ކޮވިޑް-19 އާއި ގުޅިގެން މިސްކިތްތަކުގައި ޖަމާޢަތް ހެދުން ބައެއް ރަށްރަށުގައި ހުއްޓުވާފައި ވަނިކޮށް، 7 ރަށެއް ފިޔަވައި އެހެން ހުރިހާ ރަށެއްގައި މި ހުއްދަ ދިނުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އެ މިނިސްޓްރީން މިކަން ހާމަކޮށް ވިދާޅުވެފައިވަނީ، މިވަގުތު ރާއްޖޭގައި ފުރަބަންދުގެ ހާލަތުގައި ހުރި ރަށްރަށާއި، މޮނީޓަރިންގެ ހާލަތުގައި ހުރި ރަށްރަށާއި އެރަށެއްގައި މީހަކު ކަރަންޓީނު ކޮށްފައިވާ ރަށްތައް ފިޔަވައި އެހެން ހުރިހާ ރަށްރަށުގައި ޖަމާޢަތުގައި ނަމާދުކުރުން އެންމެ ރަނގަޅު ކަމަށެވެ.

އަދި ހަމައެހެންމެ މޮނީޓަރިންގެ ހާލަތުން ދޫކޮސްލާފައިވާތާ 14 ދުވަސް ނުވާނަމަ، އެރަށެއްގެ މިސްކިތްތަކުގައި ވެސް ޖަމާޢަތް ނުހެދުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އެދިފައިވާތީ، އެ ރަށްރަށުގެ މިސްކިތްތަކުގައި ވެސް ޖަމާޢަތް ނުހެދުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.

މިސްކިތްތަކުގައި ޖަމާޢަތް ހެދުމުގެ ހުއްދަ މިވަގުތު ނުދޭ ރަށްރަށުގެ ތެރޭގައި ހިމެނެނީ ކ. މާލެ އާއިށ. ނަރުދޫ އާއި ނ. މަނަދޫ އާއި ކ. ހިންމަފުއްޓާއި ކ. ތުލުސްދޫ އާއި ހއ. ތަކަންދޫ އާއި ށ. މިލަންދޫ އެވެ.

މީގެ ތެރެއިން ކ. މާލެ އާއި ށ. ނަރުދޫ އާއި ނ. މަނަދޫ އަކީ މިވަގުތު މޮނީޓަރިންގެ ހާލތުގައިވާ ރަށްރަށެވެ. އަދި ކ. ހިންމަފުއްޓާއި ކ. ތުލުސްދޫ އާއި ހއ. ތަކަންދޫ އާއި ށ. މިލަންދޫ އަކީ، މޮނީޓަރިންއަށް ގެންދެވިފައިވާ ރަށްތަކުގެ ތެރެއިން މޮނީޓަރިން އުވާލުމަށްފަހު 14 ދުވަސް ފުރިހަމަ ނުވާ ރަށްރަށެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، ދެންނެވި ޙާލަތުގައި އޮތް އެއްވެސް ރަށެއްގައި މިސްކިތުގެ ޖަމާޢަތް ހަދަމުންދާނަމަ އެކަން ހުއްޓާލުމަށް ދަންނަވާ ކަމަށާއި، އެ ހާލަތުގައިވާ އެއްވެސް ރަށެއްގެ މިހާރުގެ ޙާލަތު ބަދަލުނުވަނީސް މިސްކިތު ޖަމާޢަތް ހެދުމުގެ ހުއްދަ މިނިސްޓްރީއަށް ދެވެން ނޯންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. އޯލާއޯލާއޯލާ

  ހަތް ރަށެއް ފިޔަވައި ދެން ހުރި ރަށްރަށުގެ މިސްކިތް ތައް ހުޅުވަން ސަރުކާރުން ހުއްދަ ދިނުން އެއީ މަމެން އުފާ ކުރާ ކަމެކޭ ...

 2. ތަމެންނޭ

  މިސްކިތުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ހަތް ރަށެއް ފިޔަވައި އެހެން ރަށްތަކަށް ދީފި ނަމަ އެކަމަކީ އެއީ މަމެން ވަރަށް ބޮޑަށް އުފާ ކުރާ ކަމެކޭ ...

 3. ކުރެވެއޭ

  ރާއްޖޭގެ މިސްކިތް ތައް ހުޅުވާ މާލެ ސަރަހައްދުގެ ސްކޫލް ތައް އަލުން މިރާއްޖެ އެެހެން އުސޫލު ތަކެއްގެ ދަށުން މީހުން ދިރިއުޅުން ބަދަލު ކޮށްގެން ރާއްޖޭގައި ދިރިއުޅެން ފަށާނެ ތަނޭ ދެން މަމެންނަށް ފެނިގެން ދަނީ

 4. ސަންލައިޓް

  ކޮވިޑް އިން ދުނިޔެ އަރައިގަންނަ ދުވަސް ތައް ކައިރި ވެއްޖެ ކަން މަމެންނަށް އިހްސާސް ކުރެެވުނޭ

 5. ބޯގޯސް

  ދެން ބަލިމަޑުކަން ފިލާފާނެ