އާ އާއްމު ހާލަތުގައި ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއެއްގެ އަތުން ކޮވިޑް-19ގެ ޓެސްޓް ހެދުމަށް 100 ޑޮލަރު ނެދިގާނެ ކަމަށް "ސޭފް ޓޫރިޒަމް ގައިޑްލައިން"ގައި ބަޔާންކޮށްފައިވީ ނަމަވެސް އެ ޓެސްޓު ހެދުމަށް ފަތުރުވެރިންގެ އަތުން 8 ޑޮލަރު ނެގުމަށް ލަފާ ދިނުމަށް އިގްތިސޯދީ ކޮމެޓީން ނިންމައިފިއެވެ.

އާ އާއްމު ހާލަތުގައި ރާއްޖެ ހުޅުވާއިރު ޓޫރިޒަމް މިނިސްޓްރީން ވަނީ ފަތުރުވެރިކަން އަލުން ހުޅުވާއިރު "ސޭފް ޓޫރިޒަމް ގައިޑްލައިން" އެއް ނެރެފައެވެ. އަދި އޭގެ ދެލި ކޮޕީއެއް މަޖިލީހަށް ހުށަހަޅާ މަޖިލީހުގެ ލަފަޔަކަށް ވެސް ވަނީ އެދިފައެވެ.

އާ އާއްމު ހާލަތުގައި ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއަކުވެސް 100 ޑޮލަރު ވިސާ ފީއެއްގެ ގޮތުގައި ދައްކަން ޖެހޭނެ ކަމަށް "ސޭފް ޓުއަރިޒަމް ގައިޑްލައިން" ޑްރާފްޓްގައިވެއެވެ.

އެ ގައިޑްލައިންގައި ބުނެފައި ވަނީ، ކޮންމެ ފަތުރުވެރިއަކުވެސް ރާއްޖެ ވަނުމުގެ ހުއްދަ ދެވޭނީ ރާއްޖެ އައުމުގެ ހަތް ދުވަސް ކުރިން ހަދާފައިވާ ޕީސީއާރް ޓެސްޓުގެ ނަތީޖާ ނުވަތަ އެންޓި ބޮޑީ ޓެސްޓުގެ ނަތީޖާ ދެއްކުމުންނެވެ.

މިގޮތަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ އަތުން ކޮވިޑް-19ގެ ޓެސްޓް ހެދުމަށް 100 ޑޮލަރު ނެދިގާނެ ކަމަށް ގައިޑްލައިންގައި ވަނީ ބުނެފައެވެ. އެކަމާއި ގުޅިގެން އިގްތިސޯދީ ކޮމެޓީން ވަނީ އެ އަދަދު 8 އަށް ބަދަލު ކުރުމަށް ނިންމާފައެވެ. އެ ހުށަހެޅުން ހުށަހެޅީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދެއެވެ. އޭނާގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްއެވެ.

ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު ހުށަހެޅުއްވީ މިވަގުތަށް ޓުއަރިޒަމް މިނިސްޓްރީން ސްްޓޭކް ހޯލްޑަރާ މަޝްވަރާކުރުމަށްފަހު ފައިނަލް ރިޕޯޓެއް އަލުން މަޖިލީހަށް ފޮނުވައި ދިނުމަށް ދެންނެވުމަށެވެ. އެ ހުށަހެޅުން ވެސް ފާސްވިއެވެ.

އާ އާންމު ހާލަތުގައި ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއަކު އެއާޕޯޓް އަށް ފައިބާ ތަނުން ޕީސީއާރު ޓެސްޓް ހެދުމަށް ވަނީ ނިންމާފައެވެ. އަދި ރިސޯޓަށް ގެންދާގޮތަށް ޓެސްޓް ހަދައި ނަތީޖާ ނައްސި ވުމާ ހަމައަށް ކޮޓަރިން ބޭރަށް ނުދެވޭނެއެވެ.

ރާއްޖެ އަންނަން ބޭނުންވާ ފަތުރުވެރިންނަށް މަދުވެގެން 14 ދުވަހު ރާއްޖޭގައި މަޑު ކުރާ ގޮތަށް ބުކިން ހައްދަން ޖެހޭނެއެވެ.

މީގެ އިތުރުން ފަތުރުވެރިން ރިސޯޓަށް ދާ ހިސާބުން އެ ރިސޯޓެއްގައި ހުންނަން ޖެހޭނީ ސެލްފް ސާވިސް ޗެކިން ކަމަށް ގައިޑް ލައިންގައި ވަނީ ބުނެފައެވެ.

ރާއްޖެ އަންނަ ފަތުރުވެރިން ރިސޯޓަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި ހާލަތުގައި ދަތުރުކުރުމަށް އެންމެ އެކަށީގެންވާ ހާއްސަ އުޅަނދަކުންނެވެ. އަދި ގްރޫޕުތަކުން ރިސޯޓުތަކަށް ދާނަމަ ވަކިންވަކިން ދިއުމަށް ވަނީ އެދިފައެވެ. ބޯޓަށް އެރުމުގެ ކުރިން މާސްކު އަދި ސެނިޓައިޒާ ބޭނުން ކުރުމަށްވެސް ގައިޑްލައިންގައި ވަނީ ހިމަނާފައެވެ.

އެއާޕޯޓުން ފަތުރުވެރިން ރިސޯޓަށް ގެންދާއިރު މިފަދަ ކަންކަމަށް ފުލުހުން ބަލާނެ ކަމަށްވެސް ގައިޑްލައިންގައި ވަނީ ބުނެފައެވެ.

"ސޭފް ޓޫރިޒަމް ގައިޑްލައިން" އާއި ގުޅޭ ގޮތުން ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކާއި އެކު ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފައެވެ. އެ މަޝްވަރާ ކުރުންތަކުގައި ޖަމިއްޔާތަކުން ވަނީ އެ ގައިޑްލައިންގައި ހުރި ފީތަކުގެ ކަންބޮޑުވުން އަލީ ވަހީދާއި ހިއްސާ ކުރައްވާފައެވެ. އަދި އަލީ ވަހީދު ވަނީ އެ ފީތައް ނުނެގުމަށް ނިންމާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ރަބަރޭ

  ޓުއަރިސްޓް މީހާ ފުރާއިގެން ދާއިރުވެސް ޓެސްޓުގެ ނަތީޖާ ނުލިބޭނެ ލާރި ކެވޭތޯ ބަލާ
  ހަބޭސް

 2. ޚަރުން

  ހިލޭ.ކިހިނެތް ވާނެ...

 3. ސަމީރު

  ކޮވިޑް ޓެސްޓަށް 50 ޑޮލަރ
  ޙުމުގެ ޓެސްޓަށް. 25 ޑޮލަރ
  މެޑިކަލް އަށް. 200 ޑޮލަރ
  ލާރި،ލާރި ލާރި ހޯދާ ފެލާލައިގެން ވެސް.

 4. ށަވިޔަނި

  ނޫނޭ ވާނެ 100 ޑޮލަރު ނަގަން ހޭބަލިވިއަސް ބޮޑުވަރު