ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްލާމްދީނާ ޚިލާފުވެ ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރެއްވި ކަމަށް ބުނެ މީހަކު ވާހަކަދައްކާ، އަދި އެވާހަކަތައް އާއްމު ކުރި ވީޑިއޯގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މި މަހުގެ 18 ވަނަ ދުވަހު އެވެ. ނަމަވެސް މިއީ 2013 ވަނަ އަހަރުގެ ފަހުކޮޅު އާއްމު ކޮށްފައިވާ ވީޑިއޯ އެކެވެ.

ފުލުހުން ވަނީ އެމައްސަލަ ތަޙްޤީޤު ކުރަމުންދާކަން ކަށަވަރު ކޮށްދެއްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މި މަހުގެ 17 ގައި ނެރުނު ބަޔާނެއްގައި ބުނެފައި ރ.އަނގޮޅިތީމު، ޖީޒާގެ އިބްރާހިމް އަލީ ނަމަކަށް ކިޔާ މީހަކު ރައީސް ނަޝީދާއި ގުޅޭގޮތުން ދައްކާފައި ވަނީ ހަޤީޤަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ. އެހެންވެ، އޭނާގެ އިންޓަވިއު ބްރޯޑްކާސްޓް ކުރި ޗެނަލްގެ މައްޗަށް ޖިނާއީ ދައުވާ ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލަށް ފޮނުވުމަށް އެދިވަޑައިގެން، މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހެޅުއްވުމަށް ނަޝީދު ނިންމަވާފައިވާ ކަމަށް މަޖިލީހުގެ އިދާރާގެ ބަޔާނުގައި ވެއެވެ.

އެ ވީޑިއޯ އާއްމު ކޮށްފައި ވަނީ އަދާލަތު ޕާޓީގެ ޔޫޓިއުބް ޗެނަލްއެއްގައެވެ. ވީޑިއޯގެ ލިންކް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވަނީ އެދުވަސްވަރު ޓްވީޓް ވެސް ކުރައްވާފައެވެ. ވީޑިއޯ އާއްމު ކުރެއްވުމުގައި އަދާލަތު ޕާޓީއަށް ނިސްބަތްވާ މިހާރު ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ނަޒީރު ބައިވެރިވި ކަމަށް ބައެއް މީހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ސެލް

    ކޮބާ ހީވޭ ކަމެއްހެން؟ އިމްރާން ގެނައި ސަރުކާރު އޮބަނުހޮއްޓޭ މީހާރުވެސް. އަނިޔާ އަނިޔާ އަނިޔާ. ފުލުހުން އެމްޑިއެން ހަމީދު ބޭރުކޮށް އިސްތިއުފާ ދޭނ މިހާރުން މިހާރަށް ގޮވާލާ

    47
  2. ދަރަނި ދަންތުރަ

    ނަސީދަކީ އިސްލާމުދީނަށް ފާޅުގައި ފުރައްސާރަކުރާ މީހެއް ، އެމް ޑީ އެން ރިޕޯޓު ދިފާއުކުރަން ނަސީދުކުރި މަސައްކަތުން މިކަން ސާބިތުވޭ އަދި ފުރީޑަމް ފޯރަމްގައި ބައިވެރިވި ޑެންމާކުގައި ދެއްކިވާހަކަތަށް އޯލްޓަރ ނޭޓިވް ނެރެޓިވުސް ، ސަހިންދާ އަޒުރާ ދެކެ ނަސީދު އެވާލޯބި މިކަންކަމުން ނަސީދަށް ބޯދަމައިނުގަނެވޭނެ އާބިދާގެ މުހައްމަދު ނަބިއްޔާއަށް ސަލަވާތް ކިޔަވަން ދެކޮޅުހެދި....

    57
    2
    • ބޮގަރު

      ކީއްކުރަން ކިޔަވަނީ. މަމެންގެ ހާލު އަދި މާދެރައެއް ނޫންތަ؟ ކިޔަވަންވީނު؟

      1
      1
  3. ޤައުމު

    ޙެހެ ނަމުން ޑިމޮކްރަސީ އެހެންނޫނަސް ތީ ޝައްކެއްނެތް މިންވަރަށް ސާބިތުވާކަމެއް ގ ކެނެރީގޭ ނަޝީދުމޯޑީ އަކީ ލާދީނީ އަދި އިސްލާމް ދީނަށާއި ރަސޫލާއަށް ބަދުބަސް ބުނާމީހެއް އެހެރީފެންނަން ޑެންމާކުގަ ދައްކާފަހުރިވާހަކަ!

    54
    1
  4. ކުކުލު ބިސް

    ގުދް

    22
  5. Anonymous

    ބުއްޅަބޭ އިސްލާމީ ދީނަށް ފުރައްސާރަ ކުރުމުގައި ހައްދު ފަހަނައަޅާފައިވަނީ..

    50
    1
  6. ޕީޖޭ

    ނަޝީދު ދީނާ ހިލާފު ވާހަކަ ބައިވަރު ދައްކާފައި އެބަހުރި..މިސާލު ޑެންމާކުގައި ޝެއިހުންނަށް ގުޅާ މައްސަލަތަކުގެ ހައްލު ނޫން ގޮތެއް ހޯދަން ޖެހޭކަމަށް އާއި ބޯން ޖެހޭނެ ބޮވެންޖެހޭނެ ކަމަށް ބުނުމާއި އެމްޑީއެން ރިޕޯޓް އެއީ ތަރުޖަމާއެއްކަމަށް ބުނުމާއި މިގޮތަށް ބައިވަރު...ރައްޔިތުން ވޯޓު ދިނީ ނަޝީދަކަށް ނޫން ކޯލިޝަންއަށް ނަަމަވެސް މަބްރޫކާއި އިބޫއަށް ބިރު ދައްކައިގެން އުޅެނީ ކޮރޯނާ ފަތުރަން..

    44
    1
  7. ާައަންނި

    ތިކަން ސާބިތެއް ނުކުރެވޭނެ.

    24
  8. ޢިމްރާނު

    އެހާވަރަށް ދިނާއި ރަސޫލާއަށް ފުރައްސާރަ ކުރި މީހަކަށް ސަންތައިން ސައްތަ މުސްލިމު ގައުމެއްގެ ރައްޔިތުން މިހާ ބޮޑު އަޣުލަބިއްޔަތުން ހޮވައި ގާނުނު ހަދާ މަޖިލީހަށް ލާނެ ކަމަށް ގާބުލުކުރަން ދަތި. ތިމައްސަލަ ވަރަށް ރަނގަޅަށް ބަލައި އެމަނިކުފާނަށް ދުއްތުރާކުރި މީހުަންނަށް ފިސާރި ފިޔަވަޅެއް އަޅަންވާނެ. މިމީހުންނަށް ކޯލިޝަން ޕާޓްނަރުންނޭ ކިޔައި ވަޒީރުކަމާއި ޗިފްއޮފް ސްޓާފްކަން އިބޫ ދީފާނެ ކަމަށް އެއްފަހަރުވެސް ހިޔެއްނުކުރަން. މިހާރު ފުދިއްޖެނޫންތޯ؟ ދެން ކޯލިޝަން އުވާލައި އެމް.ޑީ.ޕީއާއި ކެބިނެޓް ހަވާލުކުރުމަށް ސަރުކާރަށް ގޮވާލަން. ނޫނީ މަޖިލީހުގައިވާ އަހަރެމެންގެ އަޣުލަބިއްޔަތުގެ ބޭނުން ހެޔޮގޮތުގައި ހިފައި މި މީހުން އެއްފަރާތަށްލުމަށް ރައީސް ނަޝީދަށް ގޮވާލަން. ނަޝީދު، މަނިކުފާނު މަޑުން ހުންނެވިނަމަ މި ކޮވިޑްއާހެދި ރައްޔިތުން ބަނޑަށްޖެހި ހުސްވާއިރުވެސް މި މީހުން ދަރުބާރުގެއިން ކައިކައި ތިބޭނެ ހަމަ. އެކަންތަކުގައި މަނިކުފާނު މަޑުން ނުހުންނަވައި ނުކުންނެވި ފަދައިން މި ކެބިނެޓް ހަމަޔަކަށް އެޅުވުމަށްވެސް ގޮވާލަން.

    7
    61
  9. ޖުލައި

    އެންޑީއެން މައްސަލައިގަ ފުލުހުން ފަހަތު ފަޔަށް ބުރަވެފަ ތިބީ. އެންމެފަހުން މައްސަލަ އޮއްބާލި. ނިކަން ނަށީދު ދެއްކި ދީނާ ހިލާފް ވާހަކަތަށް ތަހްގީގް ކޮށްބަލަ.

    48
    2
  10. ނޫރީ

    ކޮމިޝަނަ ރު ނަައިޓް ކްލަބްތަކަށް އަންހެނުންނާއެކު ވަދެ ނަށާ ވީޑިޔޯތައް ބަލަން އުމަ ރު ގޮވާލީމާ ބި ރުގަތީތަ. އިންމަ ކުޅޭނެ ގޭމެއް ނޭގުމުން ހަ ރުނުކޮށް ހު ރި ދޮރ ރަކު ތަޅުއެޅުވުންތަ

    45
  11. ޑިމޮކްރަސީ

    ކޮބާތަ ތިކިޔާ ދުލާ ޤަލަމުގެމިނިވަންކަން ދެންކޮން ޑިމޮކްރަސީގެ ބައްޕައޭތިކިޔަނީ

    47
    • ރޯނު

      ކޮބާ ކަލޭމެން ތިކިޔާ ދުލާ ގަލަމުގެ މިނިވަންކަމަކީ. ނަޝީދު ބުނި އެއްޗެއް ބުނީވެސް ދުލާ ގަލަމުން.

  12. ވަގުތީ ދުނިޔެ

    ކެނެރީ ބީރުބޮލު ވަޒީރު އުނބަށް ޖަހަނީއެވެ.

  13. ޢަބްދުއްލާ

    ރައީސް ނަޝީދު ދީނަށް ފުރައްސާރަ ކުރި ކަމަށް ބުނި މައްސަލަ ބަލަން ފަށައިފި

    6 ގަޑިއިރު ކުރިން ( މެއި 24, 2020 )

    އަބުރު ފުޅުނު އަބުރު ފުޅުނު
    އަބުރު ފުޅުނު އަބުރު ފުޅުނު
    އަބުރު ފުޅުނު އަބުރު ފުޅުނު

    ދީނަށް ފުރައްސާރަކުރި

    އިންޑިޔާމީހުން އިސްލާމުންގެ މިސްކިއްތައް ތަޅާސުންނާފަތި ކޮށް އިސްލާމުން ތަޅާމަރަމުން
    ދަނިކޮށް ބުނީ އިންޑިޔާއަކީ އިސްލާ މުންނަށް އެންމެ އަމާންތަނޭ.
    އަންސަންސޫޗީ އިސްލާމުން ކަތިލަމުން މަރަމުން ދަނިކޮށް ބުނީ އެއީޑިމޮކްރެސީގެ މިސާލީބޭލުޅެކޭ.
    ދިވެވިންގެގާތުގާބުނީ ޣީބަބުނާށޭ.
    ދިވެވިންގެގާތުގާބުނީ ފުަރައްސާރަކޮށް މަލާމަތް ކުރާށޭ.
    ދިވެވިންގެގާތުގާބުނީ ހައްދުގާއިމުކުރުމަށް ނުފެންނަވާހަކަ.

  14. އާދަމުގެދަރި

    މީގައި ހުރިހާ ފަރާތަކުން ދައްކާފައި ހުރި ވާހަކަތައް ބެލުން ރަނގަޅުވާނީ. ގައިމު ވެފައި އޮތް އެއް ކަމެއް ދައުލަތުގެ ލިޔެކިޔުންތަކުން ފެންނަން ހުންނާނެ. ޚަބަރުތައްވެސް ސަރުކާރުން ނެރެފައި ހުންނާނެ. އަލްޖަޒީރާއިންވެސް ޚަބަރު ކިޔާފައި ހުންނާނެ. އެމަނިއްޕުޅުގެ ވެރިކަމުގައި ހައްދުޖެހުން ހުއްޓުވުމަށްޓަކައި ސަރުކާރުން ކޮށްފައިވާ ކަންކަން ސަރުކާރުގެ ލިޔުންތަކުންނާއި ޚަބަރުތަކުންނާއި ޕްރެސް ސެކްރެޓެރީ ދެއްވި ޕްރެސް ކޮންފަރެންސްތަކުން ފެންނަން ހުންނާނެ.

  15. ދޮގުނުވަތަތެދު

    ދޮގު ހަދަނީ ކާކުބާ؟ މުހައްމަދު ނަޝީދުގެ ސަރުކާރު ވައްޓާލީ ދިވެހިރާއްޖޭގައި ހައްދުޖެހުން ހުއްޓުވުމަށް ކުރި މަސައްކަތާގުޅިގެން ކަމަށް ދުނިޔޭގެ މީޑިއާގައި ރިޕޯޓްކޮށްފައި އެބަހުރި. ހައްދުޖެހުން ހުއްޓުވުމަކީ ކޮންކަހަލަ ކަމެއްބާ؟

  16. ބޮއިކަޓްޢަލީ

    ތިހާ ގިނަދުވަސް ވެފައިވާ މައްސަލައެއް ބެލިދާނެތަ!

  17. އެލެކްސް

    ތިކަން ސާބިތު ވެއްޖެއްޔާ އަހަރެން ލޮނުލާގެން ބަތެއް ނުކާނަން.

  18. ގަމު މީހާ

    ދައްކާފަ ހުރި ވާހަކަ ތަކުވެ ވީޑިޢޮތައް ވާނެ ހުށަހަޅަން..ހެކި ލިބިއްޖެނަމަ ފުރައްސާރަ ކުރިކަމަށް ކަނޑައެޅުމަކީ ޤޒީގެ ވާޖިބެއް....

  19. ނާދިރާ

    މައްސަ ބަލައިގެން އަންނި އެކަން ނުކުރެޔޭ ކިޔާފަ ހުކުމް ކުރިޔަސް ކުރިކަމެއް ނުކުރާކަމަކަށް ނުވާނެ. ފަނޑިޔާރުންގެ ވަރު ފެބް 1 ގަ އެއޮތީ އެނގެން.

  20. Anonymous

    ތި ދާނީ ޖަމަލު ފޮޑިއަށް! މީހުންގެ އަޑުކަނޑުވަން ޖައްސާ ގޭމެއްތީ!!

    1
    1