މާލެ ސަރަހައްދުގައި ކޮވިޑް-19 އިތުރަށް ފެތުރުނަ ނުދިނުމަށް އިއުލާންކޮށްފައިވާ ފުރަބަންދުގެ އަމުރާ ހިލާފުވެގެން ޖޫރިމަނާ ކުރި މީހުންގެ އަދަދު 5،025 އަށް އަރައިފިއެވެ. މިއާ އެކު، ދައުލަތަށް ދައްކަން ޖެހޭ ފައިސާގެ އަދަދު ވަނީ ފަސް މިލިއަނަށް އަރައިފައެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާ އިރު، ފުރަބަންދުގެ އަމުރާ ހިލާފުވެގެން އިއްޔެ އެކަނި ވެސް 107 މީހަކު ވަނީ ޖޫރިމަނާކޮށްފައެވެ. އެގޮތުން މާލެއިން 94 މީހަކު، ހުޅުމާލެއިން 13 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިހާތަނަށް މާލެއިން 4،342 މީހުންނާއި ހުޅުމާލެއިން 583 އަދި ވިލިމާލެއިން 100 މީހުން ޖޫރިމަނާކޮށްފައިވެއެވެ.
ފުރަބަންދުގެ އަމުރާ ހިލާފުވާ މީހުން ޖޫރިމަނާ ކުރާނީ 1،000ރ. އިންނެވެ.
ފުރަބަންދުގެ އަމުރާ ހިލާފުވެގެން މިހާތަނަށް 276 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެތެރޭގައި 243 މީހުން ހައްޔަރުކޮށްފައި ވަނީ މާލެއިންނެވެ. ހުޅުމާލެއިން 30 މީހަކު ހައްޔަރުކޮށްފައިވާއިރު ވިލިމާލެ އިން ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
މި އަމުރާ ހިލާފުވެގެން އިއްޔެ މާލެ އިން ހައްޔަރު ކުރީ ހަތަރު މީހުންނެވެ. ހުޅުމާލެ އާއި ވިލިމާލެ އިން މީހަކު ހައްޔަރެއް ނުކުރެއެވެ.
މާލެ ފުރަބަންދުކޮށްފައިވާތީ ޒަރޫރީ ބޭނުމެއްގައި ބޭރަށް ނުކުންނަ ނަމަ، ފުލުހުންގެ ހުއްދަ ހޯދަން ޖެހެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ކަމާބެހޭ ފަރާތްތަކުން އިރުޝާދު ދީފައި ވަނީ ޒަރޫރީ ބޭނުމެއް ނެތި އެއްވެސް މީހަކު ގެއިން ބޭރަށް ނުނިކުތުމަށެވެ.
ރާއްޖެ އިން މިހާތަނަށް 1،300 އަށް ވުރެ ގިނަ މީހުންގެ ގައިން ކޮވިޑް-19 ވަނީ ފެނިފައެވެ.
ރައްޔިތުން ފެލާލާނީ ރޯމާ ދުވާލު، ހިލޭ އެހީ ބަނޑު އަޅާލައިގެން. ކުލި ނުދެއްކި ހާލުގަ ޖެހިފަ. ޖަހާ ހިސާބު ދިމާނުވޭ
ހުސް ދިވެހިން. ބަންގާޅު މީހަކު ޖޫރިމަނާ ކުރިޔަސް ނުވެސް ދައްކާނެ. ނުދެއްކިޔަސް ކަމެއް ނުވާނެ. އޭނުން ފަސްޓް ކްލާސް ސިޓިޒަން. އަސްލު އެމީހުން ބާ އަންނައުނު ލާފަ ތިއްބަސް ލާރި އޮވޭ.
ދިސް އިޒް އެ ގޭމް ދޭ ޕްލޭ
ލުއި ދީފަ ދެން ޖޫރިމަނާ ކުރީމަ އަދި މާގިނަވާނެ ޖޫރިމަނާ... ސަރުކާރު ކުދިންގެ މުސާރަ ދެވޭނެ ގޮތެއް ތީ....
ތީ ހަރުކަށި ވީމަ ވީވަރު ... ލުއިދިނީމަ ކިހާވަރަކުން ދާނެބާ
ލުއިތަކާއި އެކު ބަލީގެ ނުރައްކާ ބޮޑުވެދާނެކަމުގެ ބިރު - ޖޫރިމަނާ ވޯކު ކުރާނެބާ..
ދެން މަމެން އެ ދައްކާނޫ ބަންބުކެޔޮ ތޮޅިން
ނިކަމެތި ރިސޯރޓު އޯނަރުންނަށް ފީތައް މާފު ކޮށްފަ އާއްމުންއަތުން އެބައި އަތުލަން ކުރާ މަސައްކަތް
ތިލާރި ދައްކާނެބާ؟ އިންތިހާބަށް މައާފު. ޝުކުރިއްޔާ
ޕޮލިހުންގެ މުސާރަތައް ހަމަޖެހުނީ ނިކަމެތި ރަތްޔަތުން ފެލައިގެން. ޕޮލިހުންގެ މުވައްސަސާއަކީ ބޮޑު ފައިލިޔާއެއް!!
ޖޫރިމަނާ ކުރާ އަދަދު މާކުޑަ ބޮޑުރަން ޖެހޭ