ތައިލެންޑްގެ މައިނާ ހޮޓެލް ގްރޫޕުގެ ފަރާތުން ރާއްޖެއަށް ޕީސީއާރު މެޝިނާއި އިތުރު ސާމާނުތަކެއް ހަދިޔާކޮށްފިއެވެ.

މައިނާ ހޮޓެލް ގްރޫޕަކީ އަނަންތަރާ ދިގު ރިސޯޓާއި އަނަންތަރަ ކިހާވަށް ފަދަ މަޝްހޫރު ރިސޯޓުތަކެއް ރާއްޖޭގައި ހިންގަމުން އަންނަ ކުންފުންޏެކެވެ. މިއީ، ކޮވިޑް-19 އާ ގުޅިގެން އެ ކުންފުނިން ރާއްޖެ އަށް އެހީތެރިކަން ފޯރުކޮށްދިން ފުރަތަމަ ފަހަރެވެ.

އިކޮނޮމިކް މިނިސްޓްރީން ރޭ ކުރި ޓުވީޓެއްގައި ބުނީ ޕީސީއާރު މެޝެނެއްގެ އިތުރުން އެ ކުންފުނީގެ ފަރާތުން ރާއްޖެއަށް 100 ގެލޫން ހޭންޑް ސެނިޓައިޒާވެސް ހަދިޔާ ކޮށްފައިވާ ކަމަށެވެ. މިއީ ރާއްޖޭގެ ސިއްހީ ނިޒާމުގައި ބޭނުން ކުރަން މުހިންމު ވަސީލަތެއް ކަމަށް ޓުވީޓުގައި ފާހަގަކުރިއެވެ.

އަދި މި ތަކެތި ހަދިޔާ ކުރި ކަމަށްޓަކައި މައިނާ ގްރޫޕަށް ޝުކުރު އަދާކުރާ ކަމަށް ވެސް ޓުވީޓުގައި ބުނެފައިވެއެވެ.

ޕީސީއާރު މެޝިނަކީ ކޮވިޑް-19 އަށް ޓެސްޓް ކުރަން ބޭނުން ކުރަމުން އަންނަ މެޝިނެކެވެ. ރާއްޖޭގައި މިހާރު ކޮވިޑް-19 އަށް ޓެސްޓް ކުރަނީ ދެ މެޝިނެއް ބޭނުންކޮށްގެންނެވެ. އެއީ އައިޖީއެމްއެޗާއި ޕޮލިސް ލެބޯޓަރީގައި ހުރި މެޝިނެކެވެ. އިތުރު މެޝިނެއް އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާފައިވާ އިރު، އޭޑީކޭގައި ހުރި މެޝިން ބޭނުންކޮށްގެން އަންނަ ހަފްތާގައި ޓެސްޓް ކުރަން ފަށާނެއެވެ.

މީގެއިތުރުން، އިތުރު މެޝިންތަކެއް ގެނައުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ރާއްޖޭގައި މިހާތަނަށް 1274 މީހެއްގެ ގައިން ކޮވިޑް-19 ފެނިފައިވާ އިރު، އެމީހުންގެ ތެރޭގައި ހިމެނެނީ 452 ދިވެހިންނާއި 822 ބިދޭސީންނެވެ. މި ބަލިން 100 އަށް ވުރެ ގިނަ މީހުން ވަނީ ރަނގަޅުވެފައެވެ. އޭގެ ތެރޭގައި ގިނައީ ދިވެހިންނެވެ.

މި ބަލީގައި ނިޔާވެފައި ވަނީ އެންމެ ހަތަރު މީހުންނެވެ. އެއީ ތިން ދިވެހިންނާއި ބިދޭސީއެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ވަރަށް ބޮޑަށް ސުކުރިއްޔާ

  2. ފައްލަންބޭ

    ކޮންމެވެސް ޕްރައިވެޓް ކްލިނިކްއަކާއި ހަވާލުކޮށްލާ، ދެން ރައްޔިތުން ކައިރި ބުނޭ އެތަނަށް ދާށޭ ޓެސްޓް ކުރަން، ޓެސްޓް ކުރަން ދިޔައީމަ ރައްޔިތު މީހާ އަތުން 75 ޕަސަންޓް ފަެިސާ ނަގާފައި އަދި އާސަންދައިން ފުލްކޮށް ކަނޑާލާނެ. މިއީ ކަންތައް ހުރިގޮތް ކީއްކުރާނީ.

    5
    2
  3. ބޯކިބާ

    ބުނެލަންއޮތީ ނަމަނަމަ މާލެނޫން ރަށެެއްގަ ނުބަހައްޓައްޗޭ.

  4. ނަޒްފާ

    އަ އިޖީ އެމް އެޗް އަށް ގުޅިންތަ ، އެތާ އަބަހުރި 4 މެޝިން، އެވީ5