ރާއްޖެއިން ކޮވިޑް-19 އަށް އިތުރު 39 މީހަކު ފައްސިވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިރޭ ބައްޔަށް ފައްސިވީ 58 މީހުންގެ ތެރޭގައި ހިމެނެނީ 15 ދިވެއްސަކާއި ބަންގްލަދޭޝް އަށް ނިސްބަތްވާ 16 މީހަކާއި އިންޑިއާ އަސް ނިސްބަތްވާ ހަތް މީހުންގެ އިތުރުން ލަންކާ ރައްޔިތެއް ކަމަށެވެ.

މިރޭ އިތުރު ގިނަ އަދަދެއްގެ ބަޔަކު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވުމާއެކު، ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 1313 އަށް އަރާފައެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވެފައިވާ ގިނަ މީހުންނަކީ ބިދޭސީންނެވެ. މިހާތަނަށް ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރޭގައި 467 ދިވެއްސަކު ހިމެނެއެވެ. އަދި މި ބަލި ރާއްޖެއިން ޖެހުނު މީހުންގެ ތެރެއިން 846 މީހުންނަކީ ބިދޭސީންނެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން 109 މީހަކު މިހާރު ވަނީ ބަލިން ރަނގަޅު ވެފައެވެ. އަދި މިހާތަނަށް މި ބަލީގައި ހަތަރު މީހަކު ނިޔާވެފައި ވެއެވެ.

ރާއްޖެއިން އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ވެރިރަށް މާލެއިންނެވެ. މާލޭގައި މުޖުތަމަޢުގެ ތެރެއިން މި ބަލި ފެތުރެމުންދާތީ މާލެ ސަރަޙައްދަށް ބަލީގެ ނުރައްކާ ވަނީ ބޮޑުވެފައެވެ. މިކަމާއި ގުޅިގެން އެ ސަރަޙައްދުގައި ވަނީ ރައްޖާތެރި ކަމުގެ ގިނަ ފިޔަވަޅުތައް އަޅައި ފުރަބަންދުކޮށްފައެވެ.

ރާއްޖެއަކީ ދެކުނު އޭޝިއާ ސަރަޙައްދުން ހަތަރުވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ޤައުމެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކާފަ

    ޙަސްްބުނަﷲ ވަނިޢުމަލްވަކީލް

    16
  2. ކާފަ

    39 އަކީ އެހާ ބިޑު އަދަދެއް ނޫން... ލޮލް

  3. ައަހުމަދު

    ކުރާނެ އެއްކަމެއްވެސް ނެތް ﷲ ވަކީލުކުރުން ފިޔަވާ ދިވެހިންނަށް ވުރެ ގިނަބޭރުމީހުން ޖެހޭލެއް.....!

  4. ޢމޑ

    މިމީހުންނަކީ ކޮނތަނެއްގަތިބިބައެއްކަމާ ކޮނގޮތަކައްށައްކުވެގެން ސާމްޕަލް ނެގިބައެއްކަން ރައްޔިތުންނަށް ހާމަކޮއްދިނުމައްގޮވާލަން މުޚިންވެސް ރައްޔިތުންބިރުގަންނަގޮތްގޮތައް ކަންތައްތައްކުރާކަމައް ވަރައްބޮޑައްފާހަނގަވޭ

    14