ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމަށް ހަމްބޯ ކުންފުންޏާއި ކޭޕާކް ރެސިޑެންސްގެ ވެރިޔާ އަދި ޒުވާން ވިޔަފާރިވެރިޔާ، ހަސަން މަމްދޫހް (މަންޑޭ) ރާއްޖޭގެ އެކި ރަށްތަކަށް ފޯރުކޮށްދެމުންދާ އެހީތެރިކަމުގެ ދަށުން، އިތުރު ތިން ރަށަކަށް އެހީގެ ތަކެތި ފޯރުކޮށްދީފިއެވެ.

މިރޭ މަންޑޭގެ އެހީތެރިކަން ފޯރުކޮށްދިން ރަށްރަށުގެ ތެރޭގައި ހިމެނެނީ ނ. ވެލިދު އާއި ނ. މަގޫދޫ އަދި ރ. އުނގޫފާރެވެ. މި ރަށްތަކަށް މަންޑޭގެ ފަރާތުން ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ބޭނުންވާ މާސްކާއި އަންގި ހަދިޔާކޮށްފައެވެ. މަންޑޭގެ ފަރާތުން މިތަކެތި ރަށްތަކާއި ހަވާލުކޮށްދެއްވީ އަހްމަދު ރީހާނެވެ.

https://twitter.com/reekhan999/status/1263927338539945984

މި ރަށްތަކަށް މަންޑޭ އެހީގެ ތަކެތި ފޯރުކޮށްދީފައި ވާއިރު، މީގެ ކުރިން ރާއްޖޭގެ 33 ރަށަކަށްވެސް އެހީ ފޮނުވާފައި ވެއެވެ. އެއިން ކޮންމެ ރަށަކަށްވެސް މަންޑޭ ވަނީ 500 މާސްކާއި 100 އަންގި އާއި 48 ފުޅި ސެނިޓައިޒާ ހަދިޔާކޮށްފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އެކި ރަށްރަށަށް އެހީގެ ތަކެތި ފޯރުކޮށްދިނުމަށް މަންޑޭ ފައްޓަވާފައިވާ ހަރަކާތާއި ގުޅިގެން އޭނާ ވިދާޅުވެފައި ވަނީ، އެ ހަރަކާތް ވަރަށް ކާމިޔާބު ކަމަށާއި، މިހާތަނަށް ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް އެހީތެރިކަން ފޯރުކޮށްދެވިއްޖެ ކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި ރާއްޖޭގެ ހުރިހާ ރަށަކަށް އެހީތެރިކަން ފޯރުކޮށްދެއްވާން ކަމަށްވެސް މަންޑޭ ވިދާޅުވިއެވެ.

މަންޑޭ ވިދާޅުވެފައި ވަނީ، މި ހަރަކާތުގެ އަމާޒަކީ އެހީ ނުލިބޭ އެއްވެސް ރަށެއް ނެތުން ކަމަށެވެ. އަދި ހަމަ އެހެންމެ އެހީގެ އިތުރު ތަކެތި ބޭނުންވާނަމަ ހަރަކާތުގެ ދެވަނަ ބުރެއްވެސް ފަށާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑު މި ބަލަނީ އަދި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް މި އެހީތެރިކަން ފޯރުކޮށް ދެވޭނެ ކަމަށް. އަޅުގަނޑުގެ އަމާޒަކީ މި ޕްރޮގްރާމުގައި އެހީ ނުލިބޭ އެއްވެސް ރަށެއް ނެތުން،" މަންޑޭ ވިދާޅުވިއެވެ.

މަންޑޭ ފާހަގަ ކުރެވެނީ މިހާތަނަށް ކޮވިޑް-19 އާއި ގުޅިގެން އެންމެ ގިނަ އެހީތައް އެކި ރަށްރަށަށް ފޯރުކޮށްދެއްވި އެއް ވިޔަފާރިވެރިޔާގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޝައްފަ

    ކޮބާ ކޮލިގެ ؟ ކޮބާ ކުރައުން ކޮމްޕެނީ ؟ ކޮބާ މާމިގިލީ ބުރުމާ ގާސިމް ؟ ކޮބާ ވަހީދުއްދީން ؟

  2. ނަޖްވާ

    ކީއްވެތަ ތިޔާ މަންޑޭ އެއް ފޮރުވިގެން އުޅެނީކީ އެއް! ވަރަށް ސައްކު ތިޔަ ކަންތަކުގައި ކޮންމެވެސް ކަންތައްގަޑެއް އުޅޭ ކަމަށް!

  3. ބްރޯ

    ވަނަމުން ލިޔުމަކީ ކޮންމެހެނ ވެސް ކުރަން ޖެހޭ ކަމަކީތަ، ވަނަމުން ނަން ލިޔެފަ މާތް ބަހުން ލިޔުނީމަ ކަޑަ

  4. ދަރަނި ދަންތުރަ

    ހޮރަށްވަދެ ފިލާފައި ނުފެއްނާނެ