ކޮވިޑް-19 ގެ ސަބަބުން ވަޒީފާތަކަށް އަސަރު ކުރި ފަރާތްތަކުގެ ތެރެއިން 69 މީހަކަށް އެލަވަންސެއް ދީފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދުގެ ހާލަތާއި ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަމީރު ވިދާޅުވީ، ކޮވިޑް-19ގެ ޙާލަތާއި ގުޅިގެން ވަޒީފާ ގެއްލިފައިވާ މީހުންނާއި އިނާޔަތްތައް ކުޑަކޮށްފައިވާ މީހުންގެ ތެރެއިން 69 މީހަކަށް 290،000 އަށްވުރެ ގިނަ ރުފިޔާ ދީފައިވާ ކަމަށެވެ.

މި 69 ފަރާތަކަށް 5,000 ރުފިޔާގެ މަގުން ދީފައިވަނީ ލިޔެކިޔުންތައް ފުރިހަމަކޮށް ބަލަންޖެހޭ ކަންކަން ބެލުމަށްފަހުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ވަޒީފާ ގެއްލި އިނާޔަތް ކުޑަކުރި މީހުންގެ ތެރެއިން މިހާތަނަށް އަޅުގަނޑުމެން ވާނީ 69 މީހަކަށް 290،131 ރުފިޔާގެ ފައިސާ ދޫކޮށްފަ. އެދިފައިވާ އެހެން މީހުންގެ ތެރެއިން ފޯމްތައް ސައްޚަ ކުރުމަށްފަހު އިތުރު މީހުންނަށްވެސް ފައިސާ ދޫކުރެވެމުންދާނެ" މިނިސްޓަރު އަމީރު ވިދާޅުވި.

ކޮވިޑް-19 ގެ ސަބަބުން ސަރުކާރުން ވަނީ ވަޒީފާ ގެއްލި، އިނާޔަތް ނުލިބޭ ފަރާތްތަކަށް ތިން މަސް ދުވަހުގެ މުއްދަތަކަށް އެލަވެންސް ދިނުމަށެވެ. މި ފައިސާ ސަރުކާރުން ދިނުމަށް ނިންމާފައިވަނީ އިކޮނޮމިކް މިނިސްޓްރީން ހުޅުވާފައިވާ ޖޮބް ޕޯޓަލް މެދުވެރިކޮށް ރަޖިސްޓަރު ކުރައްވާ ފަރާތްތަކަށެވެ.

އަމީރު އިތުރަށް ވިދާޅުވީ، ކޮވިޑް-19ގެ ހާލަތާއި ގުޅިގެން ސަރުކާރުން ކުރަމުން އަންނަ ހޭދަތަކަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުންނަށް ލުއި ގޮތްތަކެއް ހޯދުމަށް ކުރަމުން އަންނަ ހޭދަތައް ކަމަށެވެ.

ކޮވިޑް-19 ގެ ސަބަބުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ނުވަތަ އަމިއްލަ މަސައްކަތް ކުރާ ދިވެހި ރައްޔިތުންގެ ތެރެއިން އެ ބައެއްގެ އާމްދަނީއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ ފަރާތްތަކަށް ސަރުކާރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ދިނުމަށް ނިންމާފައިވަ "އިންކަމް ސަޕޯޓް އެލަވަންސް" އުސޫލުގައި ބުނެފައިވަނީ ސަރުކާރުން ކުރިން އިއުލާން ވެސް ކޮށްފައިވާ ފަދައިން 5000 ރުފިޔާގެ އެލަވަންސެއް އާމްދަނީއަށް އަސަރު ކޮށްފައިވާ ފަރާތްތަކަށް ދޭނެ ކަމަށެވެ. މިއީ އޭޕްރީލް، މޭ އަދި ޖޫން މަހަށް ދިނުމަށް ހަމަޖެހިފައިވާ އެލަވަންސެއް ކަމަށާއި، އެލަވަންސް ކޮންމެ މަހެއްގެ 15 ވަނަ ދުވަހުގެ ކުރިން ދޭނެ ކަމަށް ވެސް އުސޫލުގައި ބުނެފައި ވެއެވެ.

ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފައިވާ، ނުވަތަ މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ (ނޯޕޭ ލީވް) އަށް ފޮނުވައިފައިވާ ފަރާތަކާއި މުސާރައިގެ ގޮތުގައި ލިބޭ އަދަދުން ބައެއް އުނިކޮށްފައިވާ ފަރާތްތަކަށް މިއުސޫލުގެ ދަށުން އެލަވަންސް ލިބޭނީ މާޗް މަހުގެ 01 ވަނަ ދުވަހާއި ހަމައަށް ވަޒީފާގައި ހުރިނަމައެވެ. އޭގެ އިތުރުން އެލަވަންސް ލިބޭނީ ސަރުކާރުން ހިންގާ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކުގެ ތެރެއިން ކަނޑައެޅޭ ޕްރޮގްރާމެއްގައި ބައިވެރިވެ، އެ ޕްރޮގްރާމް ފުރިހަމަކުރުމަށް އެއްބަސްވުމުން ކަމަށް ވެސް އުސޫލުގައި ވެއެވެ.

ކޮވިޑް-19 ގެ ސަބަބުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ނުވަތަ އަމިއްލަ މަސައްކަތް ކުރާ ދިވެހި ރައްޔިތުންގެ ތެރެއިން އެ ބައެއްގެ އާމްދަނީއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ ފަރާތްތަކަށް ސަރުކާރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ދިނުމަށް ނިންމާފައިވަ "އިންކަމް ސަޕޯޓް އެލަވަންސް" އުސޫލުގައި ބުނެފައިވަނީ ވަޒީފާއެއް އަދާކުރުމަށް ނުވަތަ މަސައްކަތެއް ކުރުމަށް ޝައުޤުވެރިކަން ހުރި، އަދި ސަރުކާރުގެ ޖޮބް ސެންޓަރ މެދުވެރިކޮށް ވަޒީފާއެއް ނުވަތަ މަސައްކަތެއް އެ ފަރާތަށް ހޯދައިދެވިއްޖެނަމަ، އެ ވަޒީފާއެއް އަދާކުރުމަށް ނުވަތަ މަސައްކަތެއް ކުރުމަށް ވެސް އެއްބަސްވާން ޖެހޭނެ ކަމަށް އުސޫލުގައި ބުނެފައި ވެއެވެ.

އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ވެސް 5000 ރުފިޔާގެ އެލަވަންސެއް ދިނުމަށް މިއުސޫލުގެ ދަށުން ހަމަޖެހިފައި ވެއެވެ. އަމިއްލަ މަސައްކަތް ކުރާ ފަރާތްތައް ކަމަށް އުސޫލުގައި ބުނެފައި ވަނީ މިނިވަން ކޮންޓްރެކްޓަރުންނާއި، ވިޔަފާރި އުސޫލުން މަސައްކަތްކުރާ ފަންނާނުންނާއި، އާމްދަނީއެއް ހޯދުމުގެ ގޮތުން އަގު ލިބޭގޮތަށް މަސައްކަތްކުރާ އެނޫންވެސް ފަރާތްތަކެވެ.

އެލަވަންސް ހޯދުމުގެ ބޭނުމުގައި ދޮގު މައުލޫމާތެއް ދީފިނަމަ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 520 ވަނަ މާއްދާ ނުވަތަ 521 ވަނަ މާއްދާގައި ބަޔާންކުރާ ޖިނާއީ ކުށުގެ ދަޢުވާ އުފުލުމަށް ކުރަންޖެހޭ ޖިނާއީ ތަޙުޤީޤު ކުރުމަށް ޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މައްސަލަ ހުށަހަޅާނެ ކަމަށް ވެސް އުސޫލުގައި ވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އަމަތުﷲ

  ނުކެރޭނެ ނިކަމެތި އާއްމު ރައްޔިތަކަށް އެހީއެއް ދޭކަށް. ދޭނީ މުއްސަދިންނާ ފާހިޝް އަމަލުކުރާ މީހުންނަށް. ވަޒީފާތައް ތިމާމެނ ބޭނުނވާ މީހުންނަށް ދީގެން ދައުލަތުގެ ފައިސާގަނދާ ބޭރުނ ދޭެެެެެއެހީތަކުގެ ފައިސާގަނޑު ބައިއަޅާ ހުސްވަނީ. ދެން ދޭނީ ވިޔަފާރިވެރިނނަށާ ވަގުފާރިވެރިނނަށާ ބަނގާޅީންނަށް. މިހާރު ބާނގާއިންަނަށް ރޢްޖެއިން ގެދޮރުވެސް ދީނިމުނީ. އަދި ހިލޭ ފެނާ ކަރަންޓާ ސަބްސިޑީއޭކިޔާފަ ނަމެއްދީފަ އެހެންބޭނުންތަކަށްވެސް ފައސާގަނޑު ދޭނެ. އިންނާނެ ފިރިހެނުންނާ ކައިބޯނެ މަސތުވާ އެއްޗިއްސާ ކުޅުތަޅާނެ އެއްޗިއްސާ ގައި އުގުޅާނެ ބޮކަރާ ޒައްގޫމާވެސް ދޭންޖައްސާނެ!! ދެން ފެންނާނެ އަދި ހޭއަރާނެ.އެދިން ތަންތަނުން އެކުޅުފުނިތައް ނުނެރެވިގެން އުޅޭތަން. ރާއްޖެތެރޭމީހުން ރަށަށް ފޮނުވާފަ ގެދޮރާ ހުރިހާ ފަސޭހައެއް ދިނީ ގާޅީންނަށް. މުޅި ރާއްޖެ ވެރިކޮށް ކުނިކޮއްފި. ފިހާރަތަކާ ރެސްޓޯރަންޓްތަކާ ހުރިހަ ތަނެއްގެ ވެރކަން ގާޅީންނަށް. ކާއެއްޗިއްސާ މަގުމަތިތަކާ ޕާކުތަކާ ނުވިތާކަށް ދެވަނަ ސަރުކާރު ސިޓީކައުންސިލުން މިސްކިތްތައްވެސް ގާޅީނަށް. ބަލަގަ ދިވެހިންނެއް ނޫޅެޔޭ ކަމެއްކުރަނ ނުކެރިގެނެއް.މާލޭމީހުން އަތުން ސީވެސް ދޮންނަން ނުކެރިގެން އެތެރެކޮއްފައޮތް ކުޅުފުނިތަކެއް އެއީ. ޙަމަމިހާރު ވަގުތުން އެގާޅީންތައް އެމީހުނގެ ގައުމަށް ފޮނުވާލަ.
  އަދި ތެޅެންފަށާނެ ބިރުން ވެރިކަން އަތުލަން ހަޅުތާލުފެށީމަ.އަތުގަ ފައިސާ ނެތިގެނެއްނޫން އެތިބެނީވަގުތައް.ވިޔަާރިވެރިން ރާއްޖެ ހަލާކުރަނޭ ވަގުފާރިވެރިންނާ ގުޅިގެން. އެޗޯރުތައް މިގައުމަށް އެތެރެކުރަނީ.ވިޔަފާރިވެރިންނާ ވަގުފާރިވެރިން ބޭނުންވާ ގޮތަކަށް ސަރުކާރުތައް ހިންގަންޖެހެނީ.....ދެން ކޮންސަރުކާރަކަށް ކީއްކުރެވޭނީ.ބޮރުސޭޓަކަށް ފިހާރައަށް ގެންނަ ތަކެތީގެ އަގެއްވެސް ނޭންގޭނެވިއްޔާ އެގޭނީ ބަނގާ ސޭޓުންނަށް ބަންގާސޭޓަކު ނެތިއްޔާ ކަސްޓަމަރުން ޖެހޭނީ މަޑުކުރަން އެހެންޏާ ޖެހޭނީ ބަންގާ ސޭތަކު އިން ފިހާރައެެއް ފެނޭތޯބަލަން.މިވަރުވެގެނދާއިރު އަދިވެސް އެބަލަނީ އެގާލިބުންނަށް ގެދޮރާ ތަނަވަސްކަމެއް ހޯދާދެވޭތޯ!!!!!!!!!؟؟؟؟؟؟؟

 2. ސަންގުމަރުމަރުހިލަ

  ސާބަސް ސަ ރުކާ ރު 5000މީހުންގެ ތެ ރެއިން 69 މީހުންށް ލައްކަ ބައިވަ ރު، ކޮބާލޯނުދިން ރިސޯޓްތައް، ތެދުވެ ރިކަމެއް ހު ރިއްޔާ ބުނެބަލަ، ލޯނުދޫކު ރީރ މުސާ ރަދޭން ކަމަށް ސަ ރުތުކޮށް އެފައިދާވެސް މަހުޖަނުންނަށް

 3. ާސަޑޭ

  މަމީ އޭޕްރީލް އެކެއްގަ ރިސޯޓަކުން ވަޒީފާއިން ވަކިކުރި މީހެއް. ވަޒީފާއިން ވަކިކުރި ދުވަހުނޫން އަނެއް ދުވަހު މަ ޖޮބް ސެންޓަރގަ ރެޖިސްޓްރީ ވީން. އަދިވެސް މަށަކަށް ތި އެހީއެއް ނުލިބޭ. މި ރޯދަމަހު ހަރަދުކޮށް އަތުގަ ހުރި ހުރިހާ ލާރިއެއް މިހާރު ހުސްވެއްޖެ. ވަޒީފާ އަނބުރާ ލިބޭނެ ކަމެއްނޭގެ. އެހެން ވަޒީފާއެއް މިދަޑުވަޅުގަ ހޯދާނެ ގޮތެއްނެތް. މަށަށް އެހީ ނުލިބި އުޅެނިކޮށް މަ ވަޒީފާއިން ވަކިކުރި ރިސޯޓަށް ޕެކޭޖް ތަކާ އެކު ކުލި މާފުވެއްޖެ. މީ އިންސާފުތޯ؟

 4. ތާކިހާ

  5000 މީހުންގެ ތެ ރެއިން 69 މީހުންނަށް ވައޯ ވައޯ ސަޅި ވެރިކަމެއް ތިކޮށްދެނީ
  ކޮބާ ރާއްޖޭގެ ފަޤިރުންގެ ދަފުތަރު ހުޅުވާލަދީބަލަ މިނިސްޓަރު އެބައި މީހުންނަށް އެހީއެއް ނެތްތަ؟ އެލިސްޓްގަ އެބައުޅޭ ސަރުތު ފުރިހަމަވާ ތިޔަ ފޯމް ލާންނޭންގޭ މީހުންވެސް ކިހިނެއްތި ހައްދަވަނީ .