ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު ޢަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) ، ރައްކާތެރިވުމުގެ ސާމާނު ލ.އަތޮޅަށް ހަދިޔާ ކުރައްވައިފިއެވެ.

ކޮވިޑް19 އާއި ގުޅިގެން ރައްކާތެރިވުމުގެ ގޮތުން ބޭނުންކުރާ މާސްކާއި އަންގި އަދި ސެނިޓައިޒަރ ފަދަ ތަކެތި އެމަނިކުފާނު ހަދިޔާ ކުރައްވާފައިވަނީ ލ.އަތޮޅު އިޝްތިހާރުކުރުމުގައި ޙަރަކާތްތެރިވާ ޖަމްޢިއްޔާއެއް ކަމަށްވާ ވިޒިޓް ލާމް އެޓޯލް އަށެވެ.

އެ ޖަމްޢިއްޔާއިން މިރޭ ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ މި ދަތި އުދަނގޫ ދަނޑިވަޅުގައި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު ޢަބުދުއްރަޙީމް ޢަބުދުﷲ ވެދެއްވި ދީލަތި އެހީއަށް ޓަކައި ހިތުގެ ފުންމިނުން ޝުކުރު އަދާ ކުރާ ކަމަށެވެ.

https://www.facebook.com/visitlaamu.org/photos/a.363838297717323/718059998961816/?type=3¬if_id=1590167123351237¬if_t=page_post_reaction

 

މި ތަކެތި ބެހުމަށް ހަމަޖެހިފައިވަނީ ލ.އަތޮޅުގެ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކުގެ އިތުރުން ޕޮލިސް ސްޓޭޝަންތަކަށާއި ފެނަކަ ބްރާންޗްތަކަށް ކަމަށް ވެސް ''ވަގުތު'' އަށް މަޢުލޫމާތު ދެއްވަމުން އެ ޖަމްޢިއްޔާގެ ފައުންޑަރ މުޙައްމަދު އަރީޙް ބުނެފައިވެއެވެ.

ކޮވިޑްއާ ދެކޮޅަށް ކުރަމުންދާ ހަރަކާތްތަކުގައި ލާމު އަތޮޅުގައި އިސްސަފުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ވިޒިޓް ލާމު އެޓޯލް އާއި ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބްއާ ގުޅިގެންދަނީ ހަރަކާތެއް ހިންގަމުންނެވެ. މިހަރަކާތުގެ ތެރެއިން ރަށްރަށުގެ ޓާސްކް ފޯސްތަކަށް ފޮތި މާސްކް ހަދިޔާކޮށްދިނުމާއި ލާމު އަތޮޅުގައި ހުންނަ އޮފީސްތަކަށް ސެނިޓައިޒާއާއި އަންގި އަދި މާސްކް ފޯރުކޮށްދިނުން ހިމެނެވެ.