ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ދަރިވަރުންނަށް އަމާޒުކޮށްގެން ރާވާފައިވާ ޓެލެކިލާސްތައް ވަގުތީ ގޮތުން މެދު ކަނޑާލުމަށްފަހު އެ ކްލާސްތައް އަނެއްކާވެސް އަލުން ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

ޓެލެކިލާސްތައް ފަހުން މެދުކަނޑާލީ މާލެ އިން ކޮވިޑް-19 ފެނުމާއިގުޅިގެން މާލެ ސިޓީ ފުރަބަންދު ކުރުމުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، މާދަމާ އަލުން ޓެލެކިލާސްތައް ފަށާނެ ކަމަށެވެ. އެގޮތުން މާދަމާ ހެނދުނު ޕީއެސްއެމްގެ ޔެސްޓީވީ މެދުވެރިކޮށް ކްލާސްތައް ފެށުމަށް ވަނީ ހަމެޖެހިފައެވެ. އަދި ދިވެހި ޗެނަލް މެދުވެރިކޮށްވެސް މާދަމާ ކްލާހެއް އޮންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.

 

ޓެލިކިލާސްތައް އަލުން ފެށުމަށް ނިންމާފައިވާއިރު، ކޮވިޑް-19 އާ ގުޅިގެންް ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލުމާއި ގުޅިގެން އަންނަ އަހަރު ދިރާސީ އާއަހަރު އެ އަހަރުގެ މެދުތެރެއިިން ފަށާ ގޮތަށް މިހާރު ވަނީ ނިންމާފައެވެ. އަދި މިއަހަރު އޮކްޓޯބަރު ނޮވެމްބަރުގައި ކުރިން ބާއްވަން އޮތް އޯ ލެވެލް އިމްތިހާން އަންނަ އަހަރު މޭ ޖޫން އަށް ވަނީ ތާވަލުކޮށްފައެވެ.