ކ. ގުޅީގައި ބޮޑު މާރާމާރީއެއް ހިނގައިފިއެވެ. މިކަމާއި ގުޅިގެން މިހާތަނަށް ނުވަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

މިކަމާއި ގުޅިގެން އެރަށުން ވާހަކަ ދެއްކި މީހަކު ބުނެފައިވަނީ، އެރަށުގައި މާރާމާރީ ހިންގާފައިވަނީ އިއްޔެ ހަވީރު 5:30 ހާއިރު ކަމަށެވެ.

އަދި މި މާރާމާރީ އާއި ގުޅިގެން އަނިޔާވި މީހަކަށް ގުޅީ ސިއްޙީ މަރުކަޒުގައި ފަރުވާދީފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

މި މާރާމާރީ އާއި ގުޅިގެން އެރަށުން 9 މީހަކު ހައްޔަރުކޮށްފައި ވަނީ ފުލުހުން މިރޭގެ ވަގުތެއްގައި އެރަށަށް ގޮހެވެ. އެމީހުން ހައްޔަރުކޮށްގެން މިހާރު ވަނީ ރަށުން ގެންގޮސްފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އޭގެ ފަހުން އެރަށު ފުލުހުންގެ އިދާރާ ކައިރިޔަށް ބަޔަކު އެއްވެ ނުރުހުން ފާޅުކޮށްފައެވެ.

މި ހާދިސާ އާއި ގުޅިގެން މަޢުލޫމާތުދިން ފަރާތުން ބުނެފައިވަނީ، މާރާމާރީ ފެށުނީ ވައްކަމުގެ މައްސަލައަކާއި ގުޅިގެން ކަމަށް ބެލެވޭ ކަމަށެވެ.

މި ހާދިސާގެ މަޢުލޫމާތު ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޙަސަން

  ވައްކަން ކުރާނަމަ އަތް ކަނޑާފަ ދެން ދޫކޮށްލާ

  10
 2. ކާފަ

  މާރާމާރީއެކު އުޅެން ދަސް ކުރަންވީ.

  11
 3. ނާނި

  ވައްކަންކުރާ މިޤައުމުގަ ހުރީ އެންމެ މީހެއް، އެމީހާ ހުރީ ޖަލަށްލާފަ، ދެން ނޫޅޭ މި ޤައުމަކު ވައްކަން ކުރިމީހަކު،