ބުރުމާ ވަގަށް ނަގަމުން ދިޔަ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ބުރުމާ ވަގަށް ނަގާ ކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ އުމުރުން 24 އަހަރުގެ ޒުވާނެއް ކަމަށެވެ.

މި މަހާއި މިދިޔަ މަހުގެ އެކި ދުވަސްމަތިން ރ.ދުވާފަރުން ބުރުމާތަކެއް ވަގަށް ނަގާފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވަނީ އިއްޔެ އާންމު ފަރާތަކުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ހުށައެޅިތާ ހަ ގަޑިއިރު ތެރޭ ބުރުމާތައް ހޯދާފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މި މިހާ ވަގަށް ނަގާފައިވަނީ ކިތައް ބުރުމާކަމެއް އަދި އެތަކެތި ވަގަށް ނަގާފައިވަނީ ކޮންތަނަކުން ކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރައްޔިތުން

    ގާސިމު ވަރަށް ދެރަވާނެ ތިކަން ވަގުތުން ހުއްޓާލާ

    12
  2. ހުސޭނުބޭ

    ނިކަން ފޮޓޯ ޖަހާބަލަ! އެހެންނޫނީ މި ޤައުމުގެ އެންމެ ބޮޑު ބުރުމާވެސް ވަގަށްނަގާފާނެ! އޭތި އިންނާނެ މަޖިލީހުގައި ކުކުރާލަކުކުރާލާ!

  3. ދަރަނި ދަންތުރަ

    އަނެއްކާ ތިހެން އުޅެފައި ގާސިމް ނުނަގާތި އައިސާ މޮޔަވެދާނެ ވިލާގުރޫޕު ބަނގުރޫޓު ވެދާނެ މިހާރުވެސް ވަރަށް ހާލުގައި...

  4. އަލްޖިބްރާ

    ތިކަމާ ސޭޓު ވަރަށް ނުރުހުން ވާނެ !

  5. ދިދަ ދަނޑި

    ވަގަށް ނަގަންވީ ބުރުމާ ނުނެގެނީސް ؟؟؟

  6. ޑަބިޔާ

    ހާދަ ގިނަ ބުރުމާއެކެ ދޯ ތި ނެގި