ނުރައްކާތެރި ކޮވިޑް-19 އާ ގުޅިގެން ތައިލެންޑުން ރާއްޖެ އަންނަން ބޭނުންވެ، ނާދެވިފައި ތިބި ދިވެހިންތަކެއް މިރޭ ގެނައުމަށް ނިންމައިފިއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ ތައިލެންޑްގައި ތިބި ދިވެހިން ރާއްޖެ ގެންނާނީ މޯލްޑިވިއަންގެ ފްލައިޓަކުން ކަމަށެވެ. އެމީހުން ރާއްޖެ ގެނައުމަށް ފަހު 14 ދުވަހު ކަރަންޓީންގައި ތިބެން ޖެހޭނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވި ގޮތުގައި ރާއްޖެ ގެނައުމަށް ހަމަޖެހިފައި ވަނީ 26 ދިވެހިންނެވެ.

އެ ހުރިހާ އެންމެން ބަލައި މޯލްޑިވިއަންގެ ބޯޓު ފުރާފައި ވަނީ މިއަދުގެ ވަގުތެއްގައެވެ.

ރާއްޖެއިން ތައިލެންޑަށް މިހާތަނަށް ވަނީ 349 މީހަކު ވަނީ ފޮނުވާލައިފައެވެ.

އެންމެ ފުރަތަމަ ތައިލެންޑަށް މީހުން ފޮނުވާފައި ވަނީ މީގެ ދެހަފްތާއެއް ކުރިންނެވެ. އެ ދަތުރުގައި ވަނީ އެގައުމުގެ 131 މީހަކު ވަނީ އެނބުރި ގައުމަށް ގޮސްފައެވެ. މީގެ ހަފްތާއެއްހާ ދުވަސްކުރިން ކޮށްފައިވާ ދަތުރުގައި ވަނީ 148 މީހަކު ގައުމަށް ފޮނުވާލައިފައެވެ.

އިންޑިއާ، ސްރީލަންކާ، އަދި ނޭޕާލް ހިމެނޭ ގޮތަށް މިހާތަނަށް ގިނަ ދިވެހިންތަކެއް ވަނީ ރާއްޖެ ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހިނި

    ގޭގައި ކަރަންޓީނުވެވޭގޮތް ހެދީ މިމީހުން ރާއްޖެގެނެސް ގޭގައި ބައިތިއްބަންވެގެން ކަންނޭނގެ. އެވެސް އަންނަމީހުންގެ ތެރެއިން ސަރުކާރު ބޮޑެތި މީހުންގެ ދަރިން.

  2. އިބްރާހިމް

    ސައުދީގައި ކިޔަވަން ތިބި ދިވެހި ކުދިންނާއި މެދު ދިވެހި ސަރުކާރުވަނީ ހަނދާން ނައްތާލައިފައެވެ.ސައުދީގައިވާ ދިވެހި އެންބަސީން މިކުދީން ގެނައުމުގައި އަދާކުރާ ދައުރު ވަރަށް ކުޑައެވެ.ސައުދީގައި ކޮރޯނާ ބަލި އެއްދުވަހުން އަނެއްދުވަހަށް މައްޗަށް ދާއިރު މިކުދީންވަނީ ނުރައްކަލަށް ހުށަހެޅި ބަންދުވެފައެވެ.ދިވެހި ކުދީން ކިޔަވާ ޔުނިވަރ ސިޓީތަކުންވަނީ އެކުދީންނަށް ދެކޮޅު ޓިކެޓް ހަމަ ޖައްސާފައެވެ އެހެން ކަމުން މިކުދީން ރާއްޖެއަށް އެކުދީންނަށް އާދެވެން އޮތީ، ދިވެހި އެންބަސީން އެކަށީގެންވާ މަސައްކަތެއް ކުރެވިގެންނެވެ.