ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވެރިކަމަށް ވަޑައިގަތީ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފޮޓޯފުޅު ދައްކައިގެން ކަމަށް ވާއިރު، މި ވެރިކަމުގައި އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒު ކުރޭތޯ ނައިފަރު ދާއިރާގެ މެމްބަރު، ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ސުވާލު އުފައްދާފައި ވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އެކަމާއި ދެކޮޅު ހައްދަވައިފިއެވެ.
ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޞާލިހް ވޯޓް ހޯއްދަވަން ނިކުންނެވީ އެމްޑީޕީގެ މެނިފެސްޓޯ ހިފައިގެން ކަމަށެވެ. ރައީސް ކުރައްވަމުން ގެންދަވަނީ ވެސް އެ މެނިފެސްޓޯގައި ހުރި ކަންކަން ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާގެ ޓްވީޓާއި ގުޅިގެން އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުންނާއި، ޕާޓީގެ މެންބަރުން ޚިޔާލުފާޅުކޮށް، ބަހުސް ހޫނުވެ، އެންމެފަހުން ރޮޒައިނާ ވަނީ އެމްޑީޕީގެ ބައެއް ކަންކަމަކަށް ފާޑުވެސް ވިދާޅުވެފައެވެ. ރޮޒައިނާ ވިދާޅުވީ އެމްޑީޕީގައި ވެސް "މައުމޫނިޒަމް" އޮންނަ ކަމަށާއި އެކަމަކު އެކަން އޮންނަނީ ތަފާތު ނަމެއްގައި ކަމަށެވެ.
ރޮޒައިނާ އަކީ "ޑީއާރްޕީ" މީހެއް ކަމަށާއި، އެހެންކަމުން އެމްޑީޕީގެ ސިޔާސަތުތައް ރޮޒައިނާ އަށް ކަމުނުދާނެ ކަމަށް އެމްޑީޕީގެ މެންބަރުން ބުނެއެވެ. މީގެ ކުރިން ވެސް އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ރޮޒައިނާ އެމްޑީޕީގެ ސިޔާސަތުތަކާއި ދެކޮޅު ހަދާކަމަށް ވިދާޅުވެ، އެއީ ޑީއާރްޕީ މެންބަރެއްގެ ގޮތުގައި ސިފަ ކޮށްފައެވެ.
ރޮޒައިނާ އާއި ފިރިކަލުން ނާޝިޒް، އަދި ނާޝީޒްގެ ބޭބެ ތަސްމީން އަލީ އާއި ތަސްމީންގެ އަނބިކަނބަލުން ވިސާމް ޑީއާރްޕީ ދޫކުރައްވާ އެމްޑީޕީ އަށް ސޮއި ކުރެއްވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ތެރޭގައެވެ.
ޓްވިޓާގައި ކުރިއަށްދާ ބަހުސްގައި ކުރިފަޅައިގެން ގޮސް މިހާރު ބައެއް މީހުން ވަނީ ރައީސް ޞާލިހްގެ ސަރުކާރަކީ ވަގުތީ ސަރުކާރެއް ކަމަށް ވެސް ބުނަން ފަށާފައެވެ. ނަމަވެސް އެކަމާ ރޮޒައިނާ ވަނީ ދެކޮޅު ހައްދަވާފައެވެ.
އެމްއެމްޕީއާރްސީ ޚިޔާނާތުގެ ފައިސާ ރޮޒައިނާ އަށް ލިބިފައިވާ ކަމަށް ތުހުމަތު ކުރާ ފަރާތްތައް ވެސް އަނެއްކާ ވަނީ އިތުރު ވެފައެވެ. ނަމަވެސް އެތުހުމަތުތައް ރޮޒައިނާ ދޮގު ކުރައްވައެވެ. ރޮޒައިނާ ވިދާޅުވީ އޭނާ އާއި ރައީސް ނަޝީދާއި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.
"އަޅުގަނޑު ނޫޅެން ރައީސް ނަޝީދާ އެއްވެސް މައްސަލައެއް އޮވެގެނެއް. އަޅުގަނޑު މި ދަންނަވަނީ ހަމަ މައްސަލަތައް ބައްލަވާށޭ. އަޅުގަނޑު ހިޔާލު ތަފާތުމިވީ ހަމަ އެންމެ ކަމަކާ. އެއީ މީ ވަގުތީ ސަރުކާރެކޭ ބައެއް ބޭފުޅުން ވިދާޅުވާތީ. އިތުރު މައްސަލައެއް ނެތް،" ރޮޒައިނާ ވިދާޅުވި އެވެ.
ރޮޒައިނާ ވިދާޅުވީ އެމްޑީޕީގައި ވެސް "މައުމޫނިޒަމް" އޮންނަ ކަމަށް ތިއީ ތިޔަވިދާޅުވާ “މައުމޫނިޒަމް” ގެ ބާނީ ސިޔާސީދަނޑުގާއި އިންދެވި އޮށެއް ނޫންތޯ؟ ކެޔޮގަޑު ކަނޑާލީމާ ގަހުގެ ބޭނުމެއް ނޯންނާނޭ ބުނާބީއްދައިން “މައުމޫނިޒަމް” މިހާރު ކަމަކު ނުދޭ ކަމުދަނީ “ސާލިހްނިޒަމް އާއި ނަޝީދީނިޒަމް”ދެއްތޯ
ހަމަހިނިއަންނަނީ
ރޮޒޭ ގަބޫލުކުރިއަސް ނުކުރިއަސް އަންނިއަކީ އެމްޑީޕީގެ ލީޑަރ މެމްބަރުންގެ ރައީސް ޕާޓީގެ ލީޑަރ އަންނިނެތިއްޔާ އެމްޑީޕީއަކަށް ވޯޓެއްނުލިބޭނެ
ދެން ބޭފުޅާ ތިބުނުއްވަނީ އަންނި ބުނާހާކަމެއް ކުރަންވެސް ޖެހޭނެއޭތާ؟ މިގައުމުގަ ހުރި ފަސްމާމުލިންގެ އެއްވަގު، މިގައުމުގަ ހުރި އެންމެ ބޮޑު އެއް ކަހީނު، މިގައުމުގަ ހުރި އެންމެބޮޑު އެއް އިސްލާމުދީން ގެ އަދުއްވު.
އަހަރެމެން މިއީ މޑޕ އަށް ތާއީދުކުާ ބައެއް އެކަމް ވަރަށް ސާފުކޮށް މިބުނަނީ މޑޕ އިން ރާއްޖޭގެ ވެރިކަމަށް އަންނި ކުރިމަތި ލައިފިނަމަ އޭނަ ހޮވުނަ ނުދެންވެސް އިދިކޮޅު ހުރި މީހަކަށް ވޯޓް ދޭނަން...އަހަރެމެން ބޭނުމެއްނޫން އިސްލާމްދީނަށް ފުރައްސާރަ ކުރާ މީހަކު މިގައުމުގެ ރައީސް ކަމަށް އަންނާކަށް..
ރޮޒައިނާގެ ލަދުހަޔާތް ކުޑަކަމުން ހައިރާންވޭ މައުމޫނޭކިޔާ އަނގަ ހުޅުވާކަށް ކުށަކޮށްވެސް އަނގަ ހުޅުވަން ލަދު ނުގަތުމަކީ އީމާންކަމެއް ހިތުތެރޭގަ ނެތްކަމުގެ އަލާމާތެއް މައުމޫނު ވަޒީފާދީ މެމްބަރުކަންދީ ސިޔާސީ ދާއިރާތަށް ނެރުނީ މިހާރު މާ ސިޔާސީ މީހަކށްވެގެން ތެޅިބޭލިޔަސް މިކަހަލަ ގޮތެއް ފޮތެއްނެތް ލަދެއް ހަޔާތެއްނެތްމީހުން މިޤައމުގެ ސިޔާސީ އިސްމީހުންގެ ގޮތުގަ މި އުޅެނީ ދެން ޤައުމަށްވާނެގޮތް ނިކަން ދެކެވބަލް ލަދުހަޔާތް ނެތުމަކީ އީމާން ކަހް ހިތުގަނެތްކަމުގެ ހެކި
މީ ހުރިހާ މޮޅެއް ހޯދަން އުޅޭ ބޭ ކަބަލެއް! ނި ކަން ވާހަކަ މޮޅުވާނެ
ކަމަނާ އާއި ވަރަށް ގުޅޭ ޑިޒައިން އެއްގެ ހެދުމެއް ( ހަރުފަ ޑިޒައިން ފޮތި)
ރޮޒޭ ދޫއޮޅިގެންވެސް ކެނެރީގޭ ލާދީނީ ނަސީދާ ނުބެހޭތި ރީދޫގުރޫޕު ދުނިޔެ ރަންވާނެ ބުއްދިފިލާދާނެ ދުނިޔެއިން މޮޔަވާނެ އެއީ އެމީހުންގެ ރޫހާނީ ލީޑަރު ހަރާމް ވިޔަސް ހަލާލު ވިޔަސް ނަސީދު އެނިމުނީ ، މައުމޫނުގެ އަޅުވެތިކަން ، ނަސީދުގެ އަޅުވެތިކަން އެމީހުން ގަބޫލެއްނުކުރޭ ، ގައުމުގެ ރައީސް އިބޫ ހަރުގޭގައި ޖަޒީރާ ރައީސް ނަސީދު ކީކޭ ބުނާނީ...
ރޮޒޭ އެމް ޑީ ޕީ ގެ އަސާސީ ގަވާއިދު އެއްކޮޅުން އަނެއްކޮޅަށް ކިޔާލަބަލަ ، ގަވާއިދު ބުނާގޮތުން މިހާރު އިބޫ ދިވެހިރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާގެ މަގާމުގައި ހުރިއިރު އެމް ޑީ ޕީ ގެ ރައީސަކަށްވާނި އިބޫތަ ؟ ނޫނީ ކެނެރީގޭ ލާދީނީ ނަސީދުތަ ؟ ރޮޒޭ ފައިއޮޅިގެންވެސް ލާދީނި ނަސީދާ ނުބެހޭތި އިމްތިޔާޒު ފަހުމީ ރުޅިގަދަވެދާނެ...
އަންނި ނުވޭ އަހަރެން ކައިރި އެއްވެސް މީހަ ކައް.ވެރިި ކަމައިގެން ބޫތު ކައިފައި ހުރި މީހެއް
ދެން ރޮޒައިނާ ކަލޭގެ ފޮޓޯ ދައްކައިގެންތަ އިބުރާހިމް ވެރިކަމަށްވއައީ..
ޢަސްލު ކުރެޑިޓް ލިބޭނީ ރައްޔިތުންނަށް
ވޯޓްލީ ޔާމީން ކުރިއަށްއޮތް 5 އަހަރަށް ވެރިކަމުގަ ބަހައްޓަން ފެނޭތޯ؟ ރައްޔިތުން ބުނީ ބޮޑުތަނުން ނޯއޭ ވަރައް ސާފް !!
ނޯކްރެޑިޓް ފޯ ނަޝީދްމޯޑީ