ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 61 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި 11 މީހެއްގެ މައްޗަށް ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.

ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން މިއަދު ބުނީ މ.ބޮއިލިންގފިޝް، އަޙްމަދު ވިސާމް އިސްވެ ހުރެ، އިތުރު ބަޔަކާ ބައިވެރިވެގެން މިދިޔަ މާޗް 20 ގައި "އިރުއަލިމަސް" ކިޔާ ދޯންޏެއްގައި ރާއްޖެއަށް 61 ކިލޯ މަސްތުވާތަކެތި އެތެރެކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި 11 މީހަކަށް ދައުވާ ކުރުމަށް އެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އެކަމާ ގުޅޭ ތަފްސީލެއް އެ އޮފީހުން ނުދެއެވެ.

ފުލުހުން ކުރިން ބުނި ގޮތުގައި ހައްޔަރު ކުރި އެންމެންނަކީ ވެސް ރިކޯޑު އޮންނަ މީހުންނެވެ. އޭގެތެރޭގައި މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެތަކެތީގެ ވިޔަފާރިކޮށް، އެތަކެތި ޓްރެފިކް ކުރުމުގެ ކުށާއި، ފޭރުމާއި، ހެކި ނައްތާލަން އުޅުމާއި، ވައްކަމުގެ ކުށުގެ ރެކޯޑު އޮންނަ މީހުން ހިމެނެއެވެ.

މިމައްސަލަ އާއި ގުޅިގެން މާލެއާއި ހުޅުމާލެއިން ޖުމުލަ ހަތަރު ގެއެއް ބަލައި ފާސްކުރިއެވެ. އަދި މަސްތުވާތަކެތީގެ އިތުރުން މަސްތުވާތަކެތި ވިޔަފާރިކޮށްގެން ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ ގިނަ އަދަދެއްގެ ފައިސާ ފުލުހުން ވަނީ ހޯދައިފައެވެ.

ފުލުހުން ހޯދި މަސްތުވާތަކެތީގެ މަގުމަތީ އަގު 72 މިލިއަން ރުފިޔާ އަށް އަރައެވެ.

ހައްޔަރު ކުރި މީހުން

- އަހުމަދު ވިޝާމް/ ގ. ބޮއިލިންފިޝް
- މުހައްމަދު ހަމީދު/ ގދ. ރަތަފަންދޫ، ގުލްދަސްތާގެ
- މުހައްމަދު މާއިޝް/ މ. މާކޮޅު
- މުހައްމަދު ޝާމިން/ މއ. ވިރާހު
- އަހުމަދު ޝިފާޒް/ ހުޅުމާލޭ ފްލެޓް 06ޖީ4
- އަބްދުﷲ ޝާމް/ މއ. ބޯޅަކިންކިރިމާގެ
- ހުސައިން ސުނާޒް/ މ. މުލި، ސޯސަންވިލާ
- ސައުދުﷲ ރަޝީދު/ މ.ކެޕްރިކޯން
- މުހައްމަދު ނަޝީދު/ މ.މުލި، ހުދުފިނިފެންމާގެ
- މުހައްމަދު މާއިދު/ މ. ކޮޅުފުށި، އޯޝަންވިއު
- މުހައްމަދު ރިޟްވާން އިބްރާހިމް/ މ. މުލި، މުސްތަރީގެ

މީގެ ކުރިން ވެސް ރާއްޖެ އަށް ކަނޑުމަތުން މަސްތުވާތަކެތި އެތެރެ ކުރަން އުޅެނިކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެ ބައެއް މީހުން ހައްޔަރުކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. އައްޑޫ ލެއި

  ތީ އަހަރުމެންނަކަށް އާކަމެއް ނޫން މާދަމާ ދޫކޮށްލާނެ. ކޯޓްތަށް ނޫން މައްސަލަޔަކީ. ތިކަން ހައްލު ކުރަން ވެގެން ހޮވާފަތިބި މެންބަރުން ހުރިހާވެސް މައްސަލަޔަކީ

 2. ހސްފަސް

  ތިމީހުން ދޫކޮށްލައިފިއްޔާ ތިވިޔަފާރިޔަށް އިތުރު މީހުން ނިކުންނާނެކަން ކަށަވަރު

 3. ޓެކްތު

  2 ދުވަސް ވާނީ ދޫކޮށްލާފަނެ! 🙄

 4. ޙަސަނު

  އެމް އެމް ޕީ އާރ ސީ ގެ ކަންތައްގަނޑާއި ފޮޓޯ ތަކުގެ ވާހަކަތައް އޮށްބާލަން ޖަހާ ސްޓަންޓް

 5. ޟުލި ސައީދާ

  ތިޔައީ މީމު އަަތޮޅުގެ ޕެކޭޖެއްކަންނޭނގެ މިފަހަރު