އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތަކުގެ ތެރެއިން މިހާތަނަށް ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލަތައް ލަސްވާ މައްސަލަތައް ޖޭއެސްސީ މެދުވެރިކޮށް ނުބަލާތީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހްމަދު ހައިލަމް، ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ސުވާލެއް ކުރިމަތި ކުރައްވައިފިއެވެ.

ހައިލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ދައުވާ ކުރުމުގެ ކުރިން އެމްއެމްޕީއާރުސީ ޚިޔާނާތުގެ 30 މައްސަލައެއް ކޯޓުތަކަށް ހުށަހެޅިފައިވާ ކަމަށެވެ. މިމައްސަލަތަކުން ދައުލަތަށް 600 މިލިއަން ލިބެންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. މިމައްސަލަތަށް ލަސްވާ ސަބަބު ބެއްލެވުމަކީ ރައީސް ނަޝީދު އިންނަވާ ޖޭއެސްސީގެ މަސްއޫލިއްޔަތެއް ނޫންތޯ ހައިލަމް ސުވާލު ކުރެއްވިއެވެ.

ހައިިލަމް މިސުވާލު ކުރެއްވީ ސިޔާސީ މީހުންގެ ތެރެއިން ކުރީގެ ރައީސް ނަޝީދަށް ވުރެ ބޮޑަށް އެމްއެމްޕީއާރްސީގެ މައްސަލަތައް ބެލުމަށް މަސައްކަތް ކުރާ ބޭފުޅެއް ފެނިވަޑައިނުގަންނަވާ ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވުމުންނެވެ.

ޚިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީން އެކަނި ޖަލަށް ލުމަކީ އިންސާފު ކަމަށް ނުބެލެވޭ ކަމަށް ރައީސް ނަޝީދު އިއްޔެ ވިދާޅުވުމާއި ގުޅިގެން އަނެއްކާވެސް އެމްއެމްޕީއާރްސީ މައްސަލައިގެ ބަހުސްތައް ވަނީ އިތުރުވެފައެވެ.

މިހާރުގެ ސަރުކާރުގެ ވަރަށް އިސް މަގާމުތަކުގައި އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ވެސް އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ ފަރާތްތައް އެބަތިއްބެވެ. ނަމަވެސް އެބޭފުޅުންގެ މައްޗަށް ކުރެވޭ ތުހުމަތުތައް އެކަށީގެންވާ ގޮތެއްގައި ތަޙްޤީޤުކޮށް، ފިޔަވަޅު އެޅެމުން ނުދާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ކޮރަޕްޝަންގެ އަމަލުތައް ހިންގުމުގައި އެންމެ އިސްކޮށް ތިބި ކަމަށް ތުހުމަތު ކުރެވޭ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި، އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތު ވެސް ވަނީ މި ސަރުކާރަށް ވެރިކަން ލިބުމާއި އެކު ގޭބަންދަށް ބަދަލު ކޮށްފައެވެ. އަދި އަދީބުގެ މައްޗަށް ހުރި ހުރިހާ ޙުކުމެއް މިހާރު ވަނީ ބާތިލް ކޮށްފައެވެ. އިތުރު މައްސަލަތަކެއްގައި އަދީބުގެ މައްޗަށް ދައުވާ ކޮށްފައި ވީނަމަވެސް އެމައްސަލަތަކުގެ ޝަރީޢަތް ކުރިއަކަށް ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޑައެލޯގް

    ކިނބޫސަރުކާރަކަށް ނުވާނެ އިންސާފަށް އެއްކަމެއްވެސް. އަދި އަންނިވެސް އެއުޅެނީ ކޮންމެހެން ޔާމީނަށް ހެޔޮއެދިގެނެއްނޫން އަދި އިންސާފުހޯދަދޭކަށެއްވެސްނޫން. ބޭނުންނަމަ ޔާމީނު ދޫކުރަންވީނު. އެއުޅެނީ އަންނިއައި މިސަރުކާރުގެ ފެއިލްތައް ގިނަވުމުން މައުލޫ އަބުރާލާ ރައްޔިތުންގެ ތެރޭގައި އެވާހަކަދެއްކުން

    51
    2
    • ކާފަބޭ2020

      އެއަށްކިޔާއުޅެނީ ދެބޯގެރިދުއްވުން ގިނަގިނައިން ގެރި ދުއްވާނަމަ ބޭބެހޯހޯވާނެ!

      20
    • ޙައްގުބަސް

      މިހާރު ހަމަ ރަގަނޅަށްވެސް ދެބޯގެރި މީނާ މިދުއްވަނީ!! މިމީހުންވި ރިޔާސީ ވަޢުދެއް ނޫންތޯ މިމީހުންގެ ވެރިަކަމުގައި ޔާމީން ޖަލަށް ލުން!! އެކަން ކޮށްފަ އެއޮތީ! އެކަން ކުރިގޮތް ދިވެހި ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭ!! ލައިވްކޮށް ކުރި ޝަރީޢަތެއްގައި ޔާމީންގެ ވާހަކަދަކާއި ދިފާޢުތަކަށް ދެން ދެއްކޭނެ އިތުރު އެއްވެސް ޙުއްޖަތެއް ނެތް މިންވަރަށް ފެނިގެންދިޔަ ނޫންތޯ؟ އެންމެފަހުން ޙުކުމް ކުރަން އޮތްދުވަހު އެމައްސަލައިގެ ޝަރީޢަތް ހިންގި ފަނޑިޔާރު ނަގާ ބޭރުކޮށްލިގޮތްވެސް ދިވެހި ރައްޔިތުންނަށް އެނގޭ!! އެއީ ބޭނުންވިފަދަ ޙުކުމެއް އަންނާނެކަމާއިމެދު އުފެދުނު ޝައްކެއްގެ ބޮޑުކަމުން!! އެހެންތާ ވާނީ މިމީހުނަށްވެސް ގަބޫލުކުރެވުނު ދިވެހި އެހެން ރައްޔިތުންނަކޭ އެއްގޮތަށް ޝަރީއަތުގެ މަޖްލީހުގެ ދެފަރާތުން ދެެއްކި ވާހަކަތަކަށް ބުރަވެ ޔާމީން ކުށުން ބަރީޢަވާކަން!! އެހެންކަމުން ގަތް ބިރެއްގެ ބޮޑުކަމުން އަދި ޔާމީން ޖަލަށްލާންވި ވަޢުދު މަތިންވެސް ހަނދާންވިލެއް ބޮޑުކަމުން އެކަން އެގޮތަށް ކުރުމަށްޓަކައި ތިން މީހަކު ލައްވާ އެއްޗެއް ކިއުއްވައިގެން ޔާމީން ޖަލަށް އެލީ!! ދެން ޔާމީންގެ މައްސަލަ ވެއްދުމުގެކުރިން ހިނގަމުންދިޔަ މިކަމާގުޅުން ހުރި 50 މައްސަލައެއް ނުބަލާ އެއްކަމެއް ނޮކޮށް އޮތްކަން ހައިލަމް މިހާމަކުރީ!! މީގެންވެސް މިއެނގުނީ ޔާމީން ޖަލަށް ލަފައިވަނީ ސިޔާސީ ބޭނުމެއްގައި ސިޔާސީ ޙުކުމެއްގައިކަން! މިހެންބުނުމުގެ ފުރުސަތު ވަރަށްބޮޑު!! ދެން މިބުނާ 50 މައްސަލަ ބެލީމަ މިހާރު މިތިބަ އެންމެން ޖެހެނީ މަގާމު ދޫކޮށް ޖަލަށްދާން!! ނުބަލާނެ އެހެންވީމަ!!

      15
  2. ނަޖްވާ

    ހައިލަމް ބުންޏަސް ތެދެއް ހަމަވާނީ ތެެދެއް ކަމަށް ޤަބޫލު ކުރެވެނީ! އަނެއްހެން ހައިލަމަކީ މާކަ އިތުބާރު ހިފޭ ރަނގަޅު މީހަކަށް ވެގެންނެއް ނޫން! އެކަމުކެވެސް، ހައިލަމް ބުންޏަސް ތިޔާ ކަން އޮތީ ހަމަ ތިޔާގޮތަށްކަަމަށް ބެލެވެނީ!

    20
    1
  3. ޑާގޯ

    މިކަމެއް ކަލޯ ނުބަލާނެ އަތައް ގޮވާނީ މިމައްސަލަ މަރުގެ މައްސަލައެއް ނުބަލާނެ ގޮވާނީ އަތައް.

    18
  4. ދަރަނި ދަންތުރަ

    ތިޔަ މައްސަލަ އިތުރަކަށް ނުބަލާނެ ބަލައިފިނަމަ މިހާރުގެ ރައީސް ވެސް 25 އަހަރަށް ޖަލަން ވަންނާނެ 65 މެންބަރުންގެ ތެރެއިން 50 މެންބަރުން 25 އަހަރަށް ޖަލަން ވަންނާނެ ރީދޫ ޕާޓީން ބޭނުންވީ ނުހައްގުން ވިޔަސް ޔާމީނު ޖަލަށް ލާން އެހެންވެ ހައިލަމް ގެ ދުވަސް ދުއްވާލީ އިތުރަށް ތިމައްސަލަ ބަލައިފިނަމަ ޔާމީނު މިންޖުވާނެ އިމްތިޔާޒު ފަހުމީ ޖަލަށް ވަންނާނެ..

    15
  5. ބެއްޔާ

    ނުފޫޒުގަދަ އެއިރަކު އޮންނަ ސަރުކާރެއްގެ ނިވަލުގައި ތިބޭ ބަޔަކާ އިންސާފު އަރާ ހަމައެއް ނުކުރާނެ. މިނިވަން އެއްވެސް ތަނަކަށާއި ތަހުގީކުކުރަން ތިބޭ ބަޔަކަށާއި ކޯޓުތަކަށާއި ޕީޖީއަށް އެބައެއްގެ ގައިގަ އަތެއްނުލެވޭނެ

    10
  6. ރައްޔަތު އަހުމަދު

    ކޮހުންގެ ރާޖާ.. މި މަޖިލީހުގައި ގާނޫނު ހަދަން ތިބިމީހުންގެ ފެންވަރު ގްރޭޑް 7 ގެ ލެވެލް ގެ މެޖޯރިޓީ..

    މިފަދަ މީހުން އަރާ މިތިބެނީ ޑރ. ނާއި ޕްރޮފެސަރުން އަދި ޢާލިމުނާއި މުފައްކިރުން، މާހިރުންނާއި ހުނަރުވެރިން އަދި ހިކްމަތް ތެރިންނާއި އިލްމީ މީހުން އުޅޭނެ ގޮތުގެ ޤާނޫނު ހަދަން.. ދެންވިސްނަވާ މިފަދަ ތަނެއްދޮރެއްނުދަންނަ މީހުން ހަދާ ގާނޫނުގައި ހުންނާނެ އޮށްޓަރާޢި ފެންވަރު..

    އެހެންވެ ކޮސްގޮވާތަނަކަށް އެތަންވެފައިވަނީ.. މުސާރަ 100ހާސް މަހަކުނަގާ..؟ ދިވެހީން ހަމަ ބަލަންތިބެނީ؟

  7. އަހްމަދު

    އެލާރިން އެންމެ ފައިދާވެގެން ތިބީ އެމީހުން! ވެގެން އުޅޭގޮތަކީ ޔާމީނުގެ ވެރިކަމުގައި މިމީހުންނަށް އެއްޗެއްނުލިބި ފަސް އަހަރުވީ! ޔާމީނު ކަމެއްކުރިއްޔާ އެމީހުންނަށް ވެސް ބައި އަޅައިގެން ކުރިނަމަ ތިވާހަކަ ދައްކާނެ އެކަކުވެސް ނުހުންނާނެ! މިހާރު ތިބިބަޔަކު ތިބީ އަތުން ބީވި ހަތް އަހަރު ހޯދަން ނުކުމެފައި!

    12
  8. ކަމަނަ

    މިހާރު ބޮޑުވަގު ގޮވަންވީ ކޮންބަޔަކަށްކަން އޮޅިއްޖެ އެމްއެމްޕީއާރުސީގެ ލާރިގަޑު ކެއީ ރ.ޔާމީނު އެކަންޏެއްނޫންތާ ގޭބަންދުގައި ތިބި ވަގުންނާ، މަތިފަނޑީގައިތިބި ވަގުންވެސް ޝާމިލްވެއިތާ އެހެންވީމާ ރައްޔިތުން ބުނަނީ ރ.ޔާމީނުގެ ޝަރިއަތަކީ އިންސާފުން ހިނގައިފައިވާ ޝަރިއަތެއްނޫނޭ، އެއީ ނުފޫޒުން ކޮށްފައިވާ ޙުކުމެކޭ