ކޮވިޑް-19 ގެ ސަބަބުން އާއްމު ރައްޔިތުންގެ މާލީ ހާލަތު ދަށްވުމުގެ ސަބަބުން ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ފެން ބިލާއި ކަރަންޓު ބިލުތަކަށް ލުއިތަކެއް ދިނުމުގެ ސަރުކާރުން ޖުމްލަ 60 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދީފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ، ކަރަންޓާއި ފެން ބިލުން ބައެއް ހިލޭ ކޮށްދިނުމަށް ފެން ބިލްތަކުގެ ޑިސްކައުންޓަށް 10.9 މިލިއަން ރުފިޔާއާއި 92,588 ގޭބިސީއެއްގެ ކަރަންޓް ބިލަށް 49.7 މިލިޔަން ރުފިޔާ މިހާތަނަށް ޚަރަދުކޮށްފައިވާ ކަމަށެވެ.

ފެނަށް ޑިސްކައުންޓް ދީފައިވާ ގޮތުގެ ތަފްސީލަށް ބަލާލާއިރު ޖުމްލަ 46,417 ގެއަކަށް ވަނީ ޑިސްކައުންޓް ދީފައެވެ. އެގޮތުން ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށް 12,661 ގޭބިސީއަކަށް ޖުމްލަ 0.3 މިލިއަން ރުފިޔާގެ ޑިސްކައުންޓާއި އެމްޑަބްލިއުއެސްސީ މެދުވެރިކޮށް 33,198 ގޭބިސީއަކަށް ޖުމްލަ 9.8 މިލިއަން ރުފިޔާގެ ޑިސްކައުންޓް އަދި ސްޓެލްކޯ މެދުވެރިކޮށް 558 ގޭބިސީއަކަށް ޖުމްލަ 0.8 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދީފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ.

ކަރަންޓަށް ބަލާލާއިރު ޖުމްލަ 92,588 ގޭބިސީއަކަށް ވަނީ ޑިސްކައުންޓް ދީފައެވެ. އެގޮތުން ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށް 46,839 ގޭބިސީއަކަށް 22 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ވަނީ ދީފައެވެ. އެމްޑަބްލިއުއެސްސީ މެދުވެރިކޮށް 681 ގޭބިސީއަކަށް ޖުމްލަ 0.3 މިލިއަން ރުފިޔާގެ ޑިސްކައުންޓް އަދި ސްޓެލްކޯ މެދުވެރިކޮށް 45,068 ގޭބިސީއަކަށް ޖުމްލަ 27.4 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދީފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ.

"ކޯވިޑް19އާ ގުޅިގެން ސަރުކާރުން ތާރަފްކުރި އިކޮނަމިކް ރިލީފް ޕެކޭޖްގެތެރެއިން އެވްރެޖްކޮށް ކޮންމެ ގޭބިސީއެއްގެ ފެންބިލުން 235 ރުފިޔާ އަދި އަދި ކަރަންޓް ބިލުން 500 ރުފިޔާގެ ޑިސްކައުންޓެއް ދީފައިވާނެ" ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވިއެވެ.

މީގެ ކުރިން ސަރުކާރުން ވަނީ ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން އާއްމު ދިރިއުޅުމުގައި ދިމާވާ މާލީ ދަތިތަކަށް ލުޔެއްދިނުމަށް ސަރުކާރުންވަނީ ކަރަންޓު ބިލުން %40 އަދި ފެން ބިލުން %30 އުނިކުރުމަށް ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. މަބޭ

  ތިޔަ 60 މިލިޔަންލީ ޖީބައްތަ ހަމަގައިމުވެސް ފާއިތުދެމަހު ބިލްތައްވީ ބޮޑު

  19
  1
 2. ޅިންކްސް

  ބަހާލެވުނީ ކިތެއް ސަތޭކް މިލިއަން؟

  16
 3. ބޯޖަލީލު

  އެއީ ސިއްރެއްދޯ ؟

  15
 4. ދާއޫދް އިބްރާހިމް

  ދޮގެއް ވެސް ހަދާލާކަށް ނޭންގެ ދޯ..

  12
 5. ބަކުރުބެ

  ޙާދަ ރަނގަޅޭދޯ، 160 ގުނަ ބޮޑުކޮއް ފައިސާ ދައްކާން ޖެހެނީ

  12
  1
 6. ޢލަި

  60 މިލިއަން ތީ ފުރަތަމަ ލޮކްޑައުންގަ ބޮޑުން ބަހާލި ވަރު އެ ފޮރުވާލީ މިހާރު ކޮންމެވެސް އެއްޗެކޭކިޔާފަ

  14
  1
 7. Anonymous

  ކޮންހާ ދޮގެއް. އެންމެ ރުފިޔާއެއްވެސް އުނިނުކުރޭ.

 8. Anonymous

  ތިއީ ބޮޑުން ޖީބަށް ކަނޑާލިވަރު. ބިލަކުން އެންމެ ރުފިޔާއެއްވެސް އުނިކޮށްފައި ނެތް.

 9. ކޮކްޓޭލް އަ

  ތިޔަވިދާޅުވާ ރުފިޔާ ހުރީ ލިޔެކިޔުމުގެ ކަރުދަހުގަ އެކަނި މިއުޑުދަށުގެ ހުރިބެންކެއްގައެއް ތިޔަ ފަންޑްގެ ރުފިޔާއެއް ނުހުންނާނެ ކަމަށް ލަފާ ކުރެވެނީ އަސްލު ތިޔަ ފަންޑްގެ ބޭނުމަކީ މުއައްޒަފުންނައް މުސާރަ ދޭއިރު ދޭންވާ ރުފިޔާ މަދުވާނެ އެންމެގެ މަތިން ކަނޑާލީމާ އެބޭނުމުގައި އެދިގުރާސްތާ 30 އަހަރު ކޮއްފައޮއް ހިކުމައްތެރިކަމެއް ކަމައް ލަފާކުރެވެނީ ކީއްތޯކުރާނީ ބެލޭނެ ގޮތެއް ހޯދޭނެ ގޮތެއް ނެއް މިގައުމައް ވެފައިވާ ޙިޔާނާތްތައް ބެލޭނެ ގޮތެއް ނެއް ކިތައްފަހަރުތޯ އެމްޓީސީސީ ކޮރޮޕްޓްވީ މިހާރުވެސް ކޮރޮޓްވީމާ ޕުރޮމޯޓް މިކުރަނީ އެނެއް ކުންފުންޏައް

 10. ޏަމް

  ޙުރިހަާ ކަމަކުން ވައްކަން. ރައްޔަތުންގެ ލާރި ތިޔަގޮތަށް ނުވާނެ ކާކަށް ޙާދަމަސެއްކަތެއް ކޮންގެންނޭ އަގަޔާ އަތާ ދިމާވަނީ ތިޔަ ބިލް ބޮޑިތައް ދައްކާފަ.

 11. އެމަންޖެ

  އޮޅިގެން ތިޔަބުނުއްވުނީ ކާލެވުނު ވަރުދެއްތޯ.

 12. ކެނެރީ

  ހުސް ދޮގު އަހަރެން ކުއްޔަން އުޅޭ ގޭގައި މިހާރު އުޅޭތާ މިވީ 3 އަހަރާ 9 މަސް ދުވަހަކުވެސް ބިލްއަކަން ނާރާ 1000ރ އެއް އެއްމެ ބޮޑުބި މަހުވެސް އެރީ 827ރ އެކަމު އޭޕްރީލް މަހުގެ ބިލްއަށް އަރާފަ އިނީ 1683ރ އަދި އެއީ %40 ކެޑީމަ އެރިވަރު މީތަ ދިސްކައުންޓް ދޭގޮތަކީ މުޅީންވެސް މަކަރާާ ހީލަން

  • ކަނީރު

   ކަރަންޓް ބޭނުން ކުރެވިފަހުރި ނިސްބަތަށް ބެލުމަކީ މުހިންމުކަމެއް

 13. ޑޮން ޑޮން ކަތީބު

  ރާއްޖެ ތެރޭ ކުދިން ނަށްއޮތީ ކޯޏްޗެއް ބާ؟؟ މިލިޔަން ކޮޅެއް ނޯވޭތޯ މިނިކަމެތި ރަށްރަށަށް ބަހަާކަށް؟
  މާލެފިޔަވާދެންހުރީ މަޑަގަސްކަރައިގެރަށްތަކެއް ހެންހީވަނީ''''''' އެކަމަ އައިޑީ ކާޑުގައިންނަނީ
  ... ދިވެހިރަށްޔިތެއް ކަންއަނގަޢިދޭކާޑު.....
  މީ ދިވެހިރަށްޔިތުންގެ ވެރިކަމެޢްތާ؟؟؟
  ނޫނީ ހަމަކަނި މާލެ ރަށްޔިތުންގެ ވެރިކަމެޢްތާ؟؟؟ ބޮއިހަލާކު