ޗައިނާ އިން ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލީ ޖޮންގްއާ ދިވެހިބަހުން ފިތުރު ޢީދުގެ ހެޔޮއެދުންތައް ދިވެހިންނަށް ފޮނުވައިފިއެވެ.

ސަފީރު ޖަންގް މިރޭ ތާނައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އުފާވެރި ކުޑަ އީދުގެ ހެޔޮ އެދުންތައް ލޮބުވެތި އެންމެހާ ދިވެހީންނަށް އަރިސްކުރައްވާ ކަމަށެވެ.

ސަފީރު ޖަންގްގެ ޓްވީޓްގައި އިނގިރޭސިބަހުން ވެސް އީދުގެ ތަހްނިޔާ ފޮނުއްވާފައި ވެއެވެ. އަދި ޗައިނާ ބަހުން ވިދާޅުވެފައި ވަނީ އުފާވެރިކަމާއި ރަނގަޅު ސިއްހަތަކަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މިއީ ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ދިވެހިބަހުން ކުރެއްވި ފުރަތަމަ ޓްވީޓެވެ.

ޗައިނާ ސަފީރު ދިވެހި ބަހުން ދިވެހިންނަށް އީދުގެ ތަހުނިޔާ ވިދާޅުވުމުން ބައެއް ދިވެހިން ވެސް ވަނީ ދިވެހި ބަހުން ޗައިނާ ސަފީރަށް ހެޔޮއެދުންތައް ފޮނުވާފައެވެ. އަދި ސަފީރު ދިވެހި ބަހުން އީދުގެ ތަހްނިޔާ ވިދާޅުވުމުން އެކަން ފާހަގަކޮށް ދިވެހިން ގެންދަނީ ސަފީރަށް ޝުކުރު ވެސް އަދާކުރައްވަމުންނެވެ.

ސަފީރު ޖަންގް އަކީ ޓްވިޓާގައި ވަރަށް ހަރަކާތްތެރި ބޭފުޅެކެވެ. ދިވެހިރާއްޖެ އާއި ޗައިނާގެ ގުޅުމާއި ބެހޭ ގޮތުން ބައެއް ފަރާތްތަކުން ސުވާލު އުފައްދާ ފަހަރުތަކުގައި ވެސް ކަންކަން އޮންނަ ގޮތް ވަރަށް ރަނގަޅަށް ސާފުކޮށްދެއްވާ އޭނާ ޖަވާބުދާރީވެ ވަޑައިގަންނަވައެވެ.

ރާއްޖޭގައި ހުންނަ ބައެއް ގައުމުތަކުގެ އެމްބަސީތަކުން ދިވެހިބަހުން ބައެއް ފަހަރުތައް ބަޔާންތައް ނެރުނު ނަމަވެސް ރާއްޖޭގައި ތިއްބަވާ ބޭރުގެ ސަފީރުން ދިވެހި ބަހުން ޓްވީޓް ކުރެއްވުމަކީ އާއްމު ކަމެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ޙިއްތު

  އޭނާ އިސްލާމްވީތަ

  5
  25
 2. ޢީދުމުބާރިކް

  ޗައިނާ ސަފީރަށާއި ޗައިނާގެލޮބުވެތި ރައްޔިތުންނައް އަޅުގަޑުމެންގެފަރާތުން ޢީދުމުބާރިކް

  79
  3
 3. ވިސްނާލުމަށް އެދެމޭ

  ޝުކުރި އްޔާ ސަފީރު...ސަފީރަށްވެސް އީދުމުބާރަކް...ދިވެހިންގެ ހިތް އަބަދުވެސް ޗަ އިނާ އަށް ހެޔޮވާނެ....އެކުވެރި ޗަ އިނާ އަހަރެމެން ހާލުގަޖެހުނަ ނުދެ އްޗޭ... އަހަރެމެންގެ ގަ އުމު އިންޑިޔާ އަޅުވެތި ކުރިޔަނުދެ އްޗޭ...

  48
 4. ދުންތަރި

  މާތް ﷲ ސަފީރަށްވެސް ތެދުމަގު ދެއްކުން އެއީ އެފަރާތަށް ބޮޑޫކަމަކަށްނުވާނެ އެހެންވީމާ މުސްލިމުންގެ މުހިންމު ދުވަސްތަށް މުސްލިމުނޫން ފަރާޓްތަކުން ފާހަގަކޮށް ތަހުނިޔާ ކިއުމަކީ އެބޭފުޅަކަށް އިސްލާމްދީނުގެ ހިދާޔަތު ލިބުން ކަމަށްވުމަކީވެސް ވުން ގާތްކަމެއް ﷲއީ ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާ ޙިކުމަތްވަންތަ ރަސްކަލާނގެ

 5. ައަލި

  ޗައިނާ މީހުންނަކީ އެގައުމެއްގެ ސަގާފަތަށް އިހުތިރާމު ކުރާބައެއް

  19
 6. ޑާމިސް

  ދިވެހިންވެސް އީދުމުބާރަކް މިކިޔަނީ އަރަބިބަހުން އެހެންވީއިރު ޗައިނާ ގެ ސަފީރު ދިވެހިންނައް އީދުމުބާރަކު ދިވެހިން ކިޔަނީ ކިހިނެއްބާ؟

 7. ހ

  މޮޅު