ތޫނު ހަތިޔާރު ހިފައިގެން ތިބި ބަޔަކު ޖުމްހޫރީ ޕާޓީގެ އޮފީސް އަދި މައި ހަރުގެ ހުންނަ މ. ކުނޫޒް އަށް ރޭގެ ވަގުތެއްގައި ބަޔަކު ވަންނަން މަސައްކަތްކޮށްފިއެވެ.

ކޮވިޑް-19 އާ ހެދި މާލެ ސިޓީ ފުރަބަންދުކޮށްފައިވާ އަދި ކުނޫޒުވެސް ބަންދުކޮށްފައިވާ އެ ދަނޑިވަޅުގައި އެތަނަށް ވަންނަން މަސައްކަތްކޮށްފައި ވަނީ ތިން މީހުންގެ ގުރޫޕަކުންނެވެ. އެ މީހުން ވަނީ ރޭ ކުނޫޒު ގޯޅިގަނޑުގައި ހުންނަ އެހެން ގެއަކަށް ވަނުމަށްވެސް މަަސައްކަތްކޮށްފައެވެ.

ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯރކްސް އަލީ ސޯލިހް "ވަގުތު"އަށް ވިދާޅުވީ، ކުނޫޒަށް ބަޔަކު ވަންނަން މަސައްކަތްކޮށްފައިވާ މަންޒަރު ފެންނަ ވީޑިއޯ އާއި ފޮޓޯތައް ލިބިފައި ވަނީ 2:30 ހާއިރު ކަމަށެވެ. އަދި މިއީ ސިޔާސީ ގޮތުން ބަޔަކު ކޮށްގެން އުޅޭ ކަމެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އަލީ ސޯލިހު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު ނުދަންނަވާނަން މިއީ ސިޔާސީގޮތުން ނޫނިއްޔާ ސިޔާސީ ކަމެއްގައި އައިސް ޖުމްހޫރީ ޕާޓީ އޮފީހަށް ވަންނަން އުޅުނީއެކޭ، އެހެން ދަންނަވަން ވަރަށް އުނދަގޫ، ކުނޫޒަށް ވަންނަން މަސައްކަތް ކުރި ބަޔަކު ދެން މަސައްކަތްކޮށްފައި ވަނީ' އެ ގޯޅިގަޑު ތެރޭގައި ހުންނަ ގެއަކަށްވެސް ވަންނަން". އަލީ ސާލިހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ މީހުން ކުނޫޒަށް ވަންނަން މަސައްކަތްކޮށްފައި ވަނީ އެ އޮފީހުގެ މައި ގޭޓުގައި ފައިން ތަޅާ އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން ކަމަށެވެ. އަދި އެ މަންޒަރު އެ ވަގުތު ކުނޫޒުގެ އެތެރޭގައި ތިބި ބަޔަކަށް ފެނިފައިވާ ކަމަށްވެސް އަލީ ސޯލިހު ވިދާޅުވިއެވެ.

އަދި އެ މަންޒަރު ފެނިފައި ވަނީ މި ފުރަބަންދުގައި ކުނޫޒު ތެރޭގައި ބަންދުވެގެން ތިބި މީހުންނަށް ކަމަށްވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ. އަދި އެ މީހުން އެކަން ޖޭޕީގެ ކައުންސިލް ބޭފުޅުންނަށް އެންގި ކަމަށާއި، އެ މީހުންވެސް އެ ސަރަހައްދަށް ދިޔަ ކަން އަލީ ސާލިހު ފާހަގަކުރެއްވިއެވެ.

އަދި މިކަންކަން ފުލުހުންނަށް ރިޕޯޓް ކުރުމުން ފުލުހުން އައިސް އެ މީހުން ހައްޔަރުކޮށްގެން ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވަނީ މިކަމަށް ފުލުހުން ހާޒިރުވެފައި ވަނީ ވަރަށް އަވަހަށްކަންވެސް ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ނާނު

    މިއީ ވިލާގެ މުވައްޒަފުންނަށް ވަރަށ ނިކަމެތިކަން ވަމުންދާ ދަނޑުވަޅެއް

    41
  2. ކާފަބޭ2020

    ކަސޯޓީޑުރާމާގެ އަނެއްއެޕިސޯޑްފެށުނީ

    33
    3
  3. ހުސޭނުބޭ

    ގާސިމްބޭގެ ޑިނގުވަނީ ވަރަށް ބޮޑަށް ވެއްޓިފައި! އެހެންވެ ބަޔަކުންނަށް އެތިކޮޅެއް ދީގެން ނަންބަރު އަރުވާލަން ކުޅެފައި އޮތް ޑްރާމާއެއް ތިއީ! އެއްފަހަރެއްގައި ގާސިމްބެ އޮތެއްނު ހާޓުއެޓޭކްޖެހިގެން ބުރާންތިވެފައިވެސް! ތިއީވެސް އޭގެ އެޕިސޯޑެއް!

    24
    1
  4. ކޮވިޑް

    ތިވާނީ ބުރުމާ ނަގަން ވަންނަން އުޅުން ބައެއްކަމަށް

    20
  5. ސާހިދު

    ކޮބާތަ އެ ގާސިމް އޭކިޔާ ޖާހިލު އަދިވެސް މުވައްޒަފުންނަން 2 މަހުގެ މުސާރަނުދީ ރޮދަ އިނާޔަށް ނުދީ ސަރުކާރުން ޖެހޭ އޭނައަށް ދީފަހުރި ހުރިހާ ރިސޯޓެއްނަގާގެންވެސް މުވައްޒަފުންނަން މުސާރަދޭއް

    28
  6. ޖަނބިރޯލި

    ޖުމްހޫރީ ޕާރޓި އެއީ ސްޕޯކްސް ޕާސަން ބައިތިއްބާ ވަރުގަ ޕާޓިއެއްތަ. މިވަގުތު ބުރުމާ ގާސިމު ވަރުގެ ފަޤީރު މީހެއް ނެތް މުޅި ޤައުމުގަ ވެސް. ތިއޮތީ ކުޅިގަނޑު ފެށިފަ. ކިތައް އާއިލާ ހާލުގަ ޖައްސާފަ އޭނަ އެހުރީ އަނބިގޮއްޔެ ގޮވައިގެން ރިސޯޓުގަ ފިލާ

    25
  7. ކޮރަލް

    ޕީޖީ އާ ސުވާލު ކޮށްލަން ރަނގަޅު ވާނެ އެވެ.

    11
  8. ކިނބޫ

    ކުށްވެރިންނަށް ލުއިދީ މިނިވަންކުރީމަ އިލޮށި ހެރެނީ އަމިއްލަ ލޮލަށް

    12
    1
  9. މުހައްމަދު ނަސީދު

    ކަލޯމެންނަން ހަމަނޭވާ ލެވުނީގާސިމް ދުނިޔޭގައި ހުރުމުން ތިއަގަ އަރުވަބީ ގާސިމަކީއެތައް ނިކަނެތި ރައްޔިތުންނަން އެތަން މިލިއަން ފައިސާ އެއް ﷲ އަށްޓަކައި ހޭދަކޮއްފައިވާ ބޭކަކެއް