ޕެންޝަން ފަންޑުގައި ބައިވެރިވެފައިވާ މުވައްޒަފުންގެ ތެރެއިން 19 އިންސައްތަ މީހުންގެ ޕެންޝަން ފަންޑުގައި ހުރި އަދަދުތައް 10,000 ރުފިޔާއަށްވުރެ ދަށް ކަމަށް ޕެންޝަން އޮފީހުން ބުނެފިއެވެ.

މިހާރު ދިމާވެފައިވާ ކޮވިޑް-19 އާއި ގުޅިގެން ޕެންޝަން ފަންޑުން ފައިސާ ނެގުމަށް ދަނީ ގޮވަމުންނެވެ. އެހެން ނަމަވެސް ސަރުކާރުން އެފަދަ ވިސްނުމެއް ނެތެވެ. އެކަމާއި އިދިކޮޅު ފަރާތްތަކުންވެސް ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕެންޝަން އޮފީހުގެ އެކްޓިންގް ސީއީއޯ ފާތިމަތު ސުޖާތާ ހަލީމް ވިދާޅުވީ، ޕެންޝަން ފަންޑުގައި ތިބި 154،385 މީހުންގެ ތެރެއިން ގިނަ ބަޔެއްގެ އެކައުންޓުގައި ހުރީ ވަރަށް މަދު އަދަދެއް ކަމަށާއި، މަދު ބައެއްގެ ރަނގަޅު އަދަދެއް އުޅޭ ކަމަށެވެ.

19 ޕަސެންޓް މީހުންގެ ފަންޑުގައި 10,000 ރުފިޔާއަށްވުރެ ދަށްކޮށް ފައިސާ ހުރިއިރު، އެންމެ ބޮޑު ފަންޑަކަށް ހުރީ ބައިވެރިންގެ ތެރެއިން 2 ޕަސެންޓް މީހުންގެ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން 154 ބައިވެރިންގެ ތެރެއިން 50 ޕަސެންޓަށްވުރެ ގިނަ މީހުންގެ ފަންޑު ބެލެންސްގައި ހުރީ 100,000 ރުފިޔާއަށް ވުރެ ދަށްކޮށް ކަމަށް ސުޖާތާ ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެންގެ ޕާޓިސިޕެންޓުންގެ އޭޖަށް ބަލައިލައިފިއްޔާ ވަރަށް ޔަންގް ޕޮޕިއުލޭޝަނެއް މިއުޅެނީ. ފަންސާސް ޕަސެންޓަށް ވުރެ ބޮޑު ޕޮޕިއުލޭޝަނެއް މިއުޅެނީ 45 އަހަރުން ދަށުގެ އާބާދީ. އެހެން ވެއްޖެއްޔާ މި ބޭފުޅުންނަށް އެބައޮތް ޓައިމް މި ބޭފުޅުންގެ އެކައުންޓްގައި ހުރި ފައިސާ އިންވެސްޓްކޮށްގެން ރަނގަޅު ރިޓަޔަމެންޓެއް ހޯދުމުގެ ފުރުސަތު" ސުޖާތާ ވިދާޅުވިއެވެ.

ސުޖާތާ ވިދާޅުވީ، ލިބޭ އާމްދަނީން ކޮންމެ މަހަކު ގާތްގަނޑަކަށް ހަތް ޕަސެންޓް ކެނޑިގެންދާ އިރު މި އަދަދަކީ ރިޓަޔާވާ އިރު އެ މީހަކަށް އެ މީހެއްގެ އާމްދަނީ ލިބޭނެ ވަރުގެ އަދަދެއް ކަމަށެވެ. މީގެން އެހެން ކަންކަން ކުރުމަށް ބަލައިފިނަމަ ލިބޭ އަދަދު ކުޑަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

35 ކޮމެންޓް

  1. އުދަމުދި

    ދެން ހުރިއެއްޗެއް ދެއްވަން ވީނޫންތޯ ކީއްވެގެންތޯ ތިޔަ ހިފާއްޓަވަނީ ޙަގީގަތް މޮޅައް ދެނެވޮޑިގެންވަނީ މާތް ﷲ

    67
    1
  2. ޟހ

    އަހަރުމެން ބުރަމަސައްކަތުން ފައިސާ ތިބުނާފަންޑައް ޖަމާކުރީމަ 65 އަހަރުވީމަ މިލިބޭނީ އެއްވިސް މަސައްކަތެެތް ނުކޮއް ޖަލުގަ ފަތްބޮއިގެން އޮތްމީހެކޭ އެއްވަރު ކިހާ އިންސާފް ތޯ

    74
    2
  3. ބޯގޯސް

    ތިކޭބައެއްގެ ގޮހޮރުން އަލިފާން އަރާންދޭވެ

    59
    2
  4. ޙސހސހ

    ކަލޭ އަސްކަންޏޭ ކިޔާބަލަ. މަ މީގެ 2 އަހަރު ކުރީން ބެލިއިރުވެސް 129000 ރުފިޔާ ހުރި. ދެންކަލޭ ދޮގުހަދަން ނޫޅޭ މިރޯދަމަހު.

    57
    1
  5. އެމަންޖެ

    ތީ އޮޅުމެއް 100 ރުފިޔާވެސް ނެއްކަން ހަމަ ޔަގީން.

    49
    3
  6. ފަރީދާ

    އަނެއްކާ މޮޅު ވާހަކައެއް ހަދާލީދޮ ދިހަހާހެއްނު ދިހަ ރުފިޔާ ހުއްޓަސް ދޭއްވީނު އެއީ ކަލޭމެންގެ ތަރިކަ މުދާތަ ދިހަހާސްވެސް ނުހުންނާނެ އެވެސް ކާލާފަ މިހާރު ވާނީ

    60
    1
  7. ޒާ

    ކަށަވަރު ކާލާ ނިންމާލީކަަން

    53
  8. ޗާލު

    ތިފައިސާ ވަގަށް ނެގި މީހުންކޮބާ؟ ކޮބާ އޭސީސީ. ޕެންޝަން އޮފީހުގެ އެކްޓިންގް ސީއީއޯ ފާތިމަތު ސުޖާތާ ހަލީމް ތިފައިސާއަށް ވީގޮތެއް އެފައިސާ ނެގި މީހަކު ނުބުނީ ކީއްވެ؟ މަގާމުގެ މަސްއޫލިއްޔަތު އަދާނުވުންތީ. ކިތައް ރައްޔިތުންގެ ހައްގެއް ތިގެއްލުވާލީ. ފައިސާ ނެތޭ ބުނެގެން ހަމަޖެހޭނެތަ.؟ ރައްޔިތުން ކިހާ ކެއްތެރި.

    52
  9. އައްޑޫމީހާ

    އަހަރެންގެ އެކައުންޓުގައި އެއްމިލިޔަން އެބަހުރި، ވަޒީފާނެތި މިހިރީ ގޭގައި، މިހާރު ދޭންވީ ނޫންތޯ!

    47
    1
  10. ޒާ

    ތީ ކަނޑައެޅިގެން އޮޅުވާލުމެއް

    47
  11. ޢަލީ

    ސުބުޙާނަﷲ. މީހަމަ ތެދު ވާހަކައެއްބާ، މީ ތެދެއް ތޯ ކޮންމެވެސް އިދާރާއަކުން ސާފު ކޮށްދޭން އެބަޖެހޭ

    44
  12. ބޭޗާރާ

    އަބައްފުޅާއި ދަބައްފުޅު ވާހަކަތަ ތިއީ. ނޫނީ ބޮޑުގޮހޮޑާ ވާހަކަތަ. ނޫނީ އަލިފުލައިލާ ވާހަކަތަ. ހައްތާވެސް ބޭކާރު ވާހަކަ. ގިނައިން ތޯ މަދުން ތޯ އެހެން ތޯ މިހެން ތޯ އެދޮގު ތޯ މި ދޮގު ތޯ މިހެން ކިޔައިގެން ޒާތްޒާތުގެ ވާހަކައެއް ބޭނުމެއް ނޫން. ހުރިއްޔާ ހުރި އެއްޗެއްގެ 5 އިންސައްތަ ނޫނިއްޔާ 10 އިންސައްތަ ދިނީމާ ނިމުނީ. މަދުން ހުރިއްޔާ މަދުން ލިބޭނީ. ގިނައިން ހުރިއްޔާ ގިނައިން ލިބޭނީ. އޭގައި އޮތީ ކޮން މައްސަލައެއް. މަދު ހުރި މީހުންނަކީ އުމުރުން ހަގު މީހުން ކަމަށްވަންޏާ އަނެއްކާވެސް ލާރި ލާން އެތައް ދުވަހެއް އެމީހުންނަށް އޮންނާނެ. އަނގަގޮއްވަން ކޮންމެ ދުވަހަކު ވާހަކައެއް ވިއްސުމުގެ ބޭނުމެއް ނެތް.

    40
  13. އަސްލޭ

    ކޮންމެ ނަމެއްގަވިޔަސް އިސްލާމީ އުސޫލްތަކާ ޙިލާފު ޕެކޭޖްތައް ހަދައުގެން ވައްކަންކުރުންތީ.

    43
  14. ރޯނު އެދުރު

    ތިއައީ ހުސްދޮގު..އަޅުގަޑު ވަޒީފާ އަދާ ކުރާތާ މިވީ 12 އަހަރު .މިހާރުވެސް އެބަހުރި 70،000 ރުފިޔާ

    47
  15. ޤައްދާރު

    19އިންސައްތަ މީހުންގެ ޕެންޝަން ފަންޑުގައި 10,000 ރުފިޔާވެސް ނެތީ ކީއްވެތޯ؟ ވަޒިފާގައި އުޅޭއިރު ފެޝަނަށް ފަންޑަށް ކަޑާ ވަރު އެބައެގޭ؟ 10އަހަރު ނުވަތަ 12 އަހަރު ވަޒީފާ އަދާކުރާއިރުވެސް ފެޝަންފަނޑުގައި 10،000 ރުފިޔާ ނެތުމަކީ ގޯހެއް.

    43
  16. ފިޔަވަޅު

    މީ ހެއްވާ ބައެއް .
    އެލާރިކޮޅު ކާލި ވާހަކަ ނުބުނަންވެގެން 10 ރުފިޔާ އޭ 5 ރުފިޔާ އޭ މިކިޔާނީ .
    ބައެއް ފަހަރު އެބަބުނޭ އެލާރި ހުރީ އިންވެސްޓް ކޮށްފައޭ.
    މިމީހުންނަށް ހަމަޖެހިގެން އުޅެވޭތީ މުސާރައަށް ކުޑަމިންވަރެއް ލިބޭ ނިކަމެތިންގެ ހާލެއް ނުވިސްނޭނެ.

    37
  17. ރަނާ

    ބަލަކީއްވެހޭ ނެތީ އެއީ އަހަރެމެންގެ މުސާރައިން ކަނޑާފަ ހުރި ލާރިއޭ ، ރައީސްކަންކުރި މީހުންނަށް ލައްކަ ލައްކައިން އޮއްސަން ވެގެން އަހަރެމެން ނުްަބޫލުގަ މުސާރައިން ފޭރުނު ލާރި އެއީ، އެ އަހަރެމެންނަށް ލިބެންޖެހޭނެ، މަތިފަޑީގަ ތިބި މީހުންގެ މުސާރައިން ނަގާފަވިޔަސް ރައްޔިތުންގެ ފައިސާ ރައްޔިތުންނަށް ދޭންޖެހޭނީ.

    35
    1
  18. ނާނި

    މިހެން ކެއްކުރެވޭނީ ވަކިވަރަކަށް ، މިހާރު ދެން ރައްޔިތުންގެ ކެއްތެރިކަން ކޮޅުން ލަނީ، ރައްޔިތުންގެ ހައްޤު ހޯދަން ނުކުންނަން ޖެހިދާނެ، ސަބަބަކީ އެއީ މުވައްޒަފުންގެ މުސާރައިން ކެނޑިލާރި އެއީ އޭނަގެ އަމިއްލަ ފައިސާ ، ސަރުކާރުގެ ބޮޑުންނަށް މަހަކު، 1 ލައްކަ ، 2 ލައްކަ ، 3 ލައްކައިން މުސާރަ ދީފަ ، ޕެންޝަނަށް ކެނޑި ފައިސާ ނެތޭ ބުނީމާ، އެހިސާބުން ރައްޔިތު މީހާއަށް މަޖުބޫރުވޭ އޭނަގެ ފައިސާ ހޯދަން މަސައްކަތް ކުރަން،
    ކަލޭމެންނަށް އެބައެނގެއެއްނު، އެފައިސާ މުވައްޒަފުން އަތުން ނަގާ ބޮޑުން ބޭނުންކުރަނީކަން، އެހެންވީމާ ފިނޭންސް މިނިސްޓަރަށް ގޮވާލަން، އިތުރަށް ދެން ޕެންޝަނަށޭ ކިޔާފަ އެއވެސް ފައިސާއެއް މުވައްޒަފުގެ މުސާރައިން ނުކެނޑުމަށް ، ދެން ޖެހޭނީ ކޯޓަށްދާން، އެއީ މުސާރައިން އެ ކެނޑިކަން އެނގެން ހުރިއިރު ، މިނިސްޓަރ އެފައިސާ ނެތް ކަމަށް އެބަބުނޭ، މީ ނުބަލާ ދޫކޮށްލާވަރު ކަމެއްނޫން، ރާއްޖޭގަ ތިބި ރައްޔިތުންނަށް ހެޔޮއެދޭ ޤާނޫނީވަކީލުންނަށް ގޮވާލަން، ރައްޔިތުންގެ ފައިސާ އަނބުރާ ރައްޔިތުންނަށް ހޯދަދިނުމަށް އެހީތެރިވެ ދެއްވުމަށް،

  19. އިބިލީސް

    ކީއްވެ ވަކި ބަޔެއްގައި ގިނަވެފައި އަނެއްބަޔެއްގެ މަދު ވާންވީ. ތިބޭފުޅުން އިންވެސްޓް ކުރަނީ ކިހިނެއް ބަލާފަތޯ އެބައެގެން އެބަޖެހޭ. އަހަރެންގެ އެކައުންޓުން އިންވެސްޓް ކުރިކަމަށް ދައްކަނީ ވިހިހާސް. އިންވެސްޓް ތިކުރާ އުސޫލެއް ބަލަން އެބަޖެހޭ

    29
  20. ސމީ

    ބަލަ 1000 ރ ވެސް ނުލިބިގެން ކިތަ އް މީހުން އުޅެނީ. 10 ހާހޭ 19 އިން ސަ އްތަ އޭ ކިޔާނެ ކަމެ އް ނެތް. ދިނީމަ ނިމުނީ. އަނެ އްކާ ހުރީ ހަމަ އެކަނި ޢަދަދު ތަކަކީތަ. އަތް ލެވޭ ފަ އިސާ އެބަހުރިބާ...

    31
    1
  21. ދިވެހިސޮރު

    ކާލީ ކާލީ ކައި ހުސްކޮށްފި: ހެޔޮނުވާނެ އޯޑިޓް އޮފީހުން މިކަން ބަލައިދީ ބައިވެރިންނަށް މަންތްލީ ސްޓޭޓްމަންޓެއް ލިބޭނެގޮތް ހަދައިދީ މަ ދެލައްކަ މީގެކުރިން ހުރި...

  22. ރައްޔަތުން

    މަގޭ ފައިސާ މަށައް ދެއް ވާ

    16
  23. ޑިމޮކްރަޓިސްޓް،ރ.ވާދޫ

    ދެން ބާކީ 81 އިން ސައްތަ މީހުން ކޮބަޔޯ؟

    21
    • ޑިމޮކްރަޓިސްޓް

      މި ކޮމެންޓް އެޑިޓް ކޮށްފަ 1 ޕަސެންޓަށް މިހެދީ ކީއްވެ؟ މިކޮމެންޓް ވަގުތުގަ މީގެ ކުރިން ޖަހާފައިނީ އަހަރެން ޕޯސްޓްކުރިގޮތަށް 81 ޕަސެންޓް މީގެކުރިން.

      2
      1
    • ޑިމޮކްރަޓިސްޓް

      މިހާރު އަނެއްކާ މީނީ އެވާހަކަ ކޮމެންޓްކުރީމަ 1 ޕަސެންޓް އެޑިޓްކުރިތަން ކުރިން އިންގޮތަށް 81 އަށް ބަދަލުކޮށްފަ ޖަހާފަ.

      1
      1
  24. ދޮންސޮޮރު

    ހުރިއެއްޗެއްގެ %50 ދޭންވީނޫންހޭ މިކިޔަނީ

    20
  25. އަލީ

    ތި ފަންޑު އަވަހަށް އުވާލަންފެނޭ.

    12
  26. ފުރެންޑު

    ބޭނުންވަނީ ތިހުރިހާ ފައިސާ ހޭދަވިގޮތް އެގެން. ޢަދި ކުރިއަށް ހަރަދުކުރާނެ ގޮތާ ފަންޑު ރިޒާވ ކުރެވޭގޮތުގެ ތަފްސީލް.

    12
  27. ޖާހު

    ސުބުޙާނަﷲ! ހިތައް އެރި ގޮތަކައް ﷲ ދެއްވި ދުލުން އޮޅުވާލުމާއި ބުހުތާން ދޮގު ހަދާއިރު އެކަލާނގެ މަތިން ހަދާން ނުވަނީތަ! ޕިސް..ޕިސް

    13
  28. ތާކިހާ

    ޕެންސަން ފަންޑުގައި މަދީ ލަގުލަކާއި ޑަޅަކާ. އެލިބުނީމަ ބަހާނެ ކަންނޭނޭގެ- ޕެންޞަންވަގު ފެންނާނީ ޓިފްޓިފް އެރީމަ ޝުކުރިއްޔާ ސަރުކާރު

  29. ތާކިހާ

    100,000 ރުފިޔާއަށް ވުރެ ދަށްކޮށްހުރިނަމަ އެބަޔަކީ ކޮންމެސަރުކާރެއްގައިވެސް ސިޔާސީ މަޤާމުތައްދީދެން ވާ ވައްދާމީހުންކޮޅު ގެ ލާރިކޮޅު ، މިސާލަކަށް ފެނަކައަށް ސްޓެލްކޯއަށް މިފަދަ ކުންފުނިތަކަށް ވައްދާފަ ބޭރުކޮށްލާ އަދަދު ގެ ތަފާސްހިސާބު ތިޔަ ފަޅާއެރީ . ސާބަހޭ ޕެންސަންފަނޑް

  30. ފަރީދާ

    ބަލާބަލަ އަންހެނާ ހަދާދޮގު މި މީހުން ބިރެއްވެސްނުގަނޭތަ މިފަދަ ބޮޑެތި ދޮދުހަދާކަން މީ މަރުނުވާނެ ބައެއްތަ ކަލޭމެނަން އިގޭތަ ތިޔަހާ ދޮގުތަކަން ޒިންމާނަގަން ޖެހޭކަން މީހުންގެ ހައްގުތަކަން އަރާގަތުން އެއީ ބޮޑު ފާފައެއް

  31. ޓަހުމީނާ

    ޚޮބާހޭ މަގޭ މުސާރައިން ކަޑާ ލާރިކޮޅު ކާލީތަ؟ ޙަމަހޭތަ ތިބެގެން ވާހަކަ ދައްކާބަލަ ހީވަނީ މީނަވެސް މީނީ ހިދުކޮޅު އައިސްހެއް ނޫންނަމަ ސަރުބަތެއް ބޮއިގެންމީދި ވަރަން ހީވެ އެހެއްވެތާ ހަމަ ނުޖެހޭ ވާހަ މި ދައްކަނީ

  32. ތުރާކުނު

    ޔާރަންބީ މީދަ އަންހެނެން ހަދާދޮގު މަ ވަޒީފާގަ އުޅޭތާ މިވީ 24 އަހަރު ދެއް ކީއްވެ މަގޭއަތުން ކެޑި ލާރި ނެތީ އެވެސް ކާލީދޯ

  33. އަހަރެން

    އަހަރެން އަދި ވަޒީފާގަ އުޅުނީ އެއ އް އަހަރާ ހަމަސް.
    އެކަމަކު އަބަހުރި އަދަދު ފެންނަން 9900 ވަރު.
    އެބޭނުން މިހާރު