ލަންކާއަށްދާ ދިވެހިންގެ ލައްކަ ވާހަކަ އެމްވީޔޫތުން މިހާރު ވާނީ ގެނެސް ދެވިފައެވެ. އެމައުލޫމާތު ތަކަކީ އެންމެންނަށް އެނގޭ ބޮޑު ސިއްރެއް ނަމަވެސް އެއީ މީގެ ކުރިން ރާއްޖޭގެ މީޑީއާގެ ސުރުހީތަކުން ޖާގަހޯދި ވާހަކަތަކެއް ނޫނެވެ. އެމްވީޔޫތުން ދިވެހި ފިލްމީތަރިންތަކެއް ލަންކާގެ ނައިޓް ކުލަބެއްގައި ޕާޓީކުރިކަން ފަޅާއަރުވާލަން ތައްޔާރުވަމުންދާ ވާހަކަ ރޭ އިއުލާންކުރުމާއި އެކު ކެނޑިނޭޅި އެމްވީޔޫތުގެ އެކި މުވައްޒަފުންނަށް ދަނީ އިންޒާރުގެ މެސެޖްތަކާއި އިންޒާރުގެ ފޯންކޯލްތައް އަންނަމުންނެވެ. ކުރިމަތީގައި އޮތީ ކިތަންމެ ބޮޑު ނުރައްކަލެއް ނަމަވެސް އެކަމަކަށް އެއްވެސް ފަރުވާލެއް ނެތެވެ.

އެމްވީޔޫތުން މިއާންމު ކުރަނީ އެހެން މީހުންނަށް ނަމޫނާއަކަށް ވާންޖެހޭ މަޝްހޫރު ބައެއްގެ ފަތިފުށެވެ. އެމީހުންގެ ފޭނުންނަށް ނޭންގޭ އެމީހުންގެ ހަޤީޤަތެވެ.

ފިލްމީތަރިންތަކެއް ލަންކާއަށްދާ ކަމުގެ މައުލޫމާތު އެމްވީޔޫތުގެ ރިޕޯޓަރުންނަށް ލިބުނީ ހުސްވި މަހުގެ ފަހު ކޮޅުއެވެ. އަދި އެތަރިންނަކީ ލަންކާއަށް ގޮސް އާންމުކޮށް ޕާޓީކުރާ ބައެއް ކަމުގެ މައުލޫމާތު ވެސް ތުންތުން މަތިން އޮތީ ލިބިފައެވެ.

އެހެންކަމުން އެމްވީޔޫތުގެ ސީނިއާ ބައެއް މުވައްޒަފުންގެ މެދުގައި މަޝްވަރާކުރުމަށް ފަހު ނިންމީ ފިލްމީތަރިންނަށް ފާރަލުމަށް އެމްވީޔޫތުގެ ޓީމެއް ލަންކާއަށް ދިއުމަށެވެ. މިޓީމްގައި ހަތަރު ނޫސްވެރިން ލަންކާއަށް ދާގޮތައް ނިންމިއެވެ.

އެމްވީޔޫތުގެ ޓީމް ދަތުރަށް ތައްޔާރުވަމުން ދަނިކޮށް ފިލްމީތަރިންތައް ލަންކާއަށް ފުރައިފިކަމުގެ މައުލޫމާތު ލިބުނެވެ. އެމްވީޔޫތުގެ ޓީމަށް ލަންކާއަށް ދެވުނީ ފިލްމީ ތަރިންތައް ލަންކާއަށް ދިއަ ފަހުންނެވެ. އެމްވީޔޫތުގެ ޓީމް ލަންކާއަށް ގޮސް ކުރި މަސައްކަތުން ފިލްމީތަރިންތައް ތިބި އެޑްރެސް ލިބުނެވެ. އެއަށްފަހު އެމްވީޔޫތުގެ ޓީމުން ފިލްމީތަރިންނަށް ފާރަލާން ފެށީމެވެ. އެމީހުންދާ ކޮންމެ ތަނަކަށް އެމީހުންނަށް ނޭންގި އެމްވީޔޫތުގެ ޓީމުން ދިއައީމެވެ.

ފިހާރަތަކާށާއި ޝޮޕިން ސެންޓަރުންތަކުންނާއި ބާޒާރުތަކުގައި ފިލްމީތަރިންތައް އުޅުނުއިރު އެމީހުންގެ ކޮންމެ ފިޔަވަޅެއް އެމްވީޔޫތުގެ ނޫސްވެރިން ދިއައީ ބަލަމުންނެވެ.

ނަމަވެސް އެމްވީޔޫތުގެ ނޫސްވެރިން ބޭނުންވާފަދަ މަންޒަރެއް އަތުޖެހޭ ވަރުވީ މިމަހުގެ ހަތްވަނަ ދުވަހުގެ ރޭ ކޮލަމްބޯގެ ކުލިޕެޓްރާ ނައިޓް ކުލަބުންނެވެ. ފިލްމީތަރިންތައް އުޅުނީ ދެތިން މީހުންނުން ގުރޫޕްހަދައިގެން ކަމުން އެމީހުންނަށް ފާރަލުން ވެސް ވީ އުނދަގޫ ކަމަކަށެވެ. ނަމަވެސް ފިލްމީތަރިންނާއި އެކު އުޅުނު އެމީހުންގެ މައުލޫމާތު އެނގޭ "ޑޯގެއް" އެމްވީޔޫތާއި މައުލޫމާތު ހިއްސާކުރަމުންދާތީ އެކަންވީ ލިބުނު ވަރަށް ބޮޑު ފަސޭހައަކަށެވެ. ފިލްމީތަރިންތައް ވަން ނައިޓްކުލަބަށް އެމްވީޔޫތުގެ ހަތަރު ނޫސްވެރިން ދިއައީ އަށްވަނަ ދުވަހުގެ ރޭ 12:30 ހާއިރުއެވެ.

އެމްވީޔޫތުގެ ޓީމް ނައިޓް ކުލަބަށް ވަންއިރު ސުޓޭޖް މަތީގައި ބިއަރު ފުޅިއެއް ހިފައިގެން ގިނަ ދިވެހި ފިލްމުތަކުންނާއި ލަވަތަކުން ފެނިފައިވާ ޒީނަތު އައްބާސް ނަށަމުން ދިއައެވެ. އޭރު ކުލަބުގެ ތެރެއިން ފިލްމީ ތަރިއަކަށް ޒީނަތުގެ އިތުރުން ފެންނަން އިނީ ބައެއް ފިލްމުތަކުންނާއި ލަވަތކުން ވެސް ފެންނަމުންދާ ޒިއާއެވެ. މީގެ އިތުރުން ފިލްމު ޕްރޮޑިއުސްކޮށް ޑައިރެކްޓުކުރުމަށް މަޝްހޫރު އިބްރާހިމް ރަޝީދު (ބްރޯ) ވެސް ހުއްޓެވެ.

ޒީނާތު ސުޓޭޖް މަތީގައި ބިޔަރު ބޮމުން ނަށަމުންދާތާ އިރުގަނޑެއް ފަހުން ޒިއާ ވެސް ސުޓޭޖަށް އަރާ ނަށަންފެށިއެވެ. އޭނާ އޭރުވެސް ހުރީ މަސްތުވެގެން ކަމަށް ލަފާކުރެވެއެވެ.

އިތުރުތަރިންތައް ނައިޓް ކުލަބަށް އަންނަން ފެށީ ދަންވަރު ދޭއްޖެހި ފަހުންނެވެ. އެތަރިންތައް ކުލަބަށް އައީ ވަކިވަކިންނެވެ. އެރޭ ނައިޓް ކުލަބަށް ދިއަ ދިވެހި ފިލްމީ ތަރިންގެ ތެރޭގައި ހިމެނެނީ ލަވަތަކުން އާންމުންގެ މަގުބޫލުކަން ހޯދާފައިވާ އަދި ނެށުންތެރިޔާ މުހައްމަދު ފިޒާމް (ފިއްޓެ) އާއި ލަވަތަކުން އާންމުންގެ މަގުބޫލުކަން ހޯދާފައިވާ ނެށުންތެރިޔާ އަދި ފެހުމުގެ ދާއިރާއިން ނަން މަޝްހޫރު ޖާދުﷲ އިސްމާއިލް (ޖާދު) އާއި މާމަޝްހޫރު ނޫން ތަރިއެއް ކަމަށްވާ ނުޒުހާ އާއި ކުރީގެ ފިލްމު ތަކުން އާންމުންގެ މަގުބޫލުކަން ހޯދާފައިވާ ޒީނަތު އައްބާސް އާއި ފިލްމު ތަކާއި ލަވަތަކުން ފެންނަ މޫނެއް ކަމަށްވާ ޒިޔާ އާއި ކުރިން ބައެއް ލަވަތަކުންނާއި އިސްތިހާރުތަކުން ފެނިފައިވާ ޝިއުނާ (ޕްރީޕެއިޑް ޝިއުނާ) އާއި މޭކަޕް ހަސަން އަދި ބައެއް ފިލްމީ އުފެއްދުންތައް ޑައިރެކްޓްކޮށް ޕްރޮޑިއުސް ކޮށްފައިވާ ހަސަން ރަޝީދު (ބްރޯ) އެވެ.

ފިލްމީ ތަރިންގެ ތެރެއިން ޖާދު ކުލަބަށް ވަދެގެން އައިސް ފުރަތަމަ ވެސް އެތަނުގައި ތިބި ދިވެހިންނާއި އަދި ލަންކާ މީހުންގައިގަ ބައްދާ ހެދި މަންޒަރު ފެނުނެވެ. އޭނާގެ ހަރަކާތްތައް ހުރީ ގިނަ މީހުންގެ ސަމާލުކަން ހޯދަން މަސައްކަތްކުރާ މީހެއްގެ ހަރަކާތްތައް ހުންނާނެ ގޮތަށެވެ.

ފިލްމީ ތަރިންތައް ކުލަބަށް ވަދެ އައިސް އެތަނުގައި އާންމުކޮށް ކަންކުރާ އުސޫލުން ސޯފާތަކުގައި ޖައްސާލިއެވެ. ޖާދު މެން ޖައްސާލީ ވަކިން މޭޒެއްގައި އޭނައާއެކު ނައިޓްކުލަބަށް އައި ދިވެހި ދެއަންހެނަކާއި ދިވެހި ފިރިހެނެއްގެ އިތުރުން ލަންކާ މީހަކާއި އެކީގައެވެ. ދެން ގެނައީ ހަތަރު ބަނގުރާ ފުޅިއާއި ދެސްޕްރައިޓް ފުޅިއެވެ. އެއަށް ފަހު ބަނގުރަލާއި ސްޕްރައިޓް މިކްސްކޮށްގެން ބޯންފެށިއެވެ.

ބަނގުރާ ބޮމުން ދިއައިރު ވެސް ކުލަބުތެރޭގައި އުޅުނު އަންހެން ކުދިން ކައިރިއަށް ގެނެސް އެމީހުންގެ ގައިގާ ބައްދާ އޮޅުލާ ހެދި މަންޒަރު ފެނުނެވެ. މިކަން އެންމެ ގަދައަށް ކުރީ ޖާދުއެވެ. ގަޑިއެއް ހާއިރު ބަނގުރާ ބޯން ތިބުމަށްފަހު މިމީހުން ސްޓޭޖް މަތީގައި ނަށަމުންދިޔަ ޒީނަތުމެންނާއި ޖޮއިންވިއެވެ. އޭރު ވެސް ބައެއް ތަރިން އެމީހުން މޭޒުތަކުގައި ރާ ބުއިމުގައި ދިޔައީ ވަގުތު ހޭދަކުރަމުންނެވެ. ސްޓޭޖަށް ނާރަނީ ހަމައެކަނި ޕްރިޕިއޭޑް ޝިއުނާއެވެ. ނަމަވެސް އޭނާ ވެސް ސްޓޭޖް ކައިރީ ހުރެ، ރާ ބޮއެ، ސިނގިރޭޓް އިރުއިރުކޮޅައި ޖަހައިގެން އެތަނުގައި ދިޔައީ ހޫރެމުންނެވެ.

އޭރު އެމީހުން ތިބީ ހަމަހެއަކު ނޫނެވެ. ބައެއް ތަރިން އެމީހުންނާއި އެއްޖިންސުއްގެ ތަރިންނާއި ތުންފަތާއި ތުންފަތް ޖައްސާ އެކެއްގެ ތުންފަތް އަނެކަކު ބުއި މަންޒަރު ވެސް ފެނުނެވެ. ނަމަވެސް އަންހެންތަރިންގެ ފަރާތުން މިފަދަ މަންޒަރެއް ފެނިފައެއްނުވެއެވެ.

ފިއްޓެ، ބުރޯ، ހަސަން، ޒިއާ ވައްބުރެއްހެން އެތުރިގެން ތިބެ ޑާންސް ކުރަމުން އެކަކު އަނެކަކުގެ ގައިގައި ބައްދައިގެން ތިބެ ޑާންސް ކުރަމުންދިއަ މަންޒަރު ފެނުނެވެ.

ޒީނަތު މަސްތުވެގެން ގޮސް ހަތަރު ފަހަރެއްގެ މަތިން ފައި އޮޅިގެން ވެއްޓުނުއިރު އޭނާ 3 ފަހަރު ސްޓޭޖް މައްޗަށް ވެއްޓުނެވެ. އަދި އެއްފަހަރު ސްޓޭޖުން ތިރިއަށް ވެސް ވެއްޓުނު މަންޒަރު ވެސް ފެނުނެވެ. ޒީނަތު ވެއްޓުމުން އޭނަ އަށް އެހީތެރިވަމުން ދިޔައީ ކްލަބުގައި ޕާޓީކުރަމުންދިޔަ ދިވެހިންނާއި ލަންކާ މީހުންނެވެ.

ފިލްމީތަރި ނުޒުހާ މާގިނައިރުތަކެއްނުވެ ނައިޓް ކުލަބުން ނުކުމެގެންދިޔައެވެ. އޭނަގެ ލޯބިވެރިޔާ ކަމަށް ބެލެވޭ ލަންކާ ފިރިހެނަކާއެކު ނައިޓު ކްލަބްގައި ހޭދަކުރި ވަގުތުގައި މާބޮޑެތި ކަންތަކެއްކުރި މަންޒަރެއްފެނިފައެއްނުވެ އެވެ.

އާންމުކޮށް ލަންކާ ނައިޓް ކްލަބުތަކުގައި ދިވެހިންގެ ފަރާތުން ފެންނަމުންދާ ''މާރާމާރީގެ'' އަމަލުތައް ފިލްމީތަރިންގެ ފަރާތުން ވެސް ފެނިގެންދިޔައެވެ. ޒީނާތު އާއި ދިމާއަށް ކުލަބު ތެރޭގައި ހުރި ދިވެއްސަކު ބަލަނީ ކަމަށް ބުނެ ޒީނާތުގެ ލޯބިވެރިޔާ އޭނާގެ ކަންކަށިމަތީގައި ޖެހި މަންޒަރު ވެސް ފެނުނެވެ. އަދި ޒިއާ ވެސް އޭނާގެ ގައިގައި ޖެހި މަންޒަރު ފެނުނެވެ. އެއާއެކު ''ނައިސް'' ވެފައިހުރި ޒީނާތު އޭނާއާއި ދިމާއަށް އި**ލި އެރު* މަންޒަރު ވެސް އަހަރެމެން ދެކުނީމެވެ. މާރާމާރީ ހިންގާ ފަރާތްތައް ނައިޓް ކުލަބުން ނެރުމަކީ ހަމަޖެހިފައިވާ އުސޫލު ނަމަވެސް އެތަނުގައި ތިބި ސެކިއުރިޓީންނަށް ވުރެ ވެސް ފިލްމީ ތަރިންގެ ބާރުގަދައެވެ. އެމީހުންނަށް ފިލްމީ ތަރިން އެތަނުން ނެރޭކަށް ނުކެރުނެވެ. ބަލާބެލުމަށް އެމީހުން ތިބީ ''ވީއައިޕީން'ގެ ދަރަޖައިގައެވެ.

އެރޭގެ ނައިޓުކުލަބްގައި ވެސް ގިނައަދަދެއްގެ ދިވެހިން ތިއްބެވެ. ނަމަވެސް އެމީހުންގެ މައުލޫމާތު ހޯދުމަކީ އަހަރުމެންނާ ހަވާލުކުރެވިފައިވާ މަސައްކަތަކަށް ނުވާތީ އެމީހުން އުޅުނު ގޮތެއް ބަލަން ސަމާލުކަމެއް ނުދެމެވެ.

ފަތިހު ފުރަން ހަމަޖެހިފައި ވާތީ އެމްވީޔޫތުގެ ނޫސްވެރިން 3:55 ހާއިރު ކުލަބުން ނިކުތްއިރު ވެސް ފިލްމީތަރިންތައް ކުލަބު ތެރޭގައި މަސްތުގެ ހާލަތުގައި ތިބެގެން ހޫރެމުން ދިއައެވެ. އަހަރުމެން އެނައިޓު ކުލަބުން ނުކުމެގެން އައީ %100 މުސްލިމް ގައުމޭ މިބުނާ ކުޑަ ކުޑަ ދިވެހިރާއްޖޭގެ ހާލަތާމެދު ކަންބޮޑުވާ ހާލުގައެވެ.

އަހަރުމެން ނައިޓް ކުލަބުން ނުކުމެގެން އައީ އާންމުންނަށް ނަމޫނާއަކަށް ވާންޖެހޭ ފިލްމީ ތަރިންނޭ ކިޔައިގެން އާންމުން ދައްކަމުންދާ ވާހަކަތައް އެއީ ހަގީގަތެއްކަން އަމިއްލަ ލޮލުން ދެކިފައެވެ. ދިވެހި ފިލްމީ ތަރިންނަކީ ދިވެހިންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ބަލައިނުގަންނަ އަދި އެމީހުންނަށް އެއްވެސް ވަރަކަށް އިހްތިރާމް ނުކުރާ އެމީހުންނާއި ގުޅޭގޮތުން ދޮގު ވާހަކަދައްކާ ބައެއް ކަމަށް ފިލްމީތަރިން ބުނާތީ މީގެކުރިން އަޑުއަހަމެވެ. މިމަންޒަރު ފެނުމުން ފިލްމީ ތަރިންނޭ ކިޔައިގެން އާންމުން ދައްކާ ވާހަކަ ގަބޫލުކުރަން މަޖޫބޫރުވިއެވެ.

ފިލްމީ ތަރިންގެ ތެރޭގައި ވެސް އަހްލާގު ރަނގަޅު އެދާއިރާގެ އަގު ހިފަހައްޓަން ބޭނުންވާ ބަޔަކު ވެސް ތިބޭނެއެވެ. ނަމަވެސް ނައިޓު ކުލަބުން ފެނިގެން އެދިޔަފަދަ ތަރިންގެ ސަބަބުން ފިލްމީ ދާއިރާ ވަނީ ދިވެހިންގެ ތެރެއިން ގިނަ މީހުން ބަލައިނުގަންނަ ދާއިރާއަކަށްވެފައެވެ. މިކަން ބަދަލުކުރަން ޖެހޭނީ ހަމަ ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ މީހުންނެވެ.

މިވާހަކަ އެމްވީޔޫތުން ހާމަކުރުމާއި އެކު ކުރިމަތިވާ ކޮންމެ ސުވާލަކަށް ޖަވާބުދާރީވާން އެމްވީޔޫތު މިއޮތީ ތައްޔާރުވެގެންނެވެ. އަދި މިއީ ތެދުކަން އިތުރަށް ސާބިތުކޮށްދޭން ޖެހިއްޖެނަމަ އިތުރު ހެއްކާއެކު ޖަވާބުދާރީވުމަށް އެމްވީޔޫތް ފަހަކަށް ނުޖެހޭނަމެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ޖާދޫ

  ނުން ނުން އަހަންނެއްނުން ????

  12
  11
 2. ޙފ×

  2014ގެ ހަބަރެއް

  6
  4
 3. މަޓޭ

  ތިޔަކަން ކުރަން މިހާރު މާލަސްވިސްވެއްޖެ

  12
  2
 4. ށޫ

  ރޯދަ މަހު ތަ؟

  9
  3
 5. ޔައްލަ

  ހާދަ މަޝްހޫރޭ. ޕްރިޕެއިޑް ޝިއުނާ ނޫން އެހެން މީހަކު ޔިތަނުން މަށަކު ނުދަންނަން. އޭނަ އެނގެނީ އެމްޑީޕީ މުޒާހަރާތަކުގައި އުޅޭތީ.

  7
  2
 6. ޒީނަތު އައްބާސް

  މަށޭ މަ ކޮންއިރަކު މަމީން ޒަމާނެއްގަ ވެސް ލަންކާ ގޮސްފަކާ އެއް ނޯންނާާނެ ..ކިހާާދެރަކަމެއް

  6
  2
 7. ޢަލީ

  މީހަކު ފަލީހަތްކުރުންނޫންކަމެއް ދަސްކުރާކަށް ދިވެހި ޒުވާނުން އުޅޭނީ ކޮން އިރަކުން. މީހެއްގެ ސިއްރެއް ފޮރުވައިފި މީހެއްގެ އައިބު ގިޔާމަތް ދުވަހުން މާތްﷲ ފޮރުއްވަވާނެ.

  2
  3
 8. ެtigaނ

  .HEVEHNUN BAHAHTAA

  1
  1