މާލޭގައި ހުންނަ ކޮންމެ ގެއެއްގައި ދިރިއުޅޭ އެކަކު ނުރައްކާތެރި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭ ގޮތް ހަދަން "ވީބީ ބްރަދާސް" ގެ މެނޭޖިންގް ޑިރެކްޓަރު ހަސަން ޝިޔާމް ކަމާބެހޭ ފަރާތްތަކަށް މިއަދު ގޮވާލައްވައިފިއެވެ.

ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ހަސަން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލޭގައި ކޮވިޑް-19 ފެތުރިފައިވާ މިންވަރު ދެނެގަނެވޭނެ އެންމެ ރަނގަޅު އެއް ގޮތަކީ ކޮންމެ ގޭބިސީއަކުން އެކަކު ޓެސްޓް ކުރުން ކަމަށެވެ.

ފުރަބަންދު އުވާލައި، ރާއްޖެ ހުޅުވާލަން ތައްޔާރުވާ އިރު، އިތުރަށް ބޭނުންވާ ޓެސްޓް ކިޓްތައް ހޯދައިގެން ވިޔަސް، އެކަން ކުރަން ޖެހޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ޓެގް ކުރައްވައި ހަސަން ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

ހަސަން އެގޮތަށް ވިދާޅުވި އިރު، އެޗްޕީއޭ އިން މިހާރު ދަނީ މަގުތަކަށް ނުކުމެ، ބައެއް މީހުންގެ ސުންކު (ސާމްޕަލް) ތައް ނަގަމުންނެވެ. އަދި ބައްޔަށް ޝައްކު ކުރެވޭ މީހުންގެ ސުންކުތައް ކުރިއެކޭ އެއްގޮތަށް މިހާރު ވެސް ނަގަމުންދެއެވެ.

މާލެ ސަރައްދުގައި އޮތް ފުރަބަންދަށް ފަހު އަންނަ އާ އާންމު ހާލަތުގައި ރައްޔިތުން އަމަލު ކުރަން ޖެހޭ އުސޫލުތައް ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އާންމު ކުރައްވާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރޭ ވަނީ ވިދާޅުވެފައެވެ. އަމީން ވިދާޅުވީ އާ އާންމު ހާލަތުގައި އަމަލު ކުރާނެ ގޮތްތައް އެކުލަވާލައި ނިމިފައިވިޔަސް، ޕޮލިސީ ލެވެލްގައި އެކަމާ ގުޅޭ ގޮތުން އަދި މަޝްވަރާ ކުރާނެއެވެ.

އަންނަ ބުރާސްފަތި ދުވަހު ފުރަބަންދުގެ މުއްދަތު ހަމަވާ އިރު، އިތުރަށް އެ މުއްދަތު ދަންމަފާނެ ކަން ނުވަތަ ނޫން ކަން އަދި ނުނިންމައެވެ. އަމީން ކުރިން ވިދާޅުވެފައި ވަނީ އެކަމާ ގުޅޭ ގޮތުން އަދިވެސް މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ކޮވިޑް-19 ގެ ސަބަބުން މާލެ ސަރަޙައްދު ފުރަބަންދެއްގައި އޮންނަތާ މަހަކަށްވުރެ ގިނަ ދުވަސްވީ އިރު، ފުރަބަންދަށް ލުއިތަކެއް ދިނުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ. އެގޮތުން އެންމެ ފުރަތަމަ މޮނިޓަރިންގެ ހާލަތްތަކުގައި ނެތް ރަށްތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރެވޭނެ އިންތިޒާމްތައް ވަނީ ހަމަޖައްސައިފައެވެ.

ފުރަބަންދަށް ލުއިތަކެއް ދޭން އުޅޭ އިރު، ސަރުކާރުން ވަނީ ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ އިތުރު މެޝިންތަކެއް ރާއްޖެ ގެނެސްފައެވެ. އަދި ބޭރުގެ އެކި ފަރާތްތަކުގެ އެހީއާ އެކު ގިނަ އަދަދެއްގެ ޓެސްޓް ކިޓްތައް މިހާރު ހުރީ ސްޓޮކްގައެވެ.

ރާއްޖެ އިން މިހާތަނަށް 1371 މީހެއްގެ ގައިން ކޮވިޑް-19 ވަނީ ފެނިފައެވެ. އޭގެ ތެރޭގައި ހިމެނެނީ 494 ދިވެހިންނާއި 877 ބިދޭސީންނެވެ. މި ބަލީގައި މިހާތަނަށް ރަނގަޅުވެފައި ވަނީ 144 މީހުންނެވެ. ބަލި ޖެހިގެން ނިޔާވެފައި ވަނީ ހަތަރު މީހުންނެވެ.

ރާއްޖެ އިން ބަލީގައި ނިޔާވެފައި ވަނީ ތިން ދިވެހިންނާއި ބިދޭސީއެކެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މާމީ

    ވަރައް ރަގަޅު ވާހަކައެއް.

    29
  2. ކާފަ

    ޥ ރަނގަޅު ހިޔާލެއް...

    24
  3. ނޫރު

    އަވަހަށް ތިކަން ކުރަންވީ

    13
  4. ސުމާ

    2023 ގައި މަޖުލީހައް ފާސްކޮށްފިން. އުއްމީދު ކުރަނީ ލާދީނިއްޔަތާއި ދެކޮޅަށް ވަކާލާތުކުރާނެ ކަމަށް.

    12
  5. ޢާދޭސް

    ލޮކްޑައުން އުވާލީތޯ ! ޙުޅުމާލޭގައި އަމިއްލަ ފަރާތްތަކުން އިމާރާތްކުރުމުގެ މަސައްކަތްތައް ފަށައިފި ، އެތަށް ބައިވަރު ބަަކު މިތިބަ އުޅެނީ ، ވަގުތުން އާދެބަލަ ، ރެހެންދި ސްކޫލް ކައިރި ބަލާލަން ، ތަފާތު

    9
    1
    • ސުހެއިލް

      އަމިއްލަ ފަރާތްތަކުން ބައިވަރު ބިދޭސިން ތިބޭ މުސާރަދީ ކާންދީ ބަލަހައްޓަންޖެހޭ. ބައިވަރު ދިވެހިން ތިބޭ މުސާރަދޭންޖެހޭ. ސަރުކާރުގައި އުޅޭ މީހުންނަށް ގޭގަ އިނަސް މުސާރަ ލިބޭ ބަރާބަރަށް. ސަރުކާރުން ޓެކްސްގެ ނަމުގައި ކުރާ ކަމެއްކޮށްގެން ފައިސާ އަތުލައިގެން ބައިއަޅައިގެން އެންޖޯއި ކުރެވިދާނެ. ދާ އޮހޮރުވައިގެން މަސައްކަތް ކުރާމީހުންނަށް މި އޮޕްޝަނެއް ނެތް.

      އެޗްޕީއޭއިން ވަނީ ވަކި ގައިޑްލައިންގެ ދަށުން މަސައްކަތް ކުރުމަށް ހުއްދަދީފައި. ގޭތެރޭގަ ގޭމުކުޅެން ނޯވެ ހަބަރުތައް އަޑުއަހާބަލަ.

  6. ޢަލީ

    ކޮންމެ ގެއަކަށް ވައިރަސް ވައްދަން؟؟

    1
    3
  7. އެމަންޖެ

    ކަލޯ މިގައުމު ކުރިޔައްދާނީ އަންނި ބުނާގޮތައް އަންނި ބުނެފި މުޅި ގައުމު އެއްމެނައް ބަލި ޖެހޭނޭ ވީމާ އަންނި މުޅި ގައުމު އެއްމެނައް ބަލިޖައްސާނެ ކޮއްމެގޮތެއް ހަދާފަ ވިޔަސް.

  8. ......

    މިހިޔާލާއި ،ެދު ބުއްދި އެހާ ފައްސި އެއްނޫން...ސަބަބަކީ ގެއެއްގައި ބަލި ހުރި މީހަކު ހުރިނަމަވެސް އެގެއެއްގެ އެންމެންްގެ ގައިގަ ނުހުރެދާނެ...އަދި ގިނަ މިހުންގެ ގައިގަވެސް...އަދި ވެދާނެ ބަލިި ހުރިމީހާގެ ކިބައިން ފެތުރޭހާ ނުވަނީސް ކަަމަށްްވެސް...މިހެން ވެއްޖެ ނަމަ އެހާ އެހާ ކަމަކަށް މިގޮތް ނުވެދާނެ...މިކަމުގަ އަހަރެންގެ ހިޔާލެއް ވެސް އެބައޮތް...އެއީ ފުރަތަމަ ބަލިި ފެނުނު ދުވަހުވެސް އަޅަންވީީ ފިޔަވަޅު ކަމަށް ގަބޫލު ކުރެވޭ....އެހެން ނަމަ މިހާރަށް ގައުމު އިންނާނީ ހަމަ އަކަށް އެޅިފަ...އެގޮތަކީ އެއްވެސް މީހަކަށް އެއްވެސް ކަމަކު ބޭރަށް ނުދެވޭނޭހެން ލޮކް ޑައުން ކުރުން...އެހެން ނަމަ ބަލި ހުންނާނީ ހުރިގެއެއްގަ އެކަނި...ކޮންޓެކްޓް ވި މީހުންވެސް މަދުވެ ދެނެގަންނަން ފަސޭހަވާނެ...އެނގޭ އުދަގޫ ތަކެއް މިކަމުގަ ހުންނާނެކަންވެސް...އެކަމަކު މިއީ ނުކުރެވޭނެ ކަމެއް ނޫން ހަރުދަނާ ބަޔަކަށް...މިހާރު ނުވާ ދައްޗެއް އުނދަގުލެއް އެހެންނަމަވެސް އިންޝާﷲ ނުވާނެ...ދެ ދުވަސްް ތިން ދުވަސް ފުރަތަމަ ދީފަ ބިނެވޭނެ ދެ މަހުުގެ އަސާސީީ ކާނާ ގެއަށްވައްދަން...ކަނޑުގުރުވައާއި ކަލިޔާބިލިންޖި ނުކެޔަސް ދިރި ތިބެވޭނެ އިންޝާﷲ....ގުރުބާނީވެގެން ކުރިޔަށް ދެވޭނީވެސް...އަދިވެސް ހުރި ކަންކަމާއިމެދުވެސް ހޮޔެ ނެތް ގޮތަކަށް ރޭވިދާނެ ވިސްނުންތަށް ހުންނާނެ...ބޭނުންވަނީ ގަޓް ހުރި ހަރުދަނާ ވެރިން...
    ސަރުކާރުގެ ހާލާއިމެދު އަހަރެން ޝައްކެއް ނުކުރަން...އެމީހުންނަކީ އެމީހުންގެ ވިޔަފާރިތަކަށް ބަދަލުގެ ގޮތުގައި މިލިއަނުން ފައިސާ ނެގި މީހުން...އެފައިސާ ފައިސާ ވެރިންނަށް ނުދީ އެ ފައިސާތަށް ސްޓެލްކޯއާއި ފެން ކުންފުންޏަށް ދީގެން ކަރަންޓާއި ފެން މި ތިން މަސްދުވަހު އެންމެނަށް ހިލޭ ލިބޭނެ ގޮތް ހެދި ނަމަ އެ ފައިސާ ފައިސާ ވެރިންނަށް ދީގެން އާންމުންނަށް ކުރި މަންފާ އަށްވުރެ ހެޔޮ މަންފާއެއް މުޅި ގައުމަށްވެސް ކުރީސް...ފަހުން އެފައިސާ އިތުރު ކުރުމަކާއި ނުލާ އަނބުރާ ނެގިވެސް ދާނެ...އެ ކުންފުނި ތަކަކީ 3 މަހުން ބިލިއަނުން ފައިދާ ނަގާ ކުންްފުނިތަކެއްގެ ގޮތުގައި އަމިއްލައަށް އިސްތިހާރިވެސް ކުރޭ...
    ދިވެހި ސަރުކާރުން އިތުރުސަބްސިޓީއެއް ދީގެން ކަރަންޓްގެ ޑިސްކައުންޓް ދޭން ނިންމިނަމަވެސް މިހާރު އެބަދަލުވީ ރީޑިންގ ފޮޓޯ ނުފޮނުވައިފިނަމަ ނުލިބޭނެ ގޮތަށް...މިހާރު މީޓރ ތައް ގިނައިން ހުންނާނީ ގޭގެެ ބޭރުގަ...ހުއްދަތައްވެސް ދޫކުރެވިފަ ހުރީ...އެހެންވީމާ ދެންވެސް ޔަހޫދީވާނޭ ހަމައެއް ހަގީގަތިގައިނެތް...ކަންމިހެން ހުރި ބައެއްގެ ދޯހަޅިކަން ބޯމަތިން ފަހަތަށް ނުދެމޭންވީ ސަބަބެއްނެތް..މިވަރު މާއްދިއްޔަތަށް ބަރޯސާވާ ބަޔަކަށް އެޅޭނެ ހަރުދަނާ ފިޔަވަޅެއްވެސް ނޯންނާނެތާ...ހިކުމަތްތެރިކަން ބޮލުން ބޭރަށް ނުމެދޭ...ނޭފަތުގެ ކުރިޔަށްވުރެ ދުރެއްނުފެނޭ....އިހުލާސްތެރިކަން އެއީ އޮންނަންޖެހޭ ކަމެއްގެ ގޮތުުގަ ގަބޫލެއް ނުކުރޭ...ހުރިހާ ކަމެއްގައި އަނިޔާވެރިކަން...ހެއްދެވި ފަރާތަށްވެސް ހަރާންކޯރުވަނީ....