!! ރައިސް ޔާމީން ނުޙައްުގުން ޖަލަށް ލުމުގައި އެންމެ އިސް ދައުރެއް އަދާކުރީ ނަޝީދު!! އެއީ ޖޭއެސްސީގެ ބެންޗަށް ނަޝީދު ހިމެނޭގޮތުން ނަޝީދުގެ ވަކީލުންގެ ޓީމު އައްޔަން ކޮށްގެން!! އެޓާނީ ޖެނެރަލްއާ އޭރުގެ ޕީޖީ ބިޝާމްވެސް ހިމެނޭގޮތުންކަމަށް ބުނެވޭ! މައްސަލަ ޔާމީންގެ މައްޗަށް ފުރޮޅާލުމަށްޓަކައި އަދީބުއާ ޒިޔަތުއަށް ލުއިދޭން ޝަރުޠުކޮށް ދޮގުބަޔާން ދޭންވާގޮތް ފުލުހުންގެތެރެއިން ބަޔަކާ އެޓާނީންނާ ޕީޖީގެތެރެއިން ބަޔަކު އެހީވިކަމަށް ބުނެވޭ!! އަދި އެމްއެމްޕީއާރުސީގެ މައްސަލާގައި ހޯދަން ރެޑް ނޯޓިސް ނެރެފައިވާ ބަޔަކު ބޭރުގައި ތިއްބާ ބަޔަކުގޮސް އެމީހުނާ ބައްދަލުކޮށް ޔާމީނާ ދެކޮޅަށް ބަޔާންދޭނެގޮތް ކިޔައިދީ އެގޮތަށް އަމަލުކޮށްގެން ރެޑްނޯޓިސް ކެންސަލްކުރީކަމަށް ވާހަކަދެކެވޭ! ކޮންމެއަކަސް މިކަހަލަ އެތައްކުޅިއެއްކުޅެ ލައިވްކޮށް ބޭއްވި ޝަރީޢަތުން ޔާމީން ދިފާއުވެއްޖެކަން ދިވެހި ހުރިހާ ރައްޔިތުންނަށް ސާބިތުވެ ޙުކުމް ކުރަން އޮތްދުވަހު ފަނޑިޔާރު ބޭރުކޮށް ބޭނުންވާގޮތަށް ކަންކޮށް ނިންމާނެ ބަޔަކު އިސްކޮށް ކަންކަން ނިންމާލީ ބަޔަކު ލިޔެދީފަ އޮތްއެއްޗެއް ރޫރޫއަޅާހާލު ކިޔައިގެން ނޫންތޯ؟ މިހާރުދެން ފާޑުފާޑުގެ ވާހަކަ ދެއްކުމުގެ ބޭނުމެއްނެތް!!

   19
   4
 2. އުސައިދު

  ހަމަ ހިނި އަންނަނީ...އިއްޔެއާ ހަމައަށް ގޮވީ އަންނި އަކީ ދޮގުވެރިއެކޭ މަކަރުވެރިއެކޭ ލާދީނީ މީހެކޭ ދުވަހަކު ތެދެއް ނުހަދާނެއޭ. މިހާރު އަންނިގެ ބަސް ތެދުކޮށްފި.އެމީހަކު ބޭނުންވާ ގޮތަށް ބަހެއް ބުނީނަ ހަމަ ކުއްލިއަކަށް ތެދުވެރިއަކަށްވީ..ކަލޭމެން ތިތިބީ ގުއިރޯނުގަ ޖައްސާފަ.. އަހަރެމެން ގަބޫލެއް ނުކުރަން ކަލޭމެންގެ ވާހަކައެއްވެސް އަންނިގެ ވާހަކައެއްވެސް..ތިއެންމެންނަކީ ވެސް އަމިއްލަ އެދުމައިގެން އުޅޭބައެއް.

  10
  9
 3. ދިވެއްސެއް ވީމަ ބުނަމޭ

  ޔޫސުފްއް ސިއްދީގްވެސް ޖަލުގައި ހުންނެވިއެވެ އިމާމް އަހްމަދު ވެސް ބޭއިންސާފުން ޖަލައްލެވުނެވެ އަހަރުމެން މާ އަދައިގެ އިންސަާނުން ޖަލަށް ލުމަކީ ހައެރާންވާންވީ ކަމެއްނޫނެވެ ﷲ އަށް ވަކީލު ކުރަށްވާށެވެ

  12
  1
 4. Anonymous

  ރ.ނަޝީދު އަދި އެއްބަސްވާނެ މިސަރުކާރަކީ ނަހަލާލު ސަރުކާރެއްކަމަށްވެސް، އީސީގެ އިސްމެމްބަރުންނަށް މިލިޔަނުން ފައިސާގެ ރިޝްވަތު ދީގެން ވޯޓް އޮޅުވާލައިގެން ފޭރިގެން ފޭރިގެންފައިވާ ސަރުކާރެއްކަން އެއްމެބޮޑަށް އެގޭނެ އެއްބޭފުޅެއްވިއްޔާ ރ.ނަޝީދަކީވެސް، މިގައުމުގެ އެތައްހާސް ރައްޔިތުންގެ ހައްގު ނުގުޅައިގެން ތަޚުތުތަކަށް ސަވާރުވެގެންތިބި ބަޔަކު އިންސާފުވެރި ޝަރީއަތެއް ހިންގާނެތަ؟؟ﷲއަށް ބިރުވެތިވާ ބައެއްނަމަތާ!!!

  15
  4
  • ސާބަސް

   އަހަންނަކީ ތިބުނި ރިޔާސީ އިންތިހާބު 2018 ގައި މަސައްކަތް ކުރި މީހެއް. އެތަނަށް ދިއުުމުގެ ކުރިން އަހަރެންނަށް ހީވެފަ އޮންނަނީ ޔާމީނާ ހެދި މޮޔަވާ ކުދިންކޮޅަށް ހީވެފަ އޮންނަ ގޮތަށް ރައީސް ޔާމީންގެ ސަރުކާރަކީ އެންމެ ރަނގަޅު، ޒީރޯ ކޮރަޕްޝަން އަދި ރައްޔިތުންނަށް ހެޔޮ އެދޭ ސަރުކާރެއް ކަމަށް. އެކަމަކު އިލެކްޝަން ކޮމިޝަންގަ 2018 ގައި މަސައްކަތް ކުރަން ދިޔައިމަ އެނގުނީ މިމީހުންގެ އަސްލު ސިފަ. އެކި ތަންތަނަށް އަހަރުމެން އިލެކްޝަން ކޮމިޝަން ފަރާތުން ރީ ރަޖިސްޓްރީ ކުރަން ދިއުުމުގެ ކުރިން އެތަންތާގަ ޕިންކް ޓައިއާއި އެއްޗެހި އަޅައިގެން ގޮސް ތިމަންނަމެން މީ އިލެކްޝަން ކޮމިޝަން އިންނޭ ކިޔައިގެން ކިތައް ރައްޔިތުންނަށް އޮޅުވާލީ. ާ އަހަރުމެން ވިލިގިލީ ފެރީ ޓާރމިނަލް ހުންނަ ރިރަޖިސްޓްރޭޝަން ޕޮއިންޓަށާއި، ވެލާނާގޭ ތިރިއަށާއި، ނޯރތް ހާބަރ އަށާ ތަންތަނަށް ރީރަޖިސްޓްރީ ކުރަން ދިޔައިމަ އަންނަ ގިނަ މީހުން ބުނަނީ ތިމަންނަމެން ތަންކޮޅެއްކުރިން ހަމަ މިތަނުން ރީރަޖިސްޓްރީ ކޮށްފީމޭ. އެކަމަކު އަދިވެސް ރަޖިސްޓްރީ އެއް ނުވޭ. އަހަރުމެން ބުނަނީ އިލެކްޝަން ކޮމިޝަން ފަރާތުން މިތަނަށް ރީރަޖިސްޓްރީ އައި ފުރަތަމަ ފަހަރޭ މީ. ބުނީމަ ބުނީ ޕިންކްޓައި އައަޅައިގެން ތިބި ބައެކޭ.ބުންޏޭމީ އިލެކްޝަން ކޮމިޝަން އިންނޭ. އަހަރުމެން ބުނަނީ އިލެކްޝަން ކޮމިޝަން ފަފަރާތުން ތަތަނެއްގަ ރީރަޖިސްޓްރީ ކުރަންޏާ އަހަރުމެން ތިބޭނީ މިފާސްއަޅައިގެން މިބެނާ ހަރުކޮށްގެންނޭ. ދެން ނުބުންޏަސް އެބަ އިނގޭއެއީ ކޮންބައެއްކަން. ބައެއްމީހުން އެއްޗެއް ނުބުނެ އަނެއްކާ ރީރަޖިސްޓްރީ ކުރާނީ.ބައެއް މީހުން ބުނާނެ ކަލޭމެން އެމީހުނަކަށް އެއެއްވެސްފިޔަވަޅެއްވެސް ނާޅަންދޯއޭ.ދެން އަހަރުމެން އެޔަށް ވަކިކޯއްޗެއް ބުނާނީ. ރީރަޖިސްޓްރީ ކުރަން އީސީއިއިން ފެށުމުގެ މާކުރިން އިއިލެކްޝަންކޮމިޝަންއަށްވެގެން ކިތަށް މީހުންގެ އެޕްލިކޭޝަނާއި އައިޑީކާޑް ކޮޕީނެގީ.އެކަމަކު ރީރީރަޖިސްޓަރީ މުއްދަތު ނިމުނުއިރުވެސް ކިތައްމީހުންގެ ރީރަޖިސްޓަރީނުވެ. އެމީހުން އެންމެ ފަފަހުދުވަހު ހުރިހާ ފޯރމެއް އެއްފަހަރާ އަޅާލީ. ފޯން ނަންބަރާއި އެއެއްޗެހި ނުބައިކޮށް ޖަހާފަކިތައް ފޯރމްގަ.އެމީހުން ރަނގަޅު ނަންބަރު ނެތީމަ، އެކެއްގެ 2 ފޯރމްލާފަ އަދި 2 ފޯރމްގަ ވޯޓްލާ ތަންތަފާތިއްޔާ އެމީހުންނަށް ގުޅަނީ. އެކަމަކު ބައެއް ފަހަރު ގުޅާއިރު. ފޯން ނަގާ ނަންބަރުގެ ވެރިފަރާތާ ފޯރމް ގަ މައުލޫމާތު އޮތް މީހާޔާ ދިމަލެއް ނުވޭ. ދުވަހަކު ރީރަޖިސްޓަރީ ނުކުރާ އަމިއްލަ ރަށަށް ވޯޓްލާ މީހުންގެ އެޕްލިކޭޝަންތައް އެމީހުންގެ ަަަައައިޑީ ކާރޑް ކޮޕީކޮންމެވެސް ގޮތަކަށް ހޯދައިގެން ހުށަހަޅާ. ބަލި މީހުނާ އުމުރުން ދޮށީމީހުންއިންތިހާބީ މަރުކަޒަށް

 5. ރާއްޖެތެރޭ މީހާ 404

  އިދިކޮޅުން ބުނަނީ ނަޝީދު އަކީ މުނާފިގެކޭ. އޭނަ ދައްކާ އެއްވެސް ވާހަކަ ގަބޫލުކުރާކަށްނުވާނެޔޭ. މިހާރު މި ޖެހުނީ ކޮންތާކު؟ އެހެންވީމަ ނަޝީދު ބުންޏަސް ތި ވާހަކަވެސް ގަބޫލެއްނުކުރެވޭނެ. ބްރޯސް ޕްލީޒް، ހޯލްޑް އޮންޓު ޔުއަރ ވާރޑްސް އެންޑް މޭކްއަޕް ޔުއަރ މައިންޑް އެބައުޓް ނަޝީދު. އިފް ނޮޓް ނަޝީދު ދައްކާ ހުރިހާ ވާހަކަތަކަކީ ތެދުކަމަށް ދެން ގަބޫލުކުރާނީ

  6
  9
 6. އަލްޖިބްރާ

  ކަލޭމެންގެ ގަމާރުކަމުން ތަންދޮރުވެސް އޮޅުންނުފިލަނީ ! ނަޝީދުބުނީ ޔާމީނު މިނިވަންކުރާށެކޭ ނޫން ! ނަޝީދުބުނީ ޔާމީނާއި އެކީ ވައްކަންކުރުމުގައި ބައިވެރިވި އެންމެން ޖަލަށް ލާށޭ ! އަންނި ޖެހި ގުއިރޯނުގައި ކަލޭމެން އެންމެން ތިތިބީ ޖެހި ބެދިފައި ! ހުރިހާކަމެއްވެސް ކަލޭމެން ތި ނިންމަނީ އަދުރޭގެ އެރިތުމެޓިކްސް އަށް ! ކަލޭމެން ތީ ހަމަ ބޯބުރާންތި ތަކެއް !

  11
  5
 7. ޔާﷲ

  ރައީސްނަޝީދުއަށް މާތްﷲ ހެޔޮވިސްނުން ދެވާށި އަދި ދެދުމަގު ދައްކަވާށި އާމީން

  9
  1
 8. ތާކިހާ

  ވާދަވެރި ސިޔާސީ އިދިކޮޅު ލީޑަރެއްނެތުމުން ޤަމުމެއްގެ ހަގީގީ ވަންތަކަމާއި ވާދަވެރިކަން ގެއްލިދާކަމަށް ރައީސް ނަޝީދު އަބަދުވެސް އަންނަނީ ވިދާޅުވަމުން، އެ އުނިކަން ރ. ނަޝީދަށް ވިސްނިވަޑައިގަތީކަމަށް ބޮޑަށް ބެލެވެނީ.. މި އީ ރާޅެއް މި ރާޅުގެ ފެން އެޅޭނީ މި ސަރުކާރުގެ ބޮލަށްކަމަށް ބޮޑަށް ބެލެވެނީ .. # ވިސްނާޤައުމު

  10
 9. އަޅެ

  ޔާމީނުގެ މައްޗަށް ކޮށްފައިވަ އެމްއެމްޕީއާރުސީގެ މައްސަލައަކީ މުޅިރާއްޖެއަށް ފެންނަގޮތަށް ބަލައި ތަހުގީގުކުރި މައްސަލައެއް އެމައްސަލާގައި ރ. ޔާމީނު އެކަނި ބަންދުކޮށް ނުހައްޤުން އަނިޔާކުރާތީ އެންމެންވެސް އެކަމާ ހިތްހަމަނުޖެހެއި ކޮބާ ދެންތިބި ކުއްވެރިން މީ އިންސާފުން ކޮށްފައިވަކަމެއްބާ؟! ޔާމީނު ދޫކޮށްލަންޖެހެއި

  14
  4
 10. އޭނަ

  ޔާމީނު ކިހާމީހުނެއް ނުހައްގުން ޖަލަން ލީތޯ އަހާބަލަ.... އަންނި ބުނީމަތޯ އިގެނީ ނުހައްގުކަން ކުރިން އެހުރީ ހައްގުންދޯ ލާފަ.... ބޯހަލާކު ލަާރިކޭ ގުރޫޕް

  5
  3
 11. ރައްޔިތުން

  ޢަންނި ހުރިހާ ކަމެއްގަ އުޅޭނެ