ތައިލެންޑުން ރާއްޖެއަށް އިތުރު ވެންޓިލޭޓަރުތަކެއް ހަދިޔާކުރުމަށް ނިންމާފައިވާ ކަމަށް ރާއްޖެއިން އެގައުމަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ޖިނާހް ވިދާޅުވެއްޖެއެވެ.

ޖިނާހް ވިދާޅުވީ ތައިލެންޑުން ރާއްޖެއަށް އެހީ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ އެހީތަކުގެ ދަށުން އެ ގައުމުން ރާއްޖެއަށް ވެންޓިލޭޓަރުތަކެއް ހަދިޔާ ކުރުމަށް ނިންމާފައިވާ ކަމަށް ވެސް ޖިނާހް ވިދާޅުވިއެވެ.

ސަރުކާރުން މިހާރު ރާއްޖެއަށް ބޭނުންވާ ތަކެތީގެ ލިސްޓެއް ފޮނުވާފައިވާ ކަމަށާއި އެ ލިސްޓަށް ބޭނުންވާ ތަކެތި ވަރަށް އަވަހަށް ލިބިގެންދާނެ ކަމަށް ވެސް ޖިނާހު ވިދާޅުވިއެވެ.

ތައިލެންޑްގެ މައިނާ ހޮޓެލް ގްރޫޕުގެ ފަރާތުން ރާއްޖެއަށް ޕީސީއާރު މެޝިނާއި އިތުރު ސާމާނުތަކެއް ހަދިޔާކޮށްފައެވެ.

ޖިނާހު ވިދާޅުވީ ޕީސީއާރު މެޝިން މިދިޔަ ހަފްތާގައި ރާއްޖެ ގެނައި އިރު، ސެނިޓައިޒާ އަންނަ މަހު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޖިނާހް ވިދާޅުވީ އިތުރު ވެންޓިލޭޓަރުތަކެއް ހޯދުމުގެ މަސައްކަތް ވެސް މިހާރު ކުރަމުންދާ ކަމަށެވެ. އެގޮތުން އެ ގައުމުގެ އިންސްޓިޓިއުޓަކުން އިތުރު 10 ވެންޓިލޭޓަރު ރާއްޖެއަށް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެ އާއި ތައިލެންޑަކީ ވިޔަފާރީގެ ގޮތުން މީގެ ކުރިންވެސް ވަރަށް ބޮޑަށް ގުޅިފައި އޮންނަ ގައުމެކެވެ.

މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަހާ ގުޅިގެން ބައެއް ގައުމުތަކުން އަންނަނީ ރާއްޖެއަށް ބޮޑެތި އެހީތަކެއް ވަމުންނެވެ. ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ގައުމުތަކުގެ ތެރޭގައި، އިންޑިއާ، ޗައިނާ، ޖަޕާން، އަދި ލަންކާގެ އިތުރުން ބަންގްލަދޭޝް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    މޯދީ އަށް ވަރަށް ބޮޑަށް ސުކުރިއްޔާ!! ތި ވަރުގެ ބޮޑު އެހީއެއް ވިދިނީތީ!! އިންޑިއާގެ ހިލޭއެހީގެ ދަށުން ތައިލެންޑުން ވެދިން އެހީއެއް މީ!!