ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ހުންނާނީ 30 އާއި 50 އާއި ދެމެދުގައި ކަމަށް ލަފާ ކުރެވޭ ކަމަށް އައިޖީއެމްއެޗުގެ ޑޮކްޓަރު އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ މިހާރު ރާއްޖެއިން ފެންނަމުން އަންނަ ވޭދަނަތަކަށް ބަލާނަމަ މިއީ މިހާރު ފެންނަ ވޭދަނަތަކަކީ މަދު އަދަދުތަކެއް ކަމަށެވެ. ސިއްހީ މާހިރުންވެސް ބޭނުންވަނީ އަދި އެދުމަކީ ވެސް މިވަރަށް ވެސް ކޭސްތައް ނުފެނުންކަން ފާހަގަކުރައްވަމުން ޑރ. އަފްޒަލް ވިދާޅުވީ މިފަދަ ބަލިތަކުގައި އަބަދުވެސް ބޭސްލައިން އެއް އިންނާނެ ކަަމށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑަށް ވަރަށް ލަފާ ކުރެވޭ، އަޅުގަނޑުމެންގެ ބޭސްލައިން އުޅޭނީ، ގާތްގަނޑަކަށް 30 އާއި 50 އާއި ދޭތެރޭގައި ކަމަށް. މިފަދަ އެހެން ބަލިތަކަށް ބަލާއިރުވެސް ބޭސްލައިން އުޅެނީ އާއްމުކޮށް އެހާވަރަށް. އެއީ މާނައަކީ ގައުމެއްގެ ތެރޭގައި ބަލި ފެތުރިގެން ދިޔައީމަ އެއަށްފަހު އެއަށް ކިޔާނީ އެންޑިމިކް ބައްޔެކޭ. އެހެންވީމަ ގައުމުތަކުގައި އެންޑިމިކް ހުންނަ ބަލިތަކަކީ ހަގީގަތުގައި ކޮންމެވެސް ވަރެއްގެ ބޭސްލައިނެއް ހުންނާނެ،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ ކުރިޔަށް އޮތްތަނުގައި ވެސް މި ބަލީގައި ބޭސްލައިނެއް އުފެދިގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެންކަމުން ވަކި ވަރަކަށް ވޭދަނަތައް ހިފެހެއްޓިފައި ހުންނަ ނަމަ އެއީ އެގައުމެއްގެ ބޭސްލައިންގެ ގޮތުގައި ބެލެވިދާނެ ކަމަށެވެ.

"ދެން ގައުމެއްގެ އާބާދީއަށް ބަލާއިރު ނޫނިއްޔާ މާލޭގެ އާބާދީއެއް ބަލާއިރުވެސް ހަގީގަތުގައި އެ އާބާދީގެ ނިސްބަތުން 50 މީހުންނަކީ ނުވަތަ 30 އާއި 50 އާއި ދޭތެރޭ ވޭދަނަތައް ފެނުމަކީ ހަގީގަތުގައި އާއްމުކޮށް މިފަދަ ބަލިތަކަށް ބަލާއިރު ހައި ލެވަލް އެއް ނޫން،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

މާލެއިން މިދިޔަ މަހުގެ 15ވަނަ ދުވަހު ކޮވިޑް-19 ފެނުނު ފަހުން 100 އަށްވުރެ މައްޗަށް ވެސް ވޭދަނަތައް ގޮސްފައި އެބަހުއްޓެވެ. ނަމަވެސް މިހާރު މަޑު މަޑުން ރާއްޖެއިން މި ބަލި ކޮންޓްރޯލް ކުރެވޭ ކަމުގެ އަލާމާތްތައް ފެންނަ ކަމަށް ސިއްހީ މާހިރުން އަންނަނީ ބުނަމުންނެވެ. އަދި ހީކުރި ވަރަށް މިބަލި އާއްމުންގެ ތެރޭގައި ފެތުރުން ކުޑަ ކަމަށް ބެލުމަށްފަހު ފުރަބަންދަށް ލުއިތަކެއް ދިނުމަށްވެސް މިހާރު ވަނީ ނިންމާފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 1،274 މީހަކު ފައްސިވެފައިވާއިރު 109 މީހަކު ބަލިން ރަނގަޅުވެފައެވެ. އަދި ހަތަރު މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޑިމޮކްރަޓިސްޓް،ރ.ވާދޫ

    މޮޅު އަނގަތަޅަންފެށީ. ސަރުކާރު ހުޅުވަން ހިފާފަ ތިތިބީ. ދެން އެ 50 މީހުން ކޮންމެ މީހަކު އިތުރު 2 މީހުނާ ކޮންޓެކްވެ، ކޮންޓެކްޓްވިމީހުން އިތުރު އެކަކާ ކޮންޓެކްޓް ވީމަ އެވީ ކިހާވަރެއް؟

  2. ޢާދޭސް

    ތިޔަ ހިސާބު ރަނގަޅުތޯ ޑޮކްޓަ ރ ! ދުވާލަކު 40 އަށް ބެލިއަސް މަހަކު 1200 އޯކޭތޯ! ޢަޅުގަނޑުގެ ވަ ރަށްބޮޑު އެދުމެއް މިކަމުގެ ލުއިފަސޭހަކަން ދިވެހިންނަށް ކިޔާ ނުދެއްވާ ޕލޒް ، މިހާ ރުވެސް ލޮކްޑައުން ނަންގަވާ ވާހަކަ ބުނުއްވި ހިސާބުން މަގުތައް ފު ރެންފަށައިފި ، ސީ ރިއަޒްކަން ދޫކޮށްލައިފި ، ދިވެހިން ވާނީ ދިވެހިންނަށް! ދުވާލަކު ގިނަވެގެން 2 ނުވަތަ 3 އަށް ރޭޓް ދަށް ނުވަނިސް މިކަން ދޫކޮށްނުލައްވާ ޕލޒ

  3. ތާކިހާ

    ބޭސްލައިން ފެންނާނެކަމަށް ނުވަތަ ފެންނަކަމަށް ތިޔަ ވިދާޅުވާ އަދަދު ގެ ޞައްހަކަން ފެންނާނީ ހޮޓާތަކާއި މަސްމާރު ކޭޓް ހުޅުވާލުމުން، ، މި ރާއްޖެ ތިޔަ ދޫކޮށްލަނީ ކާކު ދެކެ ބިރުންތޯ ސުވާލަކީ ؟ ވޭދަނަ ބޭސްލައިން ނުފެނުން އަޅުގެ ދުޢާ އަކީ

  4. ކޮރޯނާ

    އެއީ ދުވާލަކު އެންމެ ގިނަވެގެން ޓެސްޓު ކުރަން ކަލޭމެން ބޭނުންވާ އަދަދަށް ވީމަ ދޯ؟ ކޮބަޔޯ ލިބުނުހާ ޓެސްޓު ކިޓުތަށް؟

  5. ގާދިރު

    މިހާރު ތިއުޅެނީ ގޯސް ހަދަން މާދަމާ އެންމެން މަގުމައްޗަށް ނުކުން ނަންވީ ބޭސް ލައިން އިންނާނެ ބޭސް ކޮށް ކޮށް އެތައް ބަޔަކު މަރުވެގެން ދާއިރުވެސް

  6. ހާނީ

    ކަލޭމެން ތިހަދަނީ ކޮންކަހަލަ ހިސާބެއް އަހަރެމެންގެ ހަދާ ހިސާބުން ހަފުތާ އަކު 12 ޖެގެނީ ކެޓަލޮގު ބަދަލު ކޮށްލަ ކަމަކުނުދޭ ކުރިގަ ހުރި މީހުން އިތުރު ބަޔަކު ތި ފައްސި ވަނީ