ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަގުތުން މިނިވަންކުރުމަށް ގޮވާލާ، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު، އަބްދުﷲ ޖާބިރު މަޖިލީހަށް ޤަރާރެއް ހުށަހަޅުއްވައިފިއެވެ.
ޖާބިރު މަޖިލީހަށް ހުށަހެޅުއްވި ޤަރާރުގައި ވިދާޅުވެފައި ވަނީ، ކޮވިޑް-19 މުޅި ދުނިޔެއަށް ފެތުރި ދިވެހިރާއްޖެއަށް މި ބަލިމަޑުކަން އައިސް މުޅި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ހުއްޓި، އިޤްތިސާދު ހީނަރުވެ ރައްޔިތުން ބިކަހާލުގައި ޖެހުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށެވެ.
އެހެންކަމުން މި ދަނޑިވަޅުގައި، ރައީސް ޔާމީން ވަގުތުން ޖަލުން މިނިވަންކޮށް އެމަނިކުފާނާއި ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ބައްދަލުކުރައްވާ، ރައީސް ޔާމީންގެ ފަރާތުން މިވަގުތު ހޯއްދެވެން އޮތް އެހީތެރިކަމެއް ހޯއްދެވުމަށް ގޮވާލާ ކަމަށް ޤަރާރުގައި ވެއެވެ.
"އެމަނިކުފާނާއި ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ބައްދަލުކުރައްވާ، ރައީސް ޔާމީންގެ ފަރާތްޕުޅުން މިވަގުތު ހޯއްދެވެން އޮތް އެހީތެރިކަމެއް ހޯއްދެވުމަށްޓަކައި މަޝްވަރާކުރުމަކީ މިވަގުތު ދިވެހި ރައްޔިތުންގެ ހައްޤުގައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަމުގައި،" ދެކިވަޑައިގަންނަވާ ކަމަށް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވެފައި ވަނީ، ޚާއްސަ ގޮތެއްގައި ޗައިނާ އާއި ސައުދީ އަރަބިއްޔާ އާއި ވަރަށް ގާތް ގުޅުމެއް ރައީސް ޔާމީނުގެ ސަރުކާރުގައި އޮތަތީ، މި ދެޤައުމުގެ އެހީތެރިކަން މިހާރަށްވުރެ ބޮޑަށް ދިވެހި ރާއްޖެ މި ހާލަތުން އަރައިގަތުމަށް ހޯއްދަވައިދެއްވޭނެ ބޭފުޅަކީ ރައީސް ޔާމީން ކަން ޔަޤީންވާ ކަމަށެވެ.
އަދި މުޅި ދިވެހި ރައްޔިތުން އެއްގަތަލަށް އަރައި، ސިޔާސީ ވާދަވެރިކަން ނެތިކޮށްލައި ޤައުމީ ރޫޙެއްގައި ރައްޔިތުންނާއި ޤައުމު ސަލާމަތްކުރުމުގެ މާތް މަޤްސަދުގައި ބުނެވިދިޔަ ކަންކަން ކުރުމަށް ގޮވާލާ ކަމަށްވެސް ޤަރާރުގައި ޖާބިރު ވިދާޅުވެފައި ވެއެވެ.
ތިޔަ ޤަރާރު ބަލައިގަތުގެ ފުރުޞަތު ވ ބޮޑު ، ރ ނަޝީދުވެސް ތިޔަ ގޮތަށް އެދި ވަޑައިގަންނަވާކަން ބަސްފުޅުތަކުން ވ ސާފު . ޤައުމު އިސްކުރައްވާ - ޖާބީރުގެ ވިސްނުން މިފަހަރުވެސް ތަފާތު ވ ތަފާތު
މިގައުމުގެ ވެރިކަމަށް ގެންނަންވީ މިކަހަލަ ހެޔޮލަފާ އަދުލަށް ލޯބިކުރާ، ވެރިންނަށް ގަދަރުކުރާތަހުޒީބު މީހުން.
އެންމެ ފު ރަތަމަވެސް ތިގޮތަށް ތިކަން ކު ރަން އަހަރުމެން ގޮވަމުން މިގެންދަނީ.
ޖާބިރަކީ ހައްގަށް ނަސްރުދޭ ރަނގަޅު މީހެއްކަމަށް އެބަ ގަބޫލުކުރެވޭ.
ކަލޯ ހަމަ ހެޔޮ ހިތުން ތޯ ރައީސްޔާމީން އަށް ޓައި ގަރާރެއް ތިހުށަހެޅީ ޝުރިއްޔާ!
ވެރިގުޑް
ބައެއް ފަހަރު ބުނާނެ ޔާމީން ހުންނަންޖެހޭނީ ޖަލުގައޭ!! ތިމަންނަ އޭނައަށް ހައިޖަހާލާނީ ޖަލުގެ ކުޑަގޮޅިން ބައްދަލުކޮށްފައޭ!! ޔާމީނަށް ޖެއްސުންކޮށް ހަޑިހުތުރުކޮށް ޖާބިރުވެސް ވަރަށް ޢަމަލުކޮށްފައި އެހުރީ!! މިރާއްޖެއަށް ތަރައްގީއާއި ތަމައްދުން މިޒަމާނާ ގުޅޭގޮތަށް ގެނެވެން އޮތީ ރައިސް ޔާމީނަށް!! އޭނާގެ ސިޔާސަތު އޭނާގެ ފަސް އަހަރުގެ ދައުރުގެތެރޭ ދިވެހިރައްޔިތުން ލޮލުންދެކެ އަތުން ހިފާފަވަނީ!! ބޮޑެތި ގޮންޖެހުންތަކާއެކު ރާއްޖެ މިފަހުގެ ތާރީޚުގައި ނުދެކޭފަދަ ބޮޑެތި ބިޔަ ތަރައްގީގެ މަޝްރޫޢުވަނީ ކާމިޔާބުކަމާއެކު ހިންގާ ނިންމާފަ!! ރާއްޖޭގެ ހުރިހާ ކަންކޮޅަކުން އެމަންޒަރު ފެނުނު!! ރާއްޖޭގެ ފޮރިން ރިޒާވް ރަގަނޅުކޮށް ޖީޑީޕީގެ ނިސްބަތުން ބޮަލަކަށް ޖެހޭ ނިސްބަތް 6000 ޑޮލަރުން 10000 ޑޮލަރަށް ބަދަލުކޮށްލި!! ދިވެހިރާއްޖޭގެ ރައްޔިތުންގެ އަތްމަތި ތަނަވަސްވި!! ވަޒީފާތައް އިތުރުވެ ޒުވާނުންނަށް އާރޯކަން ގެނަސްދިން!! ކުނިއުކަން ބޮޑު އިންގިލާބެއް ގެނަސް ވެމްކޯ ކިޔާ ކުންފުންޏެއް އުފައްދާ ދިވެހި ރައްޔިތުންނަށް އެކަމުން އާންމުދަނީ ލިބޭގޮތް ފަހިކޮށްދިން!! ތަރައްގީގެ އުސްކުންނުތަން ފެންނަމުންދިޔައީ ކައިރި ގައުމުތަކުންވެސް ޖެހިލުންވެ ނުރުހުމުގެ ލޮލަކުން ކަޅިއަޅަން މަޖުބޫރުކުރުވި!! އަމިއްލަ ފައިމައްޗަށް ގައުމު ތެދުކޮށް ހިންދެމިލިތަން ފެނުމުން އަވަށްޓެރި ގައުމަކަށް ކެތްނުކުިރެވުނު! ސިއްޙީ ދާއިރާއަށް އިންގިލާބީ ބަދަލުތައް ގެނަސް އެންމެ ޒަމާނީ ވަސީލަތް ގާއިމުކޮށް ޚިދުމަތް ދޭން ފެށުމުން ކައިރި ގައުމަކުން މިރާއްޖޭގެ ރައްޔިތުންގެ ޖީބުން ފެލަމުންދިޔަ އެތައް ފައިސާއެއް ސަލާމަތްކުރެވުނު!! ޖާބިރު ހިތުން ރުހުމުން މިހާރު ދައްކާ ވާހަކައެއްނަމަ ކިތަންމެހާވެސް ރަގަނޅު!! ޔާމީނަށް ގެއްލުންދިން މީހުނާ އެދުވަސް ބައްދަލުކުރާނެ! އެކަން ހަނދާން ބަހައްޓަންވާނެ އެންމެން!!
ވަ ރަށް ބިނާކު ރުވަނިވި، އަދި ހަގީގަތާއި އެއްގޮތަށް ލިޔެފަ އޮތް ކޮމެންޓެއް.
ވައްކަން ކުރަން ވެގެން ހިންގި ޕްރޮޖެޓް ހުސް
ތިޔައީ ހަމަ ހައްގުބަސް. ތިޔައިން ކޮންމެ ކަމެއްވެސް އެހުރީ ލޮލަށް ފެންނަން، އަތުން ހިފެން.
ޝުކުރަން ޖާބިރު ޤައުމަށް މިވަގުތަށް އެންމެ ފައިދާ ކުރުވާނެ ގޮތަކީ ތި ވިދާޅުވީ
މައްސަލައެއްނެތް ޖާބިރު...ދެންއޮތީ ، އިބޫއަކަސް އައްނިއަކަސް ވިސްނާލާތި އަދި މިނޫން ދުވަސްތަކެއްވެސް އަންނާނެކަން..މިފަހަރކު ތަންތަނުން ފިއްތާ ފިއްތުން ތަކަށް ބަލައިގެން ނުވާނެ.
ބޮޑަށް ވައްތަރީ ކޮވިޑުގެ ނަމުގައި ނަގާހާ ލޯނާއި ހިލޭ އެހީގެ ގޮތުގައި މިލިޔަނުން ލިބޭ ފައިސާ ބައިއެޅުމުގެ ވާހަކަ ދިވެހިން ދައްކާތީ، އެކަމުގައި މަތިޖަހަން ވެގެން ޔާމީނު ޖަލުން ނެރުމަށޭ ކިޔައިގެން ގުނބޯ ހައްދަނީއެވެ. ރައީސް ޔާމީނުގެ ޝަރީޢަތަކީ އިންޞާފުން ބޭރުން ކޮށްފައިވާ ޝަރީޢަތެއްކަމާއި ޙުކުމް ކޮށްފައިވަނީ ނުޙައްޤުންކަން މިރާއްޖޭގައި ތިބި ވަރަށް ގިނަ ފަނޑިޔާރުންނާއި ޤާނޫނީ ވަކީލުން ފާހަގަ ކުރެއެވެ. ޔާމީނަށް ޙުކުމް ކުރުމުގެ އިސްދެމީހުންނަކީ ކިނބޫ އާއި ބީރުބޮލު ވަޒީރެވެ. މިކަން ދިވެހިންނަށް ވަރަށް ސާފެވެ. ދައުރު ނިމުނީމާ ކިނބުލާއި ބީރުބޮލު ވަޒީރު ޖަލުގައި އަނދަގޮޑި ޖެހޭނެކަމީ ފެންނާން އޮތް ޙަޤީޤަތެކެވެ.
މިފަދަ ޤަރާރެއް އޮނަރަބަލް ޖާބިރު ލެއްވީތީ ޝުކުރު ދަންނަވަން... ހިތުގައިވާ ސިއްރު ދެނެވޮޑިގަތުން މޮޅީ ﷲސބވތ. ޖާބިރަކީ ކުރިން ރ.ޔާމިންގެ ރަހުމައްތެރިއެއް.
ސިޔާސީގޮތުން ބަލާއިރު ޖާބިރުފަދަ ސިޔާސީ ލީޑަރ އަކު މިފަދަ ޤަރާރެއް ވެއްދުމީ ރ.ޔާމިނަށް ލިބުނު އުއްމީދެއް. ޤަރާރު ބޭރުކޮށްލާނެ؛ އެއީ ދުނިޔެމަތީ އިރުފެންނަފަދައިން އިނގޭކަމެއް..ނަމަވެސް ޖާބެ އެވިދާޅުވިގޮތަށް ރާއްޖެ ސަލާމަތްކުރަންޖެހޭ...ﷲ ގަންދީ ބުނަން ރ.ޔާމިންގެ ސަޕޯޓަރުން މިތިބީ ހަމަ ހިމޭނުންތިބޭގޮތަކަށްނޫން... އެމްޑީޕީގެ މެންބަރުންގެ ތިބީ ގިނައިން ތިބީ ޤައުމާމެދު ވިސްނުންނެތް ހަރުކަށި ބޭފުޅުން.. އިންޝާ ﷲ ރ.ޔާމިން ޖަލުން ނުކުންނާނެ...އަދި ވަރުގަދަ ސިޔާސީ ޖިހާދެއްގެ ކަށިގަޑު މިވަނީ ފުމެލަން ތައްޔާރުވެފަ... ރެފްރީގެ ކަށިގަޑާއެކު ރ.ޔާމިންގެ ސަޕޯޓަރުން ރާއްޖޭގެ ހުރިހާ ރަށަކުން އުތުރި އަރާނެ... ސާފުތޯ....
ކިހިނެއްބާ ވާން މިއުޅެނީ ޤަރާރަކުން ހުރިހާ ވަގުންތައް ދޫކޮއްލަނީބާ
ގިޔާމަތްދުވަހުން އެމީހަކު ކުޅަކަމެއްގެރަހަ އެމީހަކު އެދުވަހު ދެކޭނެއެވެ
ޖާބިރަށް އިތުބާރެއްނުކުރެވޭ
ޝުކުރިއްޔާ ޖާބިރު.
ޢިންސާފެއްނޫން... އެހެން މީހުންވެސް ޖެހާނެ ދޫކުރަން... އޭނަގެ އިރުގަވެސް ހުކުންކުރީ އިންަސާފުން ކަމައްތާ ދެކެނީ... އޭނަޔާ ދެކޮޅައް ބަހެއް ބުނެފިނަަމަ 1 ދުވަހުން ޖަލަން.... އޭނަޔަކީވެސް ރަގަޅު މީހެއްނޫން... ރަގަލުނަމަ ހުރިހާ އެކުވެރިން ޖަލަކަން ނުލާނެ.... ހަމަ ގޮސް މީހެއް.... ތަރައްގީ ގެނަޔަސް ކޮންފަހުރި ކަންތައް ބަލާ.. އިސްލާމީ ގައުމެއް
ޙުކުމް އިއްވައިގެން ޖަލަށް ލީ އެހެން މީހުންވެސް މިނިވަން ކުރަން ޖެހޭނެ.
ސިޔާސީ ހަތުރުވެރިކަން ނައްތާލަން ބޭންނަމަ ފުރަތަމަ ކަމަކަށް ސިޔާސީ ޕާޓީތައް އުވާލަންޖެހޭ. މިޤައުމަށް ސިޔާސީ ޕާޓީއެއް ބޭނުމެއްނުވޭ!!
ޑަބަލް ޓޭޕް އިން ވާގޮތް އިނގޭނެ ކޮންމެ ރައްޔިތަކަށްވެސް. ޙަމަ އެގޮތަށް ތަރައްޤީ ގެންނަން އިނގޭނެ ކޮންމެ ރައްޔިތަކަށްވެސް. ދެބައިކުޅަ އެއްބައި ކޮންތާކަށް ޖީބަށްތޯ އަންބޮނޑިއަށްތޯ.
ޕީޕީއެމް ކޯލިޝަނާއި އެމްޑީޕީ ކޯލިޝަނަކީ ރައްޔިތުން ގުބޯ ހަދަން ތިބޭ ބައެއް. ޕީޕީއެމް އަކީ ވެސް އެމްޑީޕީ ފަދައިން މުނާފިގު ބައެއް. ބޭނުންވަނީ އަމިއްލަ ފައިދާ. ވަގުތު ޖެހުނީމާ އެމްޑީޕީގެ ފައިގައި ބޮސްދޭނެ. އިރުއިރުކޮޅާ އެމްޑީޕީ ކޯލިޝަން ހުދު ކާފޫރަށްވެސް ވެދާނެ. އެއްފަހަރު އަންނިއާއި އިމްރާނާއި ގާސިމާއި ޖާބިރަށްވުރެ ރަނގަޅު ބަޔަކު ޕީޕީއެމްއަކަށް ނުފެންނާނެ. އަނެއްފަހަރު ފެންނާނީ ކޮރަޕްޝަނުން ފުރިގެންވާ ދެބޭފުޅުން. ޕީޕީއެމްގެ ބައެއް އިސްވެރިން ޖޭޕީއާއި ގުޅުނީވެސް މިހެންވެ. ހުރިހާ ޕާޓީއެއްގެ ބޮޑުންނަކީ ރައްޔިތުން މޮޔަހައްދައިގެން ފައިދާހޯދާ ބައެއް. މަސައްކަތް އެކުރަނީ އެކުއެކީގައި. އެއްބަޔަކު އަނެއް ބަޔަކާ އިނގިލި ދިއްކޮށް މިކުޅެނީ ޑްރާމާއެއް. ރައްޔިތުން ހޭއަރާބަލަ. ހޭއަރާ ޕާޓީތަކާ ދެކޮޅަށް ނުކުމެ ހުރިހާ "ސިޔާސީ" ޕާޓީތައް އުވާލަންވީ.
އިންސާފުވެރި ގޮތަކީ ޔާމީނު ޖަލުން ދޫކޮށްލަނީނަމަ ޖަލުގައި ތިބި މާކުދިކުދި ކުށްތަކުގައި ބަންދުކޮށްފަވާ އެންމެން ޖަލުން ދޫކޮށްލަން ޖެހޭނެ. ޔާމީނަކީ ރައްޔިތުންގެ ފައިސާއިން ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި ކަމުގެ ކުށް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުންދާ ގައިދީއެއް..
އިންސާފުވެރި ގޮތަކީ ޔާމީން ދޫކޮށްލާއިރު ޖަލުތަކުގައި ތިބި ހުރިހާ އެންމެން ދޫކޮށްލުން. ނޫންނަމަ އެބައިމީހުންގެ ޢާއިލާތަކުން އެކަމަށް އަޑު އުފުލުމަށް އެދެން...
މިދެން ޮންފަދަ މުނާފިގު ކަމެއް. އިސްތިއުނާފު ހިނގިއަނުދީ ހިފަހައްޓައިގެން ތިބެފަ ގަރާރު މިލަނީ. ﷲ ތައާލާ މިނުބައި މީހުންގެ ކިބައިން މިލޮބުވެތި ވަތަްސަލާމަތްކޮށްދެއްވާ ފާނދޭވެ. އާމީން.
އިނއޝާﷲ ރައީސް ޔަމީނަށް މިސަރުކާރުން މިދޭ އަނިޔާ އަކީ މިސަރުކާރުގެ ނިމުން ކަމުގައި ލައްވަވާނދޭވެ. އާމީން.
ނަޝީދުގެ އިހްލާޞްތެރިކަން މަމިހުރީ ބަލަން. ބަހާއަމަލު ދިމަވޭތޯ. ވެރިކަންކޮސްފަ ހުތި މީހެއްވީމަ ވަރަށްޓަހިތު އަދުލުވެރި ހިތެއް ކަމަށް ގަބުލު ކުރަނީ. އެނގިދާނެތާ، ރައްޔިތުންނަށް ރަނގަޚު މީހެއްކަން ދައްކަން އަދުލުގެ ވާހަކަ ދައްކަނީތޯ ނުވަތަ ރަނގަޅު މީހެއްގެ ގޮތުގައި އަދުލުވެރިކަަށް ލޯބިކުރަނީތޯ ބަލަންއަހަރެމެން މިތިބީ.
މިއީ އާދަޔާއި ޚިލާފު ގައުމެއް.. ކިތާގަ ކޯޓުން މައްސަލަ ސާބިތުކޮއް ޖަލު ހުކުމް ކުރިޔަސް އެއްވެސް ސަބަބަކާ ނުލާ މަޖިލީހުން ބޭނުންވާއިރައް މިވެނި އެވެނި މީހަކު މިނިވަން ކުރަން އުޅެވޭ. ދެން އެހެން ވިއްކީ ކީއްކުރަން ބާއްވާ ޝަރީއަތެއްތަ..؟ މިގޮތައް މިނިވަނަކޮއްފަ ތިބި މީހުން އެބަތިބި ކެބިނެޓުގަވެސް. މިއޮތީއަދުލު އިންސާފު ޖޯކަކައްހަދާ ޖުޑީޝަރީއާއި ކުޅެ ސިޔާސީ މީހުން ބޭނުން ކުޅިއެއް ކުޅެވޭހެން ޖުޑީޝަރީ ބައްޓަންކޮއްފަ. ކެޔޮ ގަނޑު ވަގައްނެތިމީހާ ވިއްޔާ އެކަމަކު ކޯޓު ހުކުމް ތަންފީޒުކުރަން ޖެހޭ..
ކޮބައިތޯ 250އެތައްއެކައުންޓަށް އެސްއޯއެފްކިޔާކުންފުންޏަކުން ފައިސާޖަ މާކުރިކަ މަށް އޮޑިޓްރިޕޯޓުތަކުގަވާއިރު ބޮޑުކޮ މިޝަނެއް ހަދައިގެން ދެއަހަރުވަނީ ކުޑަ މިނުންލިސްޓެއްހާހިސާބުވެސް ރިޕޯޓުކޮށްލަން ނުކެރިގެންއުޅެނީ ގޯހެއްއުޅޭކަ މުގެ ފެހިސިގުނަލަކަށްނުވާނެބާ؟ ޜައީސްޔާ މީނުއެކައުންޓަށް ވެއްދިޑޮލަރުހުރީ ސަރުކާރުގެބެލުންތެރިކަ މުގައި ދެންބާކީކޮބައިތޯ އެވީކޮންތާކުތޯ ކޮ މިޝަނަށްއޮތީލާރިނެގުންތޯ؟
ރައީސް ޔާމީނަށް ހެޔޮ ދުއާ.
ޖާބިރު ޖަލަށްލެވި އަދި ރާއްޖޭން ބޭރުން ހެދި ޓެސްޓްތަކުން ޖާބިރު ވަރަށް ބޮޑަށް ބަލިކަން ކަށަވަރުވިކަން ޔާމިނުއަށް އެނގުނުތާ 24 ގަޑިއިރު ނުވަނީސް ކުއްވެރިންނަށް މާފު ދިނުމަށް އޮންނަ ޤާނޫނާއި ޤަވާއިދާއި އަދި އެކަމަށް ކަނޑައަޅާފައިވާ އުސޫލުގެތެރެއިން ކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަކޮށް ޖާބިރަށް ޝައުޤުވެރިކަމެއް ނެތިވެސް ޔާމީނު މާފުދީފަ އޮންނާނީ. ޢަމަލީގޮތުން އެމަސައްކަތުގަ އުޅުނިން. ބޮޗޭއަށް އެނގޭނެ ކަންކަން ދިޔަގޮތް.
މިޔާމީނުއަށް ވަގަށް ގޮވާ ފަލީހަތް ކޮށްލުމުގެ ބޭނުމުގަ ރޭވިގެން ކުރާ ކައުންސިލްގެ ކެމްޕޭނެއް .މިއިޚްލާސް ތެރިކަނ ްހުރިބައެއްނޫން. ދޮގެއްހެދެން އޮއްވަކާ ތެދެއް ނުހަދާނެ . އިވެއް އެދެން އޮތްވަކާ ހެވެއް ނޭދޭނެ. ޔަހޫދީންނާއި ގުޅިފަވާ މީނުން ވާނީ ހަމަ ޔަހޫދީންނަށް.
ޢަޢޮސް ، ވަށްކަން ނުކުރާ މީހުން އައިސް ތަރައްގީގެ އެއްވެސް ކަމެއްނުކޮށް ގައުމުގެ ހަޒާނާ ހުސްވީ ކީއްވެތޯ ، ވަށްކަން ކުރިއިރު ބުރިޖާ 25 ބުރި ހޮސްޕިޓަލާ ، މަހާޖައްރާފާ މިކަހަލަ ކިތަށްމެ ކަމެއް ، ސިކުނޑި ކޮބައިތޯ އެހެންވީމަ ވަށްކަން ނޫންތޯ ކުރަންވީ...
ތިޔަވިދާޅުވާތަންތަން ފެންނާނީލޯސަލާމަތުންހުންނަމީހުނަށް ހަތަރެސްފައިޖެހިއެއްޗިއްސަށްފެނުނަސް ނުއެއްބުނެވޭނެ ވީމާ ދެބައިމީހުންވެސްއެއްގޮތްނޫންތޯ؟