ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަން ކުރުމަށް ގޮވާލައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޤަރާރު އަނބުރާ ނަގައިފިއެވެ.

ޖާބިރު މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުވި ސިޓީއެއްގައި ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވަގުތުން މިނިވަންކުރުމަށް ގޮވާލައި އޭނާ ހުށަހެޅި ޤަރާރު އަނބުރާ ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

މިޤަރާރު އަނބުރާ ގެނައުމަށް ނިންމީ މިމައްސަލައަކީ މިހާރުވެސް މަތީކޯޓުތަކުގައި ހިނގަމުންދާ މައްސަލައެއްކަމުން، ރައްޔިތުންގެ މަޖިލިހުގައި އެފަދަ ބަހުސްއެއް ހިންގުމަކީ ތިންބާރު ވަކިވެފައިވާ ނިޒާމެއްގައި އެންމެ އެދެވޭ ގޮތްކަމަށްނުފެންނާތީ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ނަމަވެސް ޖާބިރު ވިދާޅުވީ ރައީސް ޔާމީންގެ އިސްތިއުނާފުގެ ޝަރީއަތުގެ އަޑުއެހުންތައް އަވަސްކޮށް އެމަނިކުފާނަށް ވީހާވެސް އަވަހަށް އިންސާފު ހޯދައި ދިނުމަށް އޭނާ ގޮވާލައްވާ ކަމަށެވެ.

އެމްއެމްޕީއާރްސީ އިން ދައުލަތައް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި ކަމަށް ބުނެ އެމަނިކުފާނު ފަސް އަހަރަށް ޖަލަށް ލުމަށް ޙުކުމް ކުރީ މިދިޔަ އަހަރު އެވެ. އެމައްސަލަ އެމަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ޝަރީޢަތް ފެށި ނަމަވެސް މިހާރު އަޑުއެހުމެއް ނުބާއްވާތާ ދެތިން މަސް ދުވަސް ވެއްޖެއެވެ.

ރައީސް ޔާމީން ޖަލުން މިނިވަން ކުރުމުގެ އަޑުތައް މިހާރު ވަނީ ގަދަވެފައެވެ. އެއީ ރައީސް ޔާމީން އެކަނި ޖަލުގައި ބެހެއްޓުން އެއީ އިންސާފު ލިބޭ ކަމެއްގެ ގޮތުގައި ދެކެވަޑައި ނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ކާފަރ

    އެވަރުވެސް ނޭންގި ހުރެތަ ހުށައެޅީ

    54
    1
  2. ނިދާ

    ކޮންމެވެސް މީހަކު ޖާބިރުގެ ބޮލަށް ޗިޕްޖެހީދޯ

    50
    6
  3. ޔަހުޔާ

    ހަމައިގަ ނެތިއްޔާ ނޭނގޭނެ މަތީކޯޓްގައި މައްސަލަ ހިނގަމުންދާކަންވެސް

    56
    1
  4. ދާރި

    ތިވާނީ ބަރެސްދޫ ދިނީކަމަށް. ޖާބިރަކީ ވަރަށް ސަންރައިޒް ބަލާހިއްވާ ބޭފުޅެއް ބަރެސްދޫ ކަހަލަ ރަށެއްގަވަރަށް ރީތި ސަންރައިޒް ބަލާލެވޭނެ.

    54
    1
  5. ދިސްއިޒްއިޓް

    ވަގުތީ ސަރުކާރެއްގެ ބަހުސް ހޫނުވެއްޖެ ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ

    16
    1
  6. ނަޖީ

    އަހަރުމެން ފުރަތަމަދުވަހުގަ ވެސްދެއްކިވާހަކަ ތިޔައީހަގީގަތެނޫނޭ ތިޔައީދައްކާލާ ދަޅައެކޭ މިއަދު ތިކަންތަ ވެސްމިއޮތީ ހަގީގަތަކައްވެފަ އެބާމީހުން ރައީސް ޔާމީނުއަކައް ހެވެނޭދޭނެ މީކަށަވަރުވެ ޔަގީންވާކަމެ

    18
  7. ދޫކުރާށޭ

    ޔާމީން މިނިވަން ކުރަން ގޮވާލައި ހުށަހެޅި ގަރާރު ނަގައިފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ޖާބިރު ތިޔާ ކަން ތިޔާ ވަނީ ހެޑް ލައިނަށް އަރުވާފައޭ ތިޔާ ވަރުން ދެން ސިޔާސީ ކަންކަމުގައި ރަނގަޅުވާނެ ކަމަށޭ މަމެން މިދެކެނީ މިހާރު ދުނިޔެ އަށް ނޭގުނު ނަމަވެސް ރާއްޖޭގެ ރައްޔިތުންނަށް އެބައިނގެއެއް ނޫންތޭ ރައީސް ޔާމީން ތަމެންގެ ސަރުކާރުން ޖަލަށް ގަޅާލައިގެން އުޅެނީ އެއީ އެއްވެސް އަސާސް އެއް ނެތް ކަމެއްގެ މައްޗަށް ބިނާ ކޮށް ކަން މިހާރުން މިހާރަށް ޔާންޓޭ ދޫކުރޭ

    12
    2
  8. އީދު

    އެންމެންނަވެސް އިންސާފުން ކަންތައްކުރަންވާނީ ނިންމުންގޯހެއްނޫން.

    8
    3
  9. ދިޔާ ނާ

    ކަބީ ތޫ ލީޑަރު ލަގްތާހޭ.. ކަބީ ތޫ ލޯފަރު ލަގްތާހޭ.. ކަބީ އަނާޅީ ލަގްތާހޭ. .ކަބީ ތޫ ޖޯކަރު ލަގްތާހޭ..

    14
  10. ޣަބޭ

    މިއުޅެނީ ރޭވުން ގަނޑެއްހެން ހާދަ ހީވެޔޭ. ފައިސާގަނޑުގެ މައްސަލަ ދޫކޮށް އަލުން ދިގު މުއްދަތަށް ދައުވާ ކުރަންހެން ހީވެޔޭ

    14
  11. ޒަމީލް

    ނަޝީދުވެސް ޔާމީނުވެސް އިމްރާންވެސް މައުމޫނުވެސް މިނިވަންވާ ކައް ނުޖެހޭ.. އެއީ ޝަރީއަތް ކޮއް ސާބިތު ކޮއްގެން ޖަލައްލާފަވާތީ..ނަޝީދުގެ މައްޗައް ޕުރިޒަންސް އިން ބޭހައް ފަރުވާ ހޯދަން ދިޔަގޮތައް ފިލި މައްސަލައިގެ ދައުވާވެސް އުފުލާ އަދި ޖަލުގެ ހުމުން ހަގީގަތުގައި އިތުރު ކުރަންވެސް ޖެހޭ. ސިޔާސީ މީހުންނޭ ކިޔާފަ ބޮޑެތި ޖަރީމާ ހިންގައި އަދި ގަވާއިދުތައް މުގުރާލީމަވެސް ހު ކުމް ފުރިހަމަ ނު ކޮއް މިނިވަންވާންޖެހޭތަ.؟ އާންމު މީހަ ކު ޖަލުހު ކުމެއްގަ ހުއްޓާ ބޭހައްގޮސް ދޫ ކުރި މުއްދަތައް ނައިސްފިއްޔާ އެމީހަ ކައް އަދި އިތުރު ޖަލު ހު ކުމް އާދޭ. ރާއްޖޭގެ އެއްވެސް ރައްޔިތަ ކައް އަދުލު އިންސާފު ލިބޭނެތަ މި ކަން މިހެން އޮތިއްޔާ. ވަ ކި ބަޔަ ކު ތަފާތު ބަޔަ ކައް ހަދައިފައެެއް ގާނޫނު އަސާސީއަ ކުވެސް ނޯވޭ. ގާނޫނު އަސާސީއޭ ކިޔާގެން ވާހަ ކަ ދައް ކާ މަޖިލީހުގެ މެމްބަރުން މި ނު ކުތާ ފާހަނގަ ނު ކުރަނީ ކީއްވެތޯ.؟

  12. ނުހައްޤުން ޖަލުގައި ރައީސްޔާމީން ދޫކޮށްލާ

    ވައްޑޭ ނިހާދޫ ތިމާމެންގެ ހިތް ފުރޭނީ ކިހާލާރިޔެއް ކެވުމީމަތޯ؟ ރައީސް ޔާމީން 5 އަހަރު ކީއްކުރަން އުމުރަށް ޖަލުގައި ހަޔަރު ކޮށްފަ ބެހެއްޓިޔަސް ރައީސްޔާމީން ވައްކަން ކުރިކަމަކަށް ނުވާނެ ނުކުރާކަމެއް ކުރިކަމަކަށް ނުވާނެ ތަޅާމެރިޔަސް ތިަބައިގަނޑު ތިކުޅޭކުޅި ޔަކީ ރައްޔަތުން ދަން ނަކުޅިޔެކޭ ރައްޔަތުން މިތިބީ ކަލޯމެން ތިކުޅޭކުޅި ރަނގަޅަށް ބަލަން ފަޮޑި ޖަހާމީހާ ބާރަށްޖަހާނެ ކަން ހަނދާންކުރާތި!

  13. މުނާފިޤުން

    އޭތްއޭތް ކީކޭ ތޯ ވައްޑޭ ނިހާދު ތިކިޔުއްވަނީ ކީކޭ ކިއުއްވަން ތޯ ތިއުޅުއް ވަނީ މިދިވެހިރާއްޖޭގައި އެމްޑީޕީ ޖުމްހޫރޭ ޕާޓީ އަދާލަތު ޕޕއެމް ފިކުރު ފިޔަވައި ދެންތިބި ހުރިހާމީހުނާއި މަރުވެގޮސްފައިވާ ހުރިހާމީހުންގެ ނަމުގައި އެންމެ ފަހުން މިދިވެހި ރާއްޖޭގައި ބޭއްވި ރިޔާއިތިހާބުގައި ތިބޮޑު ބިޔަ ކޯލިޝަނަށް ލިބުނު ވޯޓަށްވުރެ ގިނަވޯޓު މިދިވެހިރާއްޖޭ ގެރައްޔަތުން ރައީސްޔާީންއަށް ދިވޯޓު ގިނަ އެއޮތީ ފެންނަށް ރައްޔަތުންގެ ތާއީދު އޮތީކާކަށްކަން ވަރަށްސާފު އެކަމަކު ވައްޑޭ މަނިކުފާން އަދި ނިހާދު މަނިކުފާނު ތިވިދާޅުވަނީ ދިވެހިރާއްޖޭގެ ގިނަބަޔަކު ގަބޫލުކުރެ ޔޯޔޯ ރައީސްޔާމީން ވައްކަން ކުރިކަމަށް އެހެންވީމަ ތިފަދަ މުނާފިޤުން ބުނެފާނެ މިރޭމިއީ ދުވާލު ކަމަށް ވެސް ދެންރައްޔަތުން ވީ މަނިކުފާނުމެން ބުނީމަ ގަބޫލުކޮށް އަތްޖަހަންވީ ތޯ؟

  14. މަށޭކިޔާތަ

    ވަގުންނަށް ހީވާނެ ފުޅަށް ބުޑުން ދައްޏާ ކެޔޮގަނޑު ކަނޑާނެހެން އެހެންވެ ތިހާވަރަށް ތަންތަން ހިރުވާވަރުން ނުތިބެވިގެން ތިތެޅެނީ ވަގުންގެފޮށި ބާރަށް ބަންނާނެ ކަލޯ ވިސްނާ ތިބޭތި!