ބ. އޭދަފުށީގައި މިއަހަރު ފަގީރުންގެ ގޮތުގައު ރަޖިސްޓަރ ކުރި މީހުންގެ ތެރެއިން، ފިތުރު ޒަކާތުގެ ގޮތުގައި ކޮންމެ މީހަކަށް ޖެހިފައި ވަނީ 4948 ރުފިޔާ ކަމަކައުންސިލުން ބުނެފިއެވެ.

އެރަށު ކައުންސިލުން ބުނީ، މިއަހަރު ޒަކާތް ހައްގުވާ ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވަނީ ދިހަ މީހުން ކަމަށެވެ.

އެރަށު ކައުންސިލުން ބުނީ، އޭދަފުށިން މިއަހަރު ފިތުރު ޒަކާތް ދައްކާފައިވަނީ 2557 މީހުން ކަމަށާއި ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 49486 ރުފިޔާ ކަމަށެވެ.

އެހެންކަމުން ޒަކާތުގެ ފައިސާ އެ ދިހަ މީހުންގެ މެދުގައި ބަހާލުމުން ބޮލަކަށް މިއަހަރު ލިބެނީ 4948 ރުފިޔާ އެވެ. މިހާރު އެރަށު ކައުންސިލުން ވަނީ އެ ހައްގުވެރިންނަށް ޒަކާތް ބަހާފައެވެ.

މިއަހަރު ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ބަހާފައި ވަނީ މިދިޔަ އަހަރު ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

ގިނަ ރަށްތަކުގައި މިފަހަރު ރަޖިސްޓްރީކޮށްފައިވާ ފަގީރުންނަށް ފައިސާ ހަވާލުކުރަމުން ދަނީ އެކައުންޓަށް ޖަމާކޮށްދީގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އޮން

    އާބާދީ ކިހާވަރެއްބާ ޒަކާތްދެއްކި އަދަދު މަދުކަމަށް ބެލެނީ

    4
    1
  2. އެޑްމުންޑޯ

    މިކަހަލަ ޚަބަރު ޖެހީމާ މީހުންގެ ހިތްތަކުގައި ދަހިވެތިކަން އުފެދިގެންދާނެ ، 6 އެއްކަ މީހުން އުޅޭ އާއިލާ އަކަށް 30000 ހާސް ރުފިޔާ ، އަސްލުވެސް މިއީ ރަގަޅުޚަބަރެއްނޫން ޖަހާކަށް . ޒަކާތްބަހާފައި ލިބުނުވަރަކަށް ލިބޭނެތާ ،