މިދިޔަ ބުރާސްފަތި ދުވަހު އޭޑީކޭއަށް ގެންދިޔަ އުމުރުން ހަތަރު މަހުގެ ތުއްތު ކުއްޖަކު ނިޔާވި ޚަބަރު ގިނަ ބަޔަކަށް ވެގެން ދިޔައީ ހިތްދަތި ޚަބަރަކަށެވެ. އެ ހިތްދަތިކަން އިތުރުވެފައި ވަނީ، ކުއްޖާއަށް ދިމާވި ހާލަތުގެ ސީރިއަސްކަން ނޭނގި، އެހާލުގައި ގިސްލަމުން ދަނިކޮށް އެ މައުސޫމް ފުރާނަ ދުނިޔެ އަށް އަލްވަދާޢު ކިޔުމުންނެވެ. މި ހިތާމަވެރި ހާދިސާ އިން އެތައް ބަޔަކަށް ފުން އަސަރުކުރުވިއިރު، ކުއްޖާގެ އެންމެ ފަހު ވަގުތުކޮޅު އާއިލާގެ މެމްބަރަކު ވަނީ މީސްމީޑިއާގައި ޙިއްސާކޮށްފައެވެ.

އޭނާ ބުނެފައިވާ ގޮތުން، ކުއްޖާ ގާތުންކިރު ނުބޯތީ އާއި ރޯތީ އެންމެ ފުރަތަމަ ހޮސްޕިޓަލަށް ގެންދިޔައީ ބުދަ ދުވަހުގެ ރޭ 7:30 ހާއިރު ކަމަށެވެ. ޑޮކްޓަރަށް ދެއްކުމުން އެރޭ ކުއްޖާ ބެލި ޑޮކްޓަރުން "އެއީ ގޭސް މައްސަލައެއް ކަމަށް ބުނެ ބޭސް ދީފައި ފޮނުވާލީ" އެވެ. ނަމަވެސް ގެއަށް ގެންދިޔަ ފަހުންވެސް ހާލަތު ބަދަލު ނުވާތީ އަނެއްކާވެސް ދަންވަރު ކުއްޖާ ހޮސްޕިޓަލަށް ގެންދެވުނެވެ.

އޭނާ ބުނިގޮތުގައި އެރޭ 12:30 ހާއިރު އެކުއްޖާ ދެވަނަ ފަހަރަށް ހޮސްޕިޓަލަށް ގެންދިޔައީ، މައްސަލައެއް އުޅޭކަން ފާހަގަވާތީ ކަމަށާއި، އެކަމާއި ގުޅިގެން ހޮސްޕިޓަލުގެ އިމަޖެންސީގެ އޮބްޒަވޭޝަނުގައި ކުއްޖާ ބޭއްވި ކަމަށެވެ. އޭގެފަހުން ޑޮކްޓަރެއްގެ އިރުޝާދުގެ ދަށުން 2:30 ހާއިރު ކުއްޖާގެ އެކްސްރޭއެއް ނަގާފައި ވެއެވެ. އަދި ސްކޭން ޑޮކްޓަރު އޭރު ނެތުމުން ސްކޭނެއް ހެދޭ ގޮތް ހަމަޖެހުނީ 4:30 ހާއިރު ކަމަށް ވެއެވެ.

"ކުއްޖާއަށް ވީގޮތެއް އާއިލާއިން އެހުމުން އެކަން އޭރު ސާފުކޮށްދީފައެއް ނުވޭ. ހަމައެކަނި ބުނީ ބަނޑުގައި ކަމެއް އެބަހުއްޓޭ. އޭގެ ފަހުން ސީޓީ ސްކޭނެއް ހެދި. އެ ސްކޭންގެ ރިޕޯޓްވެސް އާއިލާއަކަށް ނުދޭ، އަދި ސްކޭން ރިޕޯޓާއި ގުޅޭ ވާހަކައެއްވެސް ނުދައްކާ،"

ކުއްޖާގެ ހާލަތު އޭގެ ފަހުން ގޯސްވަމުންދިއުމާއެކު އޭރު ގާތުންކިރު ނުބޮވި ގިނައިރުތަކެއް ވެފައިވުމުން އާއިލާއިން ކުއްޖާއަށް އައިވީ ގުޅުމަށް އެދެމުން ދިޔައެވެ. ޑޮކްޓަރުން އެކަމަށް އެއްބަސްވި ނަމަވެސް އައިވީ ގުޅަން ދިޔަ ނަރުހުންނަށް ނާރެއް ނުފެނުމުން، "މާ ފިނިގަދަވެފައި ކަމަށް" ބުނި ކަމަށާއި، އެހެންކަމުން އާއިލާއިން ދެން ބެލީ ފޮތިގަނޑެއް ކުއްޖާގެ ގައިމަތީގައި ބާއްވައިގެން ހޫނުކުރެވޭތޯ އެވެ.

އޭގެ ފަހުންވެސް ނަރުހުންނަށް ކުއްޖާގެ އަތުން އައިވީ ގުޅުމަށް ނާރެއް ނުފެނިގެން، އައިވީ ނުގުޅި ގިނައިރުވަމުން ދާތީ ކުއްޖާގެ ބައްޕަ، އޭނާގެ ތުއްތު ދަރިފުޅު އެންއައިސީޔޫ އަށް ބަދަލު ކޮށްދިނުމަށް އެދި "ރޮއެ އާދޭސް ކުރަމުން ދިޔަ" ކަމަށް އޭނާ ބުންޏެވެ. ނަމަވެސް "އަހަރެމެންނަށް ހަދަންވީ ގޮތް އެނގޭނެ" ކަމަށް ބުނެ ނަރުހުން އެކަމާއި ދެކޮޅުހެދި ކަމަށް އޭނާ ބުނެފައި ވެއެވެ.

މިގޮތުގައި ގިނައިރުތަކެއް ވީފަހުން ބުރާސްފަތި ދުވަހުގެ ހެނދުނު ގާތްގަނޑަކަށް 7:45 ހާއިރު ކުއްޖާގެ ރުއިމުގެ އަޑު ކެނޑުމުން ކަމެއް ގޯސްވެއްޖެކަން އާއިލާއަށް އެނގުނެވެ. ކުއްޖާގެ ހަރަކާތް އޭރު ހުއްޓިފައިވުމުން އެކަން ވަގުތުން ޑޮކްޓަރުންނަށް އާއިލާއިން އަންގާފައިވާ ކަމަށާއި، އެއާއެކު ވަގުތުން އަނެއްކާވެސް ކުއްޖާ އިމަޖެންސީ ރޫމަށް ވެއްދި ކަމަށް އޭނާ ބުނެފައި ވެއެވެ.

"އޭގެ ގާތްގަނޑަކަށް 10 ނުވަތަ 15 މިނެޓު ފަހުން ސްޕެޝަލިސްޓުން ހިމެނޭހެން ގިނަ އަދަދެއްގެ ޑޮކްޓަރުން އެތަނަށް ޖަމާވި، ނަމަވެސް އޭރު މާ ލަސްވެއްޖެ"

އެ ކުއްޖާ ދުނިޔެ ދޫކޮށް ދިޔަ ފަހުން، ކުއްޖާއަށް ދިމާވި ހާލަތަކީ ވަގުތުން ސާޖަރީ ކުރަންޖެހޭ ހާލަތެއް ކަމަށް ޑޮކްޓަރުންގެ ފަރާތުން އާއިލާއަށް މަޢުލޫމާތު ލިބުނު ކަމަށާއި، އެހެންކަމުން އެކުއްޖާއަށް ބޭނުންވި ފަރުވާ ވަގުތުން ނުދެވި ގިނައިރުވެގެން ނުދިޔަނަމަ އެ ހިތާމަވެރި ހާދިސާ ހިނގުން ދުރު ކަމަށް ޤަބޫލުކުރެވޭ ކަމަށް، އާއިލާއިން މި ވާހަކަ ޙިއްސާކުރި ފަރާތުން ބުނެފައި ވެއެވެ.

މި ހާދިސާ އާއި ގުޅިގެން އޭޑީކޭއިން ބުނެފައި ވަނީ، ކުއްޖާ ނިޔާވީ އީއާރުގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ. އަދި އެކުއްޖާ ނިޔާވި ހާދިސާ ތަހުޤީޤު ކުރަމުން އަންނަ ކަމަށާއި، މަރާއި ގުޅޭ މަޢުލޫމާތު އާއިލާއާއި ޙިއްސާކުރަމުންދާ ކަމަށް އެ ހޮސްޕިޓަލުން ބުނެފައި ވެއެވެ.

ހޮސްޕިޓަލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "ކުއްޖާގެ ހާލަތު ބަދަލުވުމާއި ގުޅިގެން ފުރާނަ ސަލާމަތްކުރުމަށްޓަކައި، އިމަޖެންސީ ފިޒީޝަން އަކާއި، ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރުންނާއި، އޮޕަރޭޝަން ޑޮކްޓަރުންނާއި ހޭނައްތާ ޑޮކްޓަރުންގެ ޓީމަކުން ފަރުވާ ދެއްވެވި" ކަމަށާއި، ނަމަވެސް "އެ ތުއްތު ކުއްޖާގެ ފުރާނަ ސަލާމަތްކުރެވޭ ގޮތް ވަނީ ނުވެފައި" ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

42 ކޮމެންޓް

  1. ސަކީނާ

    ޢޭޑީކޭ ކިތައްމަރު ތިޔަހެން ދިމާވަނީ. ޢަހަރެން މަންމަ ޑޮކްޓަރަށް ދައްކަން ދިޔައީމާ ހިތުގެ ޓެސްޓުތައް ކުއްލިއަކަށްހެދި. ޢަހަރެން މަންމަ ގުޅައިގެން ދިޔައީ ދިޔައީމާ އަހަރެން ސުވާލުކޮސްފިން ތިޔައީ ކާޑިއޮލޮޖިސްޓެއްހޭ ބުނީމާ ބުނީ ނޫނެކޯ .ޕްރެކްޓިސް ކުރާ މީހެކޯ. ދެން އެމީހާއަހަނީ ތިޔައީ އައިޖީއެމްއެޗް ގައި މަސައްކަތްކުރާ ސްޓާފެއްހޯ. ކިޔާފައި ހީލާފާ މަންމަ އަވަހަށް ފޮނުވާލީ. އޭނަ ފަޅައެރީ ހަދަން ނުޖެހޭ ޓެސްޓުތައް ހެދިކަން އަހަރެނަށް އެނގިގެން. މިއީ އެތާހާލަތު

    182
    9
    • ޢޭޑީކޭ

      ޕްރެކްޓިސް އޭ ބުނީމަ ތި މީހަކަށް ތި އޮތީ އޮޅިފަ. އެކި ޕްރޮފެޝަން ތަކުގަ ޚިދުމަތް ދޭ މީހުން އެ ކުރާ މަސައްކަތަށް ނިސްބަތް ކުރަނީ "ޕްރެކްޓިސް" ގެ ގޮތުގައި އިނގިރޭސި ބަހުން

      32
      40
      • ޢަހަރެން?

        ތިޔެއް ބަލާލަން މަގޭ އަޅެ ޒަވިޔަންދު ކައިރި އަހައިލަން ވެއްޖެ..އެއީ އެއްމެ ފައްކާ ޑިކްސަނަރީ.. އޭނަ ޔަށް އިނގޭނެ ހުރިހާ އެއްޗެއްގެ މާނަ އެއް

        5
        1
  2. ބަބުރު ބަކުރު

    މިކަހަލަ ކަން ކަން ރަނގަޅުކުރެވޭނީ ބަޔާނަކުން ނޫން. މިކަންކަމަށް ބޭރު ގައުމުތަކުގަ ހުރޭ މެޑިކަލް ހާއްސަ ގާނޫނު ތައްް. މިފަދަ ކަންކަމަކީ މެޑިކަލް ނެގްލިޖެންސް. މިކަން ކަމަށް ޖަވާބުދާރީ ކުރެވޭނި އެކަހަލަ ގަނޫނުތަކެއް ގެނެވި އެގާނޫނުތައް ތަންފީޒުކުރެވިގެން. އެކަމު މިގައުމުގަ މި އޮތީ ނިކަމެތިންނަށް ނިކަމެތި ގޮތް. އުޅެންވަނީ ޔޫރަޕްގަ. ލައިގެން މިތިބެނީ ލޯވަޅު އެޅިފަހުރި ގަންޖިފަރާސް.

    210
    5
    • ޢޭޑީޚޭ

      ކޮބާތަ މީގަ އިހުމާލަކީ؟ ދޭންވާ ފަރުވާ އެނގޭނީ ވީކަމެއް ޓެސްޓުކޮށް ބެލިގެން. ޢެކަން ކުރެވޭނީ އެތަނެއްގަ ވަސީލަތާ ގާބިލުކަން ހުރި ވަރަކުން. ސިންގަޕޫރުގަ ކަންކަން ޑައިގްނޯސް ކުރެވޭހާ އަވަހާ މިތާ ނުކުރެވޭނެ. އެވަރު އެނގި ހުރެ މިތާ ހުންނަ ހޮސްޕިޓަލް ތަކަށް ދާން ވާނީ.

      14
      157
      • ރުޅި

        ސިންގަޕޫރު ފެންވަރަށް ކޮންމެކަމަކަށް އަގުނަގާނެ. ކަން ނުކުރެވޭނީ..

        76
        5
      • ދެރަ ކަމެއްނު

        ބުނަން. ނޭންގޭ އިރު ވާހަކަ ނުދައްކާނީ އިނގޭ. އެކުއްޖާގެ ހާލަތު އެ ސްކޭން ކުރި ހިސާބުން ކިޔަވައިގެން ހުރި މީހެއްވިއްޔާ އިނގޭނެ. ސީޓީ ސްކޭން އެހެދީވެސް ސާރޖަރީ ކޮންފާމްކުރަން. އެހެން ވިއްޔާ، އެކުޑަކުޑަ ކުއްޖާ ނުކެވި އެވަރަށް ރޯއިރު ކީއްވެހޭ، ކަމެއްނުކުރެވުނީ. ރައްޔިތުން ފެލާފަ، ރަނގަޅަށް ޙިދުމަތް ނުދެވެންޏާ ތަން ބަންދުކުރޭ....

        102
        1
      • އީތޭން

        އޭޑީކޭ ސޫ ކުރަން ޖެހޭ... ނެގްލިޖެންސް... ???... ވަރަށް ދެރަވެއްޖެ... ދިވެހި ހޮސްޕިޓަލްތަކުގެ ފަރުވާކުޑަކަން ?..... އާއިލާ އަށް ކެއްތެރިކަން ދެއްވާށި.... އާމީން...

        79
      • Anonymous

        ވާނުވާ ނޭގުނަސް ތަންތަނައް އަނގަ ބާނާތި

        12
        2
        • ޢުނދުޅި

          ކަލޭ ވެސް ތިބޭނުނީނު، ތަނެއް ދޮރެއް ނޭނގޭ އިރު ވެސް..

      • ނޮންނި

        ޢޭޑީޙޭ ތިޔަހެން ބުނިސްތޯ މީ ޔާމީންސަރުކާރުނަމަ?

    • ދޮން ބަބުރު ސޮރު

      މމމމމިޒާތުގެ ކަންތައް ހުއްޓުވޭނީ ރައްޔަތުން ނިކު މެ މމމަގުމަތީން، ރާއްޖެގެ ރައްޔިތުން އޮޅުވާލާ މަކަރާ ހީލަތުން ކޮރަޕްޝަނާ ފަސާދަ ޢާޢްމުކުރާ ސިއާސީ މުޖުރި މުން ކުރާކަ މަކީ ގޮނޑި ކޮބާތޯ ބެލުން ރައްޔިތުން ހަލާކުވެ ދަނީ. ވިސްނާލާ
      ޑޮކްޓަރުންނޭ ކިޔާ ބަޔަކު ހަދަނީ ހަދާނެ އެއްޗެއް އޭ ހުރި ހަލާކެއްގެެެ ބޮޑުކަމާ.

      24
      1
  3. ގައުމުގެދަރި

    އޭޑީކޭ ހޮސްޕިޓަލަކީ ހިދު މަތް ރަނގަޅު. ޒަ މާނީ ފަރުވާ ހޮސްޕިޓަލުގައި ގާއި މުކުރަން މަސައްކަތް ކުރާ ހޮސްޕިޓަލެކެވެ. އެހެންނަ މަވެސް ތިޔަކަން ދިޔަ ގޮތުން ބޮޑަށް ބެލެވެނީ ކޮވިޑު އައުޓު ބުރޭކާއި ގުޅިގެން ސިއްޙީ ޙިދު މަތްތެރިންނަށް އެހެނިހެން ބަލިތަކާއި އެ މަރޖެންސީ ހާލަތްތަކަށް ފަހަތު ފަޔަށް ބުރަވެވިފައިވާކަ މަށް. ކީއްވެގެންތޯ ފުރަތަ މަ ފަހަރަށް ގެންދިޔައީ މަ ބޭސްދީފައި ފޮނުވާލީ، 4 މަހުގެ ކުއްޖަކަށް މައި މީހާގެ ގާތުންދޭ ކިރު ނޫން އެއްޗެއް ނުދެވޭނެ ކަ މަށް ބުނަނީވެސް ސިއްޙީ މާހިރުން. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ފުރަތަ މަ ފަހަރުގައިވެސް އެޑު މިޓު ކުރެވި ފަރުވާ ދެވެން ވާނެ.

    124
    12
  4. އަހުމަދުކަލޯ

    އޭޑީކޭ ކޮންމެ އެއްޗެއް ކިޔަސް އަހަރުމެންނަށް އިނގޭ ތިތާ ފެންވަރު އަގު ކިޔާލަން އިގޭނީ 10 ދުވަހަށް 2 ލައްކަ 3 ލައްކަ މަރުވިއްޔާ މަރުވީ ނޫނީ އައިޖީއެމްއެޗްއަށް ފުނުވާނެއެވެ.

    89
    2
    • ގުއިރޯނު

      ކަލޭގެ ދަރިއަކަށް ނޫނީ ލޯބިވާމިހަކަށް މިކަހަލަ ކަމެއްދިމާވީމަ އަހުރުން ބަލާނަމޭ ސިންގަޕޫރޭ އަވަހޭ ތިހެން ކިޔަން ހުރޭތޯ... ކަމަކަށް ހަޢްސަވެފަ ތިބޭ ޑޮކުޓަރުން ތިބެނީ ނަމެއްގެ ކަމައްތަ ކަލެއަށް ހީވެފާ އޮންނީ.. މެޝިން އެބަހުރި ޑޮކުޓަރުން އެބަތިބި.. ސިންގަޕޫރުގަ ހުންނަނީ ވެސް މި އެއްޗެއްސެއްނޫން ތަ؟؟؟ އެއްޗެއްސާ މީހުންނާ ހުއްޓަސް ހިސާބަށްވުރެ ކަންކަމުގަ ކަންޖޫސީ ވީމަ ވާނީ މިހެން! ކަންކަން އިނގޭނީ ފަރުވާދވޭނީ ޓެސްޓު ކޮށްގެން ކަން ކަލޭ ނުބުންޏަސް އެންމެނަށްވެސް އިނގޭނެ... އެޓެސްޓުތަށް ކުރަން ކަލޭބޭނުންހާ ދުވަހަކަށް 4މަހުގެ ކުއްޖެއް އޮންނާނެ ކަމައްތަ ކަލޭ ހީކުރީ!؟

      42
      1
  5. އަހްމަދު

    ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރުންނާއި، އޮޕަރޭޝަން ޑޮކްޓަރުންނާއި ހޭނައްތާ ޑޮކްޓަރުންގެ ޓީމަކުން

    މި އެންމެން ކޮން ފަރުވާއެއްތަ މި ދިނީ

    99
    6
  6. ޢަހުމަދު އަލީ

    އިތުރު ޤާނޫނެއް ނުހެދިޔަސް އިހުމާލުވުމާއި ޤަސްދަކާނުލާ މީހަކު މަރާލުމުގެ ދައުވާ އޭޑީކޭ އާއި އިހުމާލުވި ބަޔަކަށް ކުރެވޭނެ. މައްސަލައަކީ ނިކަމެތިންނަށް ދެރަގޮތް.

    82
    3
  7. ކޮކީ

    ދަވަހަކުވެސް މިގައުމުގެ ހޮސްޕިޓަލަކުން ނެތް ތިކަހަލަ އެއްވެސް ކަމެއްގަ ޒިންމާއެއް ނަގާފަ. އާހިރުގަ ތިކަމުގެ ޒިންމާ ނަގަން ޖެހޭނީ ކުއްޖާގެ މަންމަ. ތުއްތު ކުއްޖާގެ އާއިލާއަށް ކެތްތެރިކަން ދެއްވާށި.

    93
  8. ޖޮންގޯ

    ރާއްޖޭގައި ތިބި އެންމެ ތަންދޮރު ނޭންގޭ އެމްއޯއިން އުޅޭ ހޮސްޕިޓަލް!

    61
    3
  9. ިުޔ

    ހުރިހާކަމެއް ކޮވިޑައް ގޮސް ހުސްވެފަ

    62
    4
  10. ޢެޑްމުންޑޯ

    ކޮންމެ ގޮތެއްވިއަސް ތިއޮތީ އިހުމާލުވެވިފައި

    81
    1
  11. ނަންނުގަތި

    ތިކަން ތަހުޤީޤްކުރާނީ ކަލޭމެނެއް ނޫން.

    31
    5
  12. ?

    ތީތި ނަން ކުރާ އޭ.ޑީ.ކޭ ގެ ހާލަތު.

    50
    1
  13. ފުއާދު

    ތިއީ ވަރައް ކަމުނުދާ ހޮސްޕިޓަލް އެއް އަބަދުވެސް ބަލަނީ ބަޔަކު ފެލާލައިގެން ލާރި ތަކެއް އަތުވޭތޯ..

    80
    3
  14. މޮލަ

    ދެން ތިހޮސްޕިޓަލް އަކުން ނުނަގާނެ ޒިންމާއެއް،،މިހާރުވެސް ލިބޭ ލާރި މަދުކަމުން އެ އުޅެނީ ކޮރޯނާ އައް ޓެސްޓު ކުރާ މެސިން ތަކެއް ނުބެހެއްޓީ ގެން ނޭގެ މީހުން އަތުން ނަގާނެ ވަރެއް ވެސް ހިތުހުރި ވަރަކައް އަގުނަގާ ތަނެއް،،ގައުމައް ޖެހިފަ އޮތް މުސީ ބާތެއް

    68
    4
  15. ގޮއްޔެ

    އަހަރެންނަށް ޑޮކްތަރު ލަފާ ދީފައިވަނީ ސިޒޭރިއަން ހެދުމަށް ލިޔުންތައްވެސް ހުރި އެކަމަކު އޭރު އެޑޮކްޓަރު ޗުއްޓީގައިހުރީމަ ސިޒޭރިއަން ހަދަންވެގެން އައިޖީއެމްއެޗަށް ގެންދެވުނުއިރުއެތާ ހުރީ ދިވެހި ވަރަށް ޒުވާން ޑޮކެއް އޭނަޔާ ލޭބަރ ރޫމްގައި މަސައްކަތްކުރާ މާ ބޮޑާ ދެނަރުހަކު ބުނީ ކަންތައްކުރަންވާ ގޮތް އެގޭނީ އެމީހުންނަށޯ އެތައްގަޑިއިރަކު އެތާ އޮތްފަހުން ބާރުހުސްވެ ވަރުދެރަވާންފެށީ ގަދަކަމުން ވިއްސަންވެގެން ރިހުން ގަދަކުރަން އިރުއިރުކޮޅުން އިންޖެކްޝަން ޖަހަނީ ވަގުތު ފާއިތުވެ ސިޒޭރިއަން ނުހެދޭވަރަށް ދަރިފުޅު ތިރިއަށް ޖެހުނީމަ ދެން އުޅުނީ ސިޒޭރިއަން ހަދަން އެތާހުރި ބިދޭސީ ފިރިހެން ޑޮކްޓަރަކު ރުޅިއައިސްގެން ދިވެހި އަންހެން ޑޮކްޓަރަށް އެއްޗެހި ގޮވާފަ އެކަން ހުއްޓުވީ އެހެންނޫންނަމަ ކޮންމެސް އެކަކު މަރުވިސް ދަރިފުޅު ނެގީހީ ބައިބައި ވަކިން ކަމަށް ވެސްވެދާނެ ދެން އެތާ ތިބި ދެނަރުހުން ރުޅި ގަދަވެގެން މަލާމާތް ކޮށް އެއްޗެހިގޮވާ ހެދީ ދަރިފުޅު ނެގީ ވެކިއުމް ކޮށްގެން ވަރަށް އުނދަގުލުން . ދަރިފުޅު އާދަޔާ ހިލާފަށް ކުޑައީ އެކުއްޖާ ފުޅުގެ ނަސީބު . އުފަން ވިއިރު ބޮލާއެކު ނިތްކުރިން ތަން ކޮޅެއް ފާރުވެ ހަންގޮސްފައިހުރީ ވެކިއުމް ކުރަންވެގެން ދަތިހިއްޕިތަނުންނޯ ދަރިފުޅުގެ ބޮލާ ހަށި ގަޑު ހަމަކިރިޔާ ވަކި ކޮށް ނުލީ ﷲގެ ރަހުމަތުން އެތަނަށް އެވަގުތު ބިދޭސީ ޑޮކްޓަރަކު ވަންކަން އެއީ އަހަރެންގެ ދަރީގެ ނަސީބު.

    96
    2
    • މީ

      އަލްހަމްދު ލިﷲ

      25
      1
    • ކުއްޖެއް

      އަޅުގަނޑު ވިހަން އޭ.ޑީ.ކޭ އަށް ދިޔައީމަ ފާހަގަވީ ކަމަކީ. ލޭބަރ ރޫމްގައި ތިބޭ ދިވެހި ގިނަ ނަރުހުންގެ ފޮނި ބޮޑުކަން. ވިހަން ވެެއްދިތާ 8 ގަޑިއިރު ނުވަނިސް ﷲގެ ރަހުމަތުން ވިހައިފި ވ. ސުމޫތް ޑެލިވަރީއެއް. އެކަމަކު ބަނޑުގަ ރިއްސާތީ ލޭބަރ ރޫމް އަށް ވައްދާފައި ވަކި ވަރަކަށް ޑައިލޭޓްވީ ކަމަށް ބޭރު ނަރުހަކު ބުނިތާ އިރުކޮޅެއް ވީތަނުން ޑިއުޓީ ނިންމާފަ ދާންއުޅުން ދިވެހި ނަރުހަކު އައީމަ އަޅުގަނޑު އެހީ ކޮން އިރަކުންހޭ ވިހާނީ ބުނީމަ އަޅުގަނޑު ކައިރީ ބުނީ އަދި ވިހާކަށް ނޫނޭ ބަނޑުގަ ރިއްސަނީ. އަދި ހަފްތާއެއް ވެދާނޭ ވިހަން... އަޅުގަނޑު ދުވަސް ފުރިފަ އޭރު ހުރީ، ޑޮކްޓަރުން ވިހަންދިން ޑޭޓްވެސް ގޮސް އެއް ހަފްތާ ވެއްޖެ އޭރު. އެވަރުންވެސް ދިވެހި ނަރުސް ބުނީ އަދި ވިހާކަށް ނޫނޭ ރިއްސަނީ. ވާހަކަ ދައްކާ ގޮތުން ހީވަނީ ބަލިމީހާ ދޮގުހަދަނީ ހެން ނުރިއްސާ އިރުވެސް.... އަޅުގަނޑު ބުނިން މި ވަރަށް ބަޑުގައި ރިއްސަންޏާ ހަފތާ އެއް ވަންދެން މީހަކު ދުނިޔެއަކު ނޯންނާނޭ ...އޭގެ އިރުކޮޅެއްފަހުން ޑިއުޓީ ގަޑި ބަދަލުވެގެން އައި ބޭރު ނަރުސް ކުދިންތައް ވަގުތުން ބުނެފި މާ ގިނަ އިރެއް ނުވެ ވިހާނޭ... ބުރަކަށީގަ ފިރުމައިދީ ހެދި. ހޮޑު ލެވުނީމަވެސް ވ އޯގާތެރި... ހުސް ބޭރު ނަރުހުންނާ ދިމާވީ ފަހުން... އަޅުގނޑަކަށް ނޭނގެ އެކުދިން ބެހެއްޓި ގާތްކަމަށް ޝުކުރު އަދާކުރާނެ ގޮތެއްވެސް.. ވަރަށް ހިތްހެޔޮ ބޭރު ނަރުހުން

      34
  16. އެމަންޖެ

    ރައީސް ނަސީދު މިކަމައް ޖަވާބެއް ދެއްވަބަލަ ޕުލީސް ނަސީދު ނޫން މީހަކައް މިގައުމު ހަލާކެއް ނުކުރެވޭނެ.

    12
    3
  17. އެކަމަކުދޯ

    ސިންގަޕޫރައްވުރެ މާ ފާސްޓްކޮށް ފައިސާ މިތަނުން ޑައިގްނޯސް ކޮއްލައެއްނޫން؟

    23
  18. ޑުންދަރު

    ތިތާތިރީގައިން ލެބޯޓަރީއިން މަގޭކުޑަދަރި އަތުން ލޭނެގިއިރު ނާރުނުފެނިގެންނޯ ނިޔާފަ ކަށިލައްވައިން ހުރެ ކޮޅުކޮޅަށް އަނބުރާ މަގޭދަރިއަށް އަނިޔާކުރި އަދި އެމަންޖެ ތަދޔވެގެން ރުއީމަ މީނައައީ ރުޅި. ޢެވަރުންވެސް އޭނައަށް ނާރު ނުފެނުނު. ދެންމަ އީއެންޓީ ޑޮކްޓަރު މަގޭ ދުލަށް ދަމައިގެން ފަހުން މަ ތިހޮސްޕިޓަލަށް ވައްސަލާމް!

    19
    1
  19. Anonymous

    އޭޑީކޭ ހަމަ ފަރުވާކުޑަ... ވިހަންދާ މާބަނޑު މީހާގެ ދަރިފުޅު ހާލު ކިތަންމެ ސީރިޔަސްވިޔަސް މާބަނޑު މީހާ ދެއްކި ޑޮކްޓަރ ނާންނަހާ ހިދަކު ކަމެއް ކޮށެއްނުދޭ... އެހާލަތުގަ އެބަޖެހޭދޯ ދިޔުޓީގަ އެވަގުތު ހުރި ޑޮކްޓަރެއް ލައްވާ ފަރުވާފަށަން...މީ އަމިއްލައަށް ތަޖުރިބާކޮއްފަ މިބުނީ...ވިހަންގޮސް ދަރިފުަޅުގެ ހާލް ސީރިޔަސްވެގެން ސިޒޭރިއަން ހެދީ... އެކަމް އެޑޮކްޓަރ އަންނަދެން މަޑު ކުރުމުގެ ސަބަބުން ފޫނުބެއްދޭ ވަރު ގެއްލުން ވެފަ

    28
    • ޟަފައި

      މަށަށް ފަރުވާ ދިން. މަގޭ ޑޮކްޓަރު ބަލިވެ ނާދެވިގެނ ހުރި ޑޮކްޓަރަށް ގުޅައިގެން ވަގުތުން އޮޕަރޭޝަން ކުރި

  20. ދަރަނި ދަންތުރަ

    މިފަދަ ކަނަތަށްތަކުގައި ގެއްލުންލިބޭފަރާތަށް ބަދަލްހޯދޭނެ ގޮތެއް ރާއްޖޭގައިނެތުން މިއީ ވަރަށްދެރަ ކަމެއް ، ޑޮކުޓަރުންގެ އިހުމާލުން ބައެއްމީހުން ނުކުޅެދޭ ހާލަތަށް ގޮއްސަވެސް އެބަހުރި ބަދަލުގައި ބުނެލަނީ ސޮރީ އޭ ، އަޅުގނޑުގެ ރައްތެއްސެއްގެ ގައިގަ ރިއްސާތީ ދެއްކީމައި ޑޮކުޓަރ ޖެހީ އިންޖެކުސަނެއް އެއާއެކު އުނަގނޑުން ތިރިވާގެނެތި ނުކުޅެދޭ މީހަކަށް އޭނަ ބަދަލްވީ އެހާލުގައި އޭނައުޅޭތާ މިހާރު 28 އަހަރު ބަދަލުގައި ލިބުނު އެއްވެސް އެއްޗެއްނެތް މިއީ ކުޅުދުއްފުށީ ހޮސްޕިޓަލުގައި ދިމާވި ކަމެއް " ރަށެއްނޫން ގޯހީ "

    15
    2
  21. ޖޮނަތަން

    ކީކޭ މިކިޔަނީ ؟އާއިލާއިންކިޔާ އެއްޗަކާ ހޮސްޕިޓަލުންކިޔާ އެއްޗަކާ ދިމާނުވޭ.މިކަން ސާފުވާނެ ގޮތެއްނުވާނެތަ؟

    6
    3
  22. އީތޭން

    ސަކަރާތް، ސަކަރާތް، އޭޑީކޭ ސޫ ކުރަން ޖެހޭ... ނެގްލިޖެންސް... ???... ވަރަށް ދެރަވެއްޖެ... ދިވެހި ހޮސްޕިޓަލްތަކުގެ ފަރުވާކުޑަކަން ?..... އާއިލާ އަށް ކެއްތެރިކަން ދެއްވާށި.... އާމީން...

    13
  23. ލޯބިވާ ވަޠަން

    ތިޔަ ހޮސްޕިޓަލުން ތިކަހަލަ ކިތަންމެ ހާދިސާއެއް ފަރުވާ ކުޑަކުރުމުގެ ސަބަބުން ހިގާފައެބަހުރި. ސ.ހިތަދޫ ޔެލޯޑައިމަންޑް މަރުހޫމް އަލީ މުހައްމަދުގެ ކަރުގައި ފޮޅެއް ނަފައިގެން ތި ހޮސްޕިޓަލަށް ދިޔައީމަ ތިއޭޓަރަށް ވައްދާފަ އެތާތިބި މީހުން އަތުން ވައިނޮޅި ބުރިވެގެން ފުރާނަ ދިޔައީ. އެ ދުވަހު ވެސް ޖަވާބުދާރީ ނުވެ އެ ޑރ. ފުރުވާލީ. މިކަހަލަ ކިތައް ހާދިސާ. އެއްވެސް ފިތަވަޅެއް އެޅުނުތަ؟

    14
    1
  24. ސައިފް

    މިފަދަ މައްސަލަތަކުގައި އިންސާފު ހޯދުމަށް ބޭރު ގައުމުތަކުގައި ހަދާގޮތަކީ މައްސަލަ ފުލުުހަށް ނޫނީ ކޯޓަށް ހުށަހަޅަނީީ. ކުށް ސާބިތުުވެއްޖެނަމަ އިހުމާލުވާ ފަރާތްތައް ލައިސަންސްް ހިފެހެއްޓުން ނޫނީ ސަސްޕެންޑް ކުރުން މިއީ އޮންނަ ގޮތް. ހޮސްޕިޓަލުން ނަމެއްގައި ކުރާ އިންވެސްޓިގޭޓްޝަން ތިއީ ދައްކާ ދަޅަ.

    14
    2
  25. ދުވާ

    ތިޔަ އޭޑީކޭއަކީ ހިލޭކަހަލަ ގޮތަކަށް ސަރުކާރުން ދޫކޮށްފައިވާ ބިމެއް ނަމަވެސް ރައްޔިތުންނަށްދޭ ޚިދުމަތް އެހާމެބޮޑު އާދައިގެ ރައްޔިތަކަށް ގާތްވެވޭވަރުގެ ތަނެއްނޫން ސަރުކާރުން މި ބިމުގެ ކުއްޔަށް ވިސްނަންވެއްޖެއްނު މިއޮތީ ބޮޑުއިހުމާލެއް

  26. ޢަހައްމާ ބެއްޔާ

    ދެން ތިވަރު ތަނެއްގައި ކޮވިޑް ޓެސްޓް ކުރާނީ ކިހިނެއްބާ؟ ފައިސާ ގިނައިން ދިން މީހާ ބޭނުންވާގޮތަކަށް ސުންކު ރިޒާރލްޓް ނެރޭނީ، ފައްސި ނައްސި އައްސި.

  27. ޢަހަރެން?

    ތި އޭޑީކޭ ތީ ނިކަން ފަރުވާކުޑަ ތަނެއް...ހަމަހުރެފަ ބުނި އެއްޗެއް ނޫން މީ...މިކަހަލަ ކިތަންމެ ކަމެއް ފެނި ތަޖުރިބާ ކުރެވިފަ ހުރީމަ މި ބުނީ...
    ޢެތާ އުޅޭ މުވައްޒފުންވެސް ތިމާވަރު މީހެއްނެތިފަ...ސާރވިސް ވަރަށް ސަކަރާތް...
    ??
    މިކަހަލަ ކިތަންމެ ކަމެއް ހިނގަފި، އެމީހުނގެ އިހުމާލުން.. މިކަހަލަ ކަންކަމުގައި ގަާނޫނީ ފިޔަވަޅު ތަށް އަޅަންޖެހޭނެ..!!!!!
    ޢާއިލާ އަށް ކެތްތެރިކަން ދެއްވާށި...އާމީން..

    5
    1
  28. ޛަކަރު

    ކުރަން ވީ ކަމަކީ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަައވަހަައް ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްޤާނޫނެއް ހަދަންވީ...