އަންނަ އަހަރު ދިރާސީ އާއަހަރު ފަށާނީ އަހަރުގެ މެދުތެރެއިން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިގޮތަށް ނިންމާފައިވަނީ މިއަދު ސޯޝަލް ކައުންސިލްގެ ލަފަޔާއެކު ކަމަށް އެ މިނިސްޓްރީން ނެފައިވާ ބަޔާނެއްގައި ވަނީ ބުނެފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މި ބަދަލު ދާއިމީ ބަދަލަކށް ހަދަން ފެނޭތޯ ކަމާއި ގުޅުންހުރި ފަރާތްތަކުގެ ހިޔާލު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭގެ ފަހުން ލަސްތަކެއް ނުކޮށް އެކެޑަމިކް ކަލަންޑަރަށް ގެނެވޭނެ ބަދަލުތައް އިއުލާނު ކުރާން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އަންނަ އަހަރުގެ ކިޔެވުން އަހަރުގެ މެދުތެރޭގައި ފެށުމަށް ނިންމާފައިވާއިރު އެޑިއުކޭޝަނުން ވަނީ މިއަހަރުގެ އޮކްޓޯބަރު ނޮވެމްބަރު މަހުގައި ބޭއްވުމަށް ތާވަލް ކޮށްފައިވާ ސާނަވީ ނިންމާ އިމްތިހާނުވެސް އަންނަ އަހަރު މޭ ޖޫންގައި ބޭއްވުމަށް ނިންމާފައެވެ.

ކޮވިޑް-19 ގެ ސަބަބުން ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރުން ރާއްޖޭގެ ސްކޫލްތައް ބަންދުކޮށްފައިވާތާ މިހާރު ދުވަސްތަކެއް ވަނީ ފާއިތުވެގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޒުހުރާ

    މިގޮތް ވަރަށް ފުރިހަމަ. ނޫނީ މިއަަހަރު ގެ ރިޕީޓެއް މިއަންނަ އަހަރަށް ހަދާލާފަ. މިހިސާބުން 10 އަހަރު ކުދިންގެ ކިޔެވުން 1 އަހަރު ފަހުން ސެކަންޑްރީ ނިމޭގޮތަށް ހަދާލަންވީ. ޑިވެލޮޕްޑް ބްރެއިން އަކުން ގެންނަ ނަތީޖާ މާ ފުރިހަމަވާނެ. އެކަމަކު މިކަންކަން ކުރެވޭނީ ވަރަށް ރޭވުންތެރި އިލްމީ ގާބިލް މީހުނަށް. ސުވާލަކީ، މިސަރުކާރުގައި އެފަދަ ރޭވުންތެރިން އެބަތިބިހޭ؟

    3
    1
  2. faraha

    saabas

    3
    21
  3. މަ

    ޓީޗަރެއްގެ ހައިޞިއްޔަތުން ބުނާނީ ތި ބަދަލު ކަމަކު ނުދެޔޭ. ވަރަށް ސަލާމް

    54
    6
  4. ޒާ

    އެއްވެސް ޕްލޭނެއްނެތި ކޮންމެކަމެއް މިދަނީ އެގޮތްމިގޮތަށް

    37
    2
  5. ކާސިޔަތުން އާރިޔާތުން

    އެޑިއުކޭޝަން މިނިސްޓަރަކަށް އިސްލާމީ ސިފަ އަށް ލޯބި ކުރާ މީހަކު އަންނަނީ ކޮން ދުވަހަކު ތޯ

    50
    2
  6. ޢަހްމަދު

    ރަގަޅު ނިއްމުމެއް

    6
    39
  7. ޢަސް

    ސިލަބަސް ޑެޑިޔޫސް ކުރުމުގެ ބޭނުމަކީ ކޮބައި؟ ތީ އެއްގޮތަކަށް ވެސް ރަނގަޅު ނިންމުމެއް ނޫން. ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ

  8. ޑރ.ޒަންޖަބީލް

    ސޮކޫލް ބޮޑު ޗުއްޓީ ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާވާ ގޮތަށް ހެދުން ކިހިނެއްވާނެބާ..ޚިޔާލަކީ ތަފާތު އެއްޗެއް..މިވެސް ޚިޔާލެއް..

  9. ބާދަލާ

    ކަމާގުޅިގެން އިތުރު ހޯދުންތައް ހޯދާނެކަމެއްނެތް ތިކަމަކީ ގިނަ ބެލެނިވެރިން ބަލައިގަންނަކަމެއްނޫން ވަކިބަޔެއްގެ ބޭނުމައް ހިތައްއެރިހާގޮތަކައް ކަންތައްނުކުރޭ

  10. އަބްދުއްލަޠީފު

    ބަރާބަރު ނިންމުމެއް. ކުރިއަށް ބާރަށް

  11. ސޮނިފުހޭ

    ރާއްޖޭގެ ތައުލީމީ ނިޒާމު ހަލާކު ކޮށްލުމަކީ ޗިޗަންޑާ19 ގެ ދަށުން ރޭވުންތެރިކަމާއެކު ކުރާ ކަމެއް ކުރިއަށް އޮތްޖީލު ފުޑާ ސުންނާފަތި ކޮށްލެވިއްޖިއްޔާ މިނިވަންކަމާ އިސްލާމްދީނާ ގައުމިއްޔަތާ ދޭތެރޭ ވިސްނާނެ ވިސްނުމުގެ ހިތްވަރު ހުރި ޒުވާނަކުވެސް ނުހުންނާނެ ހަގީގަތްވަރަށްސާފު މިއީ މީގެ25 ވަރަކަށް އަހަރު ކުރިންސުރެ ދިވެހި ރާއްޖޭގ ސަލްމާން ރުޝްދީ ކުރަމުން އަންނަ ބިޔަ ބޮޑު މަޝްރޫޢުގެ އަސްލު ކުލަޔާއި ބޮޑު މަންޒަރު

    2
    1
  12. ޓައްޕު

    މީނާ އެޑިއުކޭޝަން މިނިސްޓްރީ އަކަށް ކަމަކު ނުދޭ ފިލްމު އިންޑަސްޓްރީ އޭނަޔާ ހަވާލުކޮށްބަލަ ހެޔޮނުވާނެ

  13. ދިވެއްސެއް ވީމަ ބުނަމޭ

    އަހަރެން މިދުވަސް އަންނަން އުޅޭ ކަން އެގޭތީ އަހަރެންގެ ބައެއް ރަށްޓެހިޓީޗަރުން އެލާރޓަށް ގެނައުމަށް[މުގައްރަރުގެ ބޭރުންވެސް ކިޔަވައިދޭން] ޖެހޭ ކަން ވިސްނަދެވޭތޯ މީގެ 20 އަހަރު ކުރިން ސުރެ މަސައްކަތްކުރިން ވަތަނީ މީހުން ގައުމިއްޔަތާ އިސްލާމްދީން ދެކެ ލޯބިވާ ޖީލެއް ބިނާކޮށްދިނުމުގައި އިޚްލާސްތެރި މަސައްކަތްތަކެއް ކޮށްދިނުމަށް އެދުނިން އިސްލާމްދީނާ ގައުމުދެކެ ލޯބިވާ ދިވެހި ދަރިން އުފެއްދުމަކީ ޓީޗަރުންގެ ޒިންމާއެއް އިޚްލާސްތެރިވެ ލައްވާ ހެޔޮނުވާނެ ކޮންމެސް ދުވަހަކުން ޖަވާބުދާރީ ވާންޖެހޭނެ ކަން ވިސްނާ ހޭވެރިވޭ

  14. މާރިޔާ

    ހުރިހާ ކަމެއްވެސް މިގައުމުގަ ހިނގާނީ އަންނި ބޭނުންވާ ގޮތައް.

  15. ކަމަނަ

    މިކަން މިހެން ނުވެގެން އުޅޭތާ ކިތަންމެ ދުވަހެއް....