"ހިންނަވަރު ކުދިން ރާއްޖޭގެ ވެރިކަން ނުކުރާނެ" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ކަމަށް ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އަލްހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދު އެގޮތަށް ވިދާޅުވެފައިވާކަމަށާއި، މިއީ އެ ވާހަކަ އާއްމުކުރަން ރަނގަޅު ވަގުތެއްކަމަށެވެ.

އަލްހާން "ވަގުތު"އަށް ވިދާޅުވީ ރައީސް ނަޝީދު އެގޮތަށް ވިދާޅުވީ ކެނަރީގޭގައި ދެކެވުނު ވާހަކަތަކެއްގެ ތެރޭގައި ކަމަށެވެ.

އަލްހާން ވިދާޅުވީ، ރައީސް ނަޝީދު އަކީ ހަގީގަތުގައި ޑިމޮކްރަސީއަށް ލޯބިކުރައްވާ ފަރާތެއް ނޫން ކަމަށާއި، އެ މަނިކުފާނަކީ ވަކި ބަޔަކަށް މޮޅު ހޯދައި ދޭން މަސައްކަތް ކުރައްވާ ފަރާތެއް ކަމަށެވެ.

އަދި އޭރު އެމްޑީޕީގެ ނައިބު ރައީސްގެ ހައިސިއްޔަތުން އޭނާ، ރައީސް ނަޝީދު ފިޔަވާ އިތުރު ބައެއް ބޭފުޅުން ކެނޑިޑޭޓަކަށް ހެއްދެވުމަށް ހުށަހެޅުއްވި ނަމަވެސް ރައީސް ނަޝީދު އެކަމާއި ވަރަށް ބޮޑަށް ކޯފާ އިސްކުރައްވާފައިވާކަމަށް އަލްހާން ވިދާޅުވިއެވެ.

އޭގެ ތެރޭގައި ރައީސް ސާލިހުގެ ނަންފުޅުވެސް ހިމެނުއްވިކަމަށް އޭނާ ވިދާޅުވިއެވެ.

"7 ފެބްރުއަރީގައި ރައީސް ނަޝީދުގެ ވެރިކަން ވެއްޓުމަށް ފަހު، އަވަސް އިންތިޚާބެއް ބާއްވާށޭ ކިޔައިގެން އެ ކަންކަން ހިންގި ދުވަސްވަރު، އެމްޑީޕީގެ ހާލަތު އޮތްގޮތުން އެމްޑީޕީގެ އާއްމު އިންތިހާބެއް ބާއްވައިގެން ކެނޑިޑޭޓަކު ހޮވައިފިއްޔާ އެހެންމީހަކު ކެނޑިޑޭޓަކަށް ހޮވިދާނެތީ އުޅުއްވީ، ގައުމީ މަޖިލީހުން ފާސްކޮށްގެން އަމިއްލަ ފުޅަށް މަޤާމަށް ވަޑައިގަންނަން." އަލްހާން ވިދާޅުވިއެވެ.

އަލްހާން އިތުރަށް ވިދާޅުވީ، މިހާރު ރައީސް އިބްރާހިމް މުހައްމަދު ސާލިހު އާއި ދެކޮޅަށް ރައީސް ނަޝީދު މަަސައްކަތް ކުރައްވާކަމަށެވެ. އެގޮތުން ފަހަކަށް އައިސް އެފަދަ ކަންކަން ކުރަނީ ރައީސް ނަޝީދުގެ ކޮންޓްރޯލް ގެއްލި، ރާއްޖޭގެ ވެރިކަން ކުރާ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ހެދުމަށް ރައީސް ސާލިހު އެއްބަސްނުވުމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަލްހާން ވިދާޅުވީ ރައީސް ސާލިހު ވެރިކަމަށް ގެންނަން ކުރަން ޖެހުނު މަސައްކަތްތައް އޭނާ ވާނީ ކުރައްވާފައިކަމަށާއި، ރައީސް ނަޝީދު ބޭނުންވާ ހުރިހާ ކަމެއް ބޭނުންވާ ގޮތަށް ވާނެ ކަމަށް ޤަބޫލު ނުކުރައްވާކަމަށެވެ.

" ގ.ކެނަރީގޭ ބޭފުޅަކަށް ވީމަ މާލޭ މީހުންނޭ ވެރިކަން ކުރާނީ. އަޅުގަނޑު ވަރަށް ބޮޑަށް ސިހުނު. އެހާ ގާތްކޮށް އެކުވެރިކޮށް އުޅުއްވާ އާއިލީވެސް ގާތް ބޭފުޅަކަށް އެހެން ވިދާޅުވީމަ. މިއީ އޭ ރައީސް ނަޝީދުގެ ހަގީގަތަކީ. ރާއްޖެތެރޭ މީހާ އާއި މާލޭ މީހާ އާއި ތަފާތު ކުރާނެ. ވަރަށް މުނާސަބުކޮށް ރައީސް ނަޝީދު އެކަން ކުރައްވަނީ. މާލޭ މީހާ މޮޅު ކުރަނީ." އޭނާ ވިދާޅުވިއެވެ.

އަދި މިހާރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަން ކުރަން ގޮވާލަނީ އެމްއެމްޕީއާރްސީގެ ކަންކަމުގައި ހިމެނިފައިވާ މީހުން އެމްޑީޕީގައި ތިބުމާއި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ފަހަތުގައި ތިބެގެން އޭރު ހިނގި ގިނަ ކަންކަމުގައި އެ މީހުން ޝާމިލްވެފައިވާތީ ކަމަށް އަލްހާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. ޖިލްބާ

  އަސްލު ނަޝީދުއަކީ މި ސަރުކާރަށް ތާއިދުކުރާ މީހެއްބާއޭ ބައެއްފަހަރު ހިތަށްއަރައި މީނާ އުޅެނީ އަމިއްލަފައިދާނަގަން ސާލިހަށްއެހީވަކަށްނޫން އަލްހަނުބުނީ ހަމަތެދެއް

  47
  4
 2. އެމަންޖެ

  ދެފުއްކެހެރި ދައްކާ ވާހަކަވެސް ނުވާނެ ގަބޫލުކުރާކައް ހާއްސަކޮށް އަންނި ދައްކާ ވާހަކަ.

  40
  3
  • އަޅިހާނު

   އެހެން ތީ އަޅިހާނު. މިހާރު އަޅިޔަށްވެ ގުއިވީމަ މޮޔަ ގޮވަނީ؟؟ މިއޮއްހާ ދުވަހު ކީއްވެޔޯ ތިޔަވާހަކަ ނުގޮވާ ތިޔަހުރީ.. ޤައިމު ތިޔަ މާލޭ ބޭޅުންވެސް ތިއްބަތާ އިބޫއަށް ނަޝީދު ތާއީދުކޮށް ޕުރަމޯޓުކުރީ.. އޭރު އަޅުހާނު ޗުއްޕުވެސް ނުބުނޭ.. ރައްޔިތުން ނަލައިނުގަގެ ސިޔާސީ ބޮޑު ފެއިލިޔަރއަކަށްވީމަ ޑިޕްރެޝަނަށް ގޮސް މޮޔަގޮވާނެ.. މިހާރު ތިޔަ ކުރާކަމަކީ ފޮރެކްސްކުޅެބީއޭ ކިޔާ އޮޅުވާލައިގެން ކަޅިފައިސާ ދޮވުން.

   2
   1
 3. މާމީ

  އަލްހާނު ބުންޏަސް ތެދެއްވާނީ ތެދަކަށް.

  46
  4
 4. އުސައިދު

  ހީވަނީ އިބޫއަށް ވައިޖަހަނީހެން ވަޒީފާއަކަށް..

  18
  13
 5. ހުސޭނުބޭ

  ކޮއްކޯ އަލިހާނު! ކޮއްކޯ މާދަމާ މެންދުރު ބުއްޅަބޭ ކައިރިއަށް ގޮސްފައި އަހާބަލަ މިއީ ދުވާލުގެ ކޮން ވަގުތެއްހޭ! ހަމަ އެހެން މުނާއިރަށް އިރު ދައްކާފައި ބުނާނެ އެއީނީ 14 ވިލޭރޭގެ ހަނދޭ! އެވަރުގެ ބީތާއެއްގެ ވާހަކަ ތިދައްކަނީ!

  34
  4
 6. އާދަމުގެދަރި

  ކޮއިފުޅާއޭ. ކޮއިފުޅުމެން އަދި ތިތިބީ އަވާމެންދުރެއްގައޭ. ތިޔައީ އަދި ކިރުތުނބުން ނުވީއްލި ތިބި ޅަކުދިންނޭ. މިރާއްޖެ ރާއްޖެއަކަށް ހަދައި ކަމެއް ކުރިއްޔާ ކުރީ ދާރުލްއިޤާމާގެ ދަރިވަރުންނޭ. ތާރީޚު ކިޔައިބަލަހަރޭ. ނޭގެންޏާ ދަސްކުރަހަރޭ. ދާރުލްއިޤާމާއިން ނުކުތް ދަރިވަރުންނަކީ އެތައް ކުދިންނަކަށް ކިޔަވައިދީ އެތައް ކުދިންނެއް ތަރުބިއްޔަތުކުރި ބައެކޭ. ފިސާރި ހަރުދަނާ ބައެކޭ. އޭގެ ނަތީޖާއޭ މިއަދު ތިޔަ ކިޔާ ތަރައްޤީއަކީ. މިހާރު ރައީސް ކަމުގައި ހުންނެވި ބޭފުޅާގެ ބައްޕާފުޅަކީ ދާރުލްއިޤާމާއިން ދަރިވަރުވި ހަރުދަނާ، ގައުމަށާއި ރައްޔިތުންނަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކޭ. އެބޭފުޅާ އުފަންކުރެއްވި ހުރިހާ ދަރިންނަކީވެސް އެފަދަ ހަރުދަނާ ދަރިންކަން މިހާރު ތިޔަ ފެންނަނިއްޔޭ. ރައީސުލްޖުމްރިއްޔާއަކީ އެމަނިކުފާނުގެ ބޭފުޅަކަށް ވެފައި ވަޒީރުން ފެންވަރުގައި އެމަނިކުފާނުގެ ބޭފުޅުން ތިއްބެވިއިރު ރައްޔިތުންގެ މަޖިލީހުގައި އެ ތިއްބެވީ އެމަނިކުފާނުގެ ބޭފުޅުންނޭ. އަދި ދައުލަތުގެ އެހެން މަގާމުތަކުގައިވެސް އެބަތިއްބޭ. މިވަރުން ދާރުލްއިޤާމާގެ ދަރިވަރުންގެ ހަރުދަނާކަމާއި އުފެއްދުންތެރިކަން އިއްޔެ މެންދުރު ޅަކުދިންނަށް އެނގިދާނެ ތޯއްޗެކޭ. ވަލްހަމްދުލިއްލާހި.

  13
  9
 7. ޙަަރުން

  ޙެހެހެ.ކިނބޫލާ ދިމާލަށް؟..

  9
  5
 8. އަލްޖިބްރާ

  ރޯދަމަސް ނިމޭއިރަށް މީހުންގެ މަސް ކާންފެށީ !

  4
  3
 9. ޥަޒީރު

  މޮޔަ ސޮރެއްތީ. ޢަލް ހާންގެ ޖިންނި ރޯދަމަސް ނިމުމުން އަތުވެއްޖެ. ޝަިތާނުން ފާޅުވަނީ. ސަމާލްވޭ އެނެންމެން.

  3
  6
 10. ދިވެހިބިން

  އަންނި ކިތަންމެ ކަޑަވިޔަސް "ހިންނަވަރު ކުއްޖެއް" ރާއްޖެތެރޭ މީހެއް މިހާރު ވެރިކަމުގަހުރީ! ޕަކާސް

  15
 11. ޢިލްމުގެ ދަރިވަރެއް

  އެހެން މީހުންގެ ކަންތަކާއި ބެހުމުގައި އަވަދިނެތި ނުވާށެވެ. ތިމާގެ އަމަލުތައް އިސްލާހް ކުރާށެވެ. މީހުންގެ ތެރޭގައި ފިތުނަ އުފެދޭ ވާހަކަތައް ނުދައްކާށެވެ. މީސްތަކުން އިސްލާހުކޮށް ނަސޭހަތްދިނުމުގައި ވެސް މަކާރިމުލް އަޚްލާޤުގެ ސިފަ އިސްކުރާށެވެ.
  މިސާލަަށް މީގެ ކުރީ ޒަމާނުގައި ޢީބަބުނުމަކީ ދެމީހުން ނުވަތަ ޖަމާއަތެއްގެ ތެރޭގައި ކުރެވޭކަމެކެވެ. މިއަދު ކޮޓަރިތެރޭގައި އެކަނި އޮވެ ސްމާޓްފޯނުން ކޮއްލާ މެސެޖުން ކުރާ ޓްވީޓުން ޢީބަބުނެ، ނަމީމާތައް ފަތުރާ ދޮގުހެދުން އާއްމު ކުރާ ޢާލާތް އިންސީންގެ ތެރެއިންވާ ޝަޔާތީނުން ވަނީ އުފައްދާ ޒީނަތްތެރި ކޮއްދީފައެވެ.
  އިސްލާމްދީން އައީ މީސްތަކުން އެކަތިގަނޑަކަށް ހަދާ މީސްތަަކުން އެއްބައިވަންތަ ކުރުމަށެވެ. ސިޔާސީ ދާއިރާގައި އުޅޭ މީހުންވެސް ޝާމިލްވާހެން ބަޔަކު މީސްތަކުން ދޭތެރެ ޖައްސާ ދެކޮޅުވެރިކުރުވާ ހަދާނަމަ އެއީ އިސްލާމްދީނެއް ނޫނެވެ. ކޮންމެސް އެހެން ދީނެކެވެ.
  މިއީ އަހުރެންގެ އަމިއްލަ ނަފްސަށާއި އެންމެންނަށް ދޭ ނަސޭހަތެކެވެ.
  ޢީދު މުބާރިކް.....

 12. ާތިރިބެ

  އެއްމެނާއިޒްފައިދާނަނަގާމިހަމީ ، އެހެންހުއްޓާ ޖޭއެއްސީ ހަރުދަނާވީމަ ރުޅިއަސްގެންތިޔައުޅެނީ ދޯއްކަލޯ ކޯޓުތަކުން ބޭނުންވާގޮތައް ހުކުންނުކުރެވެނީ

 13. ޏިހެން

  ސޯ ވަޓް

 14. ނާސިރު

  އަންނި ސިކުވެފަ ތިބި ރާއްޖެތެރޭގެ މީހުންނަކަށް އަދިވެސް ތިވަރެއް ނުވިސްނޭނެ. މިހާރުވެސް ހުޅުމާލެއިން ފުލެޓަށް ހަމައެކަނި ކުރިމަތިލެވެނީވެސް ހަމައެކަނި މާލޭމީހުނަށް. މިތާތިބެ ކުލިދައްކާ ދައްކާ އުމުރުހުސްވި ރާއްޖެތެރޭ މީހުންނަށް އަދިވެސް އެމްޑީޕީ ވަރެއްނެތިގެން ތެޅިބާލާ.