މިދިޔަ ޑިސެމްބަރު މަސް ތެރޭގައި ތައިލޭންޑްގެ ވެރިރަށް ބެންކޮކްގައި ދިވެހިން ދަތުރުކުރަމުން ދިޔަ ކާރެއް ފުރޮޅާލައި ހިނގި އެކްސިޑެންޓުގައި ހާލު ސީރިއަސް ވެގެން ފަރުވާދެމުން ދިޔަ ދިވެހި މީހާ ނިޔާވެއްޖެއެވެ. އެ މީހާ ނިޔާވެފައި ވަނީ މިއަދިގެ ވަގުތެއްގައެވެ.

އެ ހާދިސާގައި ނިޔާވެފައި ވަނީ ސ. ހުޅުދޫ އަހްމަދު ސައީދު ނަމަކަށް ކިޔާ މީހެކެވެ.

ފޮރިން މިނިސްޓްރީގެ އޮފިޝަލަކު "ވަގުތު"އަށް ވިދާޅުވީ، އެ މީހާ ނިޔާވެފައިވާކަމުގެ މައުލޫމާތު ތައިލެންޑްގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީއަށް ލިބިފައިވާކަމަށެވެ. އަދި އެމްބަސީން އެ މީހާގެ އާއިލާއަށް ފޯރުކޮށްދޭން ޖެހޭއެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ އެއަރޕޯޓުން ހޮޓަލަށް ދަނިކޮށް ބެންކޮކް ގަޑިން އެރޭ 3:30 ހާއިރު އެވެ. މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ޑްރައިވަރު ނިދި ޖެހިގެން ގޮސް ކާރު ކޮންކްރީޓް ބޮލްކަކަށް އެރުމުން ކަމަށް ލަފާކުރެވޭ ކަމަށް އެއިރު މީޑިއާތަކަށް މައުލޫމާތު ދެމުން އަހްމަދު ސައީދުގެ ގާތް އެކުވެރިއަކު ބުނެފައި ވެއެވެ.

މި އެކްސިޑެންޓްގައި ތިން ދިވެއްސަކަށް އަނިޔާވިއެވެ. އެހެން ނަަމަވެސް އައިސީޔޫގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދިޔައީ އަހުމަދު ސައީދުއަށް އެކަންޏެވެ. އޭނާ ނިޔާވެފައި ވަނީ ބެންކޮކް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުންދާތާ ފަސް މަސް ފަހުންނެވެ.

އަދި އެކްސިޑެންޓް ހިނގި ފަހުން، އޭނާގެ ހާލު ވަރަށް ސީރިއަސްވެ ޑޮކްޓަރުންވެސް އޮތީ އުއްމީދު ކަނޑާލާފައެވެ.

ބެންކޮކަކީ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުން ގިނަ ސިޓީއެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނޯޔާ

    إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ‎

    32
  2. އަހުމަދު

    إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ‎

    26
  3. ސ. މީދޫ ދައިތަ

    އިންނާލިއްލާހި ވައިންނާ އިލައިހި ރާޖިޢޫން.
    އާއިލާއަށް ކެއްތެރިކަން ދެއްވާށި

    38
  4. އުދަމުދި

    މިމީހުންގެ އާއިލާމީހުންތޯ މިއަދު ބެންކޮކުން އެގެނައީ އެއީ ޙަބަރުލިބޭގޮތުގައި ރައީސް އޮފީހުގަ އުޅޭ މިހެއްގެ ބޭބެކަމައްވަނީ މިނުވޭތޯ ކަރަޕްޝަނަކައް ނާދެވިފައި ތިބި މީހުންނޭ ކިޔާފަ ގޭމީހުން މިގެންނަނީ ރައްޔިތުންގެ ރުފިޔާއިން ބޮޑުޙަރަދުކޮއްފައި މީބޮޑުވަރު ބަޔަކައް ބަރެއް މާތް ﷲ ދެއްވިޔަސް

    2
    1