ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން ނުފުރިފައި ތިބި ފަތުރުވެރިން ބައިތިއްބާފައިވާ ޑްރީމް ލޭންޑް މޯލްޑިވްސް ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ފޮރިން މިނިސްޓްރީއާއި،ޓުއަރިޒަމް މިނިސްޓްރީ އަދި ޓުއަރިސްޓް ޕޮލިސް ގުޅިގެން ބ. އަތޮޅުގައި އޮންނަ ޑްރީމް ލޭންޑް ރިސޯޓުގައި ގިނަ ފަތުރުވެރިންތަކެއް ވަނީ ބައިތިއްބާފައެވެ. އަދި ބައެއް ފަތުރުވެރިން މިހާރުވެސް ވަނީ ފުރުވާލާފައެވެ.

އެރަށުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭގޮތުން މައުލޫމާތުދެމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ މޭޖަރ އިބްރާހިމް އާަޒިމް ވިދާޅުވީ، އެ ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ އެ ރިސޯޓުގެ ބީޗް ބާރގައި ކަމަށާއި، އެ އަލިފާންގަނޑު ނިއްވާލީ އެ ރިސޯޓުގެ މުވައްޒަފުން ކަމަށް މައުލޫމާތު ލިބޭ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވިގޮތުގައި

އެ އަލިފާނުގެ ހާދިސާ ހިނގައިގެން އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައި ވަނީ މިއަދު މެންދުރު 13:20 ގައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުންވިކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެއެވެ. އަދި މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދިހާމަކޮށްފައެއް ނުވެއެވެ.