ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 އާ ގުޅިގެން ކަރަންޓީނު ކުރި މީހެއްގެ ކަރަންޓީން މުއްދަތު ހަމަވި އިރު ވެސް ދޫކޮށްލާފައި ނުވާތީ މީސްމީޑިއާގައި ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

ފާތުމަތު މާއިޝާ ނަމަކަށް ކިޔާ މީހަކު ފޭސްބުކްގައި ލިޔެފައިވާ ޕޯސްޓެއްގައި ބުނީ އޭނާގެ ފިރިމީހާ ކޮވިޑް-19 އަށް ފައްސިވި މީހަކާ ސެކަންޑްރީ ކޮންޓެކްޓުވެފައިވާތީ ކަރަންޓީނު ފެސިލިޓީއަކަށް ގެންދިޔައީ މި މަހުގެ އެއް ވަނަ ދުވަހު ކަމަށެވެ.

ކަރަންޓީނަށް ގެންދިއުމަށް ފަހު، އެ ފިރިހެން މީހާގެ ސުންކު ނެގީ މި މަހުގެ ފަސް ވަނަ ދުވަހު ކަމަށާއި އޭގެ ދެ ދުވަސް ފަހުން ނަތީޖާ ލިބުނު އިރު ކޮވިޑް-19 އަށް ނައްސިވެފައިވާ ކަމަށް ވެސް މާއިޝާ ބުންޏެވެ. އަދި ނަތީޖާއިން ނައްސިކަމުގައި ދެއްކިޔަސް އުސޫލުތަކާއި އެއްގޮތަށް އޭނާ ކަރަންޓީނުގައި 14 ދުވަސް ބެހެއްޓުމަށް ނިންމި ކަމަށް ވެސް މާއިޝާގެ ޕޯސްޓުގައިވެއެވެ.

އޭގެ ފަހުން، މިދިޔަ ހަފްތާގެ ހުކުރު ދުވަހު ދެ ވަނަ ފަހަރަށް އޭނާގެ ސާމްޕަސް ނެގި އިރުވެސް ވައިރަހަށް ނައްސިވި ހިސާބުން ފިރިމީހާ ކަރަންޓީނު ނިންމައި ގެއަށް އާދެވޭނެ ކަމުގެ އުންމީދު ކުރެވެން ފެށި ކަމަށް ވެސް މާއިޝާ ބުންޏެވެ.

ނަމަވެސް އެއްވެސް އެއްޗެއް އެންގުމެއް ނެތި ފިރިމީހާގެ ކަރަންޓީނު މުއްދަތު އިތުރުކުރަމުން ދިޔަ ކަމަށް މާއިޝާ ބުންޏެވެ. މާއިޝާ ބުނި ގޮތުގައި އޭނާ އާ އެކު ކަރަންޓީނު ކުރުމަށް ގެންދިޔަ ހުރިހާ އެންމެން އެހާ ހިސާބަށް ވަނީ ކަރަންޓީނު ނިންމައި ދޫކޮށްލައިފައެވެ.

ފިރިމީހާ އެހާ ހިސާބުން އެދުނީ މާލެ ނުގޮސް ރަށަށް ދެވޭނެ ގޮތެއް ހަމަޖައްސައި ދިނުމަށް ކަމަށާއި އެހެން އެކަން ކޮށްދިނުމަށް އެދިފައި ވަނީ އާއިލާއަށް ނިސްބަތްވާ އެއްވެސް މީހަކު މާލޭގައި ދިރި ނޫޅުމުގެ ސަބަބުންނާއި މާލޭގެ ހާލަތު ދުވަހަކަށްވުރެ ދުވަހެއް ދަށަށް ދިއުމުގެ ސަބަބުން ކަމަށް އޭނާ ވަނީ ބުނެފައެވެ.

ދުވަސްތައް ފާއިތުވަމުން ދަނިކޮށް ކަރަންޓީނު ނިންމައި ރަށަށް ފޮނުވާނެ ކަމުގެ އިޝާރާތެއް ކޮށްފައި ވަނީ ރޭގެ 12:30 ހާއިރު ކަމަށާއި، އެހާއިރު މާއިޝާގެ ފިރިމީހާގެ ފޯނަށް މިއަދު ފްލައިޓެއްގައި ރަށަށް ފޮނުވައިދޭނެ ކަމަށް ބުނެ މެސެޖެއް ފޮނުވި ކަމަށް މާއިޝާ ބުންޏެވެ. އަދި އޭގެ 30 މިނިޓު ފަހުން، ހުވަދު އަތޮޅަށް ދާން ތިބީ އެންމެ ދެ މީހުން ކަމަށް ބުނެ ދަތުރު ކެންސަލްކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

"އެހާ އުންމީދާ އެއްކޮށް ތިއްބައި އެއްވެސް ކަމެއް ޔަގީންކޮށްފައި ނޫނީ ނުވާނެ އަންގައިގެނެއް. މިހާރު އަހަރުމެންގެ އެއްވެސް އުންމީދެއް ނެތް." މައިޝާ ވަނީ ބުނެފައެވެ.

މާއިޝާ ވަނީ އޭނާގެ ފިރިމީހާއަށް ކަރަންޓީނު ފެސިލިޓީގައި ފޯރުކޮށްދެމުން އަންނަ ހިދުމަތްތައް ރަނގަޅު ނޫން ކަމަށް ބުނެ އެކަމާއި ނުރުހުން ފާޅުކޮށްފައެވެ. އޭނާ ބުނެފައި ވަނީ ކަރަންޓީނުގައި ހުންނަ އިރު ފޯރުކޮށްދެމުން އަންނަ ކާނާ ރަނގަޅު ނޫން ކަމަށާއި، އިންޓަނެޓަށްވެސް މި ކުޑަ ދުވަސްކޮޅުގެ ތެރޭގައި އަމިއްލަ އަށް ހަރަދުކުރަން ޖެހިފައިވާ ކަމަށެވެ. އަދި އެ ކަރަންޓީނުކޮށްފައި ހުންނަ ކޮޓަރީގައި ބަހައްޓާފައިވާ ޓީވީއަށްވެސް ދެ ދުވަހުން އެއްދުވަހު މައްސަލަ ޖެހޭ ކަމަށް މާއިޝާ ވަނީ ބުނެފައެވެ.

މާއިޝާ ވަނީ މިފަދަ ހާލަތެއްގައި އެތައް ދުވަހެއް ވަންދެއް ކަރަންޓީނުކޮށްފައި ބަހައްޓާ ކަމުގައިވާ ނަމަ، ނަފްސާނީ ގޮތުން އެތައް މައްސަލައެއް ދިމާވުން އެކަށީގެންވާ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. އެމަންޖެ

  ނަސީދު ކައިރީބުނޭ އޭނަޔައް ކަމެއްވިއްޔާ މިގައުމުގަވާނީ.

  13
 2. ހުސޭނުބޭ

  ަައަނެއްކޮޅުން މާއިސާގެ ކެއްތެރިކަންކޮޅުނއލަނީ މިކަމުގަ މަބުރޫކު ކޮންމެވެސް އެއްކޮޅަކަށް އެހީވެދީީީެންވީނު

  18
 3. މައި

  ކަރަންޓީނު ކުރުމަކީ ހަތްތަރީގެ ހޮޓަލަކުން ދޭ ވެކޭޝަން އެއްކަމެއް އެނގިފަކާއެއް ނެތް

  21
  5
  • ވިސްނާލުމަށް އެދެމޭ

   އޭ ބޭފުޅާ..ކަރަންޓީނު ކުރީމަ ހަތްތަރީގެ ޙިދުމަތެނުދެވޭ އެކަމަކު ދުވާލަކަށް ހަތްސަތޭކަ ރުފިޔާ އަހަރެމެންގެ ޓެކްސް ފަ އިސާ އިން ޕާޓީ މީހާގެ ރިސޯޓަށް ދަ އުލަތުންދޭ...ކޮންތަނެ އްގަ މިސަރުކާރަށް އެއ އްތަރީގެ ޙިދުމަތެވެސް ދެވެނީ..ފެންވަރެނެތޭ މިސަރުކާރުގަ.. އިސްތި އުފާދީފަ ގެޔަށްދޭ ހިންނަވަރު އިބުރާހިމާ..

 4. ދޮންދީދީ

  ތި އާޓިކަލް ކިޔާލީމަވެސް އެބަ އެނގޭ އޭނާ ކަރަންޓީނުން ދޫކޮށްލުން ލަސްވެފައި ވަނީ ސަރުކާރުން ކުރަންވާ ކަންކަން ނުކޮށްގެން ނޫންކަން. މައީޝާ ބުނާ ރަށަކަށް ގެންދަން ވީމަ ލަސް ވާނެ. އެންމެ މީހަކު ގޮވައިގެން މަތިންދާ ބޯޓެއް ޗާޓަރކޮށްގެން ހުވަދު އަތޮޅަށް ދަތުރުކުރަން ވީމަ ސަރުކާރަށް އުނދަގޫ ވާނެތާ. ކަރަންޓީނުގެ ދެކޮޅު އެ ވަނީ ޓެސްޓް ހަދާ ނިންމާފަ. މައީޝާއަށް ހީވަނީތަ ކަރަންޓީން ފެސިލިޓީއަކީ ފައިސް ސްޓަރ ފެންވަރުގަ ޗުއްޓީ ހަދާލުންކަމަށް؟ ހިލޭ އިންޓަނެޓް ވެސް ނުދެޔޯ ?? ސީރިޔަސްލީ ?

  32
  5
 5. ބޯހަލާކު

  އެމްޑީޕީ އެކްޓިވިސްޓުން ކާބޯތަކެތި ގިނަތަންތަނުގަދެނީ މީބޮޑު ވިޔަފާރިގަނޑެއް..؟! ﷲގަންދީފަބުނަން މީހަތެދު. ބާޒާރުން އެމީހުންނާގުޅުން ހުރިފިހާރަތަކުން މުދާނަގަނީ ބިލައް އިތުރައް މިމީހުންނައް ފައިދާލާފަ..!! ގާތްރައްޓެއްސެއްގެ ފިހާރަޔައް މީގެމީހަކުއައިސް ބުނީ %15 ބިލައް އިތުރައްލާދޭށޭ އޭނައެކަމަށް އިންކާރުކުރި..ވީމާ ކަރަންޓީނުގަ ގިނަދުވަސް ވީވަރަކައް ޖިބުބޮޑުވާނެތާ ސުބުހާނަﷲ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ

  13
  1
 6. ކޭޑް

  ޥަރަށް ދެރަވެއްޖެ

  14
  3
 7. ?‍♀️?‍♀️

  ހިތްވެސް މޮޅޭ ދޫ
  މަގޭ ފިރިމީހާވެސް ހުރީ ކަރަންޓީންގަ އޭނައައް އެތަނުން ޑޭޓާ ވެސް ހިލޭ ދިން
  ކެއުންވެސް ރަނގަޅު
  ޓީވީ ވެސް ބަރާބަރު
  ސުކުރު ކުރުމެއްވެސް ނެތޭ މިމީހުން މިހާލުގަވެސް
  ޙީވާ ކަހަލަ ފައިވްސުޓާ ގަ އުޅުނު ބައެކޭ

  14
  3
 8. ޫހަސަން

  ދެން މައިޝާ ގޮސް ކަރަންޓީނު ވާންވީއެއްނު.

  7
  1
 9. ލާމު

  މި ރަމަޟާން މަހުގެ ފަހު ދުވަހަށްވީމަ އެއޗެއް ނުބުނެ ނިންމާލީ. ޢީދު ދުވަހު ކޮމެންޓެއް ކޮށްލެވޭތޯ ބަލާނަން.

 10. ޢަލީ

  އެމަންޖެއަށްވާވަރު އިގޭނީ ހަމައެމަންޖެޔަކަށްނު

  12
 11. ރޯދަ މުބާރިކް

  މި ފިދަ ޙާލަތެއް އެކަކަށްވެސް ނުދަށްކަވާށި! އަނެކާގެ ފިކުރު ތަސައްވަރު ކޮށްލަންވިސްނޭނީވެސް މި ބާވަތުގެ ކަމެއް ތަޖްރިބާ ކުރެވޭ ހިސާބުން! ވިސްނަވާ އަދި ހިއްވަރު ދެއްވަވާ!

 12. މަންސޫރު

  މާއިޝާއަށް މަދުވާ ކަމެއް ބުނެދީބަލް މަންސޭ މިހުރީ ދޮވެދޭ ންވެސް ތައްޔާރަށް

 13. އަންމަޑޭ

  ކޮން ލޮކްޑައުނެއް