ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ "ސީރިއަސް" ތުހުމަތުތަކެއް ކުރައްވައިފިއެވެ.

ރައީސް ނަޝިދަށް ފާޑު ވިދާޅުވެ އަލްހާން ދެއްކެވި ބައެއް ވާހަކަތަކާއި ގުޅިގެން ބޯވަތަކަށް އެމްޑީޕިއަށް ގަަތްވާން ފުރުސަތު ލިިބިގެން ނުވާނެ ކަމަށް ބުނެ އާއްމު މީހަކު ކުރި ޓްވީޓަކަށް ޖަވާބުދެމުން އަލްހާން ވިދާޅުވީ ބޯވައެއްހެން ކުލަ ބަދަލު ކުރަމުން ދަނީ ރައީސް ނަޝީދު ކަމަށެވެ.

އަލްހާން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރު ކަމުން ރައީސް ނަޝީދު ދުރު ކުރަން ޖެހޭކަމަށް ވެސް ވިދާޅުވެފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި ހަމައެކަނި ރައީސް ޔާމީން ޖަލުގައި ބެހެއްޓުމަކީ އިންސާފެއް ނޫން ކަމަށް ބުނެ ރައީސް ނަޝީދު ވަކާލާތު ކުރައްވަން ފެއްޓެވި ހިސާބުން އަލްހާން ވަނީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވާން ފައްޓަވާފައެވެ.

އޭގެ ކުރިން ވެސް ރައީސް ނަޝިދުގެ ސިޔާސަތުތަކާއި ޚިޔާލުފުޅުތަކަށް އަލްހާން ގެންދެވީ ފާޑު ވިދާޅުވަމުންނެވެ.

ރައީސް ނަޝީދަކީ ވަކި ބަޔަކަށް މަންފާ ހޯދާދޭން މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށާ، ރައީސް ނަޝީދަކީ އަތޮޅު ތެރެއާއި މާލޭގެ މީހުންގެ މެދުގައި ތަފާތުކުރުންތައް ގެންގުޅޭ ފަރާތެއް ކަމަށް ވެސް އަލްހާން ވަނީ ވިދާޅުވެފައެވެ.

އަލްހާން ވަނީ ރައީސް ނަޝީދު ހިންގަވާފައިވާ ނޭދެވޭ އަމަލުތައް ސާބިތުކޮށްދެވޭނެ ފަދަ ހެކި ހުރިކަމަށް ވިދާޅުވެފައެވެ.

މިހާތަނަށް އައި އިރު އަލްހާންގެ އެ ޓްވީޓަށް ރައީސް ނަޝީދު ޖަވާބުދެއްވާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޑަބިޔާ

    ތީ ވަރައްބޮޑު ތެދެއް އަންނި ރިސްވަތުނެގި ކަމަށް ބުނާބުނުން. އަދި ފެންނާނެ މާލަސްތަކެއްވާނެ ހެންނެއް ހިއެއްނުވެ. މަދު އަދަދަކުން ނޫން..... !!! މީ ވަރައްވާހަކަ ބުޜޯ

    24
  2. ބުރޯ

    އަލްހާން ކަލޭ ނޫންތަ ބުނީ އައްޑޫ ގަ ނަސީދު
    އާ އެކު ބުދު ބަހައްޓާ ފަ، ޕޯޑިއަމަށް އަރާ ބުނީ އެހެރީ ބުދު ބަހައްޓާ ފަޔޭ އަދިވެސް ބަހައްޓާ ނަމޭ....... ހަދާން އެބަހުރިތަ އެދުވަސް، އެދުވަސް މާޒީ
    ގެ ތެެޔަށް ދިޔަ އީ، އެކަމަކު ކަލޭ ތީ އަދިވެސް އެ އަލްޚާން

    28
    1
  3. ޢަބްދުއްލަޠީފު

    މިހާތަނަށް އައި އިރު އަލްހާންގެ އެ ޓްވީޓަށް ރައީސް ނަޝީދު ޖަވާބުދެއްވާފައެއް ނުވެއެވެ. ތިހެންވިއްޔާ މިރޭ ނޫނީ މާދަމާގެ ކޮންމެސް ވަގުތެއްގައި އެލެކުސް އަލްޙާނުގެ ޓުވީޓަށް ޖަވާބު ދޭނެ ކަން ޔަގީން. މިހާރު ނަޝީދު އެހެރީ ކޯމާގަ. ކޯމާއިން ހޭލެވޭވަގުތު އެގޭނީ ޖާވާބު ދޭންވީ އެލެކުސް މެދުވެރިކޮށްތޯ ނޫނީ އަމިއްލަ އެކައުންޓުންތޯ. ބަލަންތިބޭތި ކުރިޔަށް އޮތް 24 ގަޑި އިރުތެރޭ ނެ، ހޮއް ހޮއް ހޮއް.

    21
  4. ޢާދޭސް

    ތިޔަ ކަމާއި ނޫޅޭ މީހަކު ނެތޭ ދަރިޔާ! ތިޔަހެކި ހުއްޓަސް ތިވާހަކަ ދައްކާ ހިސާަބުން ކަލޭގެ ވިސްނުން އެމީހުން އަނބުރާލާނެ ، ހެޔޮ ނުވާނެ ތިހެން ނޫޅެބަލަ އަލްހާން ފަހުމީ ، ބައްޕަގެ ގަދަރު ހިފެހެއްޓުމަށް ނަމަވެސް ރީތިކޮށް ތިއްބަވާ ބަލަ ،

    14
    1
  5. އުސައިދު

    އިސްލާމްދީނަށް ފާޅުގައި ފުރައްސާރަ ކުރާމީހަކު ރިޝްވަތު ދޭން ފަސްޖެހޭނެ ހެނެއް ހިއެއްނުވޭ..ތިފަދަ ކަމެއްގަ ހެކި ފޮރުވައިގެން ހުރުމަކީ ކުށެއް. އަވަހަށް ހާމަ ކުރައްވާ..

    24
  6. އަލްޖިބްރާ

    ރޯދަމަސް ނިމުން ފާހަގަ ކުރަނީ !

    18
    1
  7. މާމީ

    މިހާރު ދެންދައްކަން ބޭނުން ވާހަކައެއްނޫން. ާާާާާާާާާާާާާާާާާ ތިކަން މިހާރު މާޡީ

    11
    2
  8. ޜިފް

    ޢެދުވަހު ނަޝީދާ އެކު ނަށާ މަޖާ ކުރި ވަގުތު ތައް ހަނދާން ނެތުނީތޯ؟ ތީ ވާވަރަކީ.. ތި ކަހަލަ މީހުން ބަލައެއް ނުގެނެވޭނެ!.... ކޮބާ ލޮޔަލްޓި.. ވަފާތެރިކަމެއް އިކުލާސްތެރި ކަމެއް ނެތީމަ ދޯ އަންނި ވަރެއް ނެތިގެން އެދުވަހު އަންނި އާ އެކު އުޅުނު ގޮތް ހަދާންނެތީ...

    • ފިކުރު

      ތިބުނީ ހެޔޮކޮށް އެއްދުވަހު އެމްޑީޕީގަ އަނެއް ދުވަހު ޖޭޕީގަ އަނެއް ދުވަހު ޑިއާރުޕީގަ އަނެއްދުވަހު ޕީޕީއެމްގަ އަނެއް ދުވަހު ގޭގަ.

  9. ާައަންނި

    މިސޮރު ގޭގަ އޮވެގެން މާ ބޮޑަށްފޫހިވަނީދޯ ، ކެއްކޮއްލާ ވަރައް އަވަހައް ފުުރަބަނދު އުވާލާ މިނިވަން ކޮށްދޭނަން.

    1
    2
  10. ދދދދދ

    އެއީ ވަގެއް. ބާގީއެއް. ޓެރަރިސްޓެއް. ނުކުރާނެ ކަމެއް ނޯންނާނެ.

  11. އާދަމުގެދަރި

    އަލްހާނަކީ ވެސް ރައީސް ނަޝީދު ފަދަ ދެއުޅި އެއްނުވާ ވާހަކަ ދައްކާ މީހެއް ކަމަކު މިފަހަރު ތިޔަ އޮތީ ދެއުޅިއެއްވާ ތާކުންތާކު ޖެހޭ ތެދެއް ހަދާފައި. މިރާއްޖޭގައި ހިނގާފައި ނުބައި ނުލަފާކަމެއްގެ މޭސްތިރިއަކީ ހަމަ އެއީ.

  12. ބޭޗާރާ

    ތިޔަކަން އެންމެ ރަނގަޅަށް އެނގޭނެ މީހާ ބުނީމާ ގަބޫލުކޮށްފިން. އަލްހާނު ޑީއާރޕީ ކިޔާ ޕާޓީއެއްގެ ޓިކެޓްގައި މަޖިލީހަށް ހޮވިގެން އެޕާޓީގައި ހުއްޓާ މިލިއަނުން މިލިއަނުން ދީފައި އަގުބޮޑު ކާރެއް ދީފައި ގެންދިޔަގޮތާއި ކަންކުރި ގޮތާއި ފައިސާއާއި މުދާ ދިންގޮތާއި މިކަމެއް ހިންގުމުގެ ކުރިން ރައީސް އޮފީހަށާއި މުލީއާގެއަށް ގެންގޮސްގެން ދެއްކި ވާހަކަތައް އެނގޭނީ އަލްހާނަށް. އެހެންވެ ތިޔަ ވާހަކަ ތިޔަ ދެއްކީ ފުރިހަމަ ހެކިހުރެގެން ޔަގީންކަމާއެކު ކަމަށް އަހަރެމެން ރައްޔިތުން އެއްވެސް ޝައްކަކާނުލައި އެއްބަސްވަން. އަދި ތިޔަ ވާހަކަތަކަށް އެމަނިއްޕުޅު ދެއްވާނެ ޖަވާބެއް ނޭނގިގެން ހުންނަވާފައި މާދަމާ އެލެކްސްގެ އައިޑީން ޓްވީޓެއް ކޮށްފައި ދުނިޔޭގައި ހުރި ހަމައެކަނި ގަލޮޅު ބަހުރުވައިން ތަރުޖަމާކުރާ މީހާ ލައްވައި ތަރުޖަމާކޮށްލާނެ ކަމާމެދުވެސް އިތުރު ޝައްކެއް ނެތް.