ކޮވިޑް19 ގެ ސަބަބުން، އިޖްތިމާއީ ގައިދުރުކަން ދަމަހައްޓަން މަޖުބޫރުވެފައި ވިޔަސް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި، ގުޅުންތައް ބަދަހިކުރުމުގެ ވަރަށް ފަހި ފުރުސަތުތަކެއް ތަނަވަސްވެފައި އޮތުމާއެކު، އީދު ދުވަހަކީ މުވާސަލާތީ ވަސީލަތްތަކުގެ އެހީގައި، އެ ގުޅުންތައް ބަދަހިކުރުމަށް ހުރިހާ ބޭފުޅުންވެސް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިލްތިމާސް ކުރައްވައިފިއެވެ.

މާދަމާ އަކީ މިއަހަރުގެ ފިތުރު އީދު ދުވަސް ކަމުން ދިވެހި އެންމެހާ ރައްޔިތުންނަށް ރައީސް ސޯލިހު ފޮނުއްވެވި ތަހުނިޔާގެ މެސެޖުގައި އެކުގައި ދިރިއުޅޭ މީހުންނާ އެކީ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް އިސްކަން ދިނުމާއި، ދުރުގައި ދިރިއުޅުއްވާ ގާތްތިމާގެ މީހުންނާއި އެކުވެރިންނާއެކު ވެސް، މުވާސަލާތީ ވަސީލަތްތައް މެދުވެރިކޮށް، ވަގުތުކޮޅެއް ހޭދަކޮށްލައި، ހާލުއަހުވާލު އޮޅުންފިލުވައި، އީދުގެ ތަހުނިޔާ ބަދަލުކުރެއްވުމަކީ، މިއަދާ ވަރަށް މުނާސަބު ކަމެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޮވިޑް19 ގެ ސަބަބުން، ތަފާތު ނިކަމެތި ހާލަތްތައް މެދުވެރިވެފައިވާ ކިތަންމެ ބަޔަކު، މުޖްތަމައުގައި ތިބިކަން ހަނދާންކޮށް، އެމީހަކަށް ވެވުނު އެންމެ ދީލަތި ގޮތެއްގައި، އެފަދަ މީހުންނަށް އެހީތެރިވުމަކީ، މި އުފާވެރި ފިތުރު އީދުގެ ދަރުމައާއި ސަވާބު އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަމެއްކަމުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ގޭތެރޭގައި ބަންދުވެފައި ތިބޭ މި ދުވަސްކޮޅުގައި، މައިންބަފައިންނާއި ދަރިން، އެކަކު އަނެކަކަށް އަޅާލައި އެހީތެރިވެދިނުމުގެ ރީތި ސިފަ އަށަގެންނެވުމަށާއި، އާއިލާގެ ތުއްތު ކުދީންނަށް އޯގާތެރިކަމާއި ލޯތްބާއެކު، ހޭހަންކުރުމަށާއި، އުމުރުން ދުވަސްވެފައި ތިބި މާމައިންނާއި ކާފައިންނަށް އޯގާތެރިކަމާއި ކުލުނާއެކު، ހިދުމަތްކޮށްދިނުމުގެ ރޫހު އާލާކުރެއްވުމަކީ މުހިންމު ކަމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ތަހުނިޔާގެ މެސެޖުގައި ގެއިން ބޭރަށް ނުނިކުމެ ގިނަ ދުވަސްތަކެއް ވަންދެން ތިބެން ޖެހުމުން، ކުރިމަތިވާ ނަފްސާނީ އުނދަގޫތައް ލުއިކުރުމަށްޓަކައި، އާއިލާގެ މެންބަރުން އެކުގައި، ފައިދާހުރި ވަގުތުތަކެއް ހޭދަކުރާނެ އިންތިޒާމެއް ހަމަޖެއްސުމަކީ ވެސް ވަރަށް މުހިންމު ކަމެއްކަމުގައި އެމަނުކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ ފިތުރު އީދު ބައްދަލުކުރީ، ކެތްތެރިވުމަށާއި އިސްރާފު ނުކުރުމަށާއި އިގްތިސާދުކުރުމަށް ނަފްސުތައް ތަރުބިއްޔަތު ކޮށްދިން މޫސުމަކަށް ފަހުގައިކަމަށްވުމާއެކު، އަދި މިއީ ގައުމުގެ އިގްތިސޯދު ހުއްޓުމަކަށް އައިސްފައިވާ ވަގުތެއް ކަމުން، ރަމަޟާން މަހުން ހާސިލުވި މި ސިފަތަކުގެ މަތީގައި، ކުރިއަށް އޮތް ދުވަސްތައް ހޭދަކުރެވޭތޯ ބެލުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ވިދާޅުވިއެވެ.

ހަމައެއާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ ގައުމު މިހާރު ތަހައްމަލު ކުރަމުންދާ ދަތި އުނދަގޫ ޙާލަތުން އަރައިގަތުމުގައި އެންމެ ބޮޑަށް ބޭނުންވަނީ އެންމެންގެ އެކުވެރިކަމާއި އެބާރުލުންކަމުގައި ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. ޜާއްޖެ

  މުވާސަލާތީ ޚިދުމަތް ވައުދުވި ގޮތަށް އަގު ހެޔޮ ކުރައްވާ.

  25
  • ޙައްގުބަސް

   ރަގަނޅު! އިޖުތިމާޢީ ގުޅުން ގާއިމުކޮށް އެކުވެރިކަމާއެކު އުޅެން ރައިސް ގޮވާލެއްވީތީ އުފާކުރަން!! ނަމަވެސް ހަނދާނަށް އަންނަނީ އެމްޑީޕީ އިދިކޮޅުގައި އޮތް ދުވަސްވަރުގެމަތިން!! ކަންތައްތައް ކުރިގޮތް!! މައުމޫނުގެ ފަހު ފަސް އަހަރު ދުވަހުން ފެށިގެން ، އެޕާޓީއަކަށް މިހާރުގެ ރައިސް ނިސްބަތްވާ ޕާޓީއަކުން ކަންތައްތައް ކުރަމުން ދިޔަގޮތް!! އޭރު ގޮވަމުން ދިޔައީ އަދި ހިތްވަރު ދެމުން ދިޔައީ ބިރު ފަހަނައަޅާގޮސް ގާނޫނޫ ޚިލާފަށް ތަންތަނަށް އެއްވެ މަގުމަތީގެ އަމަންކަން ނަގާލަން!! މަގުމަތީގައި ހިނގާބިނގާވެ އުޅޭ މީހުނާއި ދުއްވަ އެއްޗިއްސަށް ދަތިވާގޮތަށް ކަންތައްތައް ކުރަން! ޕެޓްރޯލު ބޭނުން ކޮށްގެން އަލިފާން ބޯޅަ ފުލުހުންނާއި ދިމާލަށް އުކަން!! ހއ ރަށެއްގެ ރަށު އޮފީސްތެރެއަށް ބާނައިގެން އައިސް މަސްތައް އަޅާލަން!! ފުލުހުންނާއި ތަޅާނެ ކުދިން ހޯދަން!! ސިފައިން ގައުމުގެ ފަޚުރުވެރި ޔުނިފޯމްގައި މަގުމަތީ ޕެރޭޑްކުރަމުންދަނިކޮށް މަގުމައްޗަށް މީހުންނެރެ އެމީހުންގެ ފަހަތުން ހަޑިހުތުރު އެއްޗެހި ކިޔަމުން ދުވަން!! ފުލުހުންނާއި ސިފައިންގެ މީހަކު މަގުމަތިން ފެނިއްޖެނަމަ އެމީހުނާއި ދިމާލަށް ހަޑިހުތުރު އެއްޗެހި ގޮވާ "މަނީމަނީ ޔެސް ސަރ" ގޮވަމުންދާން!! ވެރިންނާއި ދިމާކުރަން!! ރައްޔިތުންގެ މަޖްލިސްތެރޭ ތިބެ ހަޑިހުތުރު އެއްޗެހި ގޮވުމާއި މޭޒުމައްޗަށް އެރުމާއި ދައުލަތުގެ މުދަލަށް ގެއްލުންދޭން!! ރާއްޖޭގެ އިގުތިސޯދު ހަލާކުކޮށް ޓޫރިސްޓުން ނައުމަށް ގޮވަން!! ކުޑަކުދިންނާއި ބޮޑެތި މީހުންގެ އަޚްލާގަށް އެތައް ނޭދެވޭ އަސަރުކުރާފަދަ އެތައްކަމެއްކުރަން ހިތްވަރުދީ ބަހާއި ޢަމަލުން ކަންކަން ކުރިތަން!! ރާއްޖޭގައި އޮތް އެކުވެރިކަމާއި އެއްބައެއް ވަންތަކަން ނަގާލާ ބައިބައިވުން އުފެއްދުމަށް ހިތްވަރުދޭން! މިއަދު ކީކޭތޯ ދެން ތިބޭފުޅުން ކިޔަން އޮތީ؟

 2. ަހައްގު

  ނެޓު އަގުހެޔޮ ކުރާށޭ އަބުރާހިމާ...އެއައް ފަހު ތި ކިޔާ އެއްޗެއް ކިޔާބަލަ

  24
 3. ވިއުސް

  ހަތް ރަށެއްގައި ނޫނީ މިސްކިތްތައް ހުޅުވުމުގެ ހުއްދަ ދީފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ...

  5
  1
 4. ނޭގެއޭ

  ގޭގައި ކަރަންޓީނު ވާން ބޭނުންވާ މީހުން އެކަން އަންގަން އެދިއްޖެ ނަމަ އެއީ މަމެން ހައިރާންވާ ކަމެކޭ ގޭގައި ކަރަންޓީން ވަނީ އެއީ ކިއެއްކުރަން ކޮން މަގްސަދެއް ހާސިލް ކުރަންްއޭ ކޮވިޑް 19 އާއި ގުޅޭ ގޮތުން ރާއްޖޭގެ މެޑިކަލް ކޮމިއުނިޓީން ބުނި އެއްވެސް އެއްޗެއް ދިމައެއް ނުވެއޭ ވޯލްޑް ހެލްތް އިން ބުނި އެއްޗެއް ވެސް ދިމައެއް ނުވެއޭ ކޮވިޑް 19 އަކީ އެއީ އަމިއްލަ އަށް ވެސް ރަނގަޅުވާ ރޯގާ އެކޭ ދެން ތަމެން ތިޔާ ދައްކާ ވާހަކައިގެ ހަގީގަތް އެއްގޮތަކަށް ވެސް މަމެންނަށް ނޭގެއޭ ނޭގެއޭ ނޭގެއޭ...

  5
  1
 5. ޚަރުން

  ހާރޖީ ގުޅުން \އިންސާފުވެރި ކަމާއެކު ނުގެންގުޅެވޭ ވެތިއެެެއްގެ ބޭނުމަކީ ކޮބާ...

  12
  1
 6. މި ރައީސް

  އަޅޭފަހެ ދެމީހަކަށް ވާހަކައް ދެއްކޭތަ ސްލޯކަމުން

  13
 7. ބަނބުކެޔޮ

  ފޮނުވާ ހިޔާލުތައް އަވަސް ނޫހުން ރިވިއު ކުރާއިރު ބަލަނީ ކުލައައް ރީނދޫ ވެއްޖެއްޔާ އޯކޭ!!!

  10
  1
 8. ނަޖީ

  ހެޔޮނުވާނެ ތަސައްރަފުފުދޭކަހަލަ ވާހަކައެއް ދައްކަބަލަ ގަމެއްގެވެރިއެއްވިއްޔާ ތިވެސް

  10
  1
 9. ދިރާގު

  ޙިދުމަތް ކަނޑާލާފަ އޮތީ.

  6
  1
 10. ކަލޭފާނު

  މިއޮއްހާދުހު މޑޕ އިން އާއިލާތައް ފަސާދަ ކުރީ މިމީހުންނައް ވެރިކަންލިބެންދެން. ދެން މިއަދުގުޅުންރަގަޅެއް ނުކުރެވޭނެ ކަލޭބުންޏަކަސް. އަދިވެސް އެއްޗެތިގޮވުމާ ބައިބައި ވުންދަނީ ކުރިޔައް. އާއިލާގަ ފިރިމީހާޔާ އަބިމީހާ ދެޕާޓީއެއް. ދެންމާމޮޅުނަސޭހަތެއް ދޭންއުޅޭނެކަމެއްނެތް.ކަލޭމެން އެރޯދަމަސްތަކުގެ ރޭތައް ހޭދަކުރީ ޖަގަހަތަކުގަ އަންހެނުންތަކާމަންޖޯޅިޖެހެން.

  13
  1
 11. ބަނބުބެޔޮ

  އިބުރާހިމާ ގުޅުންކިނެއްރަނގަޅުވާނީ ފަޑިޔާރުގެޔައް އަތްބާނާގެން ނުހައްޤުން ތަރައްޤީގެ ބާނީ ރޔ ޖަލުގަހުއްޓާ ކޮސްނުގޮވާ ދުލައްނުދަމާ!!

 12. ފަރީދާ

  މީނަގެ ރިޔާސީ ވަޢުދެއް ނެޓު އަގުހެޔޮކުރުން ކޮބާ ވަޢުދު މުޅިންވެސް ހޮޅި ވަޢުދު ސަޙާދެއް މީނައަށް ވޯޓްދެވުނީތީ ހިތާމަ ކުރަން

 13. ޒަބާދުކުޑޭ

  އޭރުންތާ އަދިވެސް އަތުން ގިނަ ޚަރަދުތަކެއް ހިނގާނީ.

 14. އަހްމަދު

  ރޭގައި މުވާސަލާތީ ޚިދުމަތްމެދުވެރިކޮށް ގުޅުން ބަދަހިކުރަނިކޮށް އެދިޔައީ ކަރަންޓް ކަނޑައިގެން.