މަސް ދޯންޏަކުން އެން ހިފަން ފޭބި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. ނިޔާވެފައި އޮއްވާ ފެނުނީ ގދ. ގައްދޫ އަށް ނިސްބަތްވާ ޒުވާނެކެވެ.

މި ހާދިސާ ހިނގާފައި ވަނީ މީގެ އިރުކޮޅެެއް ކުރިންނެވެ.

އެރަށު ކައުންސިލް މެންބަރު އާމިރު އަބްދުﷲ "ވަގުތު" އަށް ވިދާޅުވީ، ރޯޅި ދޯނިން އެން ހިފަން ފޭބި އެރަށު ޒުވާނަކު ނިޔާވި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، އޭނާގެ ހަށިގަނޑު މިހާރު އޮތީ އެރަށު ސިއްހީ މަރުކަޒުގައި ކަމަށެވެ.

"އެން ހިފަން ފޭބި މި ޒުވާނާ ނިޔާވެފައި ވަނީ ކޮން ގަޑިއެއްގައި ކަމަށް އަޅުގަނޑަކަށް އަދި ދަންނަވަން ނޭނގެ. ކުއްޖާގެ ހަށިގަޏޑު ސާފް ކުރުމުގެ މަސައްކަތް މިހާރު ގައްދޫ ސިއްހީ މަރުކަޒުގައި ކުރިއަށް އެބަ ގެންދަވާ". އާމިރު ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، ގދ. ގައްދޫ ދޯންޏަކުން އެންދަމަން ފައިބައި އުޅުނު 21 އަހަރުގެ ދިވެއްސަކު އަޑީގައި ހަރަކާތެއް ނެތި ހުއްޓިފައިވަނިކޮށް އެކުގައި ޑައިވް ކުރަން އުޅުނު މީހުންނަށް ފެނިގެން ގައްދޫއަށް ގެންނަ ކަމުގެ މައުލޫމާތު މިއަދު 15:55 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އަދި އެ މީހާ ގައްދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އޮތީ ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެބެ.

ފުލުހުން ވިދާޅުވީ، މި ހާދިސާއާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    ހުސްނުސުޢޫދުމެން މަރުވީތަ؟ މިހާރު މަރުކޮމިޝަންގެ ޚަބަރެއްވެސްނުވޭ!

    6
    2
  2. ާއަދާ

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ